އިދިކޮޅު ފަރާތްތަކުން ފުލުހުންގެ ނިންމުމަށް ނުކިޔަމަންތެރިވާނެ ކަމަށްބުނެ ފުލުހުންނަށް ގޮންޖަހައިފިއެވެ.
ޖުމްހޫރީ ޕާޓީގެ އޮފީސް ހުންނަ މ. ކުނޫޒުގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވީ، އެއްވެ އުޅުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ވެސް ފަހިކޮށްދީފައިވާ ހައްގެއް ކަމަށާއި އެހެންވެ ފުލުހުންނަކަށް ވެސް އެ ހައްގު ނުހިފެއްޓޭނެ ކަމަށެވެ.
އަލީ ހުސެއިން މިހެން ވިދާޅުވިއރު މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފުލުހުންގެ ތަރުޖަމާނު، ސުޕްރިންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވެފައިވަނީ، ރޭގަނޑު 10:30 ގެ ފަހުން މަގުމަތީގަ އާއި ސިޔާސީ ޕާޓީތަކުގެ ޖަގަހަތަކަށް މީހުން އެއްވެ ހިންގާ ހަރަކާތްތަކާއި އެއްވުންތަކަށްވެސް ފުރުސަތު ނުދެއްވާނެ ކަމަށެވެ.
ފުލުހުން ވިދާޅުވީ މިގޮތަށް މިކަން ކުރަން ނިންމާފައިވަނީ ގައުމުގެ ދާޚިލީ ކަންކަން ބެލެހެއްޓުމަށް ފުލުހުންނަށް ދަތިތަކެއް ކުރިމަތިވާތީކަމަށެވެ. ނަމަވެސް އަލީ ހުސެއިން ވިދާޅުވީ ދިވެހި ގައުމު ދިރިއޮތްހާ ހިނދަކު ރައްޔިތުންގެ ބާރު ނުހިފެއްޓޭނެ ކަމަށާއި މުޒާހަރާތަކަށް ނިކުންނާނެކަމަށެވެ.
"ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާ އެބައޮތް. ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާ ނޫވެ. ގާނޫނު އަސާސީއެއް ނޫވެ. ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ ދިރި އެބައޮތް. އެހެންވެ ރާއްޖޭގެ ގާނޫނު އަސާސީ ދިރިއޮތްހާ ހިނދަކު، ދިވެހި ގައުމު ދިރިއޮތްހާ ހިނދަކު ދިވެހި ރައްޔިތުންގެ ބާރެއް ނުހުއްޓުވޭނެ. ދިވެހި ރައްޔިތުންގެ ބާރު ފެށޭ ހިސާބަކީ ވެސް ރައްޔިތުންނަށް އެއްވެ އުޅުމުގެ ހައްގު ލިބުން. އަދި ދިވެހި ރައްޔިތުންގެ ބާރު ނިމޭ ހިސާބަކީ ވެސް ހަމަ އެއްވެ އުޅުމުގެ މިނިވަންކަން،" އަލީ ހުސެއިން ވިދާޅުވި އެވެ.
ކޮންމެ ރެއަކު އެމްޑީޕީ ހަރުގެ އަދި ކުނޫޒު ސަރަހައްދަށް އިދިކޮޅު ފަރާތްތަކުން ދަނީ މީހުންނެރެމުންނެވެ. އަދި ވަކި ހިސާބަކުން ކޮންމެ ރެއަކު ވެސް ފުލުހުން އިދިކޮޅު ފަރާތްތަކުގެ އެއްވުން ރޫޅާލަ އެވެ. ފުލުހުންނަށް ޤާނޫނީ ގޮތުން ލިބިދީފައިވާ ބާރުން އެއްވުންތައް ރޫޅާލާއިރު ބައެއް މީހުނަށްވަނީ އަނިޔާވެފައެވެ.
ދެން އަނިޔާވޭ.
ފުލުހުންގެ ދަރިންނާ މައިންބަފައިން ތިބިކަން އެނގިގެން އަހަރުންނަށް އަނިޔާ ގަޅަންވާނީ
ފުލުހުން އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް ގޮންޖައްސައިވައިފިއޭ ލިޔެބަލަ...
ދެން ވަރަށް ސަލާން
ހާދަ ވަރުގަދަ މީހެކޭތީ!
ބަލިވާން ފެށިމާ ދެން ހުރި ހުރިހާ ނުލަފާކަމެއް ދައްކާނެ. އަލީހުސޭނަކަސް ނިކަން ފުލުހުންނަށް ގޮންޖަހާފައި ނިކުމެ ބަލަ. ހީކުރާ ގޮތްދޯ. ގާނޫނުން ތިން އަކުރު އެނގުނީމާ ހީވާކަހަލަ ތިމެންނައަށް އާސްމާނަށް އެރުނީޔޯ
ޢަލީ ހުސޭނު އެއީ ފަނޑިޔާރަށް ހަދިޔާދިނުމަށްފަހު މިކޮޅުން ހުރިހައިކަމެއް ކޯޑިނޭޓުކުރަން ޙަވާލުކުރިމީހާ....... އެއުޅެނީ އަތަށް ގޮވައިގެން.
ޤާނޫނު އަސާސީ އެނގޭ ޤުރުއާނުގައިވާއެއްޗެއް އެނގޭނަމަ ތިޔަހެން ނޫޅުނީސް.....
ބޯގޯސް އެންމެން ވިސްނަބަލަ ޕޮލިސް ޕްރެސްގެ ކުރިން އަދުރެއަށް އެކަން އެގުނީ ކިހިނެއްތޯ؟
ގާނޫނުއަސާސީގަ އެހެން އޮތުމުގެ މާނައަކީ އެހެންމީހުން ނިދިޔަ ނުދީ ހަޅޭއްލެވުމެއްނޫން. ވަކީލުންގެ ފެންވަރު ދެން ކިހިނެތް އެހެންމީހުންނަށްވާނީ. ޑިމޮކްރަސީގައި ކަޅުމީހަކާ ދިމާއަށް ކަޅޭ ބުނުމަކީވެސް ތިޔަބުނާ މޮޅު ގައުމުތަކުގައި އަދަބުލިބޭކަމެއް. ދިވެހިން ގަޅިކަމުން ކިޔާލުފާޅުކުރުމުގެ މިނިވަން ކަމޭ ކިޔައިގެން ގަޅިހައްދަނީ.
ހެއްދެވި ފަރާތައް ބޯލަނބަންނޭގޭ ބަޔަކައް ވެރިޔަކއް ކިޔަމަން ވާކައް ނޭނގޭނެ.
ހަގީގަތުގަވެސް އުދަގޫވޭ އަލީ ހުސެއިން ގަބުލުކުރުމާ އެނަގަބޫލުނުނުކުރު މަކީ އެނަގެ ނާގަބިލުކަން
އަޅެ މި އަލީ ހުސެން މީ ކޮންތާކުން ޤާނޫނު ކިޔަވައިގެންހުރި މީހެއްތަ؟
ސިޔާސީއަދި ސިޔާސީ ނޫން އެންމެހާދިވެހިރައްޔިތުން ގެދަރިން ވެސް ނުލާހިކުހެނދުނާ ސްކޫލްއަށްދާންޖެހޭއިރު މަގުތަކުގަ އަޑުގަދަކުރާބެނުންކޮށް އަޑުގަދަކުރަމުންދާއިރު އުނދަގޫވާނެކަންވިސްނަންވާނެ.
.ފުލުހުންގެ އަތުގައި ހުރި ކަތުނަ ގޭސް ހުސްވާ ހިސާބަށް ގެންދާނެ އެފަހުން މައިތިރި ކުރަން ހަތިޔާރު ބޭނުންކުރާނެ. .ހަޅުތާޅު ނުކުރޭ
ގޭގަ ތިބިނަމަ އަނިޔާ ނުވާނޭ.