ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުގެ ކުލި ދެއްކުން އިތުރު 3-4 މަހަށް ފަސްކޮށް ދޭން ޖެހޭ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓަށް މަހަކު ދައްކަން މި ސަރުކާރުން ކަނޑައަޅާފައި ވަނީ 8،500ރ. އެވެ. އެއީ ކުލީގެ ގޮތުގައި 7،500ރ. އާއި މެއިންޓަނަންސް ފީގެ ގޮތުގައި ނަގާ 1،000ރ. އެވެ. ހިޔާ ފްލެޓުތަކުން ކުލި ނެގުން ހަތް މަސް ދުވަހަށް ފަސްކޮށްދީފައި އޮތުމަށް ފަހު މި މަހުން ފެށިގެން ސަރުކާރުން ވަނީ ކުލި ނަގަން ފަށައިފައެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިން ނިންމާފައި އޮތީ މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް އޭޕްރީލް މަހުގެ ކުލި ދައްކާ ނިންމުމަށެވެ. އެކަމަކު، އެއްވެސް ޖޫރިމަނާއަކާ ނުލައި، މި މަހުގެ ނިޔަލަށް ހިޔާ ފްލެޓްތަކުގެ ކުލި ދެއްކޭނެ އިންތިޒާމު އެޗްޑީސީން ފަހުން ވަނީ ހަމަޖައްސައިފައެވެ.

ކުލި ނަގަން ފެށިއިރު، ހިޔާ ފްލެޓުގައި ދިރިއުޅޭ މީހުންގެ ޝަކުވާ އަދިވެސް ބޮޑެވެ. ދެ ކޮޓަރީގެ ހިޔާ ފްލެޓުގެ ކުލި ކުޑަ ކުރުމަށާއި ކުލި ދެއްކުން ފަސްކޮށް ދިނުމަށް އެ ރައްޔިތުން އަދިވެސް ދަނީ އެދެމުންނެވެ. އަދި އެޗްޑީސީއާ ދެކޮޅަށް ހިޔާ ފްލެޓުތައް ކައިރީގައި ގިނަ ބަޔަކު ވަނީ މުޒާހަރާކޮށްފައެވެ.

ހިޔާ ފްލެޓްތަކުގެ މަތިން ރޭގަނޑު ނަގާފައިވާ ފޮޓޯއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު "ވަގުތަށް" ވިދާޅުވީ ހިޔާ ފްލެޓުތައް ނުނިންމާ ސަރުކާރުން އެ ފެލްޓުތައް ރައްޔިތުންނާ ހަވާލު ކުރުމުން އެ ތަނަށް ވަންނަން ޖެހިފައި ވަނީ ބޮޑެތި ހަރަދުތަކެއްކޮށްގެން ކަމަށެވެ. ބައެއް މީހުން ފްލެޓު ނިންމަން 100،000ރ. އާއި 400،000ރ. އާ ދެމެދުގެ އަދަދެއް ހަރަދު ކުރި އިރު، އެވްރެޖްކޮށް ފްލެޓު ނިންމަން 200،000ރ. ހަރަދުކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ލޯނު ނަގައިގެން ދަރަނިވެރިވެގެން އެބަ ހަރަދު ކުރޭ ތަން ނިންމަން. އެއީ އެފޯޑް ކުރެވޭތީއެއް ނޫން ގޮތެއް ނެތުނީމަ. އޮޕްޝަނެއް ނެތުނީމަ، ތަންތަނުން ބޮރޯކޮށްގެން ބޭންކުންނާއި އަމިއްލަ ފަރާތްތަކުންނާއި ވިޔަފާރިވެރިން އަތުން ދަރަންޏަށް ފައިސާ ނަގައިގެން ނިންމަނީ. އެފަދައެއް ނެތް މީހުން ތަރަފާލެއް އެކަނި އަޅައިގެން ދިރިއުޅޭ. މި ހާލުގައި އުޅޭ ބަޔަކު ހިޔާ ފްލެޓުތަކުގައި އާންމުކޮށް މިއުޅެނީ." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓުގެ ރައްޔިތުންނަށް އެހާ ދަތިވީމަ، ނުވަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ދިނުމަށް މާލެ ސިޓީ ކައުންސިލުން ސަރުކާރުގައި އެދިފައިވީ ނަމަވެސް އެކަމަށް އިޖާބައެއް ދީފައި ނުވާ ކަމަށެވެ. އަދި ސަރުކާރުން ނިންމި ގޮތަށް އެންމެ ފަހުން ކުލި ނަގަން ނިންމީ ރޯދަ މަހާ ދިމާކޮށް ކަމަށްވާތީ އެއީ ހިޔާ ފްލެޓުގައި ދިރިއުޅޭ ރައްޔިތުން އުފުލަން ޖެހުނު ބުރައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު "ވަގުތު" އަށް އިންޓަވިއުއެއް ދެއްވަނީ.. --- ވަގުތު އިމޭޖަސް: އަހުމަދު އަލީ

"ރޯދަ މަހަކީ ހުރިހާ ރައްޔިތުންނަށް ހެން ވަރަށް ދަތިވާނެ މަހެއް. އިތުރު ހަރަދުތަކެއް ކުރަން ޖެހި، އަދި މިވަރުގެ ބޮޑު ދަރަންޏެއް ބޮލުގައި އޮވެގެން ކުލި ދައްކަން ފަށަންވީ. އަޅުގަނޑުމެން އެދުނިން މިކަން ބަލައިދީ ކުލި ދައްކަން ޖެހޭ އަދަދު ފަސްކޮށް ދިނުމަށް. ނަމަވެސް އެކަން ވެސް ހަމައެއް ނުޖެއްސި،" މުއިއްޒު ވިދާޅުވިއެވެ.

"ގިނަ ބަޔަކު ފްލެޓުތަކުގައި ދިރިއުޅެމުންދާ އިރުގައި އެހާ ބޮޑު ދަރަންޏެއް ބޮލުގައި އަޅައިގެން މިތަނަށް ވަދެގެން ދިރިއުޅެން ފަށަން ޖެހިފައިވާ އިރު، އަތުގައި ނެތް އެއްޗެއް މި ޖެހެނީ މަޖުބޫރީ ހާލަތުގައި ކުލީގެ ގޮތުގައި އެހާ ބޮޑު ކުއްޔެއް ދައްކަން. އެއީ މި ދައްކާ ވާހަކައަކީ."

މުއިއްޒު ވިދާޅުވި ގޮތުގައި ކުލި ދެއްކުން ތިނެއް ނޫނީ ހަތަރު މަސް ވަރު ފަސްކޮށްދީފި ނަމަ، އެ ރައްޔިތުންނަށް ލުއިތަކެއް ލިބިގެންދާނެއެވެ. އޭރުން ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭ އާމްދަނީން ކޮންމެވެސް ވަރެއް ސޭވް ކުރެވިދާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"އެއްގޮތަކަށް ވެސް ރައްޔިތުންގެ ކަންބޮޑުވުންތަކާއި އިހްސާސްތަކަށް ބެލުމެއް ނެތި ސަރުކާރުން ނިންމާފައި މިއޮތީ ކުލި ނަގަން." ކުރީގެ ހައުސިން މިނިސްޓަރު ކަން ވެސް ކުރެއްވި މުއިއްޒު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފްލެޓުގެ މަހު ކުލީގެ ގޮތުގައި ކަނޑައަޅާފައި އޮތީ 5،500ރ.އެވެ. އެކަމަކު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ކުރިން ވިދާޅުވީ މިހާރު ކަނޑައަޅާފައިވާ އަގަށް ވުރެ ފްލެޓްތަކުގެ ކުލި ކުޑަކޮށްދެވެން ނެތް ކަމަށެވެ.

ހިޔާ ފްލެޓްތައް
ހިޔާ ފްލެޓްތައް

ކުލި ކުޑަކުރެވެން ނެތީ، ޔާމީންގެ ވެރިކަމުގައި ހިޔާ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ ސަރުކާރުން ކޮމާޝަލް ރޭޓެއްގައި ލޯނެއް ނަގައިގެން ކަމަށް ވާތީ ކަމަށް ސުހައިލް ވިދާޅުވިއެވެ.

އޭގެ ބަދަލުގައި ސަރުކާރުން ނިންމީ ފްލެޓް އަޅަން ނެގި ލޯނުގެ އިންޓްރެސްޓް 6.7 ޕަސެންޓަށް ކުޑަކޮށް ލޯނު އަނބުރާ ދައްކަން ޖެހޭ މުއްދަތު 25 އަހަރަށް އިތުރު ކުރާށެވެ. އެކަމަކު މިއީ ފިނިޝިން ނުނިންމާ ހަވާލުކުރާ ފްލެޓްތަކަކަށް ބަލާއިރު ބޮޑު އަގެއް ކަމަށް އާންމުންގެ ގިނަ ބަޔަކު ޝަކުވާ ކުރެއެވެ.

މުއިއްޒު ވިދާޅުވީ ކުލި ކުޑަކޮށްދޭން ސަރުކާރުގައި އެދުމުން ވެސް އެކަން ވެސް ކޮށްދެވެން ނެތް ކަމަށް ސަރުކާރުން ބުނަނީ ސަރުކާރުގެ އިގްތިސާދީ ދޯހަޅި ސިޔާސަތުގެ ސަބަބުން ކަމަށެވެ. އެއީ އެއްގޮތަކަށް ވެސް ސިޓީ ކައުންސިލަށް ބަލައިގަނެވޭނެ ނިންމުމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެދުނިން ތަން ނިންމަން ކުރާ ހަރަދު ކަމަށްވާ ދެ ލައްކަ ރުފިޔާއަކީ މުޅި ފްލެޓުގެ އަގުން ކަނޑައިދޭން ޖެހޭނެ އަދަދެއް ކަމަށް. އޭރުން ވެސް އެއީ ފްލެޓުގައި އުޅޭ މީހުންނަށް ލުއި ގޮތަކަށް ވާނެ. އެވްރެޖް އަގެއް ކަނޑައަޅާފައި އެ އަގަކީ މުޅި ކޯސްޓުން އުނިވާ އެއްޗަކަށް ހަދައި ދެވޭނެ. ނިސްބަތުން އެއީ ވަރަށް ކުޑަ އެއްޗެއް. އެކަމަކު އެކަން ވެސް ނުކޮށް ދެއްވާ." މުއިއްޒު ވިދާޅުވިއެވެ.

އެކަމަކު ރައްޔިތުންގެ ހައްގުގައި މާލެ ސިޓީ ކައުންސިލުން އެދޭ ގޮތަށް ސަރުކާރުގެ ސިޔާސަތު އަދިވެސް ބަދަލު ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"އޭރުން ވެސް ކޮންމެވެސް ލުއިތަކެއް ވާނެ ނޫންތޯ؟ މިހާރު ތަންތަން ނިންމަމުން އެ ދަނީ. ނިމިގެން ނިންމަން ކުރާ ހަރަދު ވެސް ލޯނެއްގެ ގޮތުގައި ނަގައިގެން މި ކުރަނީ. ކުރާ އިރުގައި ލޯން ދައްކަން ފަށަން އެބަޖެހޭ ފުރަތަމަ މަހުން ފެށިގެން، ފަށާ އިރުގައި ދެ ލޯން ދައްކަން ފަށަންވީމަ ދަތިވޭ." ފްލެޓުގެ ފިނިޝިން މަސައްކަތަށް ނަގާ ލޯނާއި ފްލެޓުގެ ކުއްޔަށް އިޝާރާތް ކުރައްވައި މުއިއްޒު ވިދާޅުވިއެވެ.

މި ހުރިހާ ސަބަބަކާ ހުރެ، ތިން ހަތަރު މަސް ވަންދެން ކުލި ދެއްކުން ފަސްކޮށް ދިނުމަކީ އެޗްޑީސީ އަށް އެހާ ބޮޑު ތަކުލީފަކަށް ނުވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އެއީ އެޗްޑީސީން ކުރަން ބޭނުންވީމަ ހަރަދު ކުރާ ތަން ފެންނަ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"ތިން ހަތަރު މަސް ޑިލޭ ކޮށްލުމަކީ އެހާ ބޮޑު ތަކުލީފަކަށް ނުވާނެ. އެއީ އެޗްޑީސީން ކުރަން ބޭނުންވީމަ ހަރަދު ކުރޭ. ފައިސާ އެބަ ހުރޭ. އެހެން ކަންކަމަށް އެބަ ހަރަދު ކުރޭ." ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކަން ކުރި ހުރިހާ ހަރަދެއް އަދި ތޮށިލާން ކުރި ހުރިހާ ހަރަދެއް ދިޔަ ސަރުކާރު ނިމުނު އިރު ވެސް އޮތީ ކަވަރު ކުރެވިފައި ކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވިއެވެ.

"ދާދި ފަހުން ގޯތި ވިއްކައިގެން ލިބުނު ފައިސާއަކީ %100 ޕްރޮފިޓެއް. އެ ފައިސާ ވެސް ހުންނާނެ ނޫންތޯ؟ ރައްޔިތުންނަށް ހެޔޮ އެދޭ ނަމަ، ސަރުކާރުން ވިސްނަވާފައި މި ލިބޭ ފައިސާގެ ބޭނުންކޮށްގެން ހިޔާ ފްލެޓުތައް ނިންމައިދޭން ނޫންތޯ މަސައްކަތްކޮށް ދެއްވަންވީ؟ ނޫނީ ކޮންމެވެސް ކަހަލަ ސަބްސިޑީއެއް ނޫނީ ލުޔެއް ދެއްވަންވީނުންތޯ؟

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. mahey

    ކިހާވަރުގަދަ ކަމެއް ދޯ ދެން. ވަރުގަދަ ހިޔާވެރިންތާ ދޯ މިއީ. ކަލެމެން އެކަނިތަ ދިރިއުޅެނީ

    24
    15
  2. ހަސަންދީ

    މުޢިއްޒު، ކަލޭހީކުރަނީ ހިޔާ ފުލެޓުގައި އުޅޭ މީހުން އެކަނި ކަމަށް މިރާއްޖޭގެ ރަށްޔިތުންނަށް ތިބީ، ބޭނުންވަނީ ސަރުކާރަށް ދުއްޕާން ކުރަން އެހެން އެއްވެސް ކަމެއްނެތް ހިޔާފުލެޓުގައި އުޅޭ ބަޔަކު ތިކަމަކާނޫޅޭ އެތާއުޅޭ މީހުން އެއުޅެނީ ޔޫރަޕުގެ މިޑްލްކުލާސް މީހަކުވެސް ނޫޅޭފެންވަރުގައި

    12
    7
  3. Anonymous

    ޑރ. މުއިއްޒަކީ ހެޔޮ ބޭފުޅެކޭ ބުނެވޭނީ، ޖުމުލަ ދައްކަންޖެހޭ އަދަދު ވެސް ކުޑަކޮށްދެއްވުމަށް ވަކާލާތުކޮށްދެއްވިއްޔާ. ހިޔާ ފުލެޓުގެ ފްލެޓަކަށްވުރެ މާ ބޮޑެތި ފުލެޓުތައް އެވިއްކަނީ ދެ މިލިއަނަށް. އަދި 1.5 މިލިއަނަށް. ހިޔާ ފުލެޓުގެ ފުލެޓެއް ހެދުމަށް ޚަރަދުވި އަސްލު އަގަކީ ހަލައްކަ ކަމުގައިވާއިރު، ފުލެޓެއްގެ އަގުގެ ގޮތުގައި 2.55 މިލިއަން ރުފިޔާ ދައްކަންޖެހުމަކީ ވަރަށް ދެރަކަމެއް. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިކަމާމެދު ވިސްނަވައި ރައްޔިތުންނަށް ލުއިގޮތެއް ހައްދަވައިދެއްވާނެ ކަމަށް އުންމީދުކުރަން.

    7
    6
  4. އަޙުމަދު.

    މުއިއްޒަށް ދަންނަވާލަން ބޭނުންވަނީ މުއިއްޒުގެ މިހާޜުގެ މަސައްކަތަކީ ދެބޯގެރި ދުއްވުންތޯއެވެ. މާލޭސިޓީކައުންސިލަކާ ހިޔާ ފުލެޓްތަކާ ކޮންބޭހޭ ކަމެއްތޯއެވެ.؟ މުއިއްޒުގެ ބޭނުމަކީ އެފުލެޓް ތަކުން އެޗްޑީސީ ނުވަތަ ސަރުކާރަށް ލިބެންޖެހޭ ކުލި ދެއްކުން ލަސްވާނެ ހާ ބަހަަނާ ދެއްކުންތޯއެވެ. ކުލި ނުދެއްކޭ ހާލުގަ ފުލެޓްތަކަށް ނުވަނީމަ ނިމުނީ. މުއިއްޒު ކޮންމެހެން އަދި 3 މަސް 4 މަސް ދޭންޖެހެޔޭ ކިޔާކަށް ނުޖެހެ. ތިމާއަށް ތިމާއޮޅިގެން ނޫލެބަލާށްވެ.

    14
    6
  5. ބީތާވެދާނެ

    ކަލޭމެން ވެރިކަމުގައި ހިލޭދޭގޮތަށް ނުހެދީ ކީއްވެގެންތަ.. ތިއީ ހައުސިން މިނިސްޓަރ.. މިއަދު ދެން މާ ރައްޔިތުން ވެގެން އުޅޭނެކަމެއްނެތް.. މިއޮށް ރޯދަމަހު އަހަރެމެން ލައްވާ އެއްޗެއް ކިޔުއްވަން ނޫޅެ..

    14
    8
  6. ހުސެންް

    މީހާދަހާ އުދަގޫ ބޮޑުވެގެންވާ މީހެކޭދޯ. މީނަގެ މޭސްތިރިކަމުގައި ހުރިހާ ހަޑިއެއް ހާވާފަ ކިކޭތަ މިކިޔަނީ؟ މާލޭގަ އަހަރެމެން ހިފާފަހުރި އެޕާޓްމެންޓުގެ ކުލިވެސް މުއިއްްޒުއަކީ މޭޔަރަށްވީތީ ކުޑަކޮށްލަދީބަލަ. މީނަގެ ކަމަކީ ނަފުރަތު އުފެއްދުން. އަންނަންއޮތް ޖީލްތަކުގެ ބޮލުގައި ދަރަނި އެޅުވުން. ހާދަ ގޮތްކުޑައޭދޯ.

    12
    7
  7. ސުއްލަމް މި ޔ

    އޭ ބަލަ މިހިރަ މީހާ އެ ތަނުގައި އެ އުޅެނީ ލާރި ވެރިން އެ މީހުންނަ ލާރި ދެއްކޭނެ ކަމުގެ ގެރެންޓީ އޮވެގެން ހިފީ ނެގީ

    11
    6
  8. Anonymous

    ހިޔާފުލެޓަކުން އަރައިނުގަނެވިގެން ނޫޅެ މާލޭ މަގުތައް ހުރިގޮތް ބަލާބަލަ

    10
    5
  9. ާައަހަރެން

    ޢިތުރު މުއްދަތް ދޭށެކޭ ނޫނޭ. ކުލި ކުޑަކުރާށޭ.

    5
    7
  10. Anonymous

    މުއިއްޒޫ މި ބަރަކާތްތެރި ރަމަޟާން މަހުވެސް ފިތުނައެއް ނުއުފައްދަ ދުލުން ހެޔޮބަހެއް ބުނެވޭތޯ އުޅެބަލަ. ތި ލިބުނު މަޤާމެއްވެސް ލިބުނީ ގިނަ ރައްޔިތުން ވޯޓުލާން ނުނިކުތީމަ. ދެންވެސް ޝުކުރުކޮށް މަޑުމައިތިރިވެބަލަ.

    14
    8
  11. ޢަލީ

    ނުޖެހޭ އެންމެ ތަންކޮޅެއްވެސް ކުޑަކުރާކަށް. ތިހާ ކުޑަކުރާ ހިތްވަންޏާ ވެރިކަމުގަ ހުރިއިރު އިންޓަރެސްޓް ބޮޑު ލޯނެއް ނެގީ ކީއްކުރަން.
    އަހަރެމެން އެހެރީ 2 ލައްކައަށް ވުރެ ކުޑަކޮށް އެތާ އުޅެވޭވަރުކޮށް ފަރުނީޗަރު ލާފަ. ކާކު ބުނެގެން ނުފޯރާފޮތިން ފޫގަޅައިން 4 ލައްކަ ހަރަދު ކުރީ. އެހެންނޫނަސް މާލެއިން ކުއްޔަށް ނަގާ ތަންތަންވެސް ފަރނިޝް ކުރަނީ އަމިއްލައަށް. އެހެނޭ ކިޔާފަ މުއިޒު ނޫޅޭ ލުއިގޮތެއް ހޯދަ ދޭކަށް. ހަމަ ފިތުނަވެރި ދެބޯގެރި ކެހިވެރި ނިތްގަނޑެއް

  12. ރަބަރޭ

    ކަލޯ ކަލޭ ރައްޔިތުން ނަށް މާހެޔޮއެދޭކަމަން ހެދިގެން ތިޔަކުރަނީ ސަރުކާރަށް ޖެއްސުން ކަލޯ މިނިސްޓަރު ކަމުގެ މަގާމުގައި ހުރިއިރު ތިހާވަރެއް ނާރުވާ މީހަކު 1 މިނިޓު ލަހުން ފޯމް ހިފައިގެން ދިޔަސް އޮތީ ފޯމް ބަލައި ނުގަންނަން އަންގާފައި

  13. ފައުޒިއްޔާ

    ކިހާ ދެރަކަމެއް. މީގެކުރިން 15000 ނޫނީ 18000 ހުގެ ކުލީގައި އުޅެމުން އައިބައެއް ތިމީހުންނަކީ، މިހާރުކީއްވެތަ ކުލި ނުދެެއްކެންވީ. ހުރިހާ ރައްޔިތުންގެ ލާރިން ޚަރަދުކޮޮށްގެން ހަދާފައިވާ ފުލެޓުތަކެއް، ކުލިނުދެެއްކެންޏާ ދޫކޮށްފަދާންވީއެެއްނު. ވަކިބަޔަކަށްތަ ލުއިފަސޭހަ ލިބެންވީ، ބޮޑުކުލިި ދައްކައިގެން އުޅޭމީހުންގެ ކުލީގެ ބައެއްވެސް ދައްކައިދޭންވީއެެއްނު ސަރުކާރުން ދޯ.

    1
    2
  14. ކުލީ. އޭޕްރީލް 15 22

    ފުޜަތަމަ ގޭގައިހުރި ގެސްޓުހައުސްގެ ކުލި ކުޱަކޮށްބަލާ

  15. ޓިނު

    ތިންހަތަރު މަހަކަށްނޫން އެންއަހަރަށް ދަމާލަންފެނޭ ސަރުކާރަށް ޖެއްސުން ކުރެވޭތޯ ބަލާތި.

  16. އެޗްޑީސީ ފަކް ޔޫ

    ފޭސް 2 ގައުޅޭ މީހުންނަށް މީގެ ތަކުލީފު އިނގޭނީ އެހެން ރައްރަށު މީހުން އަމައޭ ނުކިޔާތިބެބަލަ 🖕