އެމްޑީޕީގެ ވެރިކަމެއް ދެންއަޔަސް ވައްޓާލާނެކަމަށް ވިލުފުށީ ދާއިރާގެ މަޖިލިސް މެމްބަރު، ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.

"ގައުމަށްޓަކައި މަގޭ މޭ އައްޑަނައަކަށް" ނަމުގައި ޕީޕީއެމުން މިރޭ ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާޒު ރަޝީދު ވިދާޅުވީ ދެންވެސް އެމްޑީޕީ ވެރިކަމަށް އަޔަސް އަދިވެސް ވައްޓާލާނެ ކަމަށާއި އެކަން އެގޮތަށް ކުރާނެ ސަބަބަކީ މި ގައުމުގައި ލާދީނީ ފިކުރު އާލާވާން ފުރުޞަތުދޭން ބޭނުން ނުވާތީ ކަމަށެވެ.

ރިޔާޒް ރަޝީދު އިތުރަށް ވިދާޅުވީ މިޤައުމުގައި ރައީސް ޔާމީންގެ ވެރިކަން ދެމިއޮތުމުގެ އަސްލަކީ އިސްލާމްދީނާ އެއްގޮތަށް ކަންކަން ނިންމަވަމުން ގެންދަވާތީ ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމީންގެ ފަހަތްފުޅުގައި ތިއްބަވާ ބައިވަރު ސަބަބު ތަކެއް އެބަހުރި ކަމަށާއި ރާއްޖޭގެ ކުންފުނި ތަކަށް އައިސްފައިވާ ކުރިއެރުންތަކަށް ބަލާލިޔަސް ޔާމީންގެ ސިޔާސަތު ބައްޓަން ކުރައްވާފައިވަނީ ރާއްޖެ ތަރައްޤީކުރުމަށް ކަމަށް އެގިގެންދާނެކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަސައްކަތް ކުރައްވާ ގޮތާ މެދު އިދިކޮޅުން ކަންބޮޑުވުން ފާޅުކުރާ އިރު އެމަނިކުފާނު ކަންކަން ކުރައްވަނީ އެންމެ ފަހުން މަޖިލީހުގެ ރައީސްކަން ކުރެއްވި އަބްދުﷲ ޝާހިދު ކަންކުރެއްވި ގޮތަށް ކަމަށްވެސް ރިޔާޒް ރަޝީދުގެ ވާހަކަފުޅުގައި ވަނީ ފާހަގަކޮށްފައެވެ

"މިހާރު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ގޮނޑި ދޫކޮށްލާފައި ދުރުގައި ހުރެގެން ވޯޓަށް އަހަން ދަސްކޮށްދިނީ ކާކުތޯ؟ އަބްދުﷲ ޝާހިދު އެކަން ކުރީ. މަޖިލީހުގެ ގަވައިދުގައި އޮންނާނެ މަޖިލީހުގައި ކަނޑައެޅިފައި ނެތް ކަމެއް ކުރިމަތިވެއްޖެ ނަމަ އެކަން ކުރަންވާނީ އެންމެ ފަހުން ކަން ކުރި ގޮތަށް." ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ރަޝީދު އިދިކޮޅު ފަރާތްތަކަށް ފާޑު ކިޔަމުން މިޖަލްސާގައި ބުނެފައިވަނީ އިދިކޮޅު ފަރާތްތަކުން ދާއިރާގެ ތަރައްޤީގެ މަޝްރޫޢުތަކަށް އެއްބާރުލުން ނުދޭކަމަށާއި މިއީ ހިތާމަ ކުރަންޖެހޭ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ާަައޮއިލް

    ބަލަގަ ކޮންދީނެއްގަތޯ ތެލުންވައްކަންކުން ހުއަދައީ،؟

    • ރޭޕިސްޓްއިންޑިއާނޯ

      ކޮންދީނެއްގަތޯ! ދީނަކަށް އޮންނަނީ ހަމައެކަނި އިސްލާމްދީން!!! ނޭގެންޏާ މޮޅުކޮމެންޓްކުރަން ނޫޅެ އަހަރުމެން ލިޔާ ކޮމެންޓްކިޔަންހުރޭ، އޮއިލޭ!!!

    • ސައިނީ

      ދެން އަންނަ ވެރިކަމެއް ގައި ރިޔާޒުގެ ތޮޔޮ ވިޔަފާރި ގާމްވެސް ވެއްޓޭނެ

  2. ދެޓްވޭ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފްލެޓްސް ތައް ލާރޖް ކޮށް އަޅާތަން އަދި އެކަން މީންސް ހުރި ގޮތެއްގައި މިކުރަނީ ހަމަ އެކަނި މަމެން ޕިންކީން ކަން އެއީ ކަށަވަރުވެ ޔަގީންވާ ކަމެކޭ. ވީއާރ ޓޫ ވޯލްޑް އެޕާރޓް ޓެލް މީ ވައި ޓެލް މީ ވައި އައި ނެވަރ ވޮނާ ހިއަރ ޔޫ ސޭ ނާނާނާ ނާނާނާ ނާނާނާނާ ދެމް ތަމެން ވެސް ޕިންކީން ނާއި ގުޅެންވީއޭ އައި ވޯންޓް އިޓް ދެޓްވޭ. އައި ވޯންޓް އިޓް ދެޓް. އައި ނެވަރ ވޮނާ ހިއަރ ޔޫ ސޭ ނާނާނާ ނާނާނާ ނާނާނާ އައި ވޯންޓް އިޓް ދެޓް ވޭ.

  3. ގައުމު މިދަނީ އޮޔާ

    ރިޔާޒު ގަދަބަސް ބުނަން ހަދައިގެން ޔާމިން ކައިރީ ވައިކަޓާފައި ވައިބާރ ގުރޫޕުން ބޭރު ކުރި ހަނދާން އެބަހުރިތަ. ﷲ އިރާދަ ފުޅުން ރިޔާޒު އަންނަ އަހަރުގެ މަޖިލިސް އިންތިހާބިގައި ވާދަކުރިއްޔާ ބަލިވާނެ،،، ބަލިވެއްޖެއްޔާ ރިޔާޒުގެ ސިޔާސީ ކެރިޔަރ ނިމުނީ،، ދެން އަނެއްކާ މެެރިޑިއަމް ހިންގަން ދޭ ، އެހެން ނޫނީ ކަށިގަނޑު ހިފައިގެން ދަނޑު މައްޗަށް އަރާ. ވަރަށް ރެފްރީންމަދު.. ސިޔާސީ ކަންކަމަށްވުރެ ރިޔާޒު މާ ފަރިތަ ވާނެ ރެފްރީކަން ކުރަން..

  4. ުޔާމީން

    ކުޑަ ގޮޅީގާ އޮވެގެން ވައްޓަން ޖެހޭނީ ދެންއައިތްޖަހަ

  5. ޤާޒީ

    ސާބަހޭ ރިޔާޒް

  6. އަލްޖިބްރާ

    މިހާރު ދެން އާވާހަކައެއް ދައްކަން ނޭގުނީ އުތަ ؟ ބުނަންތަ ! މިވެރިކަން ނިންމާދުވަހު މިރާއްޖޭގައި ކަލޭ ހުރިނަމަ އެންމެ ފުރަތަމަ ވައްޓާލާނީ ތިކަހަލަ ޚިޔާނާތް ތެރިންނާއި ޣައްދާރުން ! އެހެންވާން ބޭނުންނޫންނަމަ އަވަހަށް ފިލާ ރައްކާވޭ ! މީކަލޭ ކަހަލަ ޚާއިނުންނަށް ދޭ އިންޒާރެއް !

  7. ރޮކެޓް ސައިންސް

    އަޔަސް ވައްޓާލާނަމޭ ތިބުނީ އަންނާނެކަން އެގޭތީދޯ. އޭރުން ކަމަކު ނުދެއެއްނުން ގާނޫނަށް ބަދަލުގެނެސްގެން ޔާމިންއަށް މުޅި އުމުރު ދުވަހު ވެރިކަމުގައި ބެހެއްޓޭތޯބަލާ. ޔާމިން މަރުވެއްޖެއްޔާ ޔާމިންގެ ގަބުރަށް ނޫނީ ޔާމިންގެ ފޮޓޮއަކަށް ވެސް ވެރިކަން ކުރެވޭގޮތަށް ގާނޫނު އަސާސީއަށް ބަދަލުގެނެބަލަ. އޭރުން އެމްޑީޕީ ނާރާނެ ރާއްޖޭގެ ވެރިކަމަކަށް. ރިޔާޒޫ ކަލޭމެން އެރީވެސް ކޯޓުންނެވެ ނިމި ތިދިޔައީވެސް ކޯޓުންނެވެ. ވަރަށް ސަލާމެވެ

  8. މައު

    އެހެންވީމަ އެނގޭ 2012ގައި ވެސް ރިޔާޒުމެން ވެރިކަން ގަދަބާރުން ވައްޓާލީކަން...ޕޮލިހުންނާއި ސިފައިންނަށް ރިޝްވަތު ދިނީ ރިޔާޒުކަން..އަމިއްލަ އިއުތިރާފު ވީމަ ބަޣާވާތް ކުރިކަމަށް ދަޢުވާކުރަން ފެނޭ...

  9. އަޒުބާން

    ތީ ޓެރެރިސްޓެއް!

  10. ަރާޖީރާ

    އެހެެންވީމަ މި ޕިންކީވެސް އިބަ ގަބޫލުކުރޭތާ މި ވެރިކަން ވެއްޓޭނެކަން އަދި ކޯލިސަން ޕާޓީން ކާމިޔާބުވާނެކަން.. އިންޝާ ﷲ ދެން ޕީޕީއެމް ދަރުބާރު ގުރޫޕުއައް ދުވަހަކުވެސް މި ރާއްޖޭގެ ވެރިކަމެއް ނުލިބޭނެ..

  11. ައައްޑަނަ

    ޥައްޓަ ބަލަ. ޢިރާދަކުރެއްވިޔާ ނުވާނެ ތިކަމެއް ދެން.

  12. ފާތިމަތު މުޙައްމަދު

    ރިޔާޒޫ ދެންކީކޭ ތިޔަކިޔަނީ ފުރަތަމަވެސް ތިޔަޖުޅި ކުޅެން ދަސްކޮށްދިނީ ހަމަ ތިމީހުން ދެން މިހާރު ކޯންޗެއް ހާވާކަށް ރައްޔިތުން ހަނާވާއިރު އަމިއްލަ ބޮނޑި ބޮޑުކުރަމުން ތިޔަ ދުވަނީ މަ ވަރު މީހަކު ނެތިގެން ވޯޓަކުން ނާންނާނެ އިންޝާﷲ

  13. މާވަހަރު އަލީ

    އެމްޑީޕީ ގެ ވެރިކަމެއްގައި ތިބޭފުޅާގެ ހާލަތު އެނގިލައްވާތޯ؟

  14. ކަނޑު ކޮސް

    ރިޔާޒް ރަޝީދު މީ ވައްޓާ ނަގާ މީހާތަ

  15. ޖިހާދު

    ދާއިރާ އައް ތަރައްގީ ހޯދަދިނުމުގަ ރިޔާޒުވަރެއްނެތެވެ.
    އެ ދައްކަނީ އިބްރަތްތެރި ވާހަކަ. މާޒީ ސާބަސްރިޔާޒު ތިކުރާހިތްވަރައް

  16. ރޭޕިސްޓްއިންޑިއާނޯ

    ސާބަހޭ ރިޔާޒު

  17. ރިޔާޒު

    ތިޔައީ ބަތަލުންނަކީ

  18. ެރުޒާނާ ޗޮއްޕަޓު

    އާނއެކޭ އާނއެކޭ ހަމަ ވައްޓައޭ ލާނީ.

  19. ރަނގަބީލު

    ﷲ އިރާދަފުޅުން އެމް.ޑީ.ޕީ ބަލާ ވެރިކަން ދެން ނުޖެހޭނެ

  20. ވގ

    މާނަޔަކީ ބަގާވަތަކުން ވެރިބަންވައްޓާލީ ރިޔާޒުރަސީދުދޯ ދެން ޓިނު އަދުރެ ކީކޭބުނާނި މިހާރަކު ރެފްރީކަމެއްނުކުރެވޭނެ މުސްކުޅިވެއްޖެޔޯ އެ2 މީހުންބުނީ