ހއ. ކެލާއިން ނަގަނީ 183 ރުށް ކަމަށާއި އެއީ ކަމާ ބެހޭ ހުރިހާ އިދާރާތުން ހުއްދަ ހޯދައިގެން ކުރާ މަސައްކަތެއް ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

ކެލާ ކައުންސިލުން އެގޮތަށް ބުނީ ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ބްލޫ ޕީސް ކިޔާ ޖަމިއްޔާއަކުން ކެލާއިން ގަވައިދާ ހިލާފަށް 2000 ރުށް ނަގަނީ ކަމަށް ތުހުމަތުކޮށް މީސް މީޑިއާގައި ޕޯސްޓު ކުރުމާ ގުޅިގެންނެވެ.

ކައުންސިލުން ބުނީ ކެލާގައި އެ ހިންގާ ޕްރޮޖެކްޓަކީ ކެލާ ޕޮލިސް ޓޭޝަން އެޅުމަށާއި، ކެލާގެ ދަނޑުބިމުގެ ބައުންޑަރީ ސާފުކުރުމާއި އަދި ގެސްޓް ހައުސްތަކަށް ދާން އޮންނަމަގު ސާފު ކުރުމަށްޓަކައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު އިއުލާނު ކުރި މަސައްކަތެއް ކަމަށެވެ.

އެ މަސައްކަތް ކުރުމަށް ބިޑް އުސޫލުން "ދި އޮޕްޓިމިސްޓް" ކުންފުންޏާ ހަވާލު ކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައެވެ.

އެ ޕްރޮޖެކްޓްގެ ދަށުން ނަގަނީ 45 ބޮޑު ރުކާއި 138 ކުޑަ ރުއް ހިމެނޭގޮތަށް ޖުމްލަ 183 ރުށް ކަމަށް ކައުންސިލުން ބުނެއެވެ.

އެ ރުއްތައް ނެގުމާއި، ރުއްތައް ރަށުން ބޭރުކުރަން ޖެހިއްޖެނަމަ އެކަން ކުރުމުގެ އެންމެހައި ހުއްދައެއް އީޕީއޭ އާއި ފިޝަރީޒް މިނިސްޓްރީން ނަގާފައިވާނެ ކަމަށް ބަޔާނުގައިވެއެވެ.

ކައުންސިލުން ވަނީ ބްލޫ ޕީސް އިން ތިމާވެށި ހިމާޔަތް ކުރުމުގެ ނަމުގައި ދޮގު ހަބަރު ފެތުރި ކަމަށް ބުނެ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ފިނޑި އަލަމެއް ކަމަށް ވެސް ކައުންސިލުން ބުނެއެވެ.

މިކަމާ ގުޅޭގޮތުން އީޕީއޭއިން ބުނީ ކެލާގެ ޕޮލިސް ސްޓޭޝަން އަޅާ ސަރަހައްދުންނާއި ކެލާގެ ދަނޑުބިމުގެ ބައުންޑަރީ ސަރަހައްދުންނާއި އަދި ގެސްޓް ހައުސްތަކަށް ދާން އޮން ނަމަގު ސަރަހައްދުން ރުށް ނެގުމުގެ ހުއްދަ އެ އޭޖެންސީން ދީފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ައާންމުން

    ކައުންސިލާއި ލޮނުފެން ގުޅިގެން ކުރާ ވައްކަމެއް

  2. ބާބޫ

    ތިމަސައްކަތަކީ ކައުންސިލަރުންނަށް ބައިއެޅޭގޮތަށް އަޑިއަޑިން ހިންގާ މަސައްކަތެއް. މިހާތަނަށް 500 އަށްވުރެ ގިނަ ރުކާ ގަސް ރަށުން ބޭރުކޮށްފި. އަދިވެސް ބޭރުކުރަމުންދަނީ. މިކަމުގަ އައިޑިއާސް ކިޔާ ޖަމާއަތެއްގެ ބައިވެރިވުން ވެސްއޮވޭ. ކެލާގަ ހިންގާ ބޮޑު ޖަރީމާއެއް.

  3. ާަައިންފާ

    ކައުންސިލަރުންތައް ލާރިކަނީ