އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ބަލައި އަވަހަށް ނަތީޖާ ނުނެރެވޭ ނަމަ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި ތިއްބެވި މެމްބަރުން ވަކިކުރި ވަރަށް ވުރެ އަވަހަށް އާ ކޮމިޝަނުގެ މެމްބަރުން ވަކި ކުރައްވާނެ ކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.

އޭސީސީގެ މެމްބަރުންނާއެކު، މިއަދު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ހަލީމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަކީ މި ސަރުކާރުގެ ވައުދަކަށްވާ އިރު، ތިން އަހަރު ނިމި، ހަތަރު ވަނަ އަހަރަކާ ހަމައަށް ދާއިރު ވެސް ކަން ހިނގަނީ ސަރުކާރުގެ ބޮލަށް ބަދުނާމް އަންނަ ގޮތަށް ކަމަށެވެ.

"ހަގީގަތުގައި ސަރުކާރަކުން ކުރެވޭނެ މާ ބޮޑު ކަމެއް ނެތް. އޭސީސީ އަދި އެހެން މުއައްސަސާތަކަށް މިކަން މަތިކޮށްފައި މިއޮތީ. ނަމަވެސް މިކަން ނިމިދަނީ ސަރުކާރުގެ ބޮލުގައި އެޅިގެން. ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާގެ ބޮލުގައި އެޅިގެން،" ހަލީމް ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ ނުކުރާ ކުށަކަށް "އަމިއްލަ އަށް ބައިވެރިވެގެން" ތިއްބެވެން ނޯންނާނެ ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ މައްސަލަ ޝަރީއަތާ ހަމައަށް ދެވެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކަން ނުކުރެވި، ކުރީގައި އޭސީސީ ހިނގާފައި އޮތް ގޮތުން، ނޫނީ އިމާރާތުގެ މައްސަލައަށް، އެއަކަށް އަޅުގަނޑުމެން އެހާ ބޮޑު ޖާގަ ދެވޭކަށް ނެތް." ހަލީމް ވިދާޅުވިއެވެ.

ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް - ފޮޓޯ: މަޖިލިސް

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގަކީ "ވަރަށް ބާރަށް" ކުރިއަށް ގެންދަން ޖެހޭ މަސައްކަތެއް ކަމަށް ވެސް ހަލީމް ވިދާޅުވިއެވެ. އަދި ޝަރީއަތާ ހަމައަށް ދެވޭނެ ގިނަ މައްސަލަތަކެއް އޭސީސީ ތެރޭގައި މިހާރު ހުންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ހަލީމް ވިދާޅުވިއެވެ.

"އެއީ މީގެ ދެތިން އަހަރު ތެރޭގައި ފުދޭ ވަރަކަށް ތީގެ މަސައްކަތް ކުރެވިފައި އެބަހުރި. އެއީ ޕޮލިސް ތެރޭގައި ވެސް އެސެޓް ރިކަވަރީ ކޮމިޝަން އަދި އޭސީސީގައި ވެސް،" ހަލީމް ވިދާޅުވިއެވެ.

ޝަރީއަތާ ހަމައަށް މައްސަލަ ނުގެންގޮސް ކުރީގެ އޭސީސީ ހިންގި ގޮތަށް ގެންދާ ނަމަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފިޔަވަޅު އަޅާނެ ކަމަށް ހަލީމް ވިދާޅުވިއެވެ.

"އެމްއެމްޕީއާރުސީގެ މައްސަލަ ރަނގަޅަށް ކުރިއަށް ނުދާ ނަމަ ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި އަޅުގަނޑުމެން ޝަކުވާ ކުރަން ފަށާނަން ބާރަށް، އެހެންވީމަ އެކަން ވިސްނައިގެން ކުރިއަށް ގެންދިއުން ބުއްދިވެރީ،" އިންޒާރު ދެއްވާ ރާގަކަށް މެމްބަރު ހަލީމް ވިދާޅުވިއެވެ.

ކޮމިޓީގެ މުގައްރިރު، އަދި ރައްޔިތުންގެ މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ކުރީގެ ކޮމިޝަންގެ މެމްބަރުން ވަކިކުރަން ޖެހުނީ މައްސަލަތައް ލަސްވެ ނަތީޖާ ނުނެރެވިގެން ކަމަށެވެ. ދައުލަތަށް ލިބެން ޖެހޭ ފައިސާ ވީހާވެސް އަވަހަށް ހޯދުމުގެ މަސައްކަތްކޮށް ދެއްވުމަށް ރޮޒެއިނާ އެދިވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޢަގީލަންބާ

    ދޮންބިލެތް ކަލެއާ އަލީ ޝާހީން ޢަންނި އާއި ގުޅިގެން ދ. އަތޮޅުން ދެ ރަށް ދީގެން ފެރީ ނިޒާމް ކުރިއަށް ނުގެންދާ މައްސަލަ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ އޭ ސީ ސީ އިން ބަލާބަލަ

  2. ކޮރަޕްޝަން

    ބުނަންތަ ދޮންބިލަތާ ކަލޭމެންނަކައް ނުކުރެވޭނެއެއްވެސް ކަމެއް ކުރެވޭނަމަ ހަތަރު އަނހަރު ވާން ކައިރިވީއިރު ކުރެވޭނެ ކުރިން ކަލޭމެން އޭސީސީ ހުސްކުރީ އަމިއްލަމަސްލަހަތައް ކޮމަންޑޫ ދާއިރާގެ އިންތިޚާބައް ކޮރަޕްޝަންހިންގަންވެގެން އެކަން މިހާރު އެއޮތީ ނިމިފަ ދެންނުކުރެވޭނެ އެއްކަމެއްވެސް

  3. ހައިޖެކު

    "އެމްއެމްޕީއާރުސީގެ މައްސަލަ ރަނގަޅަށް ކުރިއަށް ނުދާ ނަމަ ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި އަޅުގަނޑުމެން ޝަކުވާ ކުރަން ފަށާނަން ބާރަށް، އެހެންވީމަ އެކަން ވިސްނައިގެން ކުރިއަށް ގެންދިއުން ބުއްދިވެރީ،" އިންޒާރު ދެއްވާ ރާގަކަށް މެމްބަރު ހަލީމް ވިދާޅުވިއެވެ.
    މިނިވަން މުއައްސަސާއެއް ދެއްތޯ؟
    މިފެންނަނީ ރީނދުލުގެ އަސްލު ސިފަ!
    ތަހުޒީބު ދެއްތޯ؟

  4. އަޒުރާ

    މިއަދު މި ހާޒިރު ކުރީ އިންޒާރު ދެއްވަން ދޮއްތޯ!

  5. ޚަލީލު

    މި ކަލޭގެ މިއީ ކޮން ތަނަކުން ނުކުމެގެން އުޅޭ ބުރާންޗެއް؟ މި ކަލޭގެއަށް އެނގޭބާ، ތަޙުޤީޤުކުރުމަކީ ކިހިނެއް ކުރާ ކަމެއްކަން؟

  6. ހައްހް

    މިނިވަން މުއައްސަސާއެއްތަ އޭސީސީ އެއީ؟ މިނިވަން ވަނީ މިހާވަރަށްދޯ؟

  7. Anonymous

    އުވާލަންޏާ މިހާރު އުވާލަންވީ. ހުވާ، ނެރެވޭނެ އެންމެ ނަތީޖާއެއް ވެސް ނެތް.

  8. ކުޅިރިހާކުރު

    ދެން އުވާލާ ތިކަމެއް ނުވާނެ..ތިކޭއެންމެ މީހެއް އެއީ ރ ޔާމީން ޔާމީން ފިހެފަ ކާލަންވވީނު އޭރުން ހިތްހަމަޖެހިދާނެ ތޯއްޗެ

  9. Anonymous

    ނަތީޖާ ނެރެވޭނީ ކަންކަން ކުރެވޭވަރުގެ ގާބިލު ހިންގުމުގެ ތަޖުރިބާ ހުރި މީހުން ތަންތަނަށް ލީމަ. ތިހެން ބިރު ދެއްކުމުން ނަތީޖާ ނެރެވެންޏާ، ތިކަހަލަ ޖާހިލުން ކޮންމެ މުއައްސަސާއަކަށް ލާފަ ހަންމުއްޓެއްދީމަ މީހަކު ކައިރީގަ ބެހެއްޓީމަ ނަތީޖާ ހުންނާނީ ނެރެވިފަ!

  10. Anonymous

    ދޮންބިލެތް ދެނެހުރިންތަ؟ ގިޔާމަތުގެ އެންމެ ބޮޑެތި އަލާމާތްތައް ކަލޭމެން ގައުމުގެ ގާނޫނު ހަދާ މަޖްލިހަށް ވަދެވުމަކީ. ޔައުޖޫޖު މައުޖޫޖު ބައިގައިގެ މީހުން ނުކުމެ 300 އަހަރު އަނިޔާވެރިވެއްޖެ. ދެން ހަދީޘްގައި އޮންނަ ބައެއް، ގައުމުގެ ބޮޑެތި ކަންކަން ނިންމުމުގައި ގޮތެއް ފޮތެއްނެތް "ބަދްމާޝް" އިން ތިބުމީ ގިޔާމަތުގެ އަލާމާތެއް ކަމެއް. ކަލޭ ތިއީ ލަދު ހަޔާތުގެ ކަންފުޅެއް ﷲ އަށް ބިރުވެތިވުމެއް، ގޮތެއް ފޮތެއް ނެތް މީހެއްކަން ކަލޭއަމިއްލައަށްވެސް ގަބޫލުކުރާނެ.

  11. އިބްރާހިމް

    މީނާ ކާލައިފައިވާ ރަށްތަކުގެ ވާހަކަ ދައްކައިފިއްޔާ ވަޒީފާ ގެއްލޭނެކަމަށް އެވިދާޅުވީ