އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލް، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިންގެ ތާއީދުވެސް ކުރިޔަށް އޮތް އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި އޮތީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލަށްކަން ހާމަކުރައްވައިފިއެވެ.

ކުރިޔަށް އޮތް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަ ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ. ވާދަވެރި ކެމްޕޭންގައި ރައީސް ސާލިހުގެ ތާއީދު ފައްޔާޒު އިސްމާއިލަށް އޮތްއިރު، ނަޝިދު ވަނީ އިމްތިޔާޒު ފަހުމީއަށް ތާޢީދު ކުރައްވާކަން ހާމަކޮށް، ކެމްޕޭނުގައި އެއްވެސް މުވައްޒިފަކަށް ވަޒީފާގެ ބިރު ދައްކައިފިނަމަ، ފާޅުގައި އިމްތިޔާޒު ފަހުމީގެ ކެމްޕޭންގައި ނިކުންނަވާނޭ ކަމުގެ އިންޒާރުވެސް ދެއްވާފައެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް ކަން ވެސް ކުރައްވާ ހިސާން ވަނީ ފައްޔާޒަށް އޭނާގެ ތާއީދުއޮތްކަން ތަމްސީލު ކޮށްދެއްވަމުން، ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަދި ފައްޔާޒުގެ ކެމްޕޭން މެނޭޖަރ އިބުރާހީމް ވަހީދާއެކީ، ފައްޔާޒު އިސްމާއިލްގެ ކެނޑިޑޭޓް ނަމްބަރު 2 ދައްކަވަމުން ފޮޓޯ ނަންގަވާ ފޮޓޯ މީސް މީޑިއާގައި އާންމު ކުރައްވާފައެވެ. ފައްޔާޒުގެ ކެމްޕޭން ޓީމު މިއަދުވަނީ ތުޅާދޫއަށް ޒިޔާރަތް ކޮށްފައެވެ.

ފުރަތަމަ މަޖިލިހުގެ ތެރޭގައި އުފެދިގެންދިޔަ ޚިޔާލުތަފާތުވުން ތަކުގައި ހިސާން އޭރު ހުންނަވާފައިވަނީ ރައީސް ނަޝީދުގެ ފެކްޝަނަށް ތާއީދު ކުރައްވައިގެންނެވެ.

އަންނަ ރޯދައިގެ ފަހުން ބޭވުމަށް މިހާރު ހަމަޖެހިފައިވާ އިންތިޚާބުގައި، ސަރުކާރުގެ ވަޒީރުންނާއި، ގިނަ މަޖިލިސް މެމްބަރުންނާއި، ޕާޓީގެ ގައުމީ މަޖިލިހުގެ ގިނަ މެމްބަރުންނާއި، ކުންފުނިޔަކުގެ އިސްވެރިންނާއި އަދި ސިޔާސީ މަގާމްތަކުގައި ތިއްބެވި ގިނަ ފަރާތްތަކުންވެސް ދަނީ އަމަލީގޮތުން ގެންދަނީ ފައްޔާޒުގެ ކެމްޕޭންގައި ހަރަކާތްތެރި ވަމުންނެވެ.

އެމްޑީޕީގެ ލީޑަރޝިޕްގައި ހިމެނޭ، ނަޝީދުގެ އަރިސް ގިނަ ބޭފުޅުން އަމަލީގޮތުން ކެމްޕޭން ކުރައްވަމުން ގެންދަވަނީ އިމްތިޔާޒު ފަހުމީއަށެވެ. އިންތިހާބާއި އެކުގައި ދެ ރައީސުންގެ ވާދަވެރިކަން ބޮޑުވެ، ދެ ފެކްޝަން އަންނަނީ އަރައިރުން ވަމުންނެވެ. ފޯރިގަދަ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މޭ މަހުގެ 14 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ލެޕްޓޮޕް

    އެއްކަލަ ލެޕްޓޮޕް ދޯ މިހިރީ ކެންޕެއިން މެނޭޖަރަކަށް . މިނޫން މީހަކަު ހަމަ ކެމްޕެއިން މެނޭޖަރަށް ނުލިބުނީބާ.

    13
  2. ބަކުރުބެ

    ތުޅާދޫ ހުރިހާ ރިސޯރޓް ބޯއީ ނައިޓަށް ރަށައް

    12
  3. އަހްމަދު

    ލޯބިވެރިޔާ ދޯކާ ދީފަ މިއޮތީ ...ލޮލް

    18
  4. ޑގގ

    ހިޔާނާތްތެރިއެއް

    12
    1
  5. ލަނބުރާން

    ތި އޮތީ ހަސަން ކުރުސީގެ އޮޑީގެ ނަގިލި ކަހާލާފަ. ދެން ލަސްތަކެއް ނުވެ އަރާނީ ފަރަށް.

  6. ސަލާމް

    ލައިލާވެސް އެެރީ
    މާރިޔާވެސް އެހެރީ
    އެކަމަކު ހިސާން ތިއުޅޭގޮތަކަށް އެކަކުވެސް ނޫޅޭ.

    3
    1
  7. އަޙްމަދު

    މީވަރަށް ބޮޑު ޝޮކެއް!!!

  8. ރިޒާ

    މިކަނބުލޮ އަންނި ދޫކޮށްލީތަ
    ކަންތައް ގަނޑެއް ހިނގީއޭވެސް އަޑު އެރި

    1
    1
  9. Anonymous

    ހާދަ ދެރަކަމެކޭ
    ލަނޑު ދޭކަން ނުވާނެނު
    އެހެންވީމަ އެންމެން އެބަޔަށް އަރަންވީ
    އިތުރު ގޮތެއްނެެއްނު

  10. ޙަަަހަ

    ޔާމީން ވެރިކަމުގައި އަދީބު ފަނި އެޅުވިގޮތަށް ، ފައްޔާޒް ކެމްޕޭންގައި ހިޝާން ފަނި އަޅުވަން އުޅުއްވަނީތަ ، ނަޝީދަކީ އަޑިނޭނގޭ ނުބައި މީހެއް