ވީނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ، އަހުމަދު ރިޟްވާން ގެއްލުނު ރޭ ފުލުހުންނަށް ރިޕޯޓު ކުރީ އަންހެނަކު ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދިޔަ ކަމުގައި ކަމަށް ފުލުހަކު ކޯޓުގައި މިއަދު ހެކިބަސް ދީފިއެވެ.

ރިޟްވާން ގެއްލުވާލި މައްސަލާގައި ދައުލަތުން ދެމީހަކަށް ދައުވަކުރާއިރު އެ މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުގައި ހެކިބަސް ދިނީ ރިލްވާން ގެއްލުނު ރޭ ހުޅުމާލޭ ޕޮލިސް ސްޓޭޝަންގައި ޑިއުޓީގައި ހުރި ފުލުހެކެވެ. އެމައްސަލާގައި ދައުވާ ކުރަނީ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑު އެހުމުގައި ހެކިބަސްދިން ފުލުސް މީހާ ބުނި ގޮތުގައި ރިޟްވާން ގެއްލުނު ރޭ، މެންދަމު އާންމު މީހަކު ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ގުޅައި، ރިޕޯޓްކުރީ، ރިލްވާން ދިރިއުޅުނު ފްލެޓް ކައިރިން ރަތް ކުލައިގެ ކާރަކަށް ގަދަކަމުން އަންހެނަކު އަރުވައިގެން ގެންދިޔަ ކަމަށް ބުނެ އެވެ. އަދި ގަދަކަމުން ކާރަށް އެރުވި މީހާ ލައިގެން ހުރީ މަތިން ފެހި ކުލައިގެ ހެދުމެއް އަދި ތިރިން ރަތް ކުލައިގެ އެއްޗެއް ކަމަށެވެ. އެކަމަކު އެރުވީ ކޮން ނަމްބަރެއްގެ ކާރަކަށް ކަަމެއް ރިޕޯޓްކުރި މީހާއަށް ނޭނގޭ ކަމަށް އެ ފުލުސްމީހާ ބުންޏެވެ.

މިއަދުގެ އަޑު އެހުމުގައި ދެވަނަ އަށް ހެކިބަސް ދީފައިވަނީ ދޯންޏެއްގެ ވެރިއެކެވެ. ދައުލަތުން އޭނާ ހެއްކެއްގެ ގޮތުގައި ހުށަހެޅީ ދައުވާލިބޭ އާލިފްގެ ރަތް ކުލައިގެ ކާރު އެ ހާދިސާ ހިނގުމުގެ ދުވަސްކޮޅެއް ކުރިން ހުޅުމާލެއަށް ގެންދިޔަކަން ސާބިތު ކުރުމަށެވެ.

އެ މީހާ ބުނިގޮތުގައި އެ ހާދިސާ ހިނގުމުގެ ދުވަސްކޮޅެއް ކުރިން އޭނާގެ ދޯނިން ހުޅުމާލެއަށް ކާރެއް ގެންދިޔަކަމަށެވެ. އަދި އެދުވަހު ކާރު ގެންދިޔަ ދަތުރުގައި އޭނާ ބައިވެރި ނުވި ނަމަވެސް އެ ދަތުރަށް ލިބެންޖެހޭ ފައިސާ އޭނާއަށް ލިބުނު ކަމަށާއި އެ ފައިސާ އޭނާއާ ހަވާލުކުރީ އެ ދޯނީގެ ކެޕްޓަން ކަމަށް އެ މީހާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޝިޓް

    ރައްޔިތުން ވާނުވާގަ. ޝާހާދަތް މިބުނީ ކާކުކަމެއް ނޭގޭ ސައްޚަ ވާހަކައެއް ދައްކަނީ.. މިއޮތީވާ ގައުމެއް!

  2. ހާއްޕެ

    ދެން ކާރުން ކީއްވެ އެފެނުނީ ރިލްވާނު މަންމަގެ ޑީއެންއޭ ހުރި އިސްތައްޓެއް. އަނެއްކާ ކަލޯ ތި ބުނަނީ ރިލްނާނުއެއީ އަންހެނެހޭތަ. ކިތައް ހާސް ރުފިޔާގެ ހެކިބަހެއްތީ

  3. ފހަކު

    ތީދެން ވާނެވަރު ބޮން ގޮއްވާލީމާ ވަގުތުން ކޮންބައެއްކަން އެނގިއްޖެ ރިލުވާނުް އަދި އަފްރާށިމް ވީމާ ހުސް ހެކި ހުށަހަޅަން ޖެހިފަ މިއޮންނަނީ. އަދި ދުވަހަކުވެސް ތިކަމެއް ވާކަމަކަށް ނުވާނެ.ހެކިންގެ ގޮތުގައި ދަތުލަތުން އަދި ސިއްރު ހެކކިންގެ ގޮތުގައި އެތަށް ބަޔަކު ހުށަހަޅަނީ އެބަޔަކަށް ރިލްވާން ވީތަން ނޫނީ އެބަޔަކަށް އެކަން އެނގޭތީތަ 20-25 ޟީހުންގެ ހެކި ހޯދަނީ އެއްވެސްބަޔަކށް ނޭގޭކަމެއް ތިގޮތަށް ތިހާ ހެކި ހުންނާނެތަ .ހާދަ ދިވެހިންގެ ސިކުނޑި ނުހިގައޭ ހެދިއެއްޗެއްބަލަން ދިވެހިންތިބެނޭ

  4. ބެއާ

    މުޅި އެތި މިހާރު ބަދަލު ކޮއްލީ

  5. އާދަނު

    ތިޔަކުން އަންހެނެއް ފިރިހެެއް ވަކިކިުރާކަށް ނޭންގޭނެނު؟