ނިރުބަވެރި (ޓެރަރިސްޓް) ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި އައްޑޫން އިއްޔެ ހައްޔަރު ކުރި ނުވަ މީހުންގެ ތެރެއިން ހަމީހެއްގެ ބަންދަށް ކޯޓުން ހަތް ދުވަސް ދީފިއެވެ.

މައްސަލައިގައި ދެން ހިމެނޭ ތިން މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރަން އަދި ކޯޓަކަށް ނުގެންދެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އިއްޔެ "ވަގުތަށް" ވިދާޅުވީ، ނިރުބަވެރި އަމަލެއް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި އައްޑޫން ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް މައްސަލައިގެ އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

އައްޑޫގައި ހަމަލާއެއް ދޭން އުޅޭ ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރު ކުރިއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ.އެސް ޖަޔަޝަންކަރާއި ރާއްޖޭގެ ފޮރިން މިނިސްޓަރ އދ.އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ވަޒީރުންނާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޝަމާލް އާއި ރާއްޖެ އާއި އިންޑިއާގެ އިސް ގިނަ ބޭފުޅުންތަކެއް ތިއްބެވީ އައްޑޫގައެވެ.

ނަމަވެސް އައްޑޫގައި ދޭން އުޅުނު ހަމަލާ އަކީ ސަރުކާރުގެ އިސް ބޭފުޅުންނަށް ދޭން އުޅުނު ހަމަލާއެއް ކަމެއް ނުވަތަ ނޫން ކަމެއް އަދި ކަމާބެހޭ އިދާރާތަކުން ހާމައެއް ނުކުރެއެވެ.

ނިރުބަވެރި ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި އައްޑޫން ނުވަ މީހަކު ވަނީ ހައްޔަރު ކުރިއިރު އޭގެ ތެރޭގައި ހަރުކަށި ފިކުރަށް ތާއިދު ކުރާ އިސް މީހުންނާއި 18 އަހަރު ނުފުރޭ ކުދިން ވެސް ހިމެނޭ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި "ވަގުތު26" ތަހުގީގުގައި ބުނާ ބޮޑުންެ ތެރެއިން ދެ މީހަކު ހިމެނޭކަން "ވަގުތަށް" އަށް ވަނީ އެނގިފައެވެ.

https://twitter.com/VaguthuOnline/status/1344719765646950400?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1344719765646950400%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fvaguthu.mv%2Fnews%2F713629

"ވަގުތަށް" އެނގިފައިވާ ގޮތުގައި "ވަގުތު" ރިޕޯޓްގައި ފާހަގަ ކޮށްފައިވާ މީހުންގެ ތެރެއިން ފުލުހުން ހައްޔަރު ކޮށްފައިވަނީ "މުހައްމަދު ނައުޝާދް ޝަރީފް" އާއި "އަހުމަދު ނާހިދު ޖަމާލް" އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސަނުލް

    ދީނަށް ފުރައްސާރަކުރާ ނަޝީދުގެ މައްސަލަ ބަލައިގަންނަންް ވެސް ނުކެރުނު ލާދީނީ އެމް ޑ ޕ ޚާއިނުންނަކަށް

  2. ނާށިދު

    އައްޑޫ ގައި އިންޑިޔާ ސިފައިން ބައިތިއްބަން
    އައްޑޫ ގެ ރަތްޔިތުން ނަށް ބިރުދައްކަނިީ. އައްޑޫ މީހުން ހޭއަރަން ވެއްޖެ.