ހއ.ހޯރަފުށީ ކައިރީ އޮންނަ މާފިނޮޅުގައި އެއާޕޯޓެއް އެޅުމަށް ބިން ހިއްކަން ފަށައިފިއެވެ.

މާފިނޮޅުގެ ބިން ހިއްކަން ފެށުމަށް މިރޭ ހޯރަފުށީގައި ވަނީ ރަސްމިއްޔާތެއް ވެސް ބާއްވާފައެވެ. އެރަސްމިއްޔާތުގައި ހޯރަފުށީގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

މާފިނޮޅުގައި ތަރައްގީ ކުރާ އެއާޕޯޓަކީ 1.2 ކިލޯމީޓަރުގެ ރަންވޭ އަކާއެކު ތަރައްގީކުރާ އެއާޕޯޓެކެވެ. އެއާޕޯޓް އެޅުމަށް 16 ހެކްޓަރުގެ ސަރަހައްދެއް ހިއްކާނެއެވެ. ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީ އިން ބުނީ ބިން ހިއްކުމުގެ މަސައްކަތް ހަ މަސް ދުވަސްތެރޭގައި ނިންމާލެވޭނެ ކަމަށެވެ. މިމަޝްރޫޢު އަށް ސަރުކާރުން 64 މިލިއަން ރުފިޔާ ހޭދަކުރެއެވެ.

މިރޭގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ މާފިނޮޅުގެ ބިން ހިއްކުމުގެ މަސައްކަތަކީ ހީކުރި ވަރަށްވުރެ އުނދަގޫ މަސައްކަތެއް ކަމަށާޢި އެހެންކަމުން އެއާޕޯޓުގެ މަސައްކަތް ކުރުމަށް އެމްޓީސީސީ ގެ މަހާޖައްރާފުގެ އިތުރުން ކަޓާ އޮޕްޝަން ޑްރެޖަރުވެސް އެ މަސައްކަތުގައި ބޭނުންކުރާނެ ކަމަށެވެ.

މި ސަރުކާރުން އެމްޓީސީސީގެ ކުރިއެރުމަށް ބޮޑު އިސްކަމެއް ދޭކަން ފާހަގަކުރައްވައި، ޒިޔަތު ވިދާޅުވީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި އެމްޓީސީސީއަށް ބިން ނުހިއްކޭ މިންވަރަށް އެ ކުންފުނިން މިހާރު ބިން ހިއްކާފައިވާ ކަމަށެވެ. އެ ކުންފުނީގެ ޚިދުމަތް އެހާ އަވަސްވި އެންމެ ބޮޑު ސަބަބަކީ މިދިޔަ އަހަރު އެ ކުންފުނިން ހޯދި މަހާ ޖައްރާފު ކަމަށް ޒިޔަތު ވިދާޅުވި އެވެ.

މަހާޖައްރާފުން މީގެ ކުރިން ވަނީ ކުޅުދުއްފުށީ އެއާޕޯޓް އަޅާނެ ބިމާއި، ށ.ފުނަދޫ އެއާޕޯޓް އަޅާނެ ބިން ވެސް ހިއްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކްލޯސްޑް

    ހޯރަފުށީ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކަން ފަށައިފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ ހޯރަފުށީގައި އެއާރޕޯރޓް އަޅާ ގޮތަށް އައްޑޫ ހުޅުދޫ މީދޫގައި ވެސް އެއާރޕޯރޓެއް އެޅިދާނެއޭ އެ ބައްރުގެ ހުރިހާ ކުދިން ވެސް ޕިންކީން ނާއި ގުޅުމުން ކެނެރީގެ ނަޝީދަކީ އެއީ މިއަދު ކެޔޮ ގަނޑު ކަނޑާލާފައިވާ ގަހެކޭ ކެޔޮ ގަނޑު ކަނޑާލީމާ ގަހުގެ ބޭނުންދިޔައީއޭ ކަން މިހެން ހުރުމުން މިކަން ދަނެގެން ހުޅުދޫ މީދޫ ބައްރުގެ ހުރިހާ ކުދިން ތައް ޕީޕީއެމް އަށް ސޮއި ކުރަންވީއޭ އެއިރުން ހުންނާނީ ހުޅުދޫ މީދޫ އެއާރޕޯރޓް އެޅިފައޭ ތަމެން ރަންރީނދޫ ޓްވިޓަރޭ ވެސް މާ ބޮޑަށް ނުޕުއްޕާ މާ ގިނަ ސުވާލު ނުކޮށް މަމެން ޕިންކީން މިދައްކާ ފޯރމް ގައި ސޮއި ކޮށް އައިޑީ ކާރޑް ދޭންވީއޭ ހަމަ މިހާރު އިނގޭތޭ ކޯއްޗެކޭ އެއާރޕޯރޓް އެޅޭނެއޭ އާނއެކޭ އެޅޭނެއޭ ހަމަ މިހާރު ޕިންކީން މިދޭ ފޯރމް ގައި ސޮއިކުރަން އުޅޭށޭ މީގައި އޮވެގެން ނުވާނެ އިތުރު އެއްވެސް ޗޮއިސް އެއްވެސް އަދި އިތުރު އެކްސްކިއުޒެއް ވެސް މިމަގުން މިކަން ހިނގަން ޖެހޭނެއޭ އެނިމުނީ.

  2. ނަޖުވާ

    ރައީސް ޔާމީން ހެޔޮނުވާނެ މިކަހަލަ އަނިޔާ ރައްޔިތުންނަށް ނުދީބަލަ..ޕްލީޒް ސާރ.