މިއީ ސަރުކާރަށް ތާއީދުކުރާ ވިޔަފާރިވެރިން ސިކުނޑި ބޭނުންކުރަންވީ ވަގުތު ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވެފައިމިވަނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ފާސްކުރި އޮނިގަނޑަށް އިނގިރޭސިވިލާތުން އަމަލުކުރަން ފެށުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އިނގިރޭސިވިލާތުން ނިންމާފައި ވަނީ ރާއްޖޭގައި އިންސާނީ ހައްގުތަކަށް އަރައިގަނެ ބާރުގެ ބޭނުންކޮށްގެން ސިޔާސީ މިނިވަންކަމަށް ހުރަސް އަޅާ މުއައްސަސާތަކާއި ވަކިވަކި ފަރުދުންނަށް ފިޔަވަޅު އެޅުމަށެވެ. ނަމަވެސް ދަތި ކުރުމުގެ ފިޔަވަޅު އަޅާނެ ފަރާތްތަކެއްގެ ނަމެއް އިނގިރޭސިވިލާތުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ޖަމީލްގެ އެ ޓްވީޓުގައި ވަނީ ލިސްޓުތަކުގައި ނަން ހިމެނުމުގެ ކުރިން ރައީސް އަބްދުﷲ ޔާމީންއާ ދުރަށް ވަޑައިގަތުމަށް ވިޔަފާރިވެރިންނަށް އިލްތިމާސްކުރައްވާފައެވެ. އަދި ރާއްޖޭގެ ބްރޭންޑަށް ލިބުނު އެންމެ ބޮޑު ގެއްލުމަކީ ސަރުކާރުގެ 'ކްރިމިނަލް" އަމަލުތައް ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

އިނގިރޭސިވިލާތަކީ އީޔޫގެ މި އޮނިގަނޑަށް އަމަލުކުރަން ފެށި ފުރަތަމަ ގައުމެވެ.

ދިވެހި ސަރުކާރުގެ އިސްވެރިންނާއި އެނޫންވެސް ސަރުކާރާ ގުޅުން އޮންނަ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އޮނިގަނޑެއް އެކުލަވާލާފައިވަނީ އީޔޫގެ ފޮރިން އެފެއާޒް ކައުންސިލުން މިދިޔަ ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި ފާސްކޮށްފައިވާ އޮނިގަނޑުގައި ވަނީ 2004 ސެޕްޓެމްބަރ 16، 2015 އޭޕްރިލް 30، 2015 ޑިސެމްބަރ 17 އަދި 2017 އޮކްޓޯބަރ 05 ގައި އީޔޫ އިން ފާސްކޮށްފައިވާ ޤަރާރުތަކަށް ރާއްޖެ އިން ބޯނުލަނބާނަމަ ރާއްޖޭގެ ވެރިންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.

އެގޮތުން އަޅާނެ ފިޔަވަޅުތަކުގެ ތެރޭގައި އީޔޫގެ މެންބަރު ގައުމުތަކަށް އެތެރެވުން މަނާކުރުމާއި އެ މީހުންގެ މުދަލާއި ފައިސާ ހިފެހެއްޓުމުގެ ބާރު އީޔޫގެ މެމްބަރު ގައުމުތަކަށް ދިނުން ހިމެނެއެވެ. އަދި ގާނޫނާއި ހިލާފުވާ ފަރާތްތަކާއި މެދު އެކަށީގެންވާ ފިޔަވަޅު މެންބަރު ގައުމުތަކަށް އެޅުމުގެ ބާރުވެސް ދީފައިވާއިރު ވަކިން ހާއްސަކޮށް ރިޔާސީ އިންތިހާބާއި ދިމާކޮށް ގާނޫނާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅުތައް އަމާޒުކުރަން އަންގާފައިވެއެވެ.

މި ފިޔަވަޅުތައް އަޅާނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 17 އާއި ހަމައަށެވެ. ނަމަވެސް ހާލަތު ބަދަލުނުވާނަމަ ފިޔަވަޅުތައް ދެމެހެއްޓުމުގެ ބާރު މެމްބަރު ގައުމުތަކަށް މި އޮނިގަނޑުގައި ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. މިރުސް

    ޖަމީލު ކަލޯއާދޭސްކުރިޔަސް އަދި އީޔޫން ފިޔަވަޅުއެޅޔަސް ރައީސްޔާމީނަށް ވޯޓްމަދެއްނުވާނެ ހަމައެކަނި މިގައުމުގައި ވެރިކަމަށް ކުރިމަތިލާފައިތިބިތަނުން ގައުމީ ލޯބިހުރީ ޔާމީނުގެއެކަނި

  2. ޜިޔާ

    މީނާ ހިފާ ހައްޔަރު ކޮށްބަލަ.
    އިނގިރޭސިން ބޮލައް އެރިގެން ހުރިހާ ކަމެއް ކުރަނީ މި ބައިގަނޑު.

  3. އަހްމަދު

    ޖަމީލުއެވިދާޅުވީވަރަނގަޅުވާހަކައެއް ސަރުކާރައް ވަފާތެރި އިސްލާމްދީނައްލޯބިކުރާހުރިހާ ވިޔަފާރިވެރިންއަމިއްލަޖީބުން ޚަރަދުކޮށްގެންވެސް މިގައުމުޔަހޫދީންގެއަތްދަށުން ސަލާމަތްކުރެވޭތޯ ގަދައަޅާ މަސައްކަތްކުރަންވީވަގުތުމިއޮތީޖެހިފަ އެހެންނޫނީ މިގައުމު ކުރީގައޮތްހެން އިގިރޭސިންގެ އަޅުވެތިކަމުގެދަށައްހިގައިދާނެ

  4. ލަމްހާ

    ކަލޭމެންގެ ސިކުނޑި ނެތީމައެންނު ރައްޔިތުންގެ ތާއީދު ހޯދަން ނޭގި ޔަހޫދީންގެ މަދަދަށް ތިއެދެނީ.

  5. ޙަފްޞާ / މާލެ

    މިއީ އިދިކޮޅުގައި އެތިބަ ޤަވްމުގެ ޣައްދާރުންގެ ކިބައިން އެންމެހައި ރައްޔިތުން ސަލާމަތްވަންވީ ވަގުތު! ޤަވްމަކަށް ހެޔްއެދޭބަޔަކު ޤަވްމަށް ދަތިކުރުމަކަށް ގޮވައެއްނުލާނެ! ޤަވްމު ހަނާކޮށްލުަމަށް ހިންގޭ ކަންކަމަކު ބައިވެރިއެއްނުވާނެ! މި ދަނޑިވަޅުގެ ބޭނުން ހިފައި ހެޔޮ ވިސްނުމަކަުން ވިސްނައި އެންމެހާ ރައިއްޔަތުން ސަރުކާރާއެކު އަތާ ހިތް ގުޅާލައްވާ ޣައްދާރުންނަށް ނޫނެކޭ ބުނުއްވާ!

  6. ނުޢައިމު

    ކަލޭމެން އިސްވެ ރޮއި އާދޭސްކޮށްގެން ވިޔަފާރިވެރިންނަށް ދަތިކުރީމާ އަދިވެސް ކަލޭމެންނާތަ ބައިއަތުހިފަންވީ؟ ބުއްދިނެތް ޑޮކްޓަރެއް؟

  7. ާަަމަނިކު

    ފެލިފެލިތިބެންޖެހޭނީއިންޝާﷲވއެއްލަކިން2018 ރައީސްޔާމިން

  8. ދިވެއްސެއް

    ޖަމީލު ކަލޭމެން ވާގި އެދޭ އީޔޫ އިންނާއި ޔޫކޭއިން ވާގިއެދި ކުރާނެކަމެއް ކުރޭ. މިވަގުތުން ފެށިގެން އަހަރުމެން ވެސް ފެށީ. އަހަރުމެން ހައްދެވި އަހަރުމެން ވާގި އެދޭފަރާތަށް އެންމެ ފަރާތެއް. އެފަރާތުގެ އުރާދަޔާއެކީ މި މަސައްކަތްފެށީ.

  9. ޔާމިން

    ކަލޭމެންގެ ސިކުނޑި ނެތީމައެންނު ރައްޔިތުންގެ ތާއީދު ހޯދަން ނޭގި ތިތެޅިބާލަނީ

    • ހަސީން

      ބޮލެއްނެއް މީހެއްގެ ސިކުނޑިއެއް ވެސްނުހުންނާނެ.

    • ހުސޭނުބޭ

      އަޅެ! ސިކުނޑި އިން ތަނުގައި ބޮނޑިބަތްގުޅައެއް އިންނަ މީހެއްގެ ވާހަކަ ތި ބުނީ!

  10. ބެއްޔާ

    ޖަމީލުގެ ނަން ދިވެހި ގައުމަށް ގައްދާރުވީ މީހުންގެ ލިސްޓަށް ހިމަނައި، އަދި ގައްދާރު ބޮނޑިބަތް އެއީ ބްރޭންޑެއް ގޮތުގަ ރަޖިސްޓްރީކުރަން ފެނޭ

  11. ޢަހުމަދު ސާލިހު

    ޖަމީލަ މަނިކުފާނު ތީި ބެންކު މެނޭޖަރު ދެއްތޯ.
    ވާހަކަ ދައކަން ލަދު ނުގަނޭ ދޯ.؟
    ކިބުރުވެރިކަމާއި ބޮޑާކަމުންނާއި އަމިއްލަ އެދުން ބޮޑުކަމުން ގޮސް މަޤާމު ގެއްލުނީ ދެން އެފަދަ މަޤާމަކަށް މަނިކުފާނަކަށް އެކަކުވެސް އިތުބާރު ނުކުރާނެ.

  12. އީޔޫބޮނޑިބަތް

    ގައުމައް ގައްދާރު އީޔޫގެ ތުންފުހި

  13. ހަސީން

    ބޮލެއްނެއް މީހެއްގެ ސިކުނޑިއެއް ވެސްނުހުންނާނެ.

  14. ނާއި

    ޖަމީލު ޢުމުރަށް ރާއްޖެނާދެވޭގޮތަށް ހަދަންވީ. ތިޔައީ ޤައުމަށް ޣައްދާރުވާ މީހުން

  15. ބޯގަޅި

    ފުވައްމުލަކި ކުދިން ތިކަމާ ވިސްނާނެބާ

  16. ވިޔަފާރިވެރިޔެއް

    ދިވެހި ވިޔަފާރިވެރިން އެމީހަކަށް ކުރެވުނު ހަރަދެއްކޮށްފަވެސް މިޖަމީލުބައިގަނޑު އިނގިރޭއްސިވިލާތުންނާއި ޔޫރަޕުން ފައްސާލަން.

  17. ސައްޕު

    ގައްދާރު ބޮނޑިބަތް.

  18. ބޮނޑިބަތް

    އިންތިހާބަށް ނުފޫޒު ފޯރުވަންކުރާހާކަންކަން. މިހާރު އެގިޔަގީންވެއްޖެ އިންތިހާބަށް ނުފޫޒުފޯރުވަނީ އިދިކޮޅުން އިންޑިޔާގެ މަދަދާއެކު.. އިންޝާﷲ މިއިންތިހާބު ބޮޑުތަފާތަކުން އިދިކޮޅުބަލިވެ ރޔާމީނަށް ކާމިޔާބުދެއްވާންދޭވެ.

  19. މުޙައްމަދު

    ޖަމީލު ކަލޭހެން ކޮންމެމީހަކު ހަރާން ކޯރެއްނުވާނެ، އަހަރުމެން ބޮލަށް ކަލެއަކަށް ޗިޕެއް ނުޖެހޭނެ، އަހަރުމެން ވޯޓް ދޭނެމީހަކު އެގޭނީ އަހަރުމެނަށް ކަލެއަކަށް ނޫން، އޮޅިގެން ތިއުޅެނީ، ހުވާކޮށްފަ މިބުނަނީ ޔާމިނާއި ޝަހީމަށް ނޫނީ މަށާ މަގޭ ޢާއިލާ މީހުން ވޯޓެއް ނުދޭނޭ އިންޝާﷲ

  20. ބުރުމާ

    ކަލޭ ކަރުން ނާރު ކިތަންމެ ފުއްޕިޔަސް، ސަރުކާރަށް ތާއީދުކުރާ އެއްވެސް މީހަކު ކަލޭމެންނަކަށް ވޯޓެއް ނުދޭނެ