ނައިމާއްތަ ހައްޔަރުކޮށްގެން ގެނދަނީ -- ފޮޓޯ: މީސްމީޑިއާ

އިދިކޮޅު ފަރާތްތަކުން މިރޭ މާލޭގައި ކުރިއަށް ގެންދިޔަ އެއްވުން 10:30 ގައި ރޫޅާލައިފިއެވެ.

އެއްވުން ރޫޅާލުމުގެ ތެރޭގައި އުމުރުން 68 އަހަރަށް ވުރެ މަތިވެފައިވާ ނައީމާ މުހައްމަދު (ނައީމައްތަ) އާއި އެހެން އަންހެނަކު ހައްޔަރުކުރީ މަޖިދީމަގުގައި އަޑުއުފުލަމުން ދަނިކޮށެވެ.

މިއަދު ފުލުހުން ނިންމި ގޮތަށް، 10:30 ވުމުން ފުލުހުން ވަނީ އެ އެއްވުން ދޫކޮށް ދިއުމަށް އަންގާފައެވެ. ނަމަވެސް، އެފަދަ އެއްވުންތަކަށް ހުރަސް އެޅުމަކީ ގާނޫނީ ކުށެއް ކަމަށް ބުނެ އެއްވުން ކުރިއަށް ގެންދިއުމުން ފުލުހުން ވަނީ އެއްވުން ރޫޅާލާފައެވެ.

އިދިކޮޅުން މިރޭ ބޭއްވި އެއްވުމުގައި ފާހަގަކޮށްލެވޭ ގޮތުގައި އެންމެ ގިނައީ އަންހެނުންނެވެ. މަޖީދީ މަގު، ކެމްޕަސް ކައިރީގައި އަޑު އުފުލަމުން ދަނިކޮށް އެ ސަރަހައްދުން ދޫކޮށް ދާން އެންގުމުން ބައެއް މީހުން ދެކޮޅު ހެދި އެވެ. އެއާއެކު އެއްވުމަށް ހުރަސްއަޅައި މީހުން ފޮނުވާލުމުން ދެން އެއްވީ، ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، ކުނޫޒު ސަރަހައްދަށެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. އާދޭސް ދިވެހި ރައްޔިތެއްގެ ފަރާތުން

  ނައީމާއްތަ އެވެ! ތިޔައީ އަންހެނެކެވެ! އަންހެނުން ނަކީ ހުރިހާ އުމުރެއްގަވެސް ސަރަފާއި އެކުގަ ދިރިއުޅުން ޒީނަތްތެރި ކުރަންވާނެ ބަޔެކެ! އެކަމަކު ނައީމާއްތަ ގެ ފަރާތުން ފެނިގެން ދަނީ އެއްވެސް ކަހަލަ އަޙްލާގެއް ނެތި މަގުމަތީގަ އުޅެމުންދާ ސިފަ އެވެ! މުޒާހަރާވެސް ކުރަންވާނެ އެވެ! ނަމަވެސް މީހާ އަކީ ކިތައްމެ ކެރޭ މީހެއްކަން ދައްކަންވެސް ކޮންމެސް ހަމައެއް އޮންނަންވާނެ ކަމަށް އަޅުގަނޑު ގަބޫލްކުރަމެވެ! ނައީމާއްތަ މަގުމަތީގަ ޖަހަމުން އަންނަ ސަކަރާތާ އުޅޭވައްތަރުތަކަށް ކާރީގަ ގުނބޯހައްދަން ތިބޭ ދެތިންމީހަކު ސާބަހޭ ބުނެފަ އަތްޖަހާލިޔަސް ތިޔަމަންޒަރު ބަލާފަ ހިތާމަ ކުރާ ކިތައް އަންހެނުން އެބަ އުޅޭހެއްޔެވެ! އަދި މާދަމާ ނައީމާއްތަ އަށް ބޮޑުދައިތަ ނުވަތަ މާމާ އޭ ކިޔާފަ ނުވަތަ ގާތްތިމާގެ މީހަކުވެސް ދެކެފާނެ ޓީވީތަކުންނާ ނޫސްތަކުން ތިޔަ އުޅެވެމުންދާ ގޮތްގަނޑު. އެފަދަ ވަގުތެއްގަ އެމީހުން ހިތަށް އަރާނީ ކީކޭބާ. ގަންނާނީ ކޮން ލަދެއްބާ! އާދޭސް މިކުރަނީ ކެރޭ މޮޅުކަންދައްކަންވިޔަސް ނައީމާ ވިޔަސް އަދި އެހެން މަލެށް ވިޔަސް އިންސާނީ ހަމަތަކާ ރިވެހިތި އަޙްލާގުގަ ހިފަހައްޓާގެން ކުރާ ކަމެއް ކުރަން. އަހަރުމެންގެ ޅަދަރިން ގޮވައިގެން މަގުތަށް މަތީ ހިނގާބިނގާ އުޅެވޭކަތް އަދަކު ނެތް މުޒާހަރާގެ ނަމުގަ މަގުތަކުގަ ގޮވަމުންދާ ނުބައި އަޑުތަކާ ފެންނަމުންދާ ހުތުރު މަންޒަރު ތަކުން! އާދޭސް..

 2. ދޫކޮށްލާ. 2012 އިން ފެށިގެން ހިތްވަރާއެކު ފެންނަން ފެށި ފަރާތެއް.

 3. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އެޅި ހުރިހާ ފިޔަވަޅެއް ބާތިލް ކަމަށް ތަމެންނަށް ނިންމޭނެ އެއްގޮތެއް ވެސް ނޯންނާނެއޭ ވަކީލުންނަށް ތަމެން ވިނަމަވެސް. މިރާއްޖޭގެ ވަކީލުން ތަކެއް ދެން އެމެންގެ ވިޔަފާރި ކުރި އަރުވަން ވެގެން ގައުމުގެ ގައި ގައި ވަކި އަޅާ ގައުމުގެ މަސް ކަމުން ދާތީވެ މިކަން ކަން ހުއްޓުވުމަށް ޓަކައި ސަރުކާރުން ކުރައްވަންވީ ކަމަކީ ސިޔާސީ ކަންކަމުގެ މައްޗަށް އިގްތިސާދީ ވިލާގަނޑު އަރުވާ ސިޔާސީ ކަންކަން ފޮރުވަންވީއެވެ. އެގޮތުން ރާއްޖޭގެ ތާރީޚް ގައި ވެސް އެންމެ ގިނަ ބަޔަކު އެއް ކަމަކަށް އެދި އެންމެ ގިނައިން އެދިފައި ވަނީ އެއީ ސީދާ މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދި ކަމުގައިވާތީވެ އެ އެންމެންނަށް މާލެ ސަރަހައްދުން ފްލެޓްސް ދޭނެ ކަމަށް ވަޒީރުންގެ މަޖްލީހުން ނަމަވެސް ނިންމާ އެ އެންމެންނަށް ފްލެޓްސް ތައް ލިބޭނެ ކަމުގެ ލިޔުން ހަވާލުކުރަންވީއޭ. އެއިރުން ދެން އެމްޑީޕީގެ މުޒާހަރާ އަށް ދާނެ މީހަކު ނުވާނެއެވެ. އައި ބިލީވް އިން ދިސް އައި ބިލީވް އައި ކޭން ފްލައި. އައި ބިލީވް އިން ދިސް

 4. އެއްވުމަށް ހުރަސްއަޅައި ނައީމާއްތަ ހައްޔަރުކޮށްފި ނަމަ ތިޔާ އަންހެން މީހާ އަކީ އެއީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގާނޫނާއި ޚިލާފަށް މަގުމައްޗަށް އެއްވެ އުޅުނު މީހެއް ކަމަށްވުމުން އެހާ ފަސޭހައިން އެމެން ދޫކޮށްގެން ނުވާނެއޭ އެމެން ރަށަށް ގޮސް އެމެންގެ ރަށުގައި މުޒާހަރާ ކުރަންވީ ނޫންތޭ މާލެ އަށް ރަށްފުށު މީހުން އަރާ ތިބީ މާލޭގަިއ މުޒާހަރާ ކުރަން ނޫނޭ މާލެ އަށް އެމެން އަރާ ތިބީ އެމެންނަށް ގުޑް ލައިފެއް ލިބޭތޯ ބުރަ ކޮށް މަސައްކަތް ކޮށް ގެން ފައިސާ ހޯދަންއޭ ދެން އަތުން ފައިން މަސައްކަތެއް ނުކޮށް ރައްޔިތުންގެ %85 ވޯޓް އިން ހޮވާފައިވާ ސަރުކާރެއް ވައްޓާލަން ވެގެން ކަމަށް ހީކޮށް ދަ ރާއްޖެތެރޭން މާލެ އަށް އަރާ ހުރި އަންހެނަކު ކްރޭޒީ ވެގެން މަގުމަތީގައި ކަނޑިކި ބޮލަށް ނަގައިގެން އުޅޭނަމަ އެފަަދަ ކްރޭޒީ އަންހެނަކު ޖެހޭނެއޭ ހައްޔަރު ކުރަން. ދިސް ކްރޭޒީ ވުމެން ކެނޮޓް ބީ ޓްރަސްޓެޑް ދިސް ވުމެން އިޒް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް. ހޭއް ހޭއް ހޭއް ހޯއް ހޯއް ހޯއް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް.

 5. އައްތަ ކިޔާނީ ކިޔާކަހަލަ މީހުންނައް . ތިމާގެ މީހެއްނޫން އާއިލާގެ މީހެއްނޫން ގޮތެއް ފޮތެއް ހުރި މީހެއްނޫން. ޢެހެންވިއްޔާ އަންނި ބޮޑުބޭބެ ކިޔާފަ މައުމޫނުއައް ދޮންބެ ކިޔާފަ ގާސިމުއައް ކުޑބެ ކިޔާފަ ލިޔަންވީނު

 6. ނައީމައްތަ މުޒާހަރާގަ، ދަރީންކޮޅު ހަކުރުގެ ވަބާގަޖެހި މަގިމަތީ ޖެހުނު ޖެހުނު ބަޔަކަށް އާދޭސްކޮށް “ކޮށްދޭންޖެހުނު” ކޮންމެކަމެއްކޮށްގެންވިއަސް އެ ހޯދާ ބުއިމުގަ. ހިފެހެއްޓުމުން ގޮސްވަނީ ފުލހުންނާ ސަިފައިން. މުޅި ރާއްޖޭގަވެސް އެއްވުރެ ވަކިވިޔާނުދާ ފާހިޝުއަމަލުތަކުގަ ތިބިބަޔަކު ނުތިބޭނެ. އެހެންތާވާނީ މައިސޯބު މިއެނބުރެނީ ޒާތަކަށްވިއްޔަ!

 7. ނައިމާތައަށް ބުނެލަން އޮތީ އެންމެ ވާހަކައެއް، ރަސޫލާ (ޞަލަވާތާ ސަލާމް ލައްވާށިއެވެ.) ޙަދީސް އެއްގައިވޭ އެމީހަކު މަރުވާނީ އެމީހަކު ދިރިއުޅުނުގޮތަކަށެވެ. ބުއްދިވެރިންނަކީ ތިމާ އުމުރުން ދުވަސްވާހެން ﷲ ހަނދާންކޮށް، ގިނަގިނައިން ޒިކުރުކޮށް، އަޅުކަންތައް އިތުރުކޮށް އުޅޭ މީހުންނެވެ.

 8. މުޖުތަމަޢަށް ރިވެތި މިސާލު ދައްކަން ތިބި މި ކަހަލަ އުމުރުން ދުވަސްވީ ކަނބަލުން ގެ ނޭއްގާނީ ޢަމަލުތަކުން މުޖުތަމަޢު އިތުރަށް ގޯސްވުން ނޫން އިތުރު ކަމެއް ނުވާނެ

 9. ނައީމާއްތަވިޔަސް އުޅެވޭ ގޮތުން ހައްޔަރުކުރާނީ. އަހަރެމެން ހައްޔަރެއް ނުކުރޭ. ސާބަހޭ ދިވެހި ފުލުހުން.

 10. ދިވެހިކަބަލުން

  ސާބަސް ނަޢީމާއްތާ ތިއީ އަންހެނުންނަކީ ކެރެންޖެހޭނެ........

 11. ނައީމައްތަ އެކަނިބާ 10:30 ހުގެ ފަހުން ނުޒާހިރާކުރީ

 12. ތިމީހުން މައިތިރި ކުރަން އެބަޖެހޭ ތީ ސަރުކާރުން ބަލަހައްޓާމީހުން

 13. ތިމީހުނާހެދި އަންހެނުންގެ ލަދުހަޔާތް ކެނދެނީ ހައްޔަރުކުރޭ ސާބަހޭ

 14. ކަޅައިދޫ ނަޢީމާ އަށް އެއް ކަމެއްވެސް ގަޔާ ޖައްސާ ކުރާކަށް ނުކެރޭނެ މުޒާހަރާ ނޫނީ. މީގެ ދުވަސް ކޮޅެއް ކުރިން ބަނގާޅީ ފިރިހެނަކާ މޮޔަވެގެން މީނާގެ ދަރިއަކު އުޅެނ ހަދައިގެން އެ ނުބައި މީހާގެ ޝިކާރަ އަކާށް ދަރިފުޅު ވާން ޖެހުނީވެސް މީނަގެ އިހުމާލުން. ދަރިން ވިހާފަ އުޅޭނެ ގޮތަކަށް އުޅެން ދޫކޮށް ލާފަ މީނަ ދުވަނީ މުޒާހަރާ ތަކުގަ. އާޚިރު ނަތީޖާ އަކަށް ވީ ދަރިފުޅު މި ދުނިޔެ އަށް ެަލްވަދާއު ކިޔުން. މަށައް ފެންނަނީ މީނަ އަށް ކައުންސެލިނ ދޭން.

 15. މީނާޔަށް ހެޔޮވިސްނުން ދހެހވާށި އާމީން

 16. މިމީހުން ނިކުންނަނީ އެކަނިވެރި މައިންގ ނަމުގާ ނަސީދު ފައިސާދޭތީ ތިޔަކަން ހުއްޓާލާ

 17. އިސްމާލުބޭ، ނައީމާއްތަ، ކޮމާންޑަރު މިތިބީ ޜާއްޖޭގެ ޑިމޮކްރަސީއަށް މަސައްކަތް ކުރި، ކުރާ ހިތްވަރުގަދަ ކެރޭ ފަހުލަވާނުން. އެމީހުންނަކީ ދެރަ، ނިކަމެތި، ފަޤީރުން. އެކަމަކު އެއީ ފުރިހަމަ ދިވެހި ލޭހިނގާ ދިވެހިން. އައި ސެލިއުޓް ޔޫ ނައީމާއްތާ!

 18. ކޮމެންޓު ކުރާތަނުގެ ތިރީގަ ލިޔެލާފަ ބައިންދަންވީނު ކޮމެންޓު ކުރަންވާނީ ފިޔާތޮށި ފިނިފެންމަލެއް ހިފައިގެން ހުރެޔޭ. ކޮމެންޓު ފޮނުވަން. ޖަހައެއްނުދޭ. ހަޑިއެއްޗެއްނުލިޔަން. ތިނޫސް ކިޔުން މިހާތަނުން ނިމުނީ. ވައްސަލާމް.