އަންނަ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ދެވޭ ވޯޓަކީ މިހާރު އޮޅުން ބޮޅުންވެފައި އޮތް ނިޒާމް ބަދަލު ކުރަން ދެވޭ ވޯޓެއް ކަމަށް އިދިކޮޅު ފަރާތްތަކުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ޖަގަހައެއް ހުޅުމާލޭގައި ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"މިއީ އޮޅުން ބޮޅުންވެފައިވާ ނިޒާމް ބަދަލު ކުރުމަށް ދެވޭ ވޯޓެއް. މިއީ ނެތިގެން ގޮސްފައިވާ ހަމަހަމަކަން އަލުން އިޔާދަ ކުރުމަށް ދެވޭ ވޯޓެއް." ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ރިޔާސީ އިންތިޚާބަކީ ހުރިހާ ކަމެއް ބަދަލު ކުރުމަށް ލިބިފައިވާ ރަނުގެ ފުރުސަތެއް ކަމަށެވެ.

"މުސްލިމުންނަކީ ލިބޭ ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ވަގުތުގައި ހިފަން ޖެހޭ ބައެއް. އަޅުގަނޑުމެން މިފުރުސަތުގެ ބޭނުން ހިފަން ޖެހޭ." ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ އެންމެ ހަތް ރިސޯޓްގައި ވޯޓް ފޮށި ބަހައްޓަން ކުރިން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބަދަލު ކުރުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމާފައި އޮތީ 250 މީހުން ރަޖިސްޓްރީވާ ރިސޯޓްތަކުގައި ވޯޓް ފޮށި ބަހައްޓާށެވެ. އެނިންމުމުގެ ސަބަބުން ވޯޓް ފޮށި ބެހެއްޓެން އޮތީ އެންމެ ހަތް ރިސޯޓްގައެވެ. ނަމަވެސް މިހާރު އިލެކްޝަންސް ކޮމިޝަންގެ ނިންމުން ބަދަލުކޮށް 100 މީހުން ރަޖިސްޓްރީވާ ރިސޯޓްތަކުގައި ވޯޓް ފޮށި ބަހައްޓަން ވަނީ ނިންމާފައެވެ. މިނިންމުމުގެ ސަބަބުން ވޯޓް ފޮށި ބަހައްޓާ ރިސޯޓްތަކުގެ އަދަދު 40 އަށް އަރާނެ ކަމަށް ބެލެވެއެވެ.

ފައިސަލް މިރޭ ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލަ އަށް ވޯޓް ލުމުގެ ޙައްޤު ދޭން ޖެހޭ ކަމަށް ގޮވާލާ ގޮވާލުން ތަކުރާރު ކުރައްވާފައެވެ.

ޤާނޫނު މިހާރު އޮތް ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ވޯޓް ކަރުދާހުގައި ފާހަގަ ޖަހާނީ އިލެކްޝަންސްގެ އޮފިޝަލުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އަބްދުއްލާ

    2008 ގަ ވެސް ބަދަލުކުރީ ނިޒާމްގެ އޮޅުންބޮޅުން ފިލުވަން އޭރުވެސް ހަވާލުވިމީހުންނަކީ ތިބި މީހުނަށް ވުރެވެސް ގަމާރު އޮޅުންބޮޅުން އިތުރުކުރި ބައެއް. މިހާރު އަންނަންތިޔަ އުޅެނީވެސް ވަންވަލުން ނިކުންނަން ވެސް ނޭގޭ ފެންވަރުގެ ދެމީހުން. މިމީހުން އައިސްގެ 2008 ން 2012 ދެމެދު ގައުމަށް ދިމާވި ދަށުދަރަޖައިގެ ހާލަތަށް ވުރެވެސް ދަށް ހާލަތު ގައުމަށް މެދުވެރިވެގެން ދާނެ ކަމަށް ފެނޭ

  2. ޙަސަން

    އޮޅުންބޮޅުން ފިލުވަން އަނެއްކާ މީހަކާ އިންނަންވީނު؟

  3. އިބުރޭ

    ބައި ވޯޓުވެސް ކަލޭއަކަށް ނުލިބޭނެ.. ޖޭޕީ ޕާޓީ އޮތީ އޮޅުން ބޮޅުން އަރާފައި.. ފޫނެތް ފަޔައް ފެން ފުރާ ޕާޓީ ޖޭޕީ އެއީ.. ސަރުކާރަށޭ ތާއީދު އޮތީ..

  4. ނުރަބޯ

    ދޮންކަލޯ. މީގެކުރިންވެސް އަހަރެމެން ހަމަ ތިޔަހެން 2008 ގައި ހެޔޮބަދަލަކަށް ވޯޓު ދިނީމެވެ. އެކަމުގެ ހިތާމަ އަދިއަދަށްވެސް މިދަނީ ކުރަމުންނެވެ. ގައުމުގެ ހުރިހާ ނިޒާމެއް މުޅިން ފުނޑުފުނޑުވެގެން ދިޔައީއެވެ. ގައުމުގެ އިގްތިޞާދު އިނދަޖެހިގެން ދިޔައީއެވެ. ސިއްޙީ ނިޒާމު ފޭލްވެގެންގޮސް ހަފުސްވީއެވެ. ކުންފުނިތައް ވިކިގެން ދިޔައީއެވެ. ގައުމީރިޒާވް ހުސްވީއެވެ. ޑޮލަރުގެ އަގުބޮޑުކޮށްފަ ޑޮލަރުލިބޭމަގު ބަންދު ކުރުމުން ޑޮލަރުގެ ކަޅުބާޒާރެއް އުފެދި ފައިސާގެ އަގުވެއްޓި ތަކެތީގެ އަގު އިންތިހާ އަށް މައްޗަށް ދިޔައީއެވެ. ޖީއެސްޓީ ނަގަންފެށީއެވެ. ފުރަތަމަ އަހަރު 3 ދެވަނަ އަހަރު 6 ތިންވަނަ އަހަރު 8 ނަގަންވެފަ އޮއްވާ ސަރުކާރު ވެއްޓުނީއެވެ. މިއަދު ކަލޭ ތިޔަބުނަނީ ހަމަ އެމީހުން ނިޒާރު ރަގަޅުކުރަން އުޅެނީއޭ ހެއްޔެވެ. ތިޔަކަމެެއް ނުވާނެއެވެ. ކަލޭ ތިޔަކަން ހުއްޓާލާފަ މަހައްދިޔުން މާރަނގަޅުވާނެއެވެ.

  5. ހުސޭނުބޭ

    މިކަލޭގެ މި ހުންނަނީ ބޮލުރޮދިކެނޑިފައި! ދެން އޭގެ ފަހަށް މަ ނެތިން މިކަލޭގެ އޮޅުންބޮޅުމުގެ ތެރޭގައި އުޅޭ ވާހަކަ ދައްކާކަށް

  6. ޖ

    މީދެންކާކުތަ

  7. ވަގު ތުނޫސް

    މީނަގެ ފޮނިކަމާ މީނާގެ އަންހެނުންގެ ބޮޑާކަމާ އެވެ. މީނަޔައް ގައުމުގެ މިވަރުގެ މަގާމެއް ލިބިއްޖިޔާ އަހުރުން ނިކަމެތިން ތިބެން ޖެހޭނި ގުދައް!... މޑޕ ވެސް ވިސްނާލުން ރަނގަޅު ރަނިންމޭޓަކަށް މިކަހަލަ މީހުން ގާތް ނުކުރަން... މަގޭ ވޯޓެއް ވެސް އާއިލާ ވޯޓެއްވެސް ދެން މޑޕ އަކަށް ނުލިބޭނެކަން ކަށަވަރެވެ 1ވޯޓުން ވެސް ނަތީޖާ ބަދަލުވެދާނެކަން ދަންނަޖެހޭ..... ވ ވެދުން.

  8. ާއާނ

    ދެން ނިޒާމު ބަދަލުކުރަންޏާ ކުރަންވީ 2008 ގެ ކުރިން އޮތް ނިޒާމަށް. ޕާޓީތައް އުވާލަންވީ. މިހާރު ރައްޔިތުން ތިބީ ހޭލުންތެރިވެފައި.. އެހެންވީމާ މައުމޫނު ކަންކުރި ގޮތަކަށް ނުކުރެވޭނެ. އެއިރު އޮތް ނިޒާމު ރަނގަޅު މި ޕާޓީ ނިޒާމަށްވުރެން.. އެކަމަކު ތިޔަ އެމް.ޑީ.ޕީ އަކަށް އެކަމެއްނުވާނެ. އެވެރިން އެއުޅެނީ އަދި މިއަށްވުރެން 'އެލީޓިސްޓް' ނިޒާމަކަށް ދާން. އޭރުން ރައްޔިތުންގެ މަޖިލީސް ގަނެލީމަ ރައީސްވެސް ގަނެވުނީ.. ރައީސް ހޮވާނީ މަޖިލީހުން.. ރައްޔިތުންގެ ބަހެއްނެތި..

  9. އަސްލު

    އިދިކޮޅު މީހުންނަށް ކާމިޔާބު ވެއްޖެނަމަ މަގުސަދަކީ އަންނި ސަލާމަތްކުރުން މިނޫން އެއްވެސް ކަމެއް ނުކުރާނެ. އެވެސް ގާނޫނު އަސާސީއާއި ހިލާފު އަށް. ދޮޅުއަހަރު ވެރިކަމެއްގެ ވާހަކަ ކޮން ގާނޫމެއްގާތޯއޮތީ؟؟؟؟ މިއީ ކަޑައެޅިގެން ގާނޫނުއަސާސީ އާއި ހިލާފަށްދޭ ވޯޓެއް

  10. ސ

    މީމީހުންގެ ރޭވުމަކީ އިބޫވެރިކަމާ ހަވާލުވެ ދުވަސްކޮޅަކުން ގެންނާނީ ނަސީދު ގެނެސް މިހާރުހުރި ރަނިންމޭޓުބޭރުކުރާނީ ކޮއްފާ އެމަގާމައް އަންނާނީ އަންނީ ދެންދުވަސްކޮޅަކުން އިބޫ އިސްތިއުފާ ދޭނީ ދެންވެރިކަމާއިހަވާލިވާނީ އަންނި މީމިކަން ރޭވިފާއޮއްގޮތް ދެންމިާރާއްޖެ ވިއްކާލާނީ ބޭރުގެ ނަސާރާ އާއި ބުޑިސްޓުންގެ އތްމައްޗައް.

  11. ނިޢުމާ ޙަސަން

    އޯލެވެލްއިން ދެމާއްދާއިން ފާސްވެގެން ނައިބުރައީސަކަށް ވުންތޯ ތިޔަ ހުވަފެނުގައި ދެކެނީ؟ އިބޫއަށް ލިބެންއޮތް ވޯޓުންވެސް ބޮޑުބަޔެއް އުނިވާނެ ކަލޭ ރަނިންމޭޓަކަށް އައިމާ! ބޮޑާވެ ގަދަބަސްބުނެވިދާނެ! ދިވެހިން ތބީ ޔާމީން ދެވަނަ ދައުރަކަށް ހޮވަން ކެތްމަދުވެފަ! އިރާދަކުރެއްވިއްޔާ މިކަން ވޯޓުން ފެނިގެންދާނެ!

  12. ރާބެ

    ފައިސަލޫ ކަލޭތިހިރީ ހޭބަލިވެފަތަ ކޮންކަމެއްތަ އޮޅުންބޮޅުން ވެފައޮތީ ކަލޭބުނެދީބަލަ އޮޅުންބޮޅުން ވެފަ އޮތްކަމެއް ކަލެއައް އެގޭބާ ކަލޭތިހިރީ އޮޅުންބޮޅުން ވެފާކަން ކަލޭތީ ގާސިމުގެ ޕަޕެޓެއްކަން.