މިދިޔަ މާރޗް މަހު ކޯޓުތަކަށް 214 މައްސަލަ ހުށަހެޅި ކަމަށާއި، އޭގެތެރޭގައި ގިނައީ މަސްތުވާތަކެތީގެ މައްސަލަކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން އެ މިދިޔަ މަހު އެ އޮފީހަށް ހުށަހަޅާފައިވަނީ 244 މައްސަލައެވެ. އަދި ކޯޓުތަކަށް ދައުވާ ކުރަން ފޮނުވާފައިވަނީ 214 މައްސަލައެކެވެ.

ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 82 މައްސަލައަކީ މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލަތަކެވެ. އެއީ ހުށަހެޅުނު މައްސަލަތަކުގެ 38.3 އިންސައްތައެވެ. ދެވަނައަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ މުދަލާއި ގުޅޭ މައްސަލަތަކެވެ. އެއީ ޖުމުލަ މައްސަލަތަކުގެ 25.2 އިންސައްތައެވެ.

މަސްތުވާތަކެތީގެ ގިނަ މައްސަލަތަކެއް އަބަދުވެސް ފެންމަތިވާއިރު، ޑްރަގް ކޯޓުން މިިދިޔަ މަހު ވަނީ 36 މައްސަލައެއްގައި ފުރަތަމަ ހުކުމް އިއްވާފައެވެ. އަދި 22 މައްސަލައެއްގައި ޝަރުތަކާއި ނުލައި ފަހުގެ ހުކުމް އިއްވައި، ހަ މައްސަލައެއް ފަރުވާއިން ވަކިކޮށްފައެވެ.

މިދިޔަ މަހު ޑްރަގް ކޯޓު ނޫން އެހެން ކޯޓުތަކުން 149 މައްސަލައެއް ބަލައި، 113 މައްސަލައެއް ސާބިތުވާ ކަމަށް ނިންމާފައިވެއެވެ. އޭގެތެރެއިން، 50 އިންސައްތަ މައްސަލައަކީ ވައްކަމާއި ގުޅުންހުރި މައްސަލަތައް ކަމަށާއި، 15 އިންސައްތަ މައްސަލަ އަކީ އެހެން މީހެއްގެ މުދަލެއްެގެ މައްޗަށް ހުއްދަ ނެތި ބާރުފޯރުވުމާއި ގުޅޭ މައްސަލަ ކަމަށް ޕީޖީ އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފޭކު

    ސިޔާސީ ބޭނުމަކަށް ފާޑުފާޑު ކޮމިޝަންތައް ހަދައިގެން ކޮރަޕްޝަނާ ޚިޔާނާތުގެ މައްސަލަތަކޭކިޔާ ހާޖާނު ހިނގަން މޮޅުވާނެ.

    އެކަމަކު މިކަހަލަ ހަގީގީ އިޖުތިމާޢީ އެއްވެސް މައްސަލައަކަށް ހައްލެއް ލިބޭތަ ؟

    މިލިއަނުން ފައިސާގެ ގެއްލުން އަދި ނުވީތާކަށް ހާހުން ފުރާނަޔަށާ އިޖުތިމާޢީ ގެއްލުން.

    އެކަމަކު ހައްލުކުރުމަކީ ސިޔާސީ ކުޅިބައިގަ ހަމައެކަނި ކެމްޕޭން ވައުދެއް. އަސްލު އަމާޒަކީ އަބަދުވެސް ހަމައެކަނި ވެރިކަން.

  2. ޑައެލޯގް

    މަސްތުވާތަކެތީގެ މައްސަލަ ގިނަވީ އިންޑިޔާއިން ރާއްޖޭގެ ކަނޑުތައް ބަލަހައްޓަންފެށިފަހުންނެވެ. މީންދުވަހަކު ނުފެންނަވަރަށް ރާއްޖެއިން މަސްތުވާތަކެތިފެނި، އެކަމަށް ސަރުކާރުންވެސް އެއްބަސްވެފައިވެއެވެ.