ލ.ގަމު ހޮސްޕިޓަލް ހަލާކު ކޮށްލީ ނާގާބިލް ބޯޑެއް އައްޔަން ކޮށްގެން ކަމަށް ވިދާޅުވެ ސަރުކާރު ހިންގާ އެމްޑީޕީ އަށް ނިސްބަތްވާ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ސިރާޖު މިހެން ވިދާޅުވީ ލ.އަތޮޅުގެ ރައްޔިތުންގެ އިތުރަށް އެހެން އަތޮޅުތަކުގެ ގިނަ ޢަދަދެއްގެ ބަޔަކު ޚިދުމަތް ހޯދަމުން ގެންދާ ގަމު ރީޖަނަލް ހޮސްޕިޓަލްގެ ހާލަތު ގޯސްވަމުން ދާތީ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލަ އަށް ބަހުސް ކުރައްވަމުންނެވެ.

ސިރާޖު ވަނީ ގަމު ހޮސްޕިޓަލާއި ގުޅޭ ގޮތުން ހުށަހެޅި މައްސަލަ މަޖިލީހަށް ބަލައި ނުގަންނަން އެމްޑީޕީގެ މެންބަރުންތަކެއް ވޯޓް ދެއްވާފައި ވާތީ އެކަން ކުށްވެރި ކުރައްވާފައެވެ. ސިރާގު ވިދާޅުވީ އެމްޑީޕީގެ މެންބަރުންތަކެއް މިމައްސަލަ ބަލައި ނުގަންނަން ރަތަށް ފިތުމަކީ ލަދުވެތި ކަމެއް ކަމަށެވެ.

ހޮސްޕިޓަލްގެ ހާލަތު ބަޔާން ކޮށްދެއްވަމުން ސިރާޖު ވިދާޅުވީ ހޮސްޕިޓަލުން އެކްސްރޭއެއް ނުނެގޭތާ ތިން މަސް ދުވަސް ވެއްޖެ ކަމަށެވެ. ދަތުގެ ފަރުވާއަށް ނުލިބޭތާ އަހަރެއް ވެއްޖެ ކަމަށާއި ސްކޭން ނުކުރެވޭތާ ހަމަސް ވެއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ މިސަރުކާރު އައި ފަހުން ހޮސްޕިޓަލަށް ގެނެވުނު ބަދަލަކީ ގާތް ބަޔަކަށް ވަޒީފާތަކެއް ދިނުން ކަމަށެވެ. "ހޮސްޕިޓަލްގެ ހާލަތު ގޯސް. ހޮސްޕިޓަލެއް އެއްވެސް ގޮތަކަށް ނުހިންގޭ. ހޮސްޕިޓަލަށް މިސަރުކާރުން އައިސް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެންނަން މަސައްކަތް ކުރި. ނަމަވެސް މައިގަނޑު ބަދަލަކަށް ގެނެވުނީ އެކުގައި އުޅޭ ރައްޓެހިންތަކަކަށް ވަޒީފާތަކެއް ދިނުން. ބޯޑެއް އެކުލަވާލުން. އެބޯޑަށް ހޮސްޕިޓަލެއް ނުހިންގޭނެ ގާބިލް ނޫން މީހުންތަކެއް ލައިގެން މުޅި ހޮސްޕިޓަލް ހަލާކު ކޮށްލުން. ހޮސްޕިޓަލް މިހައި ބޮޑަށް ހަލާކު ވެގެން ދިޔައީ އެއްވެސް ވަރަކަށް ހިންގުންތެރިކަމެއް ނެތް ފަރާތްތަކެއް ނަގައިގެން ބޯޑެއް އެކުލަވާލި ހިސާބުން." ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ ގަމު ހޮސްޕިޓަލަކީ މީގެ ކުރިން ދުވާލަކު 600 މީހުން ދައްކަމުން ދިޔަ ހޮސްޕިޓަލެއް ކަމަށާއި ނަމަވެސް މިހާރު ދުވާލަކު ހޮސްޕިޓަލަށް ދައްކަމުން ގެންދަނީ 100 ވަރަށް މީހުން ކަމަށެވެ. ހޮސްޕިޓަލަށް ދައްކާ މީހުންގެ އަދަދު މަދުވެގެން ދިޔައީ އެކަށީގެންވާ ފަރުވާއެއް ހޮސްޕިޓަލުން ނުލިބޭތީ ކަމަށް ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ އުއްމީދަކީ ރަނގަޅު ހިދުމަތްތަކެއް ގަމު ރީޖަނަލް ހޮސްޕިޓަލުން ލިބުން ކަމަށާއި ނަމަވެސް އަދި އެކަން ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޢަލީ

    އެންމެ ފަހުން މިމީހުންވެސް ގަބޫލުކޮށްފި މި ސަރުކާރަށް ކަމެއްނުވާކަން އަލްޙަމްދުﷲ،

  2. Okay 123

    ސިޔާސީ މީހުން ތަންތަނުގެ ވެރިންނަށް ލައިގެން ތަންތަން ހަލާކުވަނީ.. މީ ހަގީގަތް!

  3. އާދަނު

    ސިރާޖުއަށް ހެލްތް މިނިސްޓަރު ރަނގަޅުދޯ

  4. ނާދިރާ

    އައިޖީއެމްއެޗް ވެސް އޮތީ ހަލާކުކޮށްލާފަ. އެކަށީގެންވާ ހިދުމަތެއް ނުލިބޭ. މުވައްޒަފުން އެހާ ކަންނެތް. ޒިއްމާ އަދާކުރުމެއް ޒިއްމާ ކުރުވުމެއް ނެތް. ގިނަ މީހުން ދަނީ އަމިއްލަ ކްލިނިކްތަކަށް. މީގެ އިތުރުން އޭޑީކޭ އާއިއެކު ޑީލް ހަދާފަ އޮންނަހެންވެސް ހީވޭ.

  5. ޖުލައި

    ބ. އަތޮޅުގަ އޮންނަ އަހަރެމެން ރަށު ސިއްހީ މަރުކަޒު ވެސް ހުރީ ހަމައެކަނި އިމާރާތްގަނޑު. ނުކިޔަވާ ސޮރަކަށް މެނޭޖަރުކަން ދީގެން ވާނުވާގަ ހުންނަނީ. އެސޮރު ކަމަކީ އެފްބީގަ ސިޔާސީ ޕޯސްޓް ޖެހުން.

  6. ޖުލައި

    ބ. އަތޮޅުގަ އޮންނަ އަހަރެމެން ރަށު ސިއްހީ މަރުކަޒު ވެސް ހުރީ ހަމައެކަނި އިމާރާތްގަނޑު. ނުކިޔަވާ ސޮރަކަށް މެނޭޖަރުކަން ދީގެން ވާނުވާގަ ހުންނަނީ. އެސޮރު ކަމަކީ އެފްބީގަ ސިޔާސީ ޕޯސްޓް ޖެހުން...

  7. Anonymous

    ޝަަމއްކެއްނެއް ވަރައް ފުލެޓް ވިއްކި މަތިމަގާމް މާމިގިލި.ތާހާ ދީ ވަައްކަން ކުރަން އެވަރެއްނެތް ވަކިވެރިކަމެަް ނެތް

  8. ދޮންތަކުރު

    ފައްޔާޒުއިސްމާލް އާ ސަންޕަތުއާ ދެމީހުން ވައްކަންކުރަންވެގެން ހޮސްޕިޓަލްގެ މަތީ މަޤާމުތަކަށް ތަނެއްދޮރެއްނުދަންނަ ޕާޓީ އެކްޓިވިސްޓުން ލައިގެން ހޮސްޕިޓލް ތަރައްޤީ ކުރުމުގެ ނަމުގަ ލައްކަބޮޑެތި ވައްކަންކޮށްފި، ގަމުހޮސްޕިޓަލުގެ އެންމެމަތީ ވެރިއަކީ ވިސާމުގެ ބައްޕަކަމަށް ބައެއް މުއައްޒަފުންކިޔާ، ޑިއުޓީއޮފިސަރަކަށް ވިސާމުގެ ބައްޕަހުއްޓސް، ވައްކަން އެބަކުރޭ ވަކިސުމާރެއްނުބަލާ، ފައްޔާ ބުނީ މީހަކަށް ނޭނގޭހާ މޮޅަށޭ ވައްކަންކުރާނީ.......