މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީން އިންތިޒާމްކޮށްގެެން ތެލެސީމިއާ ޕޭޝަންޓުންނަށް ހިންގުނު ދެވަނަ ތެލެސީމިއާ ކޮންފަރެންސް ގެނިމުމުގެ ރަސްމިއްޔާތު ބާއްވާފިއެވެ.

މާގިރި ހޮޓެލްގައި ބޭއްވި އެރަސްމިއްޔާތުޝަރަފުވެރި ކޮށްދެއްވީ ހެލްތު މިނިސްޓަރު ނާޒިމްއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިޔަ މި ކޮންފަރެންސް އަކީ ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ މީހުން ތެލެސީމިއާއަށް ހޭލުންތެރިކޮށް ތެލެސީމިއާ އަށް ފަރުވާ ހޯދާ މީހުންނަށް ފަރުވާ ދެއްވާ ފަރާތްތަކަކީ ތެލެސީމިއާއާއި ބެހޭ މައުލޫމާތު މުއްސަނދި ގާބިލް ބޭފުޅުންތަކަށް ހެދުމުގެ މަގުސަދުގައި ހިންގުނު ކޮންފަަރެންސްއެކެވެ.

އެ ކޮންފެރަންސްގައި ޖުމްލަ 60 ބައިވެރިން ބައިވެރިވިއެވެ. އޭގެތެރޭގައި ތެލެސީމިއާ ބައްޔަށް ފަރުވާކުރަމުންދާ ބައިވެރިންވެސް ހިމެނުނެވެ. އުމުރުން 12 އަހަރުން މަތީގެ ޕޭޝަންޓުން ބައިވެރި ވިއިރު އޭގެތެރޭގައި އަތޮޅުތަކުގައި ދިރިއުޅޭ 18 ޕޭޝަންޓުންވެސް ހިމެނެއެވެ.

ރަސްމިއްޔާތުގެ ތެރެއިން.. ވަގުތު އިމޭޖްސް: މުޙައްމަދު އަލީ

ތެލެސީމިއާ ސޮސައިޓީން މައުލޫމާތު ދިން ގޮތުގައި އެ ކޮންފަރެންސްގައި އެންމެބޮޑަށް އިސްކަމެއްދެވުނީ ތެލެސީމިއާ ބައްޔަށް ފަރުވާހޯދަމުން އަންނަފަރާތްތަކަށްވެސް ކަމާގުޅޭ ސައްހަ މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކުރުވުން ކަމަށެވެ. އަދި އެ ކޮންފަރެންސްގެ އަލީގައި ބައިވެރިވި ޕޭޝަންޓުންނަށްވެސް އެތަކެއް މައުލޫމާތު ފޯރުކޮށްދެވުނު ކަމަށް ތެލެސީމިއާ ސޮސައިޓީން މައުލޫމާތުދެއެވެ.

މާގިރި ހޮޓެލް ގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ ތެލެސީމިއާ އަށްފަރުވާ ހޯދަމުން ދިޔަދެކުއްޖަކު ދުނިޔެއާއަލްވަދާއު ކިޔާފައި ވާތީ އެކުދިންގެ ހަދާނުގައި ވީޑިއޯ ޕުރެސެންޓޭޝަނެއް ގެނެސްދީފައި ވެއެވެ. އަސަރުންފުރެގެންވި އެ ވީޑިޔޯ ރިޕޯޓުގައި ވަނީ އެދެކުދިންވެސް ތެލެސީމިއާ ބަލީގައި ތަހައްމަލު ކުރަމުންދިޔަވޭނާއި ހިތްދަތިކަމުންވެސް ދިރިއުޅުމުގައި ކާމިޔާބު ބަޔަކަށް ވުމަށް ކުރި ހިތްވަރުގަދަ މަސައްކަތަށް ވަނީ ވީޑިއޯ ޕުރެސެންޓޭޝަންގައި އަލިއަޅުވާލާ ފައެވެ.

ރާޢްޖޭގައި ތެލެސީމިއާގެ ހާލަތު ރަަގަޅުކުރުމަށް ގިނަމަސައްކަތްތަކެއް ކުރަންޖެހޭ

ރާޢްޖޭގެ ތެލެސީމިއާޕޭޝަންޓުގެ ޖުމްލަ އަދަދު 630 އާ ގާތްކުރާއިރު އޭގެތެރެއިން 300އެއްހާ ޕޭޝަންޓުންނަކީ ރަށްތަކުގައި ދިރިއުޅެމުން އަންނަ ފަރާތްތަށް ކަންފާހަގަ ކޮށްލެވެއެވެ. އެގޮތުން ލޭއެޅުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ 86 ރަށެއްގައި ކަން ފާހަގަކޮށްލެވެއެވެ.

ލޭއެޅުމުގެ އިންތިޒާމް 86 ރަށެއްގައި ގާއިމުވެފައި ވީނަމަަވެސް ރަށްތަކުގައި އުޅެމުން އަންނަ ގިނަ ޕޭޝަންޓުން އަދިވެސް ގިނަ ތަކުލީފުތަކެއް އުފުލަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ލޭ އުޅުމުގެ އިންތިޒާމް ނެތް ރަށްތަކުގައި ދިރިއުޅެމުން އަންނަކުދިން މަހަކު އެއްފަހަރު މާލެ ނުވަތަ ލޭއެޅޭނެ އިންތިޒާމްގާއިމްކުރެވިފައި ހުރި ރަށްތަކަށް ދަތުރު ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ރާޢްޖޭގައި ތެލެސީމިޔާގެ ހާލަތު ގޯސްވެދިޔެނުދިނުމަށް އަލަތު ކައިވެނި ކުރާބައިވެރިންނަކީވެސް ކައިވެނީ ގެ ކުރިން ކެރިއަރުންތޯ ބަލައިހަދަންޖެހެއެވެ. އަދި ޒުވާނުންނަށް ހާއްސަކޮށް ހޭލުންތެރިކުރުމުގެ އިތުރު ކޮންފފަރެންސް ބާއްވަންޖެހެއެވެ.

ތެލެސީމިއާ ސޮސައިޓީން މައުލޫމާތު ދިންގޮތުގައި ކުރިޔަށްއޮތްތަނުގައި ހޭލުންތެރިކުރުމުގެ އިރުރު ޕުރޮގްރާމްތަށް ރާޢްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް އޮތްތަނުގައި ހިންގާނެއެވެ.