ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މާފުށީ ޖަލުގައި ތިބި ގައިދީންނާއެކު ރޯދަ ވީއްލުމުގައި ބައިވެރިވެވަޑައިގެންފިއެވެ.

މިއީ، މި ފަހުން ރާއްޖޭގެ މިނިސްޓަރެއްގެ ފަރާތުން ފެނުނު ވަރަށް ތަފާތު ކަމެކެވެ. އަދި މިއީ މި ގޮތަށް ޖަލުގެ ވެރިން ގައިދީންނާ އެކު ރޯދަވީއްލި ފުރަތަމަ ފަހަރު ކަމަށްވެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިމްރާންގެ އިތުރުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ވެސް މި ރޯދަ ވީއްލުމުގައި ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

މި ރޯދަ ވީއްލުން ކުރިއަށް ދިޔައީ މާފުށީ ޖަލުގައި ކަމަށް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވިއެވެ.

އެ ތަނުން އާންމު ކުރި ފޮޓޯތަކުން ފޮޓޯއެއްގައި އިމްރާނާއި އަހުމަދު މުހައްމަދު ފުޅު ގައިދީންތަކަކާއެކުގައި މޭޒެއް ކައިރީގައި އިށީނދެވަޑައިގެން ފަރިއްކުޅުވަމުން ގެންދެވި މަންޒަރު ފެނެއެވެ.

މި ރޯދަ ވީއްލުމުގައި ބައިވެރިވެފައި ވަނީ ކިހާ އަދަދެއްގެ ގައިދީން ކަމެއް ކަަރެކްޝަންސްއިން ހާމައެއް ނުކުރެއެވެ. އެކަމަކު، މިފަދަ ކަންކަމުގައި ބައިވެރިވެވޭނީ ޖަލުގައި އެންމެ އަހުލާގު ރަނގަޅު ގައިދީންނަށް ކަމުގައި ބެލެވެއެވެ.

މި ރޯދަވީއްލުމާ ގުޅޭ ގޮތުން ހޯމް މިނިސްޓްރީން ވިދާޅުވީ ރޯދަ މަހު ގައިދީންގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ކުރެވޭނީ ކޮން ކަންތައްތަކެއްތޯ ދެނެގަތުމަށް ގާއިދީންނާ އެކު އިމްރާނާއި އަހްމަދު މުހައްމަދުފުޅު މަޝްވަރާ ކުރެއްވި ކަމަށެވެ.

"ގައިދީން ރަނގަޅު ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައުއަށް ނެރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާ. އެ މަސައްކަތް ހުއްޓާ ނުލާ ކުރަމުން ގެންދާނެ." ހޯމް މިނިސްޓްރީން އާންމު ކުރި ހަބަރެއްގައިވެއެވެ.

މިނިސްޓްރީން ވިދާޅުވީ ރޯދަ މަހުގެ ތެރޭގައި ޖަލުގެ އެކި ޔުނިޓްތަކުގައި ތިބި ގައިދީންނާ އެކު މިފަދަ ބައްދަލުވުންތައް ކުރިއަށް ގެންދަވަން މިނިސްޓަރު ނިންމަވާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ބަކުރުބެ

    ގައިދީންނާއެކު ރޯދަވީއްލިޔަސް މުނާފިގެއް ވަނީހަމަ މުނާފިގަކަށް

  2. ހަސަން

    މީތި ސަޅި އިމްރާން. އެންމެނަށް ހެޔޮ ވިސްނުން ދެއްވާށި. އާމީން.

    1
    1
  3. އަހުމަދު ނީޒް

    ގައިދީންގެ މަތިވެރިކަމާއެވެ. އަހަރެމެންގެ ޓެކްސް ފައިސާއިން އަހަރެމެންނަށް ނެތް އެތައް އުފަލެއް. ޥާހް ވާހް

  4. މުހައްމަދު ލާދިމިއާ ޕޫޓިން

    އިމްރާން އަށް ސެލިއުޓް

    1
    2
  5. ރީތި މޫސަ

    ގައިދީން އަނބުރާ ރަނގަޅުބަޔެއްގެ ގޮތުގައި މުޖުތަމައަށް ނެރެވޭނީ އެމީހުނަށްކަމޭހިތައިގެން ތިފެށިގެންދިޔައީ ރަނގަޅުފެށުމެއް

    1
    1
  6. އަބްސީ

    އަދި ތިމީހުންނާއެއްކޮން ނިދާވެސް ހަދާނެ، މީހުން ބުނާއަޑު އަހަން ލަނޑަޔާ އެއްކޮން ވާނީ ލަނޑައޭ

    1
    1
  7. Anonymous

    ރަމަޟާން ކަރީމް
    އޯގާތެރި މިނިސްޓަރު. ތަފާތު މަންޒަރެއް
    ޖަޒާކަﷲ ޚައިރަން

    1
    3
  8. ދެފުށް

    ގައިދީންނަށް ޕްލާސްޓިކް ތަށި.

  9. ލުލު

    ކޮންމެ ދުވަހަކުވެސް މަނިކުފާނު މި ރޯދަމަހު ތިތަނުން ރޯދަވީއްލާ ބަލަ އޭރުން ހިތްތިރި މީހަކަށް ވާނީ

  10. ބަކުރު

    ދެއްކުންތެރި ނުބައިނުލަފާ ދޮގުހުވާކުރާ މީހެއް މީނައަށްވުރެ ތިތާގަ ތިބި ގައިދީންވެސް މާރަނގަޅުވާނެ އެމީހުންވެސް ޓީވީ އަށް އަރާދޮގު ހުވައެއް ނުކުރޭ.

    2
    1
  11. އާމިނަތު

    ޢަސްލު މީ ތީގެ ގއދ އެއްތުއްޗެެއް ނޫނީ ފރތ ކުރަނީ ކަންނޭގެ

  12. މިނަތު

    ޢަސްލު މީ ތީގެ ގއދ އެއްތުއްޗެެއް ނޫނީ ފރތ ކުރަނީ ކަންނޭގެ

  13. ސަމްކުޅިބޭ

    ދެއްކުންތެރިކަން.

    2
    1
  14. ކޮވިޑް

    މުނާފިޤް ކަމާ ދެއްކުންތެރި ކަމުގެ ލާމަސީން އިމްރާން ތީ. ބަލަ ގައިދީންނާއެކު ކެއީމް އެ އަގައިދީން ގެ ހައްޤްތަށް ކަށަވަރު ކުރެވުނީތޯ؟

    1
    1
  15. Anonymous

    ތި މުނާފިގު ކަލޭގެ ތީ ގައިދީއެއް އެޭނަ ކާނޖެހެނީ ޖަލުކޮއްތު އިރާދަކުރެއްވިއްޔާ މިވެރިކަން ވެއްޓެޭ ދުވަހު އެޭނަ ޖަލައް އެބުރި ދާން ޖެހޭނެ