ރ.މަޑުއްވަރީގެ ފެނުގެ ނިޒާމް އިފްތިތާހްކޮށްދެއްވައިފިއެވެ.

މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ފެނުގެ ނިޒާމް އިފްތިތާހްކޮަށްދެއްވީ އެންވަޔަރޮމެންޓް މިނިސްޓަރ އާމިނަތު ޝައުނާއެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރ ޝައުނާ ވިދާޅުވީ މި މަޝްރޫއުގެ ދަށުން 55 ޓަނުގެ 2 ޑީސެލިނޭޝަން ޕްލާންޓު ބެހެއްޓިފައިވާ ކަމަށެވެ. އަދި މި ޕްލާންޓްތައް މެދުވެރިކޮށް ދުވާލަކު 110 ކިއުބިކް މީޓަރުގެ ފެން އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.

މަޑުއްވަރީ ފެނުގެ ނިޒާމްގެ ތެރެއިން ޕްލާންޓްތަކުން އުފައްދާ ފެން ރައްކާކުރުމަށް 400 ޓަނުގެ ތާނގީއެއް ބެހެއްޓިފައިވެއެވެ. އަދި 8.6 ކިލޯމީޓަރ ދިގުމިނުގެ ފެންވިއުގައެއް މި މަޝްރޫއުގެ ދަށުން ގާއިމްކޮށްފައިވެއެވެ.

އަދި ފެންއުފެއްދުމަށް ކުރެވޭ ހަރަދުތައް ކުޑަކުރުމަށާއި، މަޑުއްވަރީގައި ހުރި ފެނުގެ ގުދުރަތީ ވަސީލަތްތައް އެންމެހެޔޮ ގޮތުގައި ބޭނުންކުރުމަށް އަމާޒުކޮށް ވާރޭފެން ރައްކާކުރުމަށް އިތުރު 600 ޓަނުގެ ތާގީއެއް ބަހައްޓާފައިވެއެވެ.

އެންވަޔަރޮމެންޓް މިނިސްޓްރީން ވިދާޅުވީ، މި ނިޒާމް ހިންގުމަށް ހަމަޖެހިފައި ވަނީ އިޔާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ކަމަށެވެ. މިގޮތުން ފެން އުފެއްދުމުގެ ހަރަދު ކުޑަކޮށް ތިމާވެއްޓާއި ރައްޓެހި ގޮތަށް ދެމެހެއްޓެނިވި ހިދުމަތެއް ދިނުމުގެ ގޮތުން 25 ކިލޯވޮޓުގެ ގެ ސޯލާ ފެނަލް ގާއިކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

މިރަށުގެ ފެނުގެ ނިޒާމް ބަލަހައްޓާނީ ފެނަކައިންނެވެ.