ސީރިއާގެ ހަނގުރާމަވެރި ސަރަހައްދަކުން ރާއްޖެ ގެނައި ދިވެހި ފުރަތަމަ އާއިލާ ދިގު މުއްދަތަކަށް ބަންދުކޮށްގެން ގެންގުޅުމަކީ ލާ އިންސާނީ އަމަލެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ސިފަކުރައްވައިފިއެވެ.
މިދިޔަ މަހުގެ 11 ގައި ރާއްޖެ ގެނައި އެ އާއިލާގައި ހިމެނެނީ 33 އަހަރުގެ އަންހެނަކާއި 18 އަހަރުން ދަށުގެ ހަތަރު ކުދިންނެވެ. އަދި އިތުރު އަށް މަސް ދުވަހު އެ އާއިލާ ކ. ހިންމަފުށީ ރީއިންޓެގްރޭޝަން ސެންޓަރުގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ނިންމައިފިއެވެ.
ނަމަވެސް އުމަރު ނަސީރު ވިދާޅުވީ އެ އާއިލާ އެގޮތަށް ހައްޔަރުކޮށްގެން ގެންގުޅުމަކީ ބައިނަލްއަގުވާމީ ކޮންވެންޝަންތަކާ ވެސް ހިލާފުކަމެއް ކަމަަށެވެ.
އުމަރު ވިދާޅުވީ މިއީ ޓެރަރިޒަމްގެ ނަމުގައި ހުޅަނގު ރުއްސުމަށްޓަކައި ސަރުކާރުން ކުރަމުންދާ ކަމެއް ކަމަށާއި އަދި ރޭޕް އާއި މަސްތުވާތަކެއްޗާއި މީހުން މެރުން ފަދަ މައްސަލަތަކުގައި މިފަދަ ގޮތަކަށް މީހުން ބަންދުކޮށްގެން ނުގެންގުޅެވެނީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށެވެ.
"އަންހެން މީހާއަކީ ހަތިޔާރެއް އުފުލި މީހެއް ކަމެއް މީހަކު މެރި މީހެއްކަމެެއް އެނގޭކަށް ނެތް. އޭނާގެ ފިރިމީހާގެ މައްސަލައަކީ އެހެން މައްސަލައެއް. މި އޮތް ފަދަ ރޯދަ މަހު ހަތަރު މައިން ހައްޔަރުކޮށްގެން މިވަރުގެ އަނިޔާއެއް ބަޔަކަށް ދެވޭނެތޯ." އުމަރު ނަސީރު ވިދާޅުވިއެވެ.
ބަންދުކޮށްގެން ގެންގުޅޭ އާއިލާ ދޫކޮށްލުމަށް ވެސް އުމަރު ނަސީރު ގޮވާލެއްވިއެވެ.
"އެ އަންހެން މީހާއަކީ ދެރަ ނިކަމެއްޗަކަށް ވީމަ ދެން ނުހުންނާނެ އޭނާގެ ހައްގުގައި ވަކާލާތު ކުރާނެ މީހެއްވެސް" އުމަރު ނަސީރު ވިދާޅުވިއެވެ.

ހޯމް މިނިސްޓްރީ އިން ބުނެފައިވާ ގޮތުގައި ހަނގުރާމައިން ގެންނަ އާއިލާތައް ބަންދުކުރަނީ އެ މީހުން ރާއްޖެ އައިސް ޖިނާއި އެއްވެސް ތަކުލީފެއް އުފުލަން ނުޖެހި އަދި އެއްވެސް ރިހިބިލިޓޭޝަން ޕްރޮގްރާމެއްގައި ބައިވެރިނުވެ މުޖުތަމައުއަށް ދޫވެފައިވާތީ އެކަން ބަދަލުކޮށް އަންހެނުންނާއި ކުޑަކުދިން ޒިންމާދާރު ދިވެހީންގެ ގޮތުގައި އަލުން މުޖުތަމައުއަށް އަނބުރާ ގެނައުމުގެ ގޮތުން ކަމަށެވެ.

އަދި އެ މައްސަލަތައް ނިމުމަކަށް ގެނައުމަށްޓައި އެފަދަ ހާލަތުގައި ރާއްޖެ ގެންނަ އަންހެނުންނާއި ކުޑަކުދިންނަށް ދީނީ އިޖުތިމާއި އަދި ނަފްސާނީ ފަރުވާ ދެވޭނެ ގޮތަށް ގާނޫނާއި ގަވައިދުތަކާއ އިސްލާހުކޮށް އެފަދަ ފަރާތްތައް ރިހިބިލިޓޭޓް ކުރުމަށް ބޭނުންވާ މަރުކަޒުތަކާއި ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް ހޯމް މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސާބަހޭ ޢުމަރާ!

    މިހާރު ދުނިޔޭގެ ސިޔާސީ މަޝްރަހަށް ބަލާއިރު އެމެރިކާއާއި ޔޫރަޕުބުނާ ގޮތްގޮތަށް ވެރިކަންކުރާ އިސްލާމީގައުމުތަކުގެ ވެރިކަމުގައި ތިބެނީ ކަރަޕްޝަނާ ފަސާދައިން ފަސްބައި ތަތްތެޅިފައި ތިބޭ ވެރިންނެވެ. އެފަދަ ވެރިންނަކީ، ޚުދު އެބައިމީހުންގެ ގައުމުގެ އާންމު ރައްޔިތަކަށް ހެވެއް އެދޭ ބަޔަކު ކަމުގައިވެސް ނުވާ ބައެކެވެ. މުސްލިމުންގެ ތެރޭގައި މުނާފިގުން ގިނަވީމާވެސް އެފަދައިން ކަންތައް ވެދާނެއެވެ.

    14
    1
  2. ޤައުމު

    ބަލަކަލޭނޫންތަ މިނިސްޓަރުކަން އޮޅިގެން ލިބުނީމަ ލާ އިންސާނީ ޖަރީމާހިންގީ
    ކަލޭގެސަބަބުން ރާއްޖޭގަ އޮތް ބިލިއަނާރސް މާކެޓް ގެއްލުނީ
    ޜާއްޖެއަންނަ ބޮޑެތި މުއްސަނދިން
    އެމެރިކާއަށް އެއާޕޯރޓުން ހަވާލުކުރީ ކަލޭ
    އޭގެފަހުން ރާއްޖެ އަށް ބިލިއަނަރުން ޗުއްޓީ ހޭދަކުރުން ނިމުމަކަށް އައީ
    އެކަމުގެ ސަބަބުން އަހަރެމެން ރިސޯޓްބޯއީސްއަށް ވަރަށް ގެއްލުން
    ކަލޭހިކުރަނީ ތީ ބަޔަކު މާތާއީދު ކުރާ މީހެއްކަމަށްތަ! ގެޓްލޮސް

    1
    5
  3. ޛ

    100% ތެދުފުޅެއް

  4. ފަހަރި

    މިބައިގަނޑައް އެކިވަތަރުގެ އެހީލިބޭނީ އޭރުން ރާއްޖޭގަ މަރުގެ މައްސަލަތަކާގުޅުންހުރިމީހުންވެސްގޭގެއެބަތިބި އަދި 3 ނޮވެންބަރުގެ ކަޅުބާޣީންތަކެއްވެސް އެބައުޅޭ މިނިވަންކަމާއެކު ސަރުކާރުގަވެސް އާއިލީމީހުންވެސް

  5. މުހައްމަދު

    ދޫކޮށްފައި ބެހެއްޓި ނަމަ ބުނާނެ އެއްގޮތަކަށްވެސް ދޫކުކުރަން ޖެނޭބައެއްނޫނޭ މީފައްކާ ރޯނު އެދުރެއް

    1
    3
  6. ސެންޗޯ

    އުމަރު އެނބުނީ ރަނގަޅު ވާހަކައެއް މިހިނހިދުން މިހިނދަށް މިރެއިން މިރެއަށް މިއަދުން މިއަދަށް އެމީހުން ދޯކޮށްލަން ގޮވާލަން ( ޓެގުއަޅުވާފަ ނަމަވެސް )