އެމްޑަބްލިއުއެސްސީގެ 384 އެޕާޓްމެންޓުގެ ހައުސިން ޕްރޮޖެކްޓުގެ ބިންގާ އަޅައިިފިއެވެ.

ހުޅުމާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ޕްރޮޖެކްޓުގެ ބިންގާ އަޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، އެންވާރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމެވެ.

އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ އެ ޕްރޮޖެކްޓުގެ ދަށުން ޖުމްލަ 384 އެޕާޓްމެންޓު އަޅާނެ ކަމަށާއި އޭގެ ތެރެއިން 72 ފްލެޓު ޚާއްސަކޮށްފައިވަނީ އަލަށް ކައިވެނި ކުރާ ޒުވާނުންނަށް ކަމަށެވެ. އަދި ބާކީ އެޕާޓްމަންޓުތައް ދިނުމަށް ހަމަޖައްސާފައިވަނީ އެކުންފުނީގެ މުވައްޒަފުންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ފްލެޓް ކެޓަގަރީތަކުގެ ތެރޭގައި ސިންގަލް ބެޑްރޫމާއި، ދެ ބެޑްރޫމް އަދި ތިން ބެޑްރޫމްގެ އެޕާޓްމަންޓުތައް ހިމެނޭ. ފްލެޓުތައް ދޫކުރުމުގެ އުސޫލާއި އަގުތައް ކުރިއަށް އޮތް ދެހަފްތާއެއްހާ ދުވަސްތެރޭ އިއުލާން ކުރާނަން،" ޝާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ކުންފުނީގައި، ޒުވާނުންގެ އުމުރުގެ 453 މީހުން ތިބި އިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 750 މުވައްޒަފުން އެބަތިއްބެއެވެ. އަދި ކުންފުނީގެ 50 ޕަސެންޓު މުވައްޒަފުންނަށް އެ ޕްރޮޖެކްޓުގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެކުންފުންޏާއި އެހެން ކުންފުނިތަކުގެ މުވައްޒަފުންގެ ކުރިއެރުމަށް ކޮށްދެއްވަމުން އަންނަ ކަންކަން ފާހަގަކޮށް އެކަންތައްތައްކަކަށް ހުރިހާ މުވަޒަފުން މަރުހަބާ ކިޔަން ޖެހޭ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދެކުނުތަރި

    ވާސަރީ.. ސޯޝަލް ހައުސިންއޯ!!!!!!!

  2. ބޯއީ

    އެސް.ޓީ.އޯ ގެ ހުރިހާ ފްލެޓް ވެރިން ނައް

  3. މަލަކުރި

    .އެއް ޚުތުބާއެއްގެ ދަށުން އެއްފަހަރާ ކުރެވޭ 72ކައިވެނި ކަމުގައި ވުން . .ސަޅިކަމެއް. .ކައިވެނިވާ ދެމަފިރިން ހަމަޖެއްސުން ސަރުކާރުން. .މަރުހަބާ ޔާމީން

  4. ހިޓްލަރު

    ފުރަތަމަ ޝަރުތު ހަމަވެ ދަރިން ތިބި ފަރާތްތަކަށް ފްލެޓް ދިނުމަށް ގޮވަލަން. ޙައްޤުވެރިން މިނިކިރުމުގައި ހަމަ ހަމަ މިދުނިޔެމަތީގައިވާނީ ކޮން ދުވަހަކުންތަ.
    ބައިއެޅުން ނޫން ކަމެއް އެބަކުރެވޭތަ.

  5. Anonymous

    ތިޔަކަހަލަ އެތައް ވަޢުދެއްވެގެން މިހާރުވެސް ތިހުންނަނީ ކުރީގަވީ ވަޢުދުވެސް ނުފުއްދިގެން