ފެމެލީ ކޯޓުގެ އިސް ގާޒީ ކަމުގެ މަގާމަށް ހުޒައިފާ މުހައްމަދު އައްޔަންކޮށްފިއެވެ.

މިއަދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ބޭއްވި ރަސްމިއްޔާތުގައި، މި ބޭފުޅާއަށް ފަތްކޮޅު އެރުއްވީ، ކޮމިޝަންގެ ރައީސް ހިސާން ހުސެއިންނެވެ.

ފެމެލީ ކޯޓުގެ އިސްގާޒީ ކަމަށް އައްޔަނުކުރި ހުޒައިފާއަކީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން މާސްޓަރސް އޮފް ކޯޕަރޭޓިވް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާ ފަނޑިޔާރުކަމަށް އައްޔަންކުރެވިފައިވަނީ 2007 ވަނަ އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ.

މިއީ ސުޕީރިއަރ ކޯޓުތަކުގެ ތެރެއިން ކޯޓެއްގެ އިސްޤާޒީ ކަމުގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަންކުރެވުނު ފުރަތަމަ ފަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ޙުޒައިފާއެވެ. ތި ކޯޓުގައި އުޅޭ ދަރުވޭޝް ގާޒީއާމެދު ފަރުވާތެރިވާށެވެ! އޭނާއަކީ ކުރީގެ އިސް ގާޒީއެއްގެ ޕަޕެޓެކެވެ. އޭނާގެ ދީންވެރިކަމާއި ތަގުވާވެރިކަން ދައްކަންވެގެން ގަޑި ނުޖެހެނީސް ކޯޓަށް ގޮސް ނަމާދުކުރަން އިނދެއެވެ. އެކަމު ޝަރިއަތަށް ދާ މީހުންގެ އަތުން ފައިސާ އަތުލައެވެ. ރިޝްވަތު ނަގައިގެން ގިނައިން ދޭ މީހާ ބޭނުންވާ ގޮތަށް މައްސަލަ ނިންމައެވެ.

  2. ހިމް

    ފެމެލީ ކޯޓުގެ އިސް ގާޒީއަކަށް މިލަނީ ވަލީވެސް ނުދެވޭނެ މީހަކަށް. ކަންކަމަށް ކުފޫ ހަމަވާ މީހުން މަގާމުތަކަށް ލެވޭނީ މިވަރަކަށް.

  3. ގުޑް

    ޙުޒަިފާ އަކީ ވަރަށް ބެސްޓް ގާޒީއެއް

  4. ނަންނެއް ގޮލައެއް

    މަރުހަބާ.ތިޔަތަން ރަނގަޅު ކޮއްފިޔާ ވަރައް ރަނގަޅު ކޮންމެ މީހަކު ލައިގެން ވެސް.އިހްލާސްތެރި ކަމާއެކު ޒިންމާއަދާ ކުރައްވާނެ ކަމައް އުނމީދު ކުރަން

  5. ސުންދު

    ދުނިޔެއެއްވާ ނެތް.