ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ މައްޗަށް ކުރީ ބާޠިލް ޙުކުމެއް ކަމަށް ޤާސިމް އިބްރާހީމްގެ ޤާނޫނީ ވަކީލުން ބުނެފިއެވެ.

ރައީސް ޔާމީން މިދިޔަ ހަފްތާގައި ދެއްކެވި ވާހަކަފުޅަކަށް ރައްދުދީގެ ޤާނޫނީ ވަކީލުން ނެރުނު ބަޔާނެއްގައި ބުނީ ގާސިމްގެ މައްޗަށް އިއްވި ޙުކުމް ހައިކޯޓުގައި އިސްތިޢްނާފްކުރިކަން ވެސް ރައީސް ޔާމީނަށް އެނގިވަޑައިގެންފައި ނެތުމުން ކަންބޮޑުވާކަމަށެވެ.

"ޤާސިމް އިބްރާހީމްގެ މައްޗަށް ޣައިރު ހާޒިރުގައި ޝަރީޢަތް ހިންގައި ކްރިމިނަލް ކޯޓުގެ ވެބްސައިޓްގައި 25 އޮގަސްޓް 2017 ވަނަ ދުވަހު ޝާއިޢުކުރި ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިގެންފައި ނުވިނަމަވެސް އެމައްސަލަ ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވިފައި. ނަމަވެސް އެމައްސަލައިގެ އެއްވެސް އަޑުއެހުމެއް މިހާތަނަށް ބޭއްވިފައި ނުވޭ" ބަޔާނުގައިވެއެވެ.

ވަކީލުން ވިދާޅުވެފައިވަނީ ޤާސިމް ޣައިރު ހާޒިރުގައި ޙުކުމް ކޮށްފައިވާތީ އެސަބަބަށްޓަކައި އެކަނިވެސް އެއީ ބާޠިލުވެފައިވާ ޙުކުމެއް ކަމަށެވެ.

"ގާސިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި ހުންނެވުމަކީ، އޮނަރަބަލް ޤާސިމް އިބްރާހީމްގެ ބައިވެރިވަޑައިގަތުމަކާއި ނުލައި ހިންގެވި ޝަރީޢަތެއްގައި ކޮށްފައިވާ ޙުކުމަކާމެދު މަތީ މަރުޙަލާގެ ކޯޓަކުން ގޮތެއް ނިންމުމަށް އޮތް ހުރަހެއްކަމުގައިވާނަމަ، އެކަމުންވެސް ދަލީލުކޮށްދެނީ އެމަނިކުފާނުގެ ޣައިރު ހާޒިރުގައި ކޮށްފައިވާ ޙުކުމަކީ ޣައިރު ހާޒިރުގައި ކޮށްފައިވާތީ އެސަބަބަށްޓަކައި އެކަނިވެސް ބާޠިލުވެފައިވާ ޙުކުމެއް" ބަޔާނުގައިވެއެވެ.

ވަކީލުން ވިދާޅުވެފައިވަނީ އަވަސް ގޮތަކުން ކުރުމަގަކުން ގާސިމްގެ މައްސަލައެއް މިފަހުން ނިންމާފައިވަނީ، ގާސިމްގެ މައްޗަށް ޣައިރު ހާޒިރުގައި ޝަރީޢަތްކޮށް ޣައިރު ހާޒިރުގައި ކްރިމިނަލް ކޯޓުން ކަމަށެވެ.

ޤާސިމްގެ މަޞްލަޙަތާ ގުޅިފައިވާ ގިނަ ޢަދަދެއްގެ ބޮޑެތި މައްސަލަތަކެއް ޝަރުޢީ އެކި މަރުޙަލާގައި އެކި ކޯޓުތަކުގައި މިވަގުތުވެސް ހުރީ ކުރިއަށް ނުގޮސް މަޑުޖެހިފައި ކަމަށާއި އޭގެ ތެރޭގައި ކޯޓަށް ހުށަހެޅުނު ފަހުން 3 އަހަރު އަދި 4 އަހަރު އަދި 9 އަހަރު ފާއިތުވެފައިވާ މައްސަލަތައް ވެސް ހުރިކަން ފާހަގަކުރާކަމަށްވެސް ވަކީލުން ވަނީ ވިދާޅުވެފައެވެ.

"ކްރިމިނަލް ކޯޓުގައި އޮނަރަބަލް ޤާސިމް އިބްރާހީމްގެ މައްޗަށް މައްސަލައިގެ ޝަރީޢަތް ހިންގަމުންދިޔައިރު ޤާނޫނީ އިޖުރާއަތްތަކާ ކަނޑައެޅިގެން ޚިލާފަށް ޝަރީޢަތް ކުރިޔަށް ގެންދަވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި ބެލެނިވެރިކަމުގެ މައްސަލާގައި އޮނަރަބަލް ޤާސިމް އިބްރާހީމްގެ މައްޗަށް ކްރިމިނަލް ކޯޓުން ޙުކުމް ވެސް ކުރި ފަހުން އެތައް މަހެއް ފާއިތުވެ ގޮސްފައިވަނިކޮށް، މައްސަލަ ސުޕްރީމް ކޯޓަށް ބަލައިނުގަތުމަށް ދާދި މިފަހަކުން ނިންމާފައިވެއެވެ." ބަޔާނުގައި ވެއެވެ.

މި ބަޔާނުގައި ވަކީލުން ބުނެފައި ވަނީ މީސް މީޑިއާއި ޚަބަރު ފަތުރާ އެހެނިހެން ވަސީލަތްތަކަށް ފަރިތަ ދިވެހި ރައްޔިތުންނަށް މިކަންކަން އޮޅިފައި ނެތްނަމަވެސް، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ވާހަކަފުޅުދައްކަވަން ވަޑައިގަންނަވާއިރު ދެންނެވުނު މަޢުލޫމާތުތައް ކަމާބެހޭ ބޭފުޅުން އެމަނިކުފާނަށް އަރުވާފައި ނެތްކަމީ ހިތާމަކުރާ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ށސސ

    ގާސިމްގެ މައުލޫމާތަކީ ރައީސް ޔާމީނަށް މުހިއްމު މައޫލޫމާތެއްނުންކަން ވަކީލުންނަށް ނޭގުމަކީ ހިތާމަހުރިކަމެއް. ތިބާޔާނުން އޮޅުންފިލި އެއްޗެއްނެތް

    • ޙާކިމާ

      ތެދެކޭ މުޅި ގައުމުވެސް އެދެނީ ވައްކަން ކުރުމަށްފަހު ބޮޑު އޯޑިއެންސެއް ކުރިމަތީ އެކަމަށް އިއުތިރާފްވި ހާކިމާގެވާހަކަ އަޑުއެހުމަށޭ. ޥީއިރު މި ދަނޑިވަޅުގަ ގާސިމްގެ ވާހަކަ އިހަށްބާއްވާފަ، ރައްޔިތުމީހާއަށް ފިޔަވަޅުއެޅުމަށާ ތިމާއެދޭހާ ގޮތަކަށް ވެރިކަން ކުރުމަށް ގާނޫންތައްލިޔެ އެރޯފިލުވާ ހާކިމާ އާއި މުޅިރާްއްޖޭގެ %30 ގެ ސޭ އޮތް މަޖިލިހެއް ގޮވައިގެން މުޅިރާއްޖެ ދަވާ ހަފުސް އަރުވަމުންދާ ހާކިމާގެ ވާހަކަ އޑުއަހަންށެވެ. މިމުނާސަބު ވަގުތަށް އެންމެ އެކަށިގެންވާ ފިލްމަކީ އެ ވަގު ހާކިމާ

  2. ސަލީމް

    ގާސިމް ނަމުގައި ދީފައި ހުރި ރިސޯޓް ތަކަކީ ވެސް މަައުމޫނު ގަވައިދުން ބޭރުން ދީފައި ހުރި ރަށްތައް.ވީމަ އެހުރިހާ އެގްރިމެންޓަށް ބާތިލްވާނެ.

  3. އަހޫ

    ޔާމީންއަށް ނުޖެހޭ އިނގޭކަށް އިސްތިއުނާފު ކުރިކަމެއް. އެހެނީ އެއީ ކޯޓުތަކަށް އިނގެންޖެހޭ ކަމެއް. ވަކީލުންނަށް ތިއެއްބަސް ވެވުނީ ޔާމީން ކޯޓްތަކާނުބެހޭކަން.

  4. މުބާރިކް

    ކޯޓު އެއީ މިނިވަން ތަނެއް ރައީސް އެތަނުން ކުރާ ކަންކަމާއި ބެހިވަޑައިގެން ނޫޅުއްވާ. އެހެން ނަމަވެސް ގައުމީ ސަލާމަތަށް ނުރައްކާ ކުރާ ހާލަތަކަށް ކޯޓްތަށް ގޮއްސި ކަމުގައި ވާނަމަ ރައީސްގެ ސަމާލުކަން އެކަމަށް ދޭނެ. އެއީ ދައުލަތް ހިންގުމުގެ މަސްއޫލިއްޔަތު ރައީސް އުފުއްލަވަން ޖެހިވަޑައިގަންނަވާތީ.

  5. ހުސޭނުބޭ

    ޤާސިމްގެ ވަކީލުންކުރި ޙުކުމެއްވިއްޔާ އެއީ ބާޠިލް ޙުކުމެއް؟ ވަކީލުންގެ ގޮތަކީ ކުށްވެރިޔާ ކުރި ކުށަކީ ވުޖޫދުގައި ވާ އެއްޗަކަށްވެސް ނެހެދުން. ޚާއްޞަކޮށް ބޮޑެތި މަހުޖަނުންގެ ވަކީލުން މިކަމަށް އަބަދުވެސް މޮޅުވާނެ.

  6. ރައްޔިތުން

    ވަކީލުން ތިދެއްކީ ބާޠިލު ވާހަކައެއް - ރައްޔިތުން

  7. މަލަކުރި

    ހިންޏެއް ނާދޭތަ