ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ މެންބަރުންނަށް ރޯދަ އިނާޔަތް ނުލިބޭ މައްސަލަ ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ހުށަހަޅައިފިއެވެ.

އެލްޖީއޭގެ ބޯޑަށް އެ މައްސަލަ ހުށަހެޅީ ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބޯޑަށް އަތޮޅު ކައުންސިލުގެ ރައީސުން ތަމްސީލު ކުރާ، ކ އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ނިމާލެެވެ.

ނިމާލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަންހެނުންގެ ކޮމެޓީގެ މެންބަރުންނަށް ރަމަޟާން މަހުގެ އިނާޔަތުގެ ފައިސަ ދެވެން ވާނެ ކަމަށް އޭނާ ގަބޫލު ކުރާ ކަމަށެވެ.

"ހުރިހާ ކައުންސިލްތަކުގެ މެންބަރުންނަށް ފައިސާ ލިބޭ، އަދި ވަޒީފާ އަދާ ކުރާ ބޭރު މީހުންނަށްވެސް ފައިސާ ލިބޭ، އެލްޖީއޭގެ ބޯޑަށް މި މައްސަލަ އެޖެންޑާ ކޮށްދިނުމަށް އަޅުގަނޑު މިހާރު ވާނީ އެދިފައި"

މިއަހަރުގެ ރޯދަ އެލަވެންސް މި ހަފްތާ ހޯމަ ދުވަހު މުވައްޒަފުންނަށް ދޭން ފިނޭންސް މިނިސްޓްރީން އަންގާފައި ވެއެވެ. ނަމަވެސް ހޯމަ ދުވަސް ފަސްދީ ދިޔައިރުވެސް ބައެއް މުވައްސަސާތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ރޯދަ އިނާޔަތް ލިބިފައެއް ނުވެއެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ އަންހެނުންގެ ކޮމިޓީގެ މެމްބަރުންނަށް ލިބެމުންދަ އެލަވަންސް މި އަހަރުން ފެށިގެން ބޮޑުކޮށްފައިވާ ކަމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙާލަތު

    އާނނ ތިޔަ ކޮމެޓީ އަށް ދޭންވީ ރޯދަ އެލެވެންސާއި ރިސްކް އެލެވެންސާއި، ހައި ޝިފްޓް ޑިއުޓީ އެލެވެންސާއި ހައި ވޯރކްލޯރޑް އެލެވެންސާއި ދެންވެސް އެލަވެންސެއް އޮތިއްޔާ ދޭންވީ ތިޔަ ކޮމެޓީއަށް.... ތާކުންތާޖުޖެހޭ ކަމެއްކުރާ ބައެއްތަތީ...

    1
    1
    • Anonymous

      ނުދޭނަން އެކެއްޗެއްވެސް.

  2. އައްޑޫ ލެއި

    ދޭކަށް ނުޖެހޭ. މިހާރުވެސް ދެނީ ބޭކާރު ލާރި

    5
    1
  3. Okay 123

    އަންހެނުންގެ ކޮމެޓީގެ މެންބަރުންނަށް ރަމަޟާން މަހުގެ އިނާޔަތުގެ ފައިސަ ދޭކަށް ނުޖެހޭނެ އެއީ ކޮމިޓީއެއްވީމަ! ހުސްބޭކާރު ހަރަދު.. ! ކައުންސިލަރުންވެސް މަދުކުރަންވީ!!

  4. ކަދުރޭ

    އެކަބަލުން މަސައްކަތް ކުރަނީ ކޮން އޮފީހެއްގަ. ދުވަހުން ދުވަހަށް ކުރާ މަސައްކަތަކީ ކޮބާ. އަހަންނަށް ފެންނަނީ ދިވެހި ހުރިހާ ރައިއްޔަތުންނައް ދައުލަތުގެ ފައިސާ އިން رمضان މަހައް 5000ރ ރުފިޔާގެ ބޯނަހެއް ދޭން. އެއިރުން ނުލިބޭ އެކަކުވެސް ނުހުންނާނެ.