ދުނިޔޭގެ އެންމެ ބޮޑު ހެކަތޯން "އޭންޖަލްހެކް" ރާއްޖޭގައި މިއަދު ފަށައިފިއެވެ.

ސްޕާކްހަބްއިން އިންތިޒާމްކޮށް، ދިރާގާއި ގުޅިގެން ބާއްވާ މި ހެކަތޯން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގަކީ އަބަދުވެސް ޒުވާނުން ބާރުވެރިކުރުވާ ޒުވާނުންނާއި ގުޅޭ އެންމެހާ ކަންކަމުގައި ބައިވެރިވާ ކުންފުންޏެއް ކަމަށާއި ޒުވާނުން ބާރުވެރިކުރުވުމަކީ ދިރާގުގެ އެއް އަސާސްކަމަށެވެ. އަދި ރާއްޖޭގައި ބޭއްވޭ "އޭންޖަލްހެކް" ދިރާގާއި ގުޅިގެން ބޭއްވުމަކީ ދިރާގަށް ލިބިގެންދާނެ ޝަރަފެއްކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

"ދިރާގަކީ އަބަދުވެސް ޒުވާނުންނާއި ގުޅޭ ކަންކަމުގައި ބައިވެރިވާ ކުންފުންޏެއް. ޒުވާނުން ބާރުވެރިކުވުމަކީ ދިރާގުގެ އެންމެ ބޮޑު އެއް އަމާޒު. ޒުވާނުންނަކީ ގައުމުގެ ކުރިމަގު" ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ހެކަތޯން ރާއްޖޭގައި ފެށުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ދެ ދުވަހުގެ ނިޔަލަށް ހޮޓެލް ޖެންގައި ކުރިއަށްގެންދާ މި ހެކަތޯން ނިމޭނީ މާދަމާއެވެ.

ދުނިޔޭގެ އެންމެ މޮޅު ސޮފްޓްވެއާ ކޯޑާސް އިންނާއި، ޑެވެލޮޕާސްއިންނާއިއެކު މުޅި ދުނިޔޭގެ އެންމެ ފުޅާ ދާއިރާއެއްގައި ބާއްވާ އެންޖޭލްހެކް ރާއްޖޭގައި ބޭއްވުމަކީ ރާއްޖޭގެ ހުނަރުވެރިންނަށް ރާއްޖެ އިން ބޭރުން ފުރުސަތުތައް ވެސް ލިބިގެންދާނެ ކަމެކެވެ.

ދުނިޔޭގައި ބޭއްވޭ އެންމެ ބޮޑު ހެކަތޯން ރާއްޖޭގައި މިއަދު ފަށާފައިވާއިރު މިއީ ގްލޯބަލް ސީރީޒްއެއް ގޮތުގައި ކޮންމެ އަހަރަކު ކުރިއަށް ގެންދެވޭ ހެކަތޯން އެކެވެ.

ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ހެކަތޯން ރާއްޖޭގައި ފެށުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މި އަހަރުގެ މި ސީރީސްގައިވެސް 60 ގައުމަކުން ބައިވެރިވާއިރު ރާއްޖެއަކީ މި ހެކަތޯންގައި އެންމެ ފަހުން ބައިވެރިވި ގައުމެވެ.

ރާއްޖޭގައި ތިބި ހުނަރުވެރި ޑިވެލޮޕަރުންގެ ހުނަރު މުޅި ދުނިޔެއަށް ދައްކާލުމުގެ ފުރުސަތު ފަހިވެގެންދާ މި ހެކަތޯންއަކީ މިހާތަނަށް 150 ގައުމެއްގައި ބާއްވައިފައިވާ ހެކަތޯން އެކެވެ.

އޭންޖަލްހެކް ގައި ބައިވެރިވިގެން އެއްވަނައަށްދާ ފަރާތަތަކަށް ސެންފްރެންސިސްކޯއަށް ގޮސް އޭންޖަލްހެކްގެ ގްލޯބަލް ޑެމޯ ޑޭގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު