ފުލުހުން އެދުމުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފޯނު ދެއްވިކަމުގައިވާނަމަ، މިއަދު މައުމޫނު ޖަލުގައި ހުންނަވަން ނުޖެހުނީސް ކަމަށް އަބްދުﷲ ޔާމީން ވިދާޅުވުމުން، ރައީސް މައުމޫންގެ ގާނޫނީ ވަކީލް މައުމޫން ހަމީދު ރައްދުދެއްވައިފި އެވެ.

ރައީސްގެ އެ ވާހަކަފުޅަށް ރައްދު ދެއްވަމުން މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ މަންދޫބެއްގެ ގޮތުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ރައީސް މައުމޫންގެ އަރިހަށް ވަޑައިގެން "އެއްބާރުލުން ދެއްވުމަށް" އެދިވަޑައިގަތް ކަމަށެވެ.

އޭގެ ޖަވާބުގައި "އެއްބާރުލުން ދިނުމަކީ ނުކުރާ ކަމަކަށް އެއްބަސްވުން ކަމަށް ވަންޏާ އެކަމެއް ނުކޮށްދެވޭނެ" ކަމަށް ރައީސް މައުމޫން ދެންނެވި ކަމަށްވެސް ވިދާޅުވިއެވެ.

މައުމޫން ހަމީދު ވިދާޅުވި ގޮތުގައި ރައީސް މައުމޫން ޖަލުގައި މިއަދު އިންނަވަން ޖެހިވަޑައިގަންނަވަނީ އަމިއްލަ ފައިދާ އާއި އާއިލީ ގުޅުންތަކުގެ މައްޗަށް އެމަނިކުފާނު ގައުމު އިސްކުރެއްވުމުން އެކަން ބާރުގައި ތިބި މީހުންނަށް ހަޖަމު ނުކުރެވުމުންނެވެ.

އަދި ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމާއި މުޅި އާއިލާއަށް ކުރިމަތިވެފައިވާ ބޭއިންސާފާއި ތަހައްމަލް ކުރަންޖެހިފައިވާ ވޭންތައް މި ބޭފުޅުން ސަރުކާރާ ގުޅިވަޑައިގެންފިނަމަ އެ ދުވަހުން ފެށިގެން ޖާދުލެއް ފަދައިން ގެއްލުނީސް ކަމަށްވެސް މައުމޫން ހަމީދު ވިދާޅުވި އެވެ.

އެ ތިން ބޭފުޅުން ވެސް ނަޒާހަތްތެރިކަން ވިއްކާލައި ރައީސް ޔާމީންއާއެކު ވަޑައިގެންފިނަމަ އެ ބޭފުޅުން ބޮޑެތި ދަރަޖަތައް ދެއްވާނެ ކަމަށްވެސް މައުމޫން ހަމީދު ވިދާޅުވިއެވެ. ނަމަވެސް ހިލިހިލާ ޖެހިޔަސް އެ ބޭފުޅުންގެ ނަފުސް ވިއްކާނުލަައްވާނެ ކަމުގެ ޔަގީންކަން މައުމޫން ހަމީދު ވަނީ ދެއްވާފައެވެ.

ތަހުގީގަށް ފޯނު ނުދެއްވި މައްސަލަގައި މައުމޫންގެ މައްޗަށް ވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. މީގެއިތުރުން އެމަނިކުފާނުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ައަބުދުއްލޯ

    ތިމައުމޫނު ގެ 30 އަހަރު އެނައުލުނު ގޮތާ ކަންތައް ކުރި ގޮތް އިގޭމީހުން ދުނިޔޭގަ އަދި އެބަތިބި މައުމޫނަކީ ކާކުކަން ނުކިޔާދިނިއް ޔާރަގަޅު ވާވީ

  2. ޑިމޮކްރަޓިސްޓް

    އަދިވެސް ތިއުޅެނީ ރައްޔިތުންނަށް އޮޅުވާލަން! ކީއްވެހޭ ތިވަރުކަމެއް ނުކުރާނަމަ ފޯނުބަލަން ނުދެވެންވީ! ދެންމިދައްކަނީ އެކަމާ ގުޅުވާފަ މުޅިން އެހެންވާހަކަތަކެއް! ދެންވެސް ގުނބޯހެދިފަ، އަމިއްލަޔަށް ގަޅިވެފަ ދެއަތާފަޔާ ޖަހަޖަހާ ތިބެންވީހޭ؟

  3. ހުސޭނުބޭ

    ހިލިހިލާވެސް ޖެހޭނީ ގައިގައި ވަރުހުންނަ މީހުންގެ ގައިގައި. އަބަދު ބަލިވެ ޑަކްޓަރަށް ދައްކަންޖެހޭ މީހާގެ ގާގައި ކިހިނެއް ހިލިހިލާ ޖަހާނީ........... އެހެނެއްނޫން......... ރަން 30 އަހަރުގައި މައުމޫނުގެ އަނިޔާވެރިކަމުގެ ހިލިހިލާޖެހި މީހުންގެ ބަދުދުޢާ އެބައޮތް. ތި ބުނާ ހިލިހިލާއަށްވުރެ އެ ބަދުދުޢާ މާ ބާރުގަދަވާނެ!

  4. ޟަރެ

    30 ަހަރު ކުރިކަނތަަަާ

  5. Anonymous

    ފޯނުނުދިނީ ކީއްވެ ރަަައްޔަތުންނަޓަކާތަ ކަމެއް ފޮރުވަންތަ

  6. ބޮޑުގަމާރު

    ދެން އޮވެބަލަ ތިއްތިކޮށް ޖަލުގަ! ތިޔަކަލޭގެ ޖަލުގައި އޮންނާތީ ހަމަގައިމުވެސް އޭނަގެ އަނިޔާ ތަޙައްމަލު ކުރަންޖެހުނު މީހެއްގެ ޙައިސިއްޔަތުން އަހަރެން ވަރަށް އުފާވޭ

  7. Anonymous

    މައުމޫނަކީ މިގައުމު ފިތުނަކުރަންއުޅޭ ބޭފުޅެއް. އެބޭފުޅާ އެއްގޮތަކަށްވެސް ދޫކޮށްގެން ނުވާނެއެވެ.

  8. އިބްރާ

    މައުމޫނަކީ މިގައުމު ފިތުނަކުރަންއުޅޭ ބޭފުޅެއް. އެބޭފުޅާ އެއްގޮތަކަށްވެސް ދޫކޮށްގެން ނުވާނެއެވެ.

  9. ވިސްނާމީހާ

    އަޅޭ ހަމްދޫނޫ ދަރަޖަ ދެއްވާނެ ނަމަ އެކުގައި އުޅުނުއިރު ދިނީސް ޔާމީންއަކީ އާއިލާއަށް ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަށް ބައިއަޅާނެ މީހެއްނޫން ބޭބެވިޔަސް ކޮއްކޮ ވިޔަސް ކުށެއްކޮށްފިއްޔާ އަދަބު ލިބެންޖެހޭނެ ބޮޑުކެކުރި ކުޑަކެކުރި އުސޫލަކީ 30އަހަރުގެ އުސޫލެއް މިހާރު އެކަމެއް ނުހިނގާނެ

  10. ފީނި

    ހިލިހިލާ ނުޖެހިއަސް ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން ނު އުޅުއްވާ ކަމަކަށް ނުވާނެ.

  11. ލަލަލާ

    ހިލިހިލާ ނުޖެހިޔަސް މިހާރު ތިޔައޮތީ ނަފްސުކީއްކުރަން މުޅިމީހާ ވިކިފައެވެ. އަމިއްލަ އެދުމަށްޓަކައެވެ.

  12. އަރުބަކާން

    އިއްތިހާދު މީހުންބުން ބުނި ފާރިޝް ރިޝްވަތު ދިނަސް ޔާމިން އަކަށް ފާރިސް ހައްޔަރުކުރާކަށް ނުކެރޭނެޔޭވެސް، އެހެންވެ ހުރިހާކަމެއް ފާރިސްލައްވާ ކުރުވީ އެންމެ ފަހުން އެސޮރު ބަފާވެސް އަންނިގެ މަޅީގަ ޖެހުނީ.

  13. ޔައުގޫ

    ވެދާނެ ފޯނުގަ ބުލޫފިލްމު ހުރީކަމައް ދެެއްތޯ ލޮލް

  14. މަގޭ

    ތިޔައޮތީ ހުރިއްޔާ ހުރިއެއްޗެއް އެއްފަރާ ވިކިފަ އިތުރަށް ވިއްކާނެ ހަމަ އެކައްޗެއްވެސް ނެތް! އަމިއްލަ އެދުމާހުރެ

  15. ޙަފްޞާ / މާލެ

    ބައްލަވާ ނަފްސް ވިއްކައިލައިގެންނޫންތޯ އެހުންނެވީ އެންމެ ބޮޑު ޢަދާވާތްތެރިޔާގެ ފަސްބައިގައި އެލިގެން!!!! ދެން އިތުރަށް ވިއްކާލާނޭ ނަފްސެއް ނެތެއްނުތޯ؟ ގައިމު ރިޕޯޓެއްގައި ކީއަޑުއެހިން 100000.00 ޑޮލަރަށް އެމަނިކުފާނު ވަނީ ނަފުސު ވިއްކާލާފައޭ! އޭގެތެރެއިން 50000.00 ޑޮލަރުވަނީ ދީފައޭ! އަނެއް 50000.00 ޑޮލަރު ގެނައީ ދަބަހެއްގެ ފުއްޑަނުގައި ފޮރުވައިގެންނޭ!