ރާއްޖޭގެ ތާރީހުގައި ހިނގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީ ހިޔާނާތުގެ މަންފާ ލިބުނު ފަރާތްތަކާއި ދައުލަތުން ދޫކުރި ރަށްތަކުގެ ހަމަ އަގު ހޯދުމުގެ މަސައްކަތް ވީހާވެސް އަވަސް ކުރެވޭނެ މަގެއް އޮތްތޯ ބަލަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހާމަކޮށްފިއެވެ.

އަލަށް އެކުލަވާލި އޭސީސީގެ މެންބަރުން މިއަދު ވަނީ ފުރަތަމަ ފަހަރަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ހާޒިރުކޮށްފައެވެ. މިއަދުގެ ކޮމިޓީގައި މެންބަރުންވެސް މައިގަނޑު ގޮތެއްގައި ހިއްސާ ކުރެއްވީ އެމްއެމްޕީއާރްސީ ހިޔާނާތާއި ގުޅޭ ވާހަކަތަކެވެ. އަދި މެންބަރުންނަށް މައިގަނޑު ގޮތެއްގައި ސުވާލުތައް އަމާޒުވީ ވެސް އެކަމާއި ގުޅޭ ގޮތުންނެވެ.

މިގޮތުން މިއަދުގެ ކޮމިޓީގައި ވާހަކަދައްކަވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ހިޔާނާތުގެ ތަހުގީގު އަވަސްކުރެވޭނެ ހުރިހާ މަގެއް ބަލަމުން އަންނަ ކަމަށާއި މީގެ ކުރިން އެ މައްސަލަ ތަހުގީގު ކުރި ކަމާއިބެހޭ އިދާރާތަކާއި ވެސް މަޝްވަރާކޮށް ތަހުގީގު އަވަސްކުރެވޭނެ ގޮތްތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މިހާތަނަށް ކުރެވުނު ޓެކްނިކަލް މަޝްވަރާތަކުގެ ތެރޭގައި އަޅުގަނޑުމެންނަށް ދަންނަވަން ކެރިދާނެ އޭގައި އަޅުގަނޑުމެން އެބަޖެހޭ އެހެން މެޓްރިކްސްއެއް ގެންގުޅެން ވަގުތާއި ވަސީލަތްތައް ހުރި މިންވަރަށް ބަލާފައި." އޭނާ ވިދާޅުވިއެވެ.

ޓޫރިޒަމްގެ ބޭނުމަށް އެމްއެމްޕީއާރުސީ މެދުވެރިކޮށް، 37 ރަށަކާއި 12 ފަޅެއް ނުއަގުގައި ދޫކޮށްފައިވާއިރު އެކި މީހުންނަށް ބަހާލި މި ރަށްތަކުން ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާގެ ގެއްލުން ދައުލަތަށް ލިބިފައިވާ ކަމަށް އޮޑިޓް ރިޕޯޓުތަކުން ހާމަވެއެވެ.

މީގެ އިތުރުން އެކޮމިޝަނުގެ ނައިބު ރައީސް އަބްދުއްސަލާމް ވިދާޅުވީ ކޮމިޝަންގެ މަސައްކަތް ބައްޓަން ކުރާނެ އެންމެ މުހިއްމު ދާއިރާއަކީ ދައުލަތަށް ގެއްލިފައިވާ ފައިސާ އިޔާދަކުރުން ކަމަށެވެ. މިގޮތުން އޭސީސީގެ ތަހުގީގުގައި ބައްލަވާނެ ލިސްޓަކާއި ގުޅޭ ގޮތުން ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވަނީ ސުވާލު އުފައްދަވާފައެވެ.

އުޝާމަށް ޖަވާބުދެއްވަމުން ޝާމިލް ވިދާޅުވީ އެއް ލިސްޓަށް ވުރެ ގިނަ ލިސްޓު އުޅޭ ކަމަށެވެ. އާ ލިސްޓެއް އެކުލަވާލުމުގެ ބަދަލުގައި ވިސްނުން ހުރީ އެސެޓް ރިކަވަރީ އާއި މަޖިލީހުން އާއްމުކުރި ލިސްޓު އެހެން ގޮތަކަށް ކިރާލަން ޖެހޭތޯ ބެލުން ކަމަށް ވިދާޅުވިއެވެ.

"ކުރިން ކޮށްފައި އޮތް މަސައްކަތްތަކުގެ ތެރެއިން އުފެދިފައި އޮތް ލިސްޓެއް އެބައޮތް. ހަމަ އެއާއެކު މަޖިލީހުގެ ޖޮއިންޓް ކޮމިޓީއަކުން ފާހަގަކޮށްދެއްވާފައި ހުރި ބައިތަކެއް ވެސް އެބަހުރި. އެހެންވީމާ އަޅުގަނޑުމެން މި މަސައްކަތް ކުރާއިރު މީގެ ކުރިން ކޮށްފައިވާ ކަންކަމަށް މުޅިއަކުން އަޅުގަނޑުމެން ބަރޯސާވާނީކީއެއް ނޫން،" އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. މަބޭ

    މެންބަރުންގެ މޫނުމަތިން ފެންްނަނީ މާޔޫސްކަން

  2. ހުސޭނުބޭ

    ރަގަޅު ގޮތަކީ ވަކި ބައެއްގެ ކަންކަން ހިންދާލެވޭނެ ގޮތްތައް ހުރިތޯ އެބަ ބަލަން.

    16
  3. ދުމައިން

    ސީލާފަ ދަނޑިން ތެޅިމާ ބުރާނެ! ކުރާން ތިއުޅެނީ އެކަހަލަ ކަމެއް.

    15
  4. Anonymous

    މަގުތައް ހޯދަން ތިއްބާ ދައުރު ނިމިދާނެ. ދެން އޮންނާނީ ކަލޭމެންގެ ބޮލުގައި ރިޝްވަތު ހިފިކަމުގެ ތުހުމަތު އަޅުވައި ކަލޭމެންގެ މައްޗަށް ތަހުގީގު ހިންގުން.

    15
  5. ދެބޯގެރި

    ކޮންމެހެން ދެބޯގެރި ދުއްްވަން އުޅޭނެކަމެއްނެތް ތިޔަ ކޮމިޝަނަކަށް ތިޔަބުނާ ކަމެއްނުވާނެ ސަބަބަކީ ތިޔަ ކޮމިޝަން އައްޔަންކުރީ މުޖުރިމް އެމްޑީޕީންކަމަށްވާތީ އެންމެ ފުރަތަމަ ތިޔަ މައްސަލައިގަ ހިފާ ހައްޔަރުކުރންޖެހޭ އެންމެ އިސްމީހުން ތިބީ އެމްޑީޕީބޮޑުންގެ ގޮތުގަ މިސަރުކާރުގެ މަތިފަޑީގަ ކޮންމެވެސް ކަހިރުވަކެކޭ ކިޔާފަ ޔާމީނުގެ މައްޗަށް ދައުވާކޮށް ބޮޑުމަންޒަރު ރައްޔިތުންނަށް ދައްކަންއުޅުނަސް ހަޤީޤީ މަންޒަރު ރައްޔިތުންނަށްއެބަފެނޭ ކޮންމެހެން މާމޮޅުވާހަތަކަެއްނުދެއްކިޔަސް މުސާރަކޮޅާ ހަދިޔާތައް ބޭނުންކޮށްލައިގެން ޕާޓީންބުނާގޮތެއްހަދާލައިގެން ޕާޓީން ބޭޏުންނުވާ މީހެއްގެ ކޮރަޕްޝަންގެ މައްސަލަ ނ ުބަލާ ހަމަޖެހިގެން ތިބިއްޔާ މުއްތަދުހަމަވަންދެން މެމްބަރުކަމުގެ ތިބެވޭނެ ނުވަތަ ވެރިކަން ބަދަލްވަންދެއް ތިޔަ ގޮނޑީގަ ތިބެވިދާނެ

  6. ހޫރު

    ތިކަމުގައި އެންމެކުރީގަ އުޅެނީ ސޯލިހު ހެކިންހެކިދޭއިރުވެސް ތިޔަބުނަނީ ބަލާނަމޯ ހަމަހިލާ މެންބަރުންނަށް ތިޔަކަމެއްނުވާނެ ކުރިޔަސް ވަކިބަޔަކު ބައްދާލާނީ މިއީ މިކަން ހިނގާނެގޮތް.

  7. ޖުލައި

    ހަމައެކަނި ތިޔަ ޚިޔާނާތެއް ނޫން އޮތީ

  8. މުޙައްމަދުދީދީ

    ތާރީޚް އޮޅުވާނުލައްވާ. ރަނގަޅަށް ލިޔުއްވާ.
    ރާއްޖޭގެ ތާރީޚްގައި ހިންގި އެންމެބޮޑު ޚިޔާނާތަކީ އެފް.ޕީ.އައި.ޑީގެ ޚިޔާނާތުގެ ޖަރީމާ.

    13
  9. ޖާބެ

    ހެއްހެއް ޕްރޮފައިލް ހަދާލަން ޕީ.އާރް ކުޅެލަނީ ދޯ ނުވާނެ ތިޔަކަމެއް އުމުރުގަ ނުކުރެވޭނެކަންން ހުންނާނެ އަދި 7 ފަހަރު ދުނިޔެއަޔަސް ނުވާނެ ތިޔަކަމެއް

  10. އަިޮލ

    ލޮލް، އެ ނުވެސް ހޯދޭނެ، ނުވެސް ހޯދާނެ، އެކަންތަކުގައި ތިބި މީހުން ހުރިހާ ޕާރޓީ އެއްގައި.. ހުރިހާ ގެއްލުމެއް އާންމު ރައްޔިތުންނައްް. ރާއްޖެ ސްޓައިލް ޖަސްޓިސް

  11. Anonymous

    ވަޒީފާއެއް ލިބިގެން ފަޔައްހިނި އަރައިގެން ހަނދުބާލާތަން މިފެންނަނީ

  12. Anonymous

    އެމް ޑިީޕީގެ ބޮޓުންކޮޅެއް ލޮލައްހިނިއަރާތީ މި އުޅެނީ

  13. Anonymous

    ތިތިބީ ކަންކަން ވެފަ! ނޫސްވެރިންގެ ބައްދަލުވުން ބާއްވާ އަވަދިވާއިރު އޮންްނާނީ މަގާމުން ވަކިކުރާ ދުވަސް ޖެހިފަ. ތިތާނގަ އަތްނުލާ އޮތް ކިތައް މައްސަލަ އެބައޮތް؟ ދައުލަތުގެ އޮފީސްތަކުގައި ކޮރަޕްޝަން އިންތިހާ. ކޮރަޕްޝަން ބޮޑު އޮފީހަށް އިއްޔެ ކިރުތުނބުން ވީއްލުނު ބަޔަކު ލައިގެން މޮޑެވޭނީ މަސްހުނި. ދައުލަތް ބަދުނާމުވުން ނޫންކަމެއް ނުވާނެ ތިއުޅޭ ސެލެބްރިޓީ ގޮތަކުން.

  14. ޗަކަ މަރީނާ

    އެއްކަމެއްވެސް ނުވާނެ ތިޔަމީހުން ޖެހޭނޫ މަޖްލިސްގެ މެންބަރުން ބުނާގޮތަށް ހުކުން ނިންމަން ނޫނީ ވަޒިފާ ގެއްލޭނެ

  15. އަހްމަދު

    އިންސާފުން އެއްކިބާނުވެﷲގެމަގުގައި ކުރިއައްދާނެކަމަށް އުންމީދުކުރަން

  16. ޙުމާމާ

    އެ ދުވަސްވަރު ރަށްތައް ވިއްކަންވީ އަގެއް ކަނޑައަޅާފައެއް ނޯންނާނެ. ޤާނޫނެއްގަ ވެސް ގަވާއިދެއްގަވައި ވެސް. ދެން ކޮން ހަމަ އަގޭ މި ކިޔަނީ. އަގެއް ކަނޑައެޅީ ރ. ޔާމީން ސަރުކާރުން ޒަމީރު މިނިސްޓަރުކަމުގައި. މި ސަރުކާރުން ރަށްތައް އެ ދެނީ ހަމަ އަގުގައިތޯ؟ މި ކަމުން ވެސް އެގެނީ މި ކަމެއް ނުވާނެ ކަމާ ފެއިލް ވެއްޖެކަން.

  17. ޔެސްސަރ

    ތި ތަނުގައި ކުރިން ހުރި ވެރިޔާ ބުނީ މިނިވަންކަން ނެތޭ. ފައިސާނެތޭ. މީހުންނެތޭ. މިހާރު މި ކަންތައް ހައްލުވީތޯ. ތިޔަ ޕީ.ސީ.ސީ.އޭ.އާރ ގެ ވެރިޔާ އުޅުނީ ހުވަފެނެއްގައި. އޭނާގެ މެޓްރިކްސް ބިނާކުރީ ފުލޯކް ވާހަކަ ތަކެއްގެ މައްޗަށް. ރަށެއް ނުވެސް ނެގޭނެ. ނަގަންޖެހޭ ތަންތަން ވަކި ކުރި ރ. ޔާމިން ސަރުކާރުގައި. ދެން ހުރީ ހުރިހާ ތަނަކަށް ފައިސާ ސަރުކާރުން އެންގި ގޮތަށް ހުރީ ދަށްކާފައި. ފައިސާއަށް ޚިޔާނާތްތެރިވި މީހުންނަށް ހުކުމްކޮށް ގެންދަނީ ތަންފީޒު ކުރަމުން. ދެން ކޯއްޗެއް ހޯދަން މި އުޅެނީ.