ގައިދީން ތަހައްމަލު ކުރަންޖެހޭ ދަތިތަކަކީ ފަރުވާ ހޯދަން ޖެހިފައިވާ ގައުމީ މައްސަލައެއްކަން މިސަރުކާރުން ފުރިހަމައަށް ގަބޫލު ކުރައްވާ ކަމަށާއި, އެކަމަށް ފަރުވާ ހޯއްދަވާނެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.

އެ މަނިކުފާން އެހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 25 ވަނަ އަސާސީ ތަމްރީނު ޕްރޮގްރާމްގެ ބައިވެރިން ދަސްވެނިވުމާއި ހުވާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އިމްރާން ވިދާޅުވީ މި ސަރުކާރު އައީ ޒަމާނުއްސުރެ ދިވެހިންގެ ހިތުގައި ޖަލުތަކާމެދު އުފެދިފައިވާ ކިލަނބީ ތަސައްވަރު, ދިލާސީކުރުމުގެ ފުރިހަމަ ތަސައްވަރަކާއެކު ކަމަށެވެ. އަދި މިނިސްޓަރު ކަމާ ހަވާލުވީއިރުވެސް ޖަލުތަކުގެ ހާލު ރަނގަޅަށް ދެނެހުރިކަމަށް ވިދާޅުވިއެވެ.

ގައިއިދީން ތަހައްމަލުކުރަންޖެހޭ ދަތިތަކަކީ ފަރުވާ ހޯދަން ޖެހިފައިވާ ގައުމީ މައްސަލައެއްކަން މި ސަރުކާރުން ފުރިހަމައަށް ގަބޫލުކުރައްވާކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ސަބަބާހުރެ ޖަލުތައް ހިންގުމުގެ މުޅި ނިޒާމް ރިފޯމްކޮށް, އިންސާނީ ކަރާމާތާއި, އަސާސީ ހައްގުތަކަށް ކަށަވަރުވާނޭ ފަދައިން ޖަލުގެ ކަންކަން ތަރުތީބުކޮށް ހިންގުމަށް ބޭނުންވާނެ ޑައިރެކްޝަން އަބަދުވެސް ދެއްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.

"ޖަލު އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ މުހިއްމުކަންކަން ކަރެކްޝަނަލް ސާވިސްއިން މިހާރުވެސް ވަނީ ކޮށްފައި. އަދި ނުކުރެވިހުރި ކަންކަންވެސް ކުރެވޭނެ މަގު ދަނީ ފަހިކުރަމުން. ޖަލު އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން ކުރަމުންދާ ކަންކަން އަދި ކޮށްފައިވާ ކަންކަން އެކަމަށް ހާއްސަ ކުރެވިފައިވާ ކޮމިޓީއަކާއެކު ގާތުން ދަނީ ބަލަމުން. ރާއްޖޭގައި މިހާރު ހުރި ގިނަ ޖަލުތަކަކީ އުފެދުމުގައި އެހެންކަމަކަށް ބޭނުންކުރާގޮތަށް އިމާރާތްކޮށްފައިވާ ޖަލުތަކެއް." މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އޮފިސަރުންގެ އިދާރީ މަސައްކަތްތަކަށް ގާއިމްކުރެވިފައިވާ މާހައުލަކީވެސް މިފަދަ ސްޓްރެސް މަސައްކަތެއް ކުރުމުގައި އެންމެ އެކަށީގެންނުވާ ތަންތަންކަން ކަމަށެވެ. މި ދައުރު ނިމުމުގެ ކުރިން އެ ހަގީގަތް އެއްކޮށް ބަދަލުކޮށްލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކަރެކްޝަންގައި ތަމްރީނު ދިނުމަށް އެންމެ އެކަށޭނަ ވަސީލަތްތައް ނެތުން އެއީ ހިތާމަކުރާކަމެއްކަމަށާއި, 50 އަހަރުވީ އެ ހިދުމަތުގައި ޒަމާނާ އެއްވަރަށް ޓްރެއިނިން ދެވޭނެ މަގުތައް ފަހިކޮށްދިނުމަކީ ވަރަށް މުހިއްމުކަމެއްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެކަމަށް މިއަދު ވަރަށް ބޮޑު ހައްލެއް ހޯދައި ދެވިފައި ވާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި 2000 އެއްހާ ގައިދީން ތިބިހިނދު, ހައެއްކަ ސަތޭކަ އޮފިސަރުންނަކީ އެކަން ކުރުމަށް އެންމެ އެކަށީގެންވާ އަދަދެއްނޫންކަމަށާއި, އެކަމުގެ ސަބަބުން ގައިދީންނަށް ދޭންޖެހޭ ހިދުމަތަށް ހާއްސަކޮށް ރިހިބިލިޓޭޝަންގެ މަސައްކަތަށް ދޭންޖެހޭ ސަމާލުކަން ނުދެވި, އެކަން އެންމެ ފުރިހަމަގޮތުގައި ނުކުރެވުމުން ޖަލުތަކުން ނެރޭ ގައިދީންނަށް އެންމެ ފުރިހަމަގޮތުގައި ޕްރޮގްރާމް ހިންގިފައިނުވާކަމަށެވެ.

"ސަރުކާރު ހަވާލުވެ, ކޯވިޑްގެ ހާލަތުގެ ކުރިން 60 އޮފިސަރުން އަލަށް އިތުރުކުރިން. 4 އަހަރެއްހާ ދުވަހަށްފަހު ގާތްގަނޑަކަށް 400 އެއްހާ އޮފިސަރުންނަށް ޕްރޮމޯޝަން ދިނިން. ކޯވިޑާއެކު މިދިޔަ ދެއަހަރު މިކަން ކުރުމުގައި ވަރަށް ބޮޑު ދަތިކަމަކަށްވި. ކޯވިޑުން އަރައިގަނެ, މިއަހަރު އާއްމުހާލަތަށް ރުޖޫއަވާން ފެށުމާއެކު އަޅުގަނޑުމެން ވާނީ އޮފިސަރުން ނެގުމުގެ ވަރަށް ފުޅާ ޕްރޮގްރާމެއް ފަށާފަ. އިރާދަކުރެއްވިއްޔާ މިއަހަރު މުޅިން އަލަށް 180 އޮފިސަރުން ނެގުމަށް ވާނީ ނިންމާފައި. އެއޮފިސަރުންނަށް ތަމްރީނު ދެވުމުން މިހާރުހުރި މައްސަލަތަކަށް ބޮޑު ލުއިތަކެއް ލިބިގެންދާނެކަމަށް ގަބޫލުކުރަން."އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އަލަށް ގިނަ އޮފިސަރުންތަކެއް ކަރެކްޝަނަށް ނެގެނީ ރައީސް ސޯލިހްގެ ސީދާ އެހީތެރިކަމާ އެކުގައި ކަމަށެވެ. އަލަށް ގުޅުނު ކަރެކްޝަން އޮފިސަރުންނާ މުހާތަބުކުރައްވާ މިނިސްޓަރު ވިދާޅުވީ އެ އޮފިސަރުން ހަވާލުވަނީ ވަރަށްބޮޑު ގައުމީ މަސައްކަތަކާކަމަށެވެ. އެއީ އަޅުގަނޑުމެން ހުރިހާ ދިވެހިން އުފުލަން ޖެހޭ މުހިއްމު މަސަކަތެއްކަމަށްވެސް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ގަން

    ގައިދީންނާއި އަދި ޖަލާށް ލާން ޖެހި ޖަލަށް ނުލައި ތިބި މީހުންގެ ނުރައްކަލާއި ގެއްލުންތަކަށް ޢޢްމު ރައްޔިތުން ހުށަހެޅިފައި ވުމަކީ ތިޔަށްވުރރ ބޮޑު ޤައުމީ މައްސަލަޔެއް..ވާހަލަ ދެއްކިޔަށް ނަތީޖާ އެއް ނުފެންނާނެ. ޢަލަލީ ގޮތުން ކަންކަން ކުރެވޭ ފަދަ ގަޓު ހުންނަ މީހުނަށް ކަންކަން ވާނީ...ފިނޑިވެގެން ކުށްވެރިންނާއި ކުށްވެރިންގެ ނިވަލުގައި ތިބޭ މީހުން ދެކެ ބިރު ގަންނަ މީހުންނަކަށް ރައްޔިތުން އިތުބާރެއް ނުކުރާނެ....މިއީ ވ.ވާހަކަ..

    12
  2. ވަކީލު

    ޖަލު ނުވަތަ ހުރަގެޔަކީ ކޮންތަނެއްތޯ؟ އިމްރާނާއި ސުވާލުކޮށްލަން.. ބަލަ ގައިދީންނަކީ ކޮންބައެއް؟ އެމީހުން އެތަނަށް ލަނީ ކުށްނުކުރާ އާންމު ފަރުދުންގެ ނަފްސަށާއި މާލާއި ދިރިހުރުމުގެ ހައްގަށް އުނިކަން ގެނެސްގެން ނޫންތަ؟ ގައިދީން ހުރަގެޔަށް ލާސަބަބު ދީނީމިންގަނޑުންވެސް އޮޅިއްޖެ.. އެމީހުން އެތަނުން ނިކުންނައިރު މަސްޖަހާ ފަލަވެ. ކުރިން ކުރި ކުށަށްވުރެ ބޮޑެތި ކުށްކުރުމުގެ ވިސްނުން ތަރަށްގީވެ ސިކުނޑީގައި ބާރުޖެހިގެން އަނެއްކާވެސް އާންމުންގެ ތެރެއަށް އޭނާ އަންނަނީ.. އޭރަށް އޭނާ ނަގާލި އާންމުންގެ މީހާގެ ހައްގުގެ މައްސަލަ އަދި އޮތީ ފުލުސް އޮފީހުގަ.. ކަލޭ ލޭ ލަދެއްފަހެ ނުގަނޭތަ؟ ކަށަވަރުގެ ވާހަކަ ދެއްކަން..

    10
  3. ރަދީފު

    މާފުށީ ޖަލުގަ ޤައިދީންނަށް ނަފްސާނީގޮތުން ދެމުންގެންދާ އަނިޔާ އާއި ނަފްސާނީގޮތުން ޤައިދީން ބަލިކަށިކުރަން ސަރުކާރުން ކުރާ މަސައްކަތް ހުއްޓަންޖެހޭ. އަމްރާނާއި ފުޅު އަށް ރަގަޅަށް އެނގޭނެ މާފުށި ޖަލުގެ ބައެއް ގޮޅިތަކުގަ ފަންކާއާއި ލައިޓް ނުހުންނަކަން. ދުވަހަކުވެސް އެގޮޅިތަކަށް ފަންކާނުލާކަމުގެ ހެއްކަކީ ފަންކާއަޅުވަނެ ބުޅިގަޑުވެސް ނެތް. ލައިޓް ނުލާ ކަމުގެ ހެއްކަކީ ލައިޓެއް ހަރުކުރިަމުގެ އެއްވެސް ނިޝާނެއްނެތުން. ޤައިދީން ތަކުރާރުކޮށް އެދޭއިރުވެސް ފަންކާއާއި ލައިޓް ލައެއް ނުދިން. އެކަމާގުޅިގެން ކަރެކްޝަން އަށް ސިޓީ ފޮނުވީމަ ޖަވާބެއްވެސް ނުދޭ.

  4. އުގުރި

    ފޮނިއަގަ ތަޅާ އިމުރާނު..

  5. އަހުމަދު މުހައްމަދު

    ތިތަން އިސްލާހު ކޮށް ނިމުނީމަ އަޅުގަނޑުވެސް ތިތަނަށް ބަދަލު ވާނީ. . މިހެން ބުރަ މަސައްކަތް ކޮށްގެން ޓެކްސް ދައްކައިގެން ބޯ ގޮއްވުމަށް ވުރެ އަރާމުވާނީ މީހުން ދައްކާ ޓެކްސް ފައިސާ އިން އަރާމުގަ ތިތާ އުޅުނީމަ.

  6. ޙަަަހަ

    ޢިމްރާންމެން ގެ ނާތަހުޒީބުކަމުން މިޤައުމު މެކްސިކޯއަށްވުރެ ނުބާވެއްޖެ ، ކުށްތައް އެހާގިނަ ، އަދިވެސް އެމީހުންގެ ހިމާޔަތުގައި

  7. އާދަމް ނައުރެންބަގް

    ޖަލަށްލާވަރަށް ކުށް ނުކުރަންވީނު އޭރަށް ތިބުނާ އެއްޗެއް ތަހައް މަލެއް ނުވާނެ! ޖަލަށްނުލަައި މިއުޅޭ އާއް މުން ކުރާތަހަން މަލުތައް އެއީ ގައު މީ މައްސަލައެއް ނޫންތަ؟