އަލިކިލެގެފާނު މަގުގައި ހުންނަ ކެފޭ އެއްގައި ބަނގުރާ ބޯން ތިބި ބަޔަކު ދާދި ދެންމެޔަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

ތިން ފުޅި ބަނގުރަލާއިއެކު ތިން މީހަކު ފުލުހުންވަނީ ހައްޔަރުކޮށްފައެވެ.

އެމީހުން ހައްޔަރުކޮށްގެން ގެންދިޔަ މަންޒަރު "ވަގުތު" ގެ ނޫސްވެރިންނަށް ފެނިފައި ވެއެވެ.

ނަމަވެސް ބަނގުރާ ބޯން ތިބި ބަޔަކު ހައްޔަރު ކޮށްފައިވާކަން ނުވަތަ ނޫންކަން ވެސް ފުލުހުން ކަށަވަރު ކޮށެއް ނުދެއްވައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަށް ތަކުރާރުކޮށް ގުޅުމުން ވެސް ވިދާޅުވީ ޗެކް ކޮށްލުމަށް ފަހު މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށެވެ. ނަމަވެސް ދެތިން ގަޑިއިރު ވެގެން ދިޔައިރު ވެސް މައުލޫމާތު ހިއްސާކުރައްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ބޮޑުބެ

    ސަލި

  2. ޑިމޮކްރަޓިސްޓް

    ބޯންޖެހޭ.. ބޮވެންޖެހޭ.. އަނިޔާވެރިވެ ނުލައްވާ!

    • Anonymous

      ކިހާ ދެރަ ކަމެއް

  3. Anonymous
  4. އަސްލުހާލަތު

    ގިނަ މީހުންނަށް ހީވަނި ކެފޭތަކުން ރާ ލިބެން ހުންނަނީއޭ ނޫނީ ވިއއކަނީއޭ..އަސްލުވާ ގޮތަކީ މިއުޅޭ ޒުވާނުންނޭ މިކިޔާ ބާގަ ފުޅުފުޅު ހިފައިގެން ރެސްޓޯރެންޓްތަކަށްއަރާ ރެޑްބުލްގެނެސް އެއާ ތިޔަ ބުނާ އެއްޗަކާ އެއްކޮށްގެން ބޮނީ.. ދެން ހަޅޭ ފަޅޭ ޖެހުމާ ތާސްކުޅުން އޮންނާނި ކަމަކަށް.. އޯނަރުންނަށްވެސް ނުކެރޭ އެވެރިން ދެކެ ބިރުން އެއްޗެއް ބުނާކަށް.. ބުނެފިއްޔާ ތަންފުނޑާލާނެ ނޫނީ ދުނިޔޭގެ އުޅެން ދަތިކުރާނެ..ރިޕޯޓެއް ކޮށްފިއްޔާ ކުރާ މީހާގެ ނަމާ އެޑްރެހާ ފޯނު ނަންބަރަށް ދަންދެން އެވެރިންނަށް އެނގޭ

  5. ވަގުކަލޭގެ

    ތީގަ ކުއްވެރިވާނީ ބޯންތިބި ބަނގުރާފުޅި...

  6. ދޮންބެ

    އީޔޫ އާ އައްނި ތިމީހުން ދޫކޮއްލުމައް އައްގާނެ

  7. ގަންޖާބޯ

    ބޯންޖެހޭ......ބޮވެންވެސްޖެހޭ....ނުބޮއެއް އެކުދިންނެއް ސަލާމަތެއްނުވޭ.

  8. ކެޔޮޅު

    ތިޔައީ އަނެއް ދިވެހިރާއްޖެ އައް ދާންއުޅޭ ބަޔަކައް ވާނީ!

  9. ޑިމޮކްރަސީ ކެވިފައި

    ކޮބާ އެކުދިން ނުހައްގުންބާ ހައްޔަރު ކުރީ...
    އީޔޫ އިން ކީކޭބާ މިކަމާ ބުނަނީ..
    ވަކީލުން ނުދުވޭބާ ކޮޅުކޮޅަށް،
    އެއްކަލަ ދޮގު ޓީވީން ރިޕޯޓެއް ނުހަދާބާ ކުށެއްނެތް މައުސޫމް ބަޔަކު ކުރުންބާ ބޯންތިއްބާ ވެސް ހައްޔަރު ކުރަނީ އޭ ބުނެ،

  10. މަންތިރި

    ބޯންޖެހޭ! ބޮވެންޖެހޭ! ނުބޮއި ވާކަށެއްނެތް! އެހެންވީމާ ދެން ބޯނެތާ!!!

  11. ާއީޔޫ

    އީޔޫ އިން އެބުނާ މިނިވަން ކަމަކީ އެއީ. އަނެއް

    ރާއްޖޭގެ...އަޅުވެތި ރާއްޖެ...ގަންޖާ އެންޑް ބަނގު

    ރާ ރާއްޖެ...ހުރިހާ ވައްތަރެއްގެ ކުޅި އެއް ކުޅެވޭ

    އަނެއް ރާއްޖެ.

  12. ޝަހީމު

    ހައްޔަރު ކުރަން ޖެހޭތަ މީހަކު އެއްޗެއް ބޯލާއިރަށް؟ އެތިބަ ވަޅިއަޅައި މީހުން މަރާމީހުން ހޯދައި ހައްޔަރު ކޮށްބަލަ

    • ފާފަތަކުގެ މަންމަ ފާފަ

      ބޮވިގެންނޭ މަސްތުވެގެން ވަޅި އެޅެނީ

  13. ޝަހިމު

    އެމީހުން ބޯން ތިބި ރާފުޅި ތަކާ ސުވާލު ކުރަންޖެހޭނީ ތިކަމުގައި?.

  14. ބޮނދު

    މި ހިސާބަށް ދިޔައިތޯ

  15. ދެފުޅިޝިޔާމް

    ކޮންމެ ކެފޭއަކަށް ރާފުޅިއެއް ޔަގީން

  16. ބޮނަކު

    އަޅުގަނޑު ތިކަހަލަ އިގްތިސާދީ ކަންތަކާ ނުބެހޭނަން. ތިކަމާ ދެފުޅި ސިޔާމްއާ ސުވާލްކޮށްލާ

  17. ޅޮލޮކޮަަަ

    މިވެރިކަމު ގަ ނުގެންގުޅޭނެ ރާ

  18. މާލޭ މީހާ

    ތިވާނީ މިއުޅޭ ބޮވެންޖެހޭނެ ބޯންޖެހޭނެ ސިލްސިލާގެ ދަށުން ލާދީނީ ފިކުރުގެ މީހުން، ޒުވާނުންތަކެއް މަގުފުރައްދަން ކުރާ ކަމެއް ކަމަށް.

  19. ޣިބިރި

    ތިކެފޭ ބަންދު ނުވަތަ ޖުރުމަނާ ކޮއްބަލަ

  20. ޏަންނަ

    ކަލޯ.. ކޮން ވެރިކަމެއްގައި ތިޔަ އެއްޗެއް އެތެރެވެގެން އުޅެނީ. ގައިމު ފާއިތުވި 5 އަހަރު އެހެން މީހަކު ވެރިއަކަށް ނެތް.. ބުނާތީ އެހިން ޤާނޫނު ހުރިހާ އެންމެންނާއިވެސް އަރާ ހަމަކުރާނޭ.. އަދި ވަގުތު ނުޖެހޭނީބާ.. ނުވަތަ ވަޅިޖެހުމުގެ ޖަރީމާގެ ކަވަރިންއެއްބާ؟؟

  21. Anonymous

    ޜާފުޅިޔާ ތިކަމާ ސުވާލުކުރޭ ތީ ޔާމީނުގެ ކުދިންކޮޅެއް

  22. ފަލަކު

    ކާކު ގެ ސަރުރުކާރެއް ގަ އެތެރެވި ފުޅި އެއްތަ އެމީހުން ބޯންތިބީ؟؟ އަންނި ގެ؟؟ އީޔޫ ގެ؟

  23. Anonymous

    ތި ސުވާލު ކުރަންޖެހޭނީ ކެފޭ ގެ މެނޭޖަރ އާ

  24. ފާއިޒް

    އެމް ޑީ ޕީ މެނިފެސްޓޯ ތަންފީޒް ކުރަން ފެށީ....

  25. ފީބުޑި

    މިކަހަލަ ބައިގަޑު މީހުންނޭ އެމްޑީޕީ އަށް ސަޕޯޓް ކުރަނީ ރާނުބޮވިގެން

  26. ދެފުށް

    އަހަރެމެންގެ ތެރޭގައި ކަމެއްކުރުން އެކަމުގެ ހައްޤު އަދަބު ނުދެވޭ މަސަލައަކީ މިއަދު އަޅުގަނޑުމެން ހިތާމަކުރަން ޖެހޭކަމެކެވެ. ގައުމުގެ ހާލަތު މިވަނީއެވެ ވަރަށް ބޮޑަށް ގޯސްވެފައި ލިއްވިހާ ގޯސްއަމަލުތަށް މިވަނީ އާންމު ވެއްޖެއެވެ. އެންމެ ބޮޑެތި ފާފަތައް ގިނަވެފައި އެވެ. ކޮންމެމީހަކުވެސް ބަލަންވީ އެފަދަ ކަންތައްތަކަށް ހުއްޓުވުމަށް މަސައްކަތް ކުރާމީހަކަށެވެ.

  27. ނަން

    އެންމެ މީހެއްތާ ބުނަނީ ބޮވެން ޖެހޭނެޔޭ ބޯންވާނެޔޭ. އެކަމަކު ކިތައް ސަތޭކަ ޝޭކުންތަ އެބުނަނީ ނުބޯށޭ މަސްތުނުވާށޭ. ތާނައިން ލިޔެފައިވާ ގުުރުއާނުގައި ވެސް އޮވޭ ރަލާ ދުރުވާށޭ. މަސްތުވެގެން ހުރެ ނަމާދާ ކައިރި ނުވާށޭ. މޭބިސްކަދުރު އުފެއްދެވީ ﷲ. ވިޔަސް އެއީ މުސްލިމުން ބޮއިގެންވާނެ އެއްޗެއް ނޫނޭ. އީޔޫ ބުނަނީ މަދުމިންވަރަކަށް ހުއްދައޭ. ޕޮލިސް ބުނަނީ ކެފޭވެސް ފުޅިވެސް މޭޒުވަށައިގެން ތިބި މީހުންވެސް އުފުރާލަންވީއޭ. ގާޒީ ބުނެފާނެ 10 އަހަރަށް ޖަލަށޭވެސް. މަބުނާނީ އެވަރުގެ އެއްޗެހި ހުންނަ ދުނިޔެއެއްގަ ދިވެހިރާއްޖެ އޮންނަނީ ކީއްވެހޭ.

    • ކިޔާ

      މޭބިސްކަދުރަކީ އޭގެ ޒާތުގަ ހުއްދަ ހަށިގަނޑަށް ފައިދާ ހުރިއެއްޗެއް.އޭގެ ޖޫސް ނުވަތަ ދިޔަ ފާރމެންޓުވުމުގެ ސަބަބުން ރަލަށްވީމަ މިވަނީ ހަރާމް އެއްޗަކަށް.އެއީ އޭގެން ހަށިގަނޑަށާއި ބުއްދިއަށް ގެއްލުން ލިބޭ އެއްޗަކަށްވާތީ. ހެވާއި ނުބައި މިދުނިޔެމަތީގަ ﷲ ލެއްވެވީ އިންސާނުންނާއި ޖިންނީން އިމްތިހާން ކުރެއްވުމަށްޓަކާ.މީ މިދުނިޔޭގަ އުޅޭ ކޮންމެ މީހަކަށްވެސް ކުރިމަތިލާންޖެހޭނެ ކަމެއް.ގޯސްކަމެއް ތިމާގެ ކުރިމަށްޗަށް ހުށަހެޅޭ ހިނދު އާއި ހުށަހެޅުމުގެ ކުރިން ތިމާގެ ނަފްސު އެކަންކަމުން ރައްކާތެރިވާނެ ގޮތްތައްވެސް މާތްﷲ އަހަރެމެންނަށްވަނީ އަންގަވައި ދެއްވާފަ.މިކަންކަމަށް އަމަލުކުރުމަކީ އަހަރެމެންގެ ޒިންމާއެއް.އަމަލުނުކުރުން އެއީ އަހަރެމެންގެ އަމިއްލަނަފްސުގެ މައްސަލައެއް.ދެން މިދުނިޔޭގަ މިރާއްޖެ އޮތުން އެއީ ﷲ އިރާދަފުޅުން ނިންމަވާފައިވާ ގޮތް.މިވަރު ނޭނގޭ މީހުން މިރާއްޖޭގަ އުޅޭކަން އެނގުނީމަ މިހުރީ ވ.ހައިރާންވެ އަންތަރީސްވެފަ...