ރާއްޖޭގެ އަގު ވައްޓާލައި، ގައުމުގެ ސިޔާސީ މަސްރަހު ހަލަބޮލިކޮށް، "ބަޣާވާތެއް" ރާއްޖެ އަށް ގެންނަން މަސައްކަތް ކުރުމަށް ބާރުއަޅައި އެ މަސައްކަތުގެ މުގުލުގައި ތިއްބެވި ފަރާތްތަކާ މެދު ގާނޫނުތަކުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދެއްވުމަށް، ފޮނަދޫ ދާއިރާގެ މަޖިލިސް މެމްބަރު، އަބްދުއްރަހީމް އަބްދުﷲ، ރައީސް އަބްދުﷲ ޔާމީނަށް ގޮވާލައްވައިފިއެވެ.

"ގައުމަށްޓަކައި މަގޭ މޭ އައްޑަނައަކަށް" ނަމުގައި ޕީޕީއެމުން މިރޭ ކުރިއަށް ގެންދާ ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ރާއްޖެ ހަމަ މަގަށް އެޅުވުމަށްޓަކައި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް ހުރަސް އަޅައި، ރާއްޖޭގެ ވެރިކަން ވައްޓާލުމަށާއި ރާއްޖެއަށް އެހެން ދީން ތައް ގެނެސް އިސްލާމް ދީން ފޮހެލަން މަސައްކަތް ކުރަމުން ގެންދާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ރައީސް ޔާމީނަށް ގޮވާލާ ކަމަށެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ ފުލުހުންނަށް އަމުރު ކުރަނީ އޭނާ ކަމަށްބުނެ މީސްމީޑިއާގައި އެކި ފާޑުގެ ފޮޓޯ އާންމު ކުރިއަށް އޭނާ ޖެހިލުންވާ ފަދަ އެއްވެސް ފޮޓޯއެއް ނުހެދޭނެ ކަމަށެވެ. އަދި ގައުމު އިސްލާހުގެ މަގަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތަށްވެސް ހުރަހެއް ނޭޅޭނެ ކަމަށާއި އެ މަސައްކަތް ދާނީ ކުރިއަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އިދިކޮޅު ފަރާތްތަކުގެ ނިވަލުގައި ފޮރުވިވަޑައިގެން ހުންނެވި ކުރީގެ ނައިބް ރައީސް، ޑރ. ޖަމީލާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ފާޑުވިދާޅުވަމުން އަދުރޭ ވިދާޅުވީ އެއީ ގައުމުގެ ޣައްދާރުން ކަމަށެވެ. އެގޮތުން ގާސިމް ދިވެހި ދައުލަތަށް ދަރާފައިވާ ފައިސާގެ މައްސަލަތައް ކޯޓުތަކުގައި އަދިވެސް ބަލަމުން ގެންދާ ކަމަށާއި އެމައްސަލަތައް އަވަސް ކުރެއްވުމަށްވެސް އޭނާ ގޮވާލެއްވިއެވެ.

ޑރ. ޖަމީލާ އަމާޒުކޮށް ފާޑުވިދާޅުވަމުން އަދަުރޭ ވިދާޅުވީ ޑރ. ޖަމީލަކީ ދިވެހިން ދަންނަ މީހެއް ނޫން ކަމަށާއި، އިންތިޚާބެއްގައި ކުރިމަތިލައްވައިފި ނަމަ ލިބޭނެ ވޯޓެއްވެސް ނޯންނާނެ ކަމަށެވެ. އަދި ފިލާ ތިބެގެން ވާހަކަ ދެއްކުމަކީ ފިނޑި އަމަލެއް ކަމަށާއި އެމަނިކުފާނު ދަންނަ މީހެއް ދިވެހި ފަސްގަނޑުގައި ނުހުންނާން ކަމަށެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަދުރޭގެ އެކުވެރިއެއް

    އިސްލާމްދީން ފުހެލަންވެސް ތިއުޅެނީ ތި އަދުރޭމެން... ހިތުހުރިގޮތަކައް ގާނޫނުހަދަމުންދަނީ.. ދެންކޮބާ އިސްލާމްދީނޭ ކިޔާހާވޭބާ...

  2. ކަނޑު ކޮސް

    އަނެންކާ އަދުރޭ އަށް އިލްހާމު ވަނީބާ ރައީސަށް ނުވެ

  3. ޙަންފސސަހ

    މިހާރު މިތާ އޮތީ ކޮންދީނެއްތަ؟؟؟؟؟؟؟؟