ސަރުކާރާ އިދިކޮޅު ކޯލިޝަނުގެ މަޖިލިސް މެންބަރުންނާއެކު ކޯލިޝަނުގެ ޓީމުތަށް މާލޭގައި ދޮރުން ދޮރަށް ހިނގައި ރީރަޖިސްޓްރީ ކޮށްދިނުމަށް ނުކުމެއްޖެއެވެ.

މިއަދު ހެނދުނު ޖުމްހޫރީ ޕާޓީގެ މައި ޖަގަހައިގައި މި ހަރަކާތް ރަސްމީކޮށް ފަށްޓަވައިދެއްވީ ކޯލިޝަނުގެ ރަނިންމޭޓް ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމެވެ. މި ހަރަކާތް ފަށްޓަވައިދެއްވުމުގެ ގޮތުން މި މަސައްކަތަށް ބޭނުންވާ ފައިލް ކާށިދޫ ދާއިރާގެ ރައީސް އަށް އެރުވުމަށްފަހު ފައިސްލް ނަސީމް ވަނީ ފުރަތަމަ ގެޔަށް ޓީމާއެކު ޒިޔާރަތްކުރައްވާފައެވެ.

ރީރަޖިސްޓްރީ ކުރުމަށް އިދިކޮޅު ފަރާތްތަކުން "ދޮރުން ދޮރަށް" ހަރަކާތް ފެށުމުގެ ކުރިން ފައިސަލް ބައެއް މީހުންނާއި ބައްދަލު ކުރަނީ – ވަގުތު އިމޭޖްސް: އަމީން ފަހްމީ
ރީރަޖިސްޓްރީ ކުރުމަށް އިދިކޮޅު ފަރާތްތަކުން "ދޮރުން ދޮރަށް" ހަރަކާތް ފެށުމުގެ ކުރިން ފައިސަލް ބައެއް މީހުންނާއި ބައްދަލު ކުރަނީ – ވަގުތު އިމޭޖްސް: އަމީން ފަހްމީ

މި ހަރަކާތް ފަށްޓަވައިދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި ފައިސަލް ނަސީމް ވިދާޅުވީ، ދިވެހި ލޮބުވެތި ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޟަރޫރީ ބޭނުންތަކަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅުއްވަމުން ގެންދަވާ ކަމަށާއި، އިންތިޚާބާ ގުޅިގެން ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތަކީ ރީރަޖިސްޓަރީ ކުރުމުގެ މަސައްކަތް ކަމަށެވެ.

"އަޅުގަނޑުމެން މިއަދު ވިސްނަންޖެހޭ އަނެއް ކަމަކީ އެންމެ ވޯޓެއްވެސް އަޅުގަނޑުމެން އަތުން ބީވެގެން ގޮސްގެން ނުވާނެ، ވީމާ އަޅުގަނޑު ދެކެނީ ހުރިހާ ރައްޔިތުންވެސް ވިސްނަވަންވީ ރަޖިސްޓަރީ ކުރުމުގެކަންކަން ވީހާވެސް އަވަހަކަށް ނިންމަން." ފައިސަލް ނަސީމް ވިދާޅުވިއެވެ.

ދިވެހި ލޮބުވެތި ރައްޔިތުން އިސްލާހަށް ކުރައްވާ މަސައްކަތަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރައްވާ މަސައްކަތަށް ފައިސަލް ނަސީމް މިއަދު ޝުކުރު އަދާކުރެއްވެވިއެވެ.

"މި ފުރުޞަތުގައި އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލަކަށް ވެގެންދަނީ 12 މެންބަރުންނާއި، ދެން ތިއްބެވި އަޅުގަނޑުގެ އެކުވެރި މެންބަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަޅުގަނޑު އަދި އެއަށްވުރެ ބޮޑަށް ޝުކުރު ދަންނަވަން ބޭނުންވޭ ދިވެހި ލޮބުވެތި ރައްޔިތުން މެދުކެނޑުމެއްނެތި އިސްލާހީ ބަދަލު، ހެޔޮ ބަދަލު ގެނައުމަށްޓަކައި އެކުރައްވާ މަސައްކަތަށް." މަޖިލީހުގެ ގޮނޑި ގެއްލިފައިވާ މެންބަރުންގެ ވާހަކަ ވަކިން ހާއްޞަކޮށް ފާހަގަ ކުރެއްވުމަށް ފަހުގައި ފައިސަލް ނަސީމް ވިދާޅުވިއެވެ.

ފައިސަލް ނަސީމް މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: އަމީން ފަހްމީ

މި ހަރަކާތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ، މިއަދު ހެނދުނު 09:00 އިން ފެށިގެން މިރޭ 21:00 އާއި ހަމައަށް ރީރަޖިސްޓަރީ ކުރުމުގެ މި ހަރަކާތް މާލޭގައި ކުރިއަށްދާނެ ކަމަށާއި، ހަރަކާތުގެ އަމާޒަކީ ކޮންމެ ދާއިރާއަކުން 100 މީހުންގެ ރީރަޖިސްޓްރޭޝަން ފޯމު މިރޭގެ ނިޔަލަށް ހަރަކާތުގެ މައި އިދާރާ، ކުނޫޒަށް ގެނައުން ކަމަށެވެ.

ކޯލިޝަނުން މި ހަރަކާތް ރާވާފައިވާ ގޮތަށް ބަލާލާއިރު، އަތޮޅުތަކަށް އަދި ދާއިރާތަކަށް ޓީމުތައް ވަނީ ބަހާލާފައެވެ. ހަރަކާތް ފެށިގެން ނިމެންދެން ކޮންމެ އަތޮޅަކުން އެއް ބޭފުޅަކު އިދާރީ މަސައްކަތްތަކަށް ކުނޫޒުގައި މަޑު ކުރެއްވުމަށްފަހު ދާއިރާތައް ވަކިން ރީރަޖިސްޓަރީ ކޮށްދިނުމަށް ގޭގެއަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވެއެވެ. މަސައަކަތް ހަލުވި ކުރުމުގެ ގޮތުން ޓީމުތަކުގެ މަސައްކަތް ނިންމާ ކުނޫޒަށް އައުމުގެ ކުރިން ގެތަކަށް ޒިޔާރަތްކުރާ ދާއިރާގެ ޓީމުތަކުން ފޮނުވާ އައިޑީ ކާޑުތަކުގެ ފޮޓޯތައް، އައިޑީ ކާޑުގެ ކޮޕީގެ ގޮތުގައި ތައްޔާރުކޮށް އެ އަތޮޅެއްގެ އިދާރީ މޭޒުން ތައްޔާރުކޮށް ނިންމާނެއެވެ.

ރީރަޖިސްޓްރީ ކުރުމަށް އިދިކޮޅު ފަރާތްތަކުން "ދޮރުން ދޮރަށް" ހަރަކާތް ފެށުމަށް ބޭއްވި ބައްދަލުވުން – ވަގުތު އިމޭޖްސް: އަމީން ފަހްމީ
ރީރަޖިސްޓްރީ ކުރުމަށް އިދިކޮޅު ފަރާތްތަކުން "ދޮރުން ދޮރަށް" ހަރަކާތް ފެށުމަށް ބޭއްވި ބައްދަލުވުން – ވަގުތު އިމޭޖްސް: އަމީން ފަހްމީ

މި ހަރަކާތުގެ ފުރަތަމަ ގެޔަށް ޒިޔާރަތް ކުރެއްވުމަށްފަހު އެނބުރި ކުނޫޒަށް ވަޑައިގެން ފައިސަލް ނަސީމް ވިދާޅުވީ، ކިތަންމެ ވިއްސާރަ ނަމަވެސް ރީރަޖިސްޓަރީ ކުރުމުގެ މަސައްކަތަށް ނިކުމެ އެކަން ކުރަންޖެހޭ ކަމަށާއި، ރަށްވެހިވެފައިވާ ރަށްނޫން އެހެން ތަންތަނުގައި ދިރިއުޅުއްވާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ރީރަޖިސްޓަރީ ކުރެއްވުން އެދޭ ކަމަށެވެ.

"ރަށުން ބޭރުގައި ދިރިއުޅުއްވާ ފަރާތްތަކުން ވަރަށް ހާއްޞަ ސަމާލުކަމެއް ދެއްވަންޖެހޭ ރީރަޖިސްޓަރީ ކުރުގެ މަސައްކަތަތަކަށް. ރީރަޖިސްޓަރީ ނުކުރެވި އޮތުމުގެ ސަބަބުން ގެއްލިގެންދާ ވޯޓަކީ އަޅުގަނޑު ދަންނަވާނީ ވަރަށް ބޮޑަށް ހިތާމަ ކުރަންޖެހޭނެ ކަމެކޭ. ރީރަޖިސްޓަރީ ކުރުމަކީ އެންމެ މުހިންމު މަސައްކަތަށްވާއިރު، މިއަދު ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންވެސް އެބަ ބޭނުންވެޔޭ ހެޔޮ ބަދަލެއް ގެންނަން، އެހެންކަމުން ވޯޓުލުމާއި މި ހެޔޮ ބަދަލު ގެނައުމަށްޓަކައި އަޅުގަނޑުމެނަށް އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޮތީ ރީރަޖިސްޓަރީ ކުރުން." ފައިސަލް ނަސީމް ވިދާޅުވިއެވެ.

ސަރުކާރާ އިދިކޮޅު ކޯލިޝަނުން ރީރަޖިސްޓަރީ ކުރުމަށް ދޮރުން ދޮރަށް ހިނގުމަށް ނިކުތްއިރު، ސަރުކާރުގެ ކެންޑިޑޭޓް ރައީސް ޔާމީންގެ ކެމްޕެއިން ތީމުންވެސް ރީރަޖިސްޓަރީ ކޮށްދިނުމުގެ މަސައްކަތް ދަނީ ކުރައްވަމުންނެވެ.

ސިޔާސީ ޕާޓީތަކުން ރީރަޖިސްޓަރީ ކޮށްދިނުމުގެ މަސައްކަތް ފެއްޓެވިއިރު، މިހިނގާ ޖުލައި މަހުގެ 17 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 11 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ރީ-ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރޮކަބައި

    ރީރަޖިސްޓްރީ ކުރުމަށް އިދިކޮޅު ފަރާތްތަކުން "ދޮރުން ދޮރަށް" މާލެ ސަރަހައްދުގައި ހިނގަން ފެށުމުން އެމެންނަަށް ތާއީދު ނެތް ވަރު ހާމަވެގެން ދެއޭ އެމެންނަށް ފުވައްމުލަކު މީހުން އުޅޭ ގެއަށް ތިޔާ ރަނިންގް މޭޓް ވަނުމުން މީހުން އަހަން ފެށީ އޭނާ އެމެންނަށް ދައްކަން އޮތް ފައިސާ ގަނޑު ދައްކާނީ ކޮން އިރަކުންތޭ އޭ ދެން އޭނާ ޖެހުނީ މީ ނުބައިގެއަކަށޭ މިވަނީ ކިޔާ ފިލާ ރައްކާވާން އޭ މިވަރު އާލާތުންއޭ ރަނިންގް މޭޓުންގެ ގޮތުގައި ނިކުމެ މިތިބެނީ މީސް މީހުން ލައްވާ މަސައްކަތް ކުރުވާފައި އަދި މީހުން އަތުން އެއްޗެހި ދަރަންޏަށް ނަގައިގެން އެއަށް ފައިސާ ނުދީ އޭ މިއާލާތުން އުޅެނީ އައި އޭމް ގޮނާ ޓެލް ޔޫ ވަޓް އައި ނޯ ޔޫ ގޮނާ ޓެލް މީ ވަޓް ޔޫ ނޯ އެނީއޮބްސްޓަކަލް ކަމް ޔޫ ބެޓަރ ގެޓް ޕްރިޕެއަރޑް ބާން ބާން ބާން ބާން އަވަހަށް މިގެއިން ނިކުމޭ ވަގު ކަލޭގެ ނިކުމޭ ނިކުމޭ ނިކުމޭ ނޯ ބަޑީ އިޒް ގޮނާ ގިވް ޔޫ އަ ވޯޓް ބާން ބާން ބާން...

  2. ނޯބަޑީ

    ކޮންމެ ވޯޓެއް ވެސް މުހިންމު، ބީވިޔަ ދީގެން ނުވާނެ ކަމަށް ތަމެން ބުނި ނަމަވެސް މިހާރު ތަމެން ޕާރޓީ އަށް ތިޔާ ސޮއި ކުރަނީ އެއީ މިހާރު ވެސް އޯލްރެޑީ ސޮއި ކޮށްފައިވާ މީހުން ނޫންތޭ އޫލަލާ ތަމެންނަށް މާލެ ސަރަހައްދުން ތާއީދެއް ނޯންނާނެ ނޫންތޭ ތަމެން ދަ ރާއްޖެތެރެއަންސް މާލެ އާއި ހުޅުލެ އާއި ދެމެދު އަޅާ ބްރިޖް އާއި ނުރުހުންވެ އެބްރިޖް އަޅާތީވެ އެކަމާއި ތަމެން ދެކޮޅު ހަދާ އަދި އައިޖީއެމްއެޗް 50 ބުރީގެ އިމާރާތާއި ދެކޮޅު ހަދާ އަދި މަމެން މާލެ ސަރަަހައްދުން ފްލެޓްސް ތައް ދޭން ނިންމާފައިވާ 85 ހާސް މީހުންގެ 85 ހާސް ފްލެޓްސް ތަކާއި ދެކޮޅު ހަދާ އަދި ގުޅިފަޅުން 1 ލައްކަ ވިޔަފާރިވެރިންނަށް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް 1 ލައްކަ ގޯތި ދިނުމުން އެކަމާއި ތަމެން ދެކޮޅު ހެދުމުން ދެން މާލެ ސަރަހައްދުން ތަމެންނަށް ވޯޓެއް ނުލިބޭނެއޭ ތަމެން ދެން އެކަން ހަނދާން ނައްތާލާ ރަނގަޅުވާނެއޭ ރަށުތެރޭން އެހެން ކަމަކާއިގެން އުޅުނިއްޔާއޭ މަމެން ބުނަން ނެތީމު ދޯ. ނޯ ބަޑީ އިޒް ގޮނާ ގިވް ޔޫ އަވޯޓް..

  3. ނުރަބޯ

    އިދިކޮޅުފަރާތް ތަކަކީ އިތުބާރު ގެއްލިފައިވާ ފޭލިއަރުން. ވީމާ ދޮރުން ދޮރަށް ހިނގިޔަސް ނުވަތަ ކުޑަދޮރުން ކުޑަދޮރަށް ހިނގިޔަސް ލިބޭނޭ ތާއީދެއް ނެތް.

  4. ފަލަކީހިސާބުންމުސަޅު

    ރީރަޖިސްޓްރީ ކުރާ ކޮންމެ މީހަކާއެކު ފޮޓޯއެއް ނަގާފަ ނޫސްތަކުގަ ޖަހާތި. އަދި ގޭގޭގެ ބަދިގެއައްވަދެ ތެލިތަކުގެ މަތިނަގާފަ ރަހަވެސް ބަލާލާތި. މޭޒުމަތީގަ ކާންހަދާފަ ހުރިއެއްޗެއް ބަލާލަން ތަށިތަކުގެ މަތިވެސް ނަގާތި. ކޮޓަރިތަކުގެ ދޮރުވެސް ހުޅުވާ ދެމަފިރިން ކުރަނީ ކީއްތޯވެސް ބަލާތި. ފާހާނާގަ ފެންވަރަން މީހަކު ހުރިތޯ ދޮރުވެސް ހުޅުވާލަންވާނެ. ތަޅުލާފަ ހުރިއްޔާ ފެންލައިޓުން ބަލާލަންވާނެ. އަދި އެގެއިން ނުކުންނަމުން ހުރިހާ އަންހެނުންނައް ދޮނެއްދީ ބައްދާލަންވެސްވާނެ. އެހެން ނޫނިއްޔާ އޯގާތެރި ރައީސައް އެކުރެވެނީ ކެމްޕޭނެއްނޫން. މިކަހަލަ ވެރިން ހޮވަންވާނީ

  5. އަބްދުއްލާ

    ރީރަޖިސްޓްރޭސަން ދޮރުންދޮރަށް ވަރަށްބޮޑު ގޯހެއް .އިލެކްސަނުން ފިންގަރޕްރިންޓް ރަނގަޅަށް ޗެކްކުރާތި

  6. ކޯއްޗެއްތޭ

    ކޯއްޗެއްތޭ އެންމެ ވޯޓެއް ވެސް އަތުން ބީވެގެން ނުވާނެއޭ އެހެންތޭ މީ ތަމެންގެ ރަށެއް ވެސް ނޫން ދޯ ތަމެން އެންމެ ވޯޓެއް ވެސް ބީވެގެން ނުދާނެއޭ ތިޔާ ބުނަނީ މީ ފުރަ މާލެ އޭ މާލެ ސަރަހައްދުން ނުދޭނަމޭ 100 ވޯޓް ވެސް ތަމެންނަށް އެއިރުން ހުންނާނީ ރަނގަޅަށް ރާކަނި މަސްކެވިފައޭ މަމެން ބުނަން ނެތީމު ދޯ މީ މަމެންގެ ވެރިކަން އަދި މީ މަމެންގެ ގައުމު އިނގޭތޭ އައި އޭމް ގޮނާ ޑޫ އިޓް ބެސްޓް ލެވެލް ގައި ހުރިހާ ކުދިންނަށް ފީނި ފީންނަށް މާލެ ސަރަަހައްދުން ފްލެޓްސް ތައް ދީ އަދި މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ ކުންފުނި ތަކަށް ގުޅިފަޅުން ބިން ވެސް ދީގެން.

  7. ރޮކަބައި

    އެންމެ ވޯޓެއް ވެސް އަތުން ބީވެގެން ނުވާނެ ކަމަށް އިބޫގެ ރަނިންގް މޭޓް ބުނާއިރު އޭނާ އާއި މުޅި އެމްޑީޕީގެ ޔޫތު ވިންގް ދެކޮޅޭ ބިކޮޒް ތިޔާ ރަނިންގް މޭޓް ވަނީ އެމްޑީޕީގެ ޔޫތު ވިންގް ވަރަށް ބޮޑަށް ދެރަ ކޮށްލާ އެފަކީރު ޑިގްރޭޑް ކޮށްފައޭ މަމެންގެ މިކާއިލް ލޯބި ލޯބި ކުއްޖާ ހިތުގައި ޖެހޭ ގޮތަށް ތިޔާ އިބޫގެ ރަނިންގް މޭޓޭ ކަން ކަން ކުރުމުގެ ނަތީޖާ އަކީ އެއީ އެމްޑީޕީ ޔޫތު ވިންގް ވަނީ މިހާރު ފިނި ހަނގުރާމަ އެއް އިއުލާން ކޮށްފައޭ އިބޫގެ ރަނިންގް މޭޓް އާއި މެދު ޔޭއް ޔޭއް ތިޔާއީ ދޮގޭ މަމެން މިހަދަނީ ނޫނެކޭ އައި ސްވެއަރ މީ ތެދޭ ވެން ޔޫ ލުކް އިން އަވަރ އައިޒް މީ ތެދު ކަން އިނގޭނެ ނޫންތޭ އައި އޭމް ގޮނާ ޓެލް ޔޫ ޓްރޫ ބޭބީ ކަމޯން ޔޫ ގޮނާ ގިވް މީ ވަޓް ޔޫ ހޭވް ބާން ބާން ބާން ބާން ރޮކަބަައި ރޮކަބައި ރޮކަބައި ރޮކަބައި...

  8. ގާސިމު

    ކެމްޕޭން އައް ގޭގެއައްގޮސް އަންހެނުންތައް ގައިގަ ގިނައިން ބެއްދި ވަރަކައް ވޯޓްލިބޭނެ