މި ސަރުކާރު ގެނައީ ހުރިހާ މުދަލެއް ގުރުބާން ކޮށްގެން ކަމަށާއި ވެރިކަން ވައްޓާލުމުގެ ކުރިން އިދިކޮޅު ހަމައެކަނި ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުޑަގޮޅިއަށް ލާންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ދުވާފަރު ދާއިރާގެ މެމްބަރު، އިސްމާއިލް އަހުމަދު ހުށަހަޅުއްވާފައިވާ ކުންފުނީގެ ބިލަށް މަޖިލިހުގައި ބަހުސް ކުރައްވަމުން މެންބަރު ޖާބިރު ވިދާޅުވީ މި ސަރުކާރު މުދާ ގުރުބާންކޮށްގެން ގެނައި އިރު، ސަރުކާރު ވެއްޓޭ ތަން މިހާރު ފެންނަމުންދާ ކަމަށެވެ. އެހެންވެ ރައީސް ޔާމީން މިހާރުން މިހާރަށް ހައްޔަރުކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު އަލުން އަނބުރާ ދަންނަވާލަން ބޭނުން އަޅުގަނޑު ސަކަރާތެއް ނުޖަހަމޭ. މުޅި މުދާ ގުރުބާން ކޮށްފައޭ މި ސަރުކާރު ގެނައީ. މިއަދު ސަރުކާރު ވެއްޓޭ ތަން ފެނެއޭ. ހަމަ މިހާރުން މިހާރަށް ރައީސް ޔާމިން ގޮޅިއަށް ލާށޭ. ރަމަޟާން މަސް އައުމުގެ ކުރީގައި ޝައިތާނުން ގޮޅިއަށް ލާން ޖެހޭނެ ވާހަކަ މީ އަޅުގަނޑު އަލަށް ދެއްކި ވާހަކައެއް ނޫން" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ރާއްޖެ ހަމަ މަގަށް އަޅުވަން ޖެހޭ ކަމަށެވެ. އެކަމަށް ޓަކައި ކުރަން ޖެހޭ ކަންތައްތައް ކުރުމަށް އޭނާ ހުންނެވީ ތައްޔާރަށް ކަމަށާއި ރާއްޖެ ޝައިތޯނުންގެ އަތް މައްޗަށް ދޫކުރަން އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ އުންމީދު ކުރަނީ ހަމަޖެހޭ ގޮތެއްގެ މައްޗަށް ރާއްޖެ ބިނާވެގެން ދިޔުން ކަމަށާއި ކުންފުނި އުސޫލުން އުފައްދައިގެން އުޅޭ ރާއްޖޭގެ ޑިމޮކްރަސީގައި ބިނާކުރި ރިވެތި އަޚްލާގު ގެއްލި ހިނގައިދާ ގޮތަށް ކަންތައްތައް ވެގެން ނުވާނެ ކަމަށެވެ.

ޔާމީން ހައްޔަރުކުރަން ޖާބިރު މިއަދު ގޮވާލައްވާފައިވާއިރު މީގެ ކުރިން އޭނާ ވަނީ ރައީސްކަން ކުރައްވާފައިވާ ފަރާތްތަކާއި ކުރީގެ ރައީސުން ޖަލަށްލާ ސަގާފަތް ނައްތާލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޔާމީން ޖަލުގައި އޮންނެވިއިރު އެމަނިކުފާނު މިނިވަން ކުރުމަށް ވެސް އޭނާ ގޮވާލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އައްލާ

    ޔާ މީމނުދުނިޔޭގައިނެތަސްވެރިކަންވެސް
    ބަދަލުވާނެ ދެން އެ މްޑީޕީ އަކައް
    ވޯޓެއްނުދޭނަން

    27
  2. Anonymous

    ތި ވެއްޓޭނެ. މިހާރު ހުރީ ފައުންޑޭޝަން ވީރާނަވެފަ.

    23
  3. އާދަނު

    މާ ބޭކާރު އަނގަނުތަޅާ ކާށިދޫއާ ގާފަރު މަތިންނާ ( ކޭބަލްކާރުން ) ތިރިން ( ޓްރޮޕިޓޯގައި ) ގުޅާލަދީ. ދެން ކާށިދޫގައި ޔުނިވަރސިޓީއަޅާ މާލޭމީހުން ކާށިދޫއަށް ކިޔަވަން ފޮނުވަދީ! ދެން ކާށިދޫގައި ހޮސްޕިޓަލްއަޅާ މާލޭމީހުން ކާށިދޫއަށް ބޭސްފަރުވާއަށް ފޮނުވަދީ! ދެން ލަލަލާ

    17
  4. Anonymous

    ޖާބިރު މިއަދު ކޯންޗެއްތޯ ހިއްޕަވައިގެން ހުންނެވީ؟

    19
  5. Anonymous

    2023 އިން ސަމާ އައުޓް ކުރަން ޖެހޭ.

    14
    1
  6. ޖުހާ

    އަބުދުﷲ ޖާބިރް ހ.ތިމާވެށި ހަނު މިހުރީ ލަދެއް ޔަހާތެއްނެއް މި ބަސްކޮޅު އިވުނީމަ ތީކަކުކަން ނޭގެނެ ދިވެހިރއްޔިތެއް ނުހުންނާނެ ވެގެން. އުޅޭގޮތަކީ ސަރުކަރަށް ލަރިގަޑެއް ދައްކަންޖެހުނީމަ މިގޮތަށް އުޅޭނެ 2 މީކަހަގެ އެ ކަކީ ބޯނެއް ބުރުމަޔަކާ ލޮލީ ވިއްކާ މީހެއް މި ދެ ގައްދާ އަކީ އެއިރެއްގަ އޮންނަ ސަރުކާރަށް ނޮހޮރޮއްޕާންވާވަރަށް ދަރާފަ ދައުލަތަށް ބޮޑު ބުރަޔަކަށް ވެފަތިބި ދެ ގޮލާ ސަރުކަރަށް ސަނާ ކިޔަނީ ލާރިގަނޑު ނުދައްކާ ފަރުޖައްސަން ހިބަޅަދޫ ބީޗުގަވެލިކާއިގެން އޮތް އިރު އިނީ ކޮންހާލެއްގަތޯ ބޭބީ ޖެއްބަރު

  7. ކުމުންޒާނި

    ޖާބިރު މިއަދު ރ ކަމަށް ހޮނޑައިދޫން ގެނާ 7 ގުޅަވެލި ހިއްޕަވައިގެން އިންނެވީތޯ ...!

  8. ކޮވިޑް

    ފުރަތަމަ ރޯދަ މަސް އައުމުގެ ކުރިން ކާށިދޫ ދާއިރާގެ މީހުން ޕެޓިޝަނެއް މަޖިލީހުގެ ރައީސަށް ފޮނުވައިގެން ނަމަވެސް ވެއްޖެދޯ ޖާބިރު ހުރީ ހަމަހޭގަތޯ ، ބުއްދި ސަލާމަތުން ތޯ ބަލއިދިނުމަށް އެދެން؟

  9. ޑީމަކްރަތީ

    ބަލަމިހިރަ ލަދުކުޑަ ލޮލީ ޖާބިރާ އަލިދަޫ ހިންގިއިރު ދިއްދޫގެ ބައެއްރައްޔަތުން ފަރުމަސްގަނެފައިފައިސާނުދީހުރކަން ހަދުމަކޮއްފައި ؟ ޖަލަސާގައި ވާހަކަދައްކާއިރުހަމަހޭގަތޯ ތިހުންނެވީ ދެހާސްތޭވީސް އިރާދަފުޅާއެލު ހިޔާފުލެޓާއެކު ރޢިސްޔާމީނު ބިރުގަނޭެ؟