ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމިންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގއ.ވިލިނގިއްޔަށް ވަޑައިގެންނެވުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ގއ. އަތޮޅަށް ޝަހީމް މިއަދު ފެއްޓެވި ދަތުރުފުޅުގައި ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު އަހްމަދު އައްސަދު އަދި ގެމެނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްލާމް ބައިވެރިވެ ވަޑައިގަންނަވައެވެ.

ގއ.އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެންމެ ފުރަތަމަ ޑރ.ޝަހީމް ވަޑައިގެންފައިވަނީ ވިލިނގިއްޔަށެވެ. އެ ރަށަށް ވަޑައިގެންނެވުމުން ޑރ.ޝަހީމްގެ ޓީމަށް އެ ރަށުގެ އެކި އުމުރުފުރާތަކުގެ މީހުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. މި ދަތުރުފުޅުގައި ވިލިނގިލީގެ ރައްޔިތުންނާއި ބައްދަލުކުރުމަށް "ޑޯޓުޑޯ" ހަރަކާތެއް ހިންގުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ގއ.އަތޮޅުގެ ހުރިހާ ރަށަކަށް ޑރ.ޝަހީމް ދަތުރުކުރެއްވުމަށް ހަމަޖެހިފައިވާއިރު މިއީ ރައީސް ޔާމީންގެ ރަނިން މޭޓު ކަމަށް ހަމަޖެއްސެއްވި ފަހުން ޑރ.ޝަހީމް ކުރައްވާ ފުރަތަމަ ކެމްޕެއިން ދަތުރުފުޅެވެ.

ޑރ.ޝަހީމް ގއ.އަތޮޅަށް ވަޑައިގެންފައިވާއިރު އެމަނިކުފާނު ވަނީ މާލޭގައި ތިއްބެވި އަތޮޅުތަކުގެ ރައްޔިތުންނާއި ވެސް ދާދިފަހުން ބައްދަލުކުރައްވާފައެވެ.

ކެމްޕެއިން ދަތުރުފުޅެއް ޑރ،ޝަހީމް ފެއްޓެވިއިރު ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ އަތޮޅުތެރޭގެ ބައެއް ރަށްތަކަށް ދާދިފަހުން ވަޑައިގެންފައެވެ. އެގޮތުން އެންމެފަހުން ރައީސް ޔާމީން ވަޑައިގެންނެވީ ތިލަދުންމަތީގެ ބައެއް ރަށްތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރީނދޫ

    2018 ޔާމީން

  2. ގަމާރުމޯލްޑިވިއަން

    ދިވެހިން މޮޔަ ހައްދައިގެެން ދީނޭ ކިޔައިގެން ހައްލުވާލެވޭނީ ރަށްފުށު މީހުން

    • ކޮބާހޭ

      ކޮބާހޭ ކޮބާހޭ ޖަވާބަކީ.. ނަޝީދު ޑެންމާކަށް ގޮސް 'ޖެސުއިޓްސް'JESUITS ރާއްޖޭގަ އޮތް އިސްލާމިކް ނެރޭޓިވް އާ ދެކޮޅަށް އައުމަށް ގޮވާލި ސަބަބަކީ.. ދީނަށް ނަސްރުދޭންތަ؟.. ކްރިިސްޓިއަން ދީނަށް.. ޖަވާބަކީ ކޮބާ؟ އޭނާއަށް ތަބާވުމަކީ ކޮންކަހަލަ ކަމެއްބާ؟

  3. ރިޒާ

    މިއަށްވުރެ ސައިޒުން ބޮޑު މީހުންގިނަ ފޮޓޯއެއްލައިބަލަ މަމީ އޭނާ އައި އިރު އެތާ ހުރިމީހެއް އރތާކުނެތް މީހަކު ފޮޓޯއިން ތިފެންނަނީ ތަރުހީބު ދޭންތިބި މީހުން ރިޕޯޓަރ ވަރަށް ސަކަރާތް

  4. މީހާ

    ރިޒާ ކަލޭ އޮތީ ރީނދޫ ހުން ޖެހިގެން ގޭގަ ޢާންމުކޮށް ރީނދޫ ހުން ޖެހޭ މީހުންނަން ފެންނަ މަންޒަރުތަށް ސާފެއް ނުވާނެ ކިޔޭ ނުކިޔޭ އެއްޗެއް ނޭގޭނެ