ސެލްމޮނެއްލާ ޖަރާސީމުން ތަޣައްޔަރުވެފައިވާ ބައެއް އުފެއްދުންތައް ރާއްޖޭގައި ވިއްކައި، ބޭނުންކުރަމުންދާތީ އެކަމަށް ސަމާލުވާން އެދިއްޖެއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (ޢެފްއެފްޑީއޭ)އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސެލްމޮނެއްލާއިން ތަޣައްޔަރުވެފައިވާ އުފެއްދުމެއް ކަމަށްވާ "ވޭރސްޓެޖަން ސްޕައިސެސް އެންޑް ސޯސެސް ބީ.ވީ" ބްރޭންޑުގެ "ހާބަލް މިކްސް" ރާއްޖެއަށް އެތެރެވެފައިވާކަން އެ އޮތޯރިޓީއަންއަށް ޔޫރަޕިއަން ޔޫނިއަންގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (އާރްއޭއެސްއެފްއެފް) އިން އަންގާފައިވާ ކަމަށެވެ.

އިތުރަށް އެ ބަޔާނުގައި ބުނީ، އެ އުފެއްދުމަކީ ނެދަލޭންޑްސްގެ އުފެއްދުމެއް ކަމަށާއި، އެ އުފެއްދުން އެކްސްޕޯޓް ކޮށްފައިވަނީ ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ "އެންއެލް ފުޑް ބީވީ" ކުންފުނިން ކަމަށެވެ.

ޖަރާސީމުން ތަޣައްޔަރުވެފައިވާ އުފެއްދުންތަކެއް ރާއްޖޭގައި ބޭނުންކުރަމުންދާ ކަމަށް ބުނެ ލިބުނު އެލާޓާއި ގުޅިގެން އެ އޮތޯރިޓީން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ބަލައި ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.

މި މަސައްކަތް ކުރަމުންދާއިރު ބައެއް އުފެއްދުންތައް ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އެ އޮތޯރިޓީއިން އެދިފައިވެއެވެ. އެ އުފެއްދުންތަކުގެ ތެރޭގައި:

  • ވޭރސްޓެޖަން ސްޕްރެޑާ ލެމަންގްރާސް - 25 ގްރާމް (ބާކޯޑް ނަންބަރު : 8712200951168)
  • ވޭރސްޓެޖަން މިކްސް ބާމި/ނާސި - 30 ގްރާމް (ބާކޯޑް ނަންބަރު :8712200982148)
  • ވޭރސްޓެޖަން މިކްސް ސަޓާއީ - 30 ގްރާމް (ބާކޯޑް ނަންބަރު : 8712200982261)

އެމްއެފްޑީއޭ އިން ދޭތެރެ ދޭތެރެއިން މިފަދަ އުފެއްދުންތަކުގެ މައުލޫމާތު އާއްމު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މައި

    ކެންސަރ ޖެހޭ ސަބަބު ހޯދަން އުޅޭ މީހުންނަށް މިވެސް އެއްސަބަބު

    • ޕްރައިޑް

      ޔޫރަޕިއަން ޔޫނިއަންގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (އާރްއޭއެސްއެފްއެފް) އިން އަންގާފައިވާ ކަމަށެވެ.
      އަމިއްލައަށް ޗެކުކޮށް ހޯދޭނެ ގޮތެއް ނެތީތޯ؟

  2. ޒާ

    އާދަޔާ ޚިލާފަށް ރަތްކޮށްހުރި ކުކުޅު ސޮސޭޖެއް އެބަ ވިއްކާ އޭގެ ތެރޭގައި ފަކުރު ގަންނަޒާތުގެ އެތިކޮޅުތައް ހުރޭ. ވަރަށް މަސްހޫރު ޗެއިން އޮފް ފިހާރަ ތަކެއްގާ އެތަކެތި ވިއްކަން އެބަހުރި.

  3. Anonymous

    ފިހާރަތަކުން ނެގުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއް. އާދައިގެ ރައްޔިތު މީހާއަށް ތިޔަ ކޯޑުތަކެއް ނޭނގޭނެ. ތިޔައީ ކިޔަން ނޭނގޭ ވަރުގެ ބޮޑެތި އަދަދުތަކެއް. ... މިހާރު އެތައް ބަޔަކު ވާނީ ތިޔަ އެއްޗެއް ކައިފަ. އެމީހުންނަށް ވާނީ ޖެހޭނެ ބައްޔެއް ޖެހި ނިމިފަ. ނެދަލޭންޑްސްގައި ތިޔަ ތަކެތި އުފެއްދި ކުންފުނި ކަމުގައިވާ "އެންއެލް ފުޑް ބީވީ" ޖޫރިމަނާކޮށް ދިވެހިންނަށް ބަދަލު ހޯދައިދޭންޖެހޭނެ.