ފެބްރުއަރީ މަހުގެ 01 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނުވަ ކުށްވެރިޔަކު ދޫކޮށްލަން "އަމުރު ނެރުނީ އަޅުގަނޑުމެން" ކަމަށް ވިދާޅުވެ ގާސިމް އިއްޔެ ވެވަޑައިގެންނެވި އިއުތިރާފާއި ގުޅިގެން ފާޑުކިޔުން އަމާޒުވުމުން ޖުމްހޫރީ ޕާޓީން ގާސިމްގެ ވާހަކަފުޅު އޮޅުވާލައިގެން ތަރުޖަމާ ކޮށްދީފިއެވެ.
ގާސިމުގެ އިއުތިރާފު ތަރުޖަމާ ކުރުމަށް ޖުމްހޫރީ ޕާޓީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވީ ސުޕްރީމް ކޯޓުން އެ ހުކުމް ނެރުނީ، ސަރުކާރުން އުފައްދާފައި ހުރި ބޮޑެތި މައްސަލަތަކެއްގެ ހައްލުތަކެއް ރައްޔިތުންނަށް ހޯދައިދިނުމުގެ ގޮތުން ކަމަށް ގާސިމް މާނަކުރެއްވުމުން އެ ވާހަކަ ޕީޕީއެމް އިން އޮޅުވާލާފައިވާ ކަމަށެވެ.
"އޮނަރަބަލް ގާސިމް އިބްރާހިމް ފާހަގަކުރެއްވީ، ތިމަންނާމެންނާ އެއްކޮޅަށް ކަމެއް ނިމުނީމާ، އެކަން ބަލައި ނުގަނެވުނޭ މި (ސަރުކާރުގެ) ބޭފުޅުންނަށް. އަޅުގަނޑު ދަންނަވާނީ ގާސިމް އެ ވިދާޅުވީ، ކޮންމެ ގޮތަކަށް ވިދާޅުވި ކަމުގައި ވި ނަމަވެސް އަޅުގަނޑުމެން ބުރަ މަސައްކަތްކޮށްގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކަށް ހައްލުތަކެއް ގެނެވިއްޖެޔޭ. އެ އަމުރުތަކަށް ތަބާވާން ރައީސް ޔާމީނަށް ކެރިވަޑައިނުގެންނެވި ވާހަކަ" ސަމީރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ފެބްރުއަރީ 1 ގައި ހުކުމެއް ނެރުނީމަ ކަމަކު ނުދިޔަ" ކަމަށް ގާސިމް ވިދާޅުވި ޖުމްލައިގެ މާނަ އަކީ އެ އަމުރުތަކަށް ތަބާވާން ރައީސް ޔާމީނަށް ކެރިވަޑައިނުގެންނެވި ވާހަކަ ކަމަށް ސަމީރު ވިދާޅުވި ނަމަވެސް ގާސިމްގެ ވާހަކަފުޅުގައި ރައީސް ޔާމީންގެ ނަންފުޅު ވެސް ވިދާޅެއް ނުވެއެވެ.
ސަމީރު ވިދާޅުވީ ކޯޓުތަކަށް ގާސިމް އިބްރާހީމް ވެސް އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެސް ނުފޫޒެއް ނޯންނާނެ ކަމަށާއި އަދި އެފަދަ އަމަލެއް އެއިން ފަރާތަކުން ނުވެސް ކުރާނެ ކަމަށެވެ.
އެހެންނަމަވެސް ގާސިމްގެ ވިލާ ކުންފުނިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އާއިލާ މެންބަރަކަށް ވަނީ 2.4 މިލިއަން ޑޮލަރު (36.9 މިލިއަން ދިވެހި ރުފިޔާ) ގެ ލޯނެއް ދީފައެވެ. އެލޯނުގެ ފައިސާ ބޭނުން ކޮށްފައި ވަނީ އަލީ ހަމީދުގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ކަން ކަށަވަރު ކުރެވޭ ވަރަށް ފުލުހުން މިހާރު ވަނީ ހެކި ހޯދާފައެވެ.
އަދި އެމީހުން ގާސިމަށްވެސް އޮޅުވާލާނެ. ބަލަންތިބެ. މަނިކުފާނަށް ވެރިކަން ލިބޭނެޔޭ... އަޅުގަނޑުމެންނަށް އަވަހަށް މިވެނިވަރެއްވެސް ދެއްވާށޭ ބުނާނެ. މިހާރުވެސް ގިނަ މީހުންގެ ކަމަކީ ޤާސިމަށް އޮޅުވާލުން.
އަޅުގަޑުގެ ގެވެސް 10 ބުރިޔަށް ނަގާދިނީމަ ކޮންމެ އެއްޗެއް ބުންޏަސް ބުނިމީހާ ދިފާއުގަ ވާހަކަ ވިހައިގެންވެސް ދައްކާނަން. ބަޔެއް ސްޕޯކްސް ޕާރސަންގެ ހާލަތު. ރައްޔޮތުން ހާއްސަ މަޖުލީހުގަ މިބުނާ ސްޕޯކްސް ޕާސަން ދަށުވެފަ ހުރިވަރު ޓީވީތަކުން ފެންނާނެ. ކޮޅަށް ހުންނާށޭ ބުނީނަ ކޮޅަށް ......
ދެނެް ނުތޮރުފޭނެ ކަށި ބިނދުނިީ
ސަމީރު ދަށުވިޔަސް ތީބޮޑުވަރު. ގާސިމު އަޅުގަޑު ގުޔަށްވެސް ލަނީ ރަނޭ ބުނެފިއްޔާ ސަމީރުމެން ބުނާ އެއީ އެބޭފުޅާ ލައްވާ ގުއި އަދި ރަނުގެ ކުލަ އެއްގޮތް ވީމަ ވިދާޅުވި އެއްޗެކޭ
ސޭޓަށް މިހާރު ދިވެހި ބަސް އުދަގޫވީމަ ބުނެވުނީތޯއްޗެ، ބ ރިޔާ ރުލިގަދަވި ކަމަށް ހަބަރުލިބުނު
ޖޭޕީ އަކަށްވެސް އެހެން ބައެކަށް ވެސް ނޭގޭނެ އެބުނި އެއްޗެއްގެ މާނައެއް. ގާސިމް ގެ ބަނޑުގަ އެކަނި އޭގެ މާނަ އިނގޭނީ.
ިގާސިމަކީ ކިޔޭނުކިޔޭ އެއްޗެހި ގިނަފަހަރު އެގި ވަޑައިގަންނަވާ ބޭފުޅެއް ނޫން ކަން އެންމެބޮޑަށްެ އެނގޭނެ އެކަކީ ސަމީރުދޯ
ގާސިމު ބުނިއެއްޗެއް އަބުރާގެންދިއުމުގެ އިޚުތިޔާރު ގާސިމްއަށް ލިބިގެންވެއެވެ. ސުޕްރީމްކޯތުން ނުރުނު އަމުރު އަބުރާ ގެންދިޔަ އުސޫލުންނެވެ.
ސަމީރު ތިޔަހެން ބުނަންވެސް ޖެހޭނެ، ބ ރިޔާޒު ވަރަށް ރުޅިގަދަވި ހަބަރު ލިބުނު ލީޑަރ އެހެން ވިދާޅުވެގެން، މި މީހުނާއެކު އުޅެން ލަދުގަނޭ މިހާރު އެކަމަކު ޔާމިނު އިސްތިއުފާ!
ދުވަހަކު ސްކޫލަކަށް ހާޒިރު ނުވާމީހުންވެސް ތަރުޖަމާ ކުރެވެތަ؟
މަހީކުރީ ގާސިމް އިނގިރޭސިން ވާހަކަ ދެއްކީމަކަމައް ތަރުޖަމާކުރަން ޖެހެނީ.
"އިދިކޮޅު އިއްތިހާދުން އެއްބަސްވާ 1 ރިޔާސީ ކެނޑިޑޭޓެއް ނެރޭނަން" މީތި މާނަ ކުރާގޮތްވެސް ބުނެދީފާނަންތޯ؟
ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.
ކޮންމެ ގޮތަކަށް ވިޔަސް ސުޕްރީމްކޯޓުން ޣައިރުޤާނޫނީ އަމުރު ނެރުމުގެ އެއްދުވަސް ކުރިން ރާޓީވީއިން ފޮނުވި ޕްރޮގްރާމެއްގައި ކެނެރީ ނަޝީދުގެ އައްވާނަކު ބުނި "އަޅުގަނޑުމެން ހުންނާނީ ކޯޓުތަކުގެ ހުރިހާ ފަނޑިޔާރުން ފަށަކުން ބަނދެ ގޮއް ޖަހާފަ" މިހެން ބުނި ކަލޭގެވެސް ހޯދާ ހައްޔަރުކުރަން ފެނޭ.
ކުޅެދޭ މީހުން ނުކުޅެދޭ މީހުންނަށް ހަދާކަމަށް ބުނި ވާހަކައަކީ ކޮންކަހަލަ އިއުތިރާފެއްތޯ ލޮލް
ގާސިމުައަތަަައްގޮވި ދެންއަތްްްްޖަހާ
ދިވެހިބަހުންބުނާއެއްޗެއް ދިވެހިން ތަރުޖަމާކުރަން ޖެހޭތަ އެހެންވީޔާމް ދިވެހިންބުނާކޮންމެ އެއްޗެއް ތަރުޖަމާ ކުރަން ޖެހޭނެތާ ގާސިމް ގައުމު ހަލާކުކޮއްފި ގާސިމަކަށް ވެރިކަމެއް ނުލިބުނު
އޮޅުވާލިޔަސް އޮޅުވާނުލިޔަސް ގާސިމު ބުނި އެއްޗަކީ" ފެބްރުއަރީ 1 ގައި (އަޅުގަނޑުމެން) އަމުރެއް ނެރުނީމާ އެއެއް ކަމަކު ނުދިޔަ." މިއެވެ.
ދިްދޫ ސަމިރު ގެ ވާހަކަ ވޮށްއަލިވާ ހިސަބުގަވެސް ދަްކަން ހެޔޮނުވާނެ. ސިޔާސީ ޓީވީ ޓޯކްސްގަ މުޅިންވެސް ހަދާނީ ބުހުތަނު ދޮގު. ޤައުމުގަ ފިތުނަފަސަދަ އުފެއްދުމުގަ އެއވަނަ. އެ ވާހަަތަކަށް ޒިންމާވާންޖެހޭ ދުވހެއް އޮތްކަން ހިތަށްވެސް ނާރާ.
ޔާމީނު 100 ބްލަޑީޔެލޯ ހަޖަމު ކޮށްލާ
ދެން ފަޑިޔާރުންނަށް ވިލާއިން ދިން ބޮޑު ލޯނޯ؟ އޭގެ ސަބަބުން ފަޑިޔާރުންނަށް ބަދަލުތަކެއް އަންނާނެ! ޤާސިމާއެއްކޮޅަށް މައްސަލަތައް ނިންމަން މަޖުބޫރުވާނެ! ދިވެހިބަސްތޯ ދިވެހިންނަށް ތިޔަ މާނަކޮށްދެއްވަނީ؟
ކިހިނެތް ކަލެޔަށް އެގުނީ އެއީ އެމީހުން އޮޅުވާލައިގެން ކުރި ތަރުޖަމާއެއްކަން.؟؟؟ ނޫސްވެރިންނަކީ ޖަޖުކުރާ ބަޔެއްތަށް؟؟
ޤާސިމު މޮޔަފިލާ ހޭވަރިކަންވެބަލަ!
އޮނަރަބަލް ގާސިމް އިބްރާހިމް ޕީޕީއެމް އިން އާޓިފިސަލް ބީޗް ގަ ބޭއްވި ބޮޑު ޖަލްސާއެއްގައި ވާހަކަ ދައްކަމުން ގޮސް ފޯރި ގަދަވި ވަގުތު ވިދާލު ވެވިއްޖެ އަޅުގަނޑަށް ކުދިންލިބުނީވެސް އޮޅުމަކުންނޭ އުޅެނިކޮއް ލިބުނިންޔޭ އެއަކީ އެވަރުރުގެ އޮނަރަބަލް އެއް މިފަހަރުވެސް އެބުނެވުނީ އެގޮތަށް ބުނެވުނު ވާހަކައެއްކަމަށް ވެދާނެ