ފުލުހުންގެ ތެރޭގައި ގޯސްހަދާ މީހުން ތިބިކަމަށް ބަންޑާރަނަ ނައިބު މަޖިލީހުގެ ކޮމެޓީއެއްގައި ވިދާޅުވެފައިވަނިކޮށް އެކަން މަޖިލީހުގެ ޖަލްސާއެއްގައި ހޯމް މިނިސްޓަރ އިމްރާން ދޮގު ކުރެއްވި ނަމަވެސް އެއީ ދޮގު ކުރެވޭނެ ވާހަކައެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

މުޅި ދުނިޔޭގައިވެސް ފުލުހުންގެ މުއައްސަސާގައި ގަސްތުގައި ގޯސް ހަދާ ބަޔަކު އުޅޭކަން ފާހަގަ ކުރައްވާ މެންބަރު އީވާ ވިދާޅުވީ ދެވެޒީރުންގެ ތެރެއިން އިތުރުފުޅު ހެއްދެވި ވަޒީރަކު ބައްލަވަން ޖެހޭނެ ކަމަށެވެ.

އީވާ މިފަދައިން ވިދާޅުވީ ފުލުހުންގެ ތެރޭގައި ގޯސްހަދާ މީހުން ތިބިކަމަށް ބަންޑާރަނަ ނައިބު މަޖިލީހުގެ ކޮމެޓީއެއްގައި ވިދާޅުވެފައިވަނިކޮށް އެކަން މަޖިލީހުގެ ޖަލްސާއެއްގައި ހޯމް މިނިސްޓަރ އިމްރާން ދޮގުކުރައްވާފައިވާތީ ދެވެޒީރުންގެ ތެރެއިން އިތުރުފުޅު ހެއްދެވި ވަޒީރަކަށް ފިޔަވަޅު އެޅުމަށް ގޮވާލައި މަޖިލީހަށް، މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

އީވާ ވިދާޅުވީ އާދަމް ޝަރީފު ހުށަހެޅުއްވީ މުހިންމު މައްސަލައެއް ކަމަށާއި، އެ މައްސަލަ ނުބެލޭނެ ގޮތެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ. އަދި މިއީ މަޖިލީހުގެ އިމްތިޔާޒާއި ގުޅިފައިވާ މައްސަލައެއް ކަމަށާއި ގާނޫނު އަސާސީގެ 98 ވަނަ މާއްދާގައި، މަޖިލީހުގައި ވަޒީރުން ވާހަކަ ދައްކަވަން ޖެހިވަޑައިގަންނަވާނީ ތެދު ބަހުންކަން ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް ވެސް އީވާ ވިދާޅުވިއެވެ.

"މަސްތުވާތަކެއްޗާ ގުޅޭ ކަންކަމާ، ހިއުމަން ޓްރެފިކިންއާ ގުޅޭ ކަންކަމަށް، މިކަހަލަ ބޮޑެތި ޖަރީމާތަކުގައި ގަސްތުގައި ގޯސް ހަދާ ފުލުހުން މުޅި ދުނިޔޭގައިވެސް އުޅޭކަން އެނގޭ. އެއީ ދެން ދޮގު ނުކުރެވޭނެ ވަރުގެ ވާހަކައެއް. އަޅުގަނޑަށް ނުވިސްނެނީ، ހޯމް މިނިސްޓަރަށް ކިހިނެއްތޯއޭ ކުއްލިއަކަށް، ރާއްޖޭގެ ފުލުސް އޮފީހުގައި އެކަހަަލަ ގޯސް ހަދާ މީހުންނެއް ނޫޅޭނެއޭ ބުނެވޭނީ؟" އީވާ ވިދާޅުވިއެވެ.

އީވާ އިތުރަށް ވިދާޅުވީ އެފަދަ ވާހަކައެއް މިނިސްޓަރަށް ވިދާޅުވެވޭނީ ރަނގަޅަށް އެކަން ބައްލަވާފައި ކަމަށެވެ. އަދި ކަންކަން ރަނގަޅު ކުރަން ބޭނުންނަމަ، ގޯހެއް ހެދިފައިވާއިރު، ގޯސް ގަބޫލު ކުރަން ޖެހޭނެ ކަަމަށްވެސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ދެ ވަޒީރުން ކަނޑައެޅިގެން ދެގޮތަކަށް އެއް ކަމެއްގައި ވާހަކަދައްކަވާފައިވާއިރު ކޮންމެވެސް އެއް މިނިސްޓަރަކު ހައްދަވަނީ އިތުރުފުޅުކަން ވަނީ ހާމަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަލީ

    މައްސަލަ ރަނގަޅަށް ނުބަލާ މިހާ އަވަހަށް އިމްރާން ކުއްވެރި ކޮއްލީދޯ.
    ޕީޖީ އަކީ ވެސް ގޯސް ހަދާ ބޭފުޅެއް.

  2. ބިންގޯ

    އިމްރާން ނުހަދާނެ ދޮގެއް. އޭނަޔަކީ ސޭހެއް. އޭނަ ދޮގު ހަދައިފިއްޔާ "މުޅިރާއްޖެ ގުޑާނެ"

    3
    4
    • Anonymous

      ޝައިޚެއް ނޫން ސޭހެއް ށޭހެއް ހަހަހަހަހަހަ ފަނީ.

  3. Anonymous

    ގައުމުގެ ހަލާކުން މިއުޅެނީ.

  4. Anonymous

    އީވަ އަކީ ހާދަ މުޑުދާރު އަންހެނެކޭ. ކޮން ތަނަކުން ރާއްޖެ އެތެރެ ވެގެން އުޅޭ ކްރީޗާރ އެއްތަ މިއީ؟ އެއްވެސް މިހަކު ބޭނުމެއް ނުވެޔޭ މި އީވާޔާ ވައްތަރު ވާން. އެހެން މީހުން އީވާޔާ ވައްތަރުކުރަން އީވާ ކިތަންމެ ބެނުންވިޔަސް އެކަމެއް ނުވާނެ.

    ތަމްބް އަޕް ދިސް ކޮމެންޓް ފޯރ ސަޕޯރޓް. 😊

    10
  5. ށާ

    މިތާގަ ދޮގު ނުކުރެވޭ ވަރުގެ ވާހަކަ އަކީ ކާކުތޯ؟ ކިހިނެއްތޯ ކުރެއްވީ. އަހަރެން މިހުރީ އަޖައިބުވެފަ.

  6. Anonymous

    މީނަމި ކޮން ގައުމަކުން އެތެރެވެގެން އުޅޭ މީހެއްތޯ މަޖިލީހުގައި ނިކަން ސުވާލު އުފައްދާބަލަ.