ފުލުހުންނާއި ސިފައިންނަށް އަމުރު ކުރަނީ ސަރުކާރު ހިންގާ ޕީޕީއެމްގެ ނައިބް ލީޑަރު، އަބްދުއްރަހީމް އަބްދުﷲ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުންދާ ދަނޑިވަޅެއްގައި "ޖެނެރަލް" އެއްގެ ލަގަބު އޭނާއަށް ދެއްވައިފި ކަމަށް ޕީޕީއެމް ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ މިމަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ރައްޔިތުންނަށް ސާފު ތެދު މައުލޫމާތު ދިނުމަށް އަދުރޭ ދައްކުވައިދިނީ ހިތްވަރުގަދަ ނަމޫނާ އެއް ކަމަށެވެ.

"އަޅުގަނޑުމެންގެ މިއަދުގެ ސައްޔިދަކީ އަބްދުލް ރަހީމް، އަލް ސައްޔިދު އަބްދުލް ރަހީމް، މިކަމާ ވެސް ހިތުގަ ޖެހޭނެ ބަޔަކު ތިބޭނެ މޭކާރާނެ، އެކަމަކު މީގެ ފަހުން އަޅުގަނޑު އެމަނިކުފާނަށް ގޮވާނީ އަލް ސައްޔިދު އަބްދުލް ރަހީމްގެ ނަމުން.... "އަބްދުއް ރަހީމް ކުރައްވާ މަސައްކަތަށް ސާބަސް. އެ ދައްކަވަނީ ވަރަށް ވަރުގަދަ ހިތްވަރެއް. އެމަނިކުފާނަށް ޖެނެރަލެއްގެ ލަގަބު ދެން. އައް ސައްޔިދު އަބްދުއް ރަހީމް" ނިހާން ވިދާޅުވި އެވެ.

އަދުރޭ ވެސް ވަނީ މިކަމާ ގުޅޭ ގޮތުން މިރޭ ވާހަކަ ދައްކަވާފަ އެވެ. އޭނާ ވިދާޅުވީ، ސޯޝަލް މީޑިއާގައި ކިތަންމެ ފޮޓޯއެއް ހަދައި އެނބުރި ނަމަވެސް އޭނާ ފަހަތަށް ނުޖެހޭނެ ކަމަށެވެ. އެތައް މަގާމެއް އޭނާއަށްދީ ޔުނީފޯމްއާއެކު ފޮޓޯތައް ހެދިޔަސް އެއްވެސް ޖެހިލުމެއް ނުވާ ކަމަށެވެ. އޭނާ މިކަން ދޫކޮށް ވަޑައިގަންނަވާފަދަ ފޮޓޯއެއް ނުހެދޭނެ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޯޮިހައި

    23ގަނޑު ތޓިނު ދިންނަމަ

  2. ކަލޯ

    ތިކަން އިނގޭ މާ ކުރިންވެސް...

  3. ހ

    ނިހާން ތިހިން އުޅުނު އަދީބް ދުވަސްވަރުވެސް. މާލެއިން އަގުބޮޑު ތަނެއް ހިފައި ވިލިމާލޭގެ ހިތްދަތި ދިރިއުޅުމުގެ ހާލަތުން އަރައިގަތްމ ފޮހާރަ ކޮޅެއްވެސް ހުޅުވި.މިހާރު މިފެންނަނީ އަނެއްކާ އެކަހަލ ކަމެއްނޫންބާ. އަނެއްކާ އަދުރޭއަށް އެންމެމަތީ ލަގަބު ނުދީފިއްޔާ ރަނގަޅު.

  4. އަލްޖިބްރާ

    އަދުރޭގެ މިހާރުގެ ލަޤަބަކީ " ވިޔަޒޯރު " ! ރަގަޅުތަ ؟ ނިހާން ؟

  5. މާވަހަރު

    ޓަސް..... އަދުރޭ އެވީ ޖެނެރަލް އަކަށް ބަނާނާ ހަމަބުނެލާއިރަށް. އަދުރޭ ދެންހުރޭ ހެދިފަ

  6. ހުޝާމް

    ބަލަ ނިހާނަށްވުރެ ކުރިން ރޮޒޭނާ އޮތީ ތިލަގަބު އަދުރޭއަށް ދީފަ.

  7. ހާދީ

    ސިފައިންނާއި ފުލުހުންނަށް ޖޯކު ޖައްސަވަނީތޯ،

  8. މައު

    މަރު އައުމުން އެހެން ޔުނީފޯމެއް ލައިގެން ތިކަން ދޫކޮށް ދާންޖެހޭނީ...

  9. މައު

    އުއްތަމަ ފަޑިޔާރުގެ ލަޤަބު ދޭންފެނޭ އަދުރޭ އަށް

  10. ޢޭއެމް

    ޥަގުތުޖެހުނީމަ ދާންޖެހޭނީ !!

  11. އަޒުބާން

    މިބައިގަނޑު ގެނެރަލުންގެ ލަގަބުދޭމީހުންގެ ފެންވަރު ކީތްދޯކުރާނީ! ލަދުންބޯހަލާކު

  12. މާނީ

    އަދި މާރަގަޅުވާނެ ވައްކަމުގެ ލަގަބު

  13. ނުރަބޯ

    ސާބަހޭ އަދުރޭ، އިދިކޮޅު ބާޣީން ކިތައްމެ މޭ ކެރިޔަސް، މާތްﷲގެ ކިބަފުޅުން ވާގިއެދެމުން ސާބިތުކަމާއެކު ހިފަހައްޓާލާތި.

  14. ައައްޑަނަ

    މިއަދު ތިލަގަބް ދީގެން ނިހާން ހުރޭ. މާދަން ބުނާނެ އަދުރޭ ބަގާވަތް ކޮށް ފިއޭ.

  15. ކަނޑު ކޮސް

    ނިހާން މީ ލަގަބު ދޭމީހާތަ