ރައްޔިތުންގެ މަޖިލިހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން، އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ވާދަކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމަށް ރޭ ތައުރީފް ކުރައްވައިފިއެވެ.

ހިސާން، ރޮޒެއިނާ އަށް ތައުރީފް ކުރެއްވީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަށް ތާއީދު ހޯދުމުގެ ގޮތުން ޏ. ފުވައްމުލަކުގައި ބޭއްވި ކެމްޕެއިން ހަފްލާއެއްގައެވެ.

އަންނަ މަހު 14 ވަނަ ދުވަހު އެމްޑީޕީގެ ޗެއާޕާސަނަކާއި އަންހެނުންގެ ރޫހުގެ ރައީސަކު ހޮވަން ބާއްވާ އިންތިހާބުގެ ތެރެއިން އަންހެނުންގެ ރޫހުގެ ރައީސަކަށް ދެ ބޭފުޅުން ވާދަކުރައްވައެވެ. އެއީ ރޮޒެއިނާގެ އިތުރުން އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ ސަފާތު އަހުމަދެވެ.

ސަފާތަކީ އިނގިރޭސި ރާނީ ކުއީން އެލިޒަބަތުގެ އަތްޕުޅުން "ކުއީންސް ޔަންގް ލީޑާސް އެވޯޑު" 2016 ވަނަ އަހަރު ލިބިވަޑައިގެންނެވި ބޭފުޅެކެވެ. އަދި އޭނާއަކީ "ވިމަން އެންޑް ޑިމޮކްރަސީ" ނަމުގައި ރާއްޖޭގައި ހިންގާ އެންޖީއޯގެ ފައުންޑާ އަދި ރައީސް ވެސް މެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ގުޅިގެން ޕާޓީ ދެބައިވެފައިވާ އިރު ހިސާން ހުންނެވީ ސަރުކާރު ފަޅީގައެވެ. އަދި ޗެއާޕާސަންކަމަށް ފައްޔާޒު އަދި އަންހެނުންގެ ރޫހުގެ ރައީސްކަމަށް ރޮޒައިނާ އާދަމް ގެންނަވަން ހިސާން ތާއިދު ކުރައްވާ އިރު އެ ބޭފުޅުންގެ ކެމްޕޭންތަކުގައި ވެސް ހިސާން ވަރަށް ގިނައިން ދަނީ ފެންނަމުންނެވެ.

ރޮޒައިނާއަށް ތާއިދު ކުރައްވާކަން ހާމަކުރައްވައި ހިސާން ވިދާޅުވީ އަންހެނުންގެ ރޫހުގެ ރައީސްކަމަށް ރޮޒައިނާއަށް ވުރެ ގާބިލު ބޭފުޅެއް ނެތް ކަމަށެވެ. އަދި ރޮޒައިނާއާ ވާދަކުރައްވާ ސަފާތުގެ ގާބިލުކަމާ މެދު ސުވާލު އުފެއްދެވިއެވެ.

"އަޅުގަނޑަކަށް ނުފެނޭ އަންހެނުންގެ ރޫހުގެ ރައީސް ކަމަށް އެއަށްވުރެ ވަކި ގާބިލް ބޭފުޅެއް އަޅުގަނޑުމެންނަށް އިންތިހާބު ކުރެވިދާނެ ކަމަކަށް،" ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ކަން ވެސް ކުރައްވަމުން ގެންދަވާ ހިސާން ވިދާޅުވިއެވެ.

"އަންހެނުން ބާރުވެެރި ކުރެވޭނީ ތިމަންނާއަކީ ސިޔާސީ ގޮތުން އުރަތްޕެއްހުރެ ތިމާގެ ދެފައި މައްޗަށް ކޮޅަށް އަމިއްލަ ހައްޓައިގެން ތެދުވެ ހުރެވޭނެ ވަރުގެ މީހަކަށް. އެ މީހާ އަކީ އަޅުގަނޑު ގަބޫލު ކުރާ ގޮތުން ރޮޒައިނާ އާދަމް"

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. Anonymous

    ހުރިހާ ގޮތުންވެސް ސަފާތު އަކީ މާރަގަޅު ބޭކަބަލެއް، ! ތިޔަ ޕާޓީގައި އޮރައްޕެއް ހުރިމީހަކު އެބަހުރިތޯ ؟

    22
    1
  2. އަޝްރަފު

    ރަގަޅު ވާހަކައެއް. ކޭމްޕޭން ކުރާއިރު ރޮޒޭނާ ފައްޔާޒު އާއި އެކީ ހުރިހާ ރަށަކަށްހެން އެބަދޭ. ޝަފާތު ނުފެނޭ އެގޮތަށް އިންތިއާއި އެކީ ދާތަނެއް. އަންނި ބަންދުގައި ހުރިއިރު މަގުމައްޗަށް ނިކުމެ އެންމެ ދަގައަށް އަޑުއުފުލި އެކަކު ރޮޒޭނާ އަކީ. އެކަމު މިއަދު އަންނި ގޮވަނީ ކަނޑިކިއަށް. އެމްޑީޕީ މެމްބަރުންނަށް ވިސްނެންވެއްޖެ.

    7
    10
  3. މަރުމޯލް

    ހިސާން ބުންޔަސް ތެދެއްވާނީ ތެދަކަށް
    ސަފާުތުމެން އެއީ މީހުންކަމެއްވެސް ބަޔަކު ނުދަންނާނެ

    6
    10
  4. ރޮޒޭނާއީލޯނު

    ބަލަ ފުރަތަމަ އައުރަނިވާކުރުން ޑީއާރުޕީކުޑަކޮއްފައި މިހާރު ކެނެރީނަޝީދު ބޭރުކުރަން މިހާރު ފޫގަޅާފައި ދެން ވާނެހަތަރެތިތިވަނީ މިހާރު ކެރަފާނަޝީދުއައްވިސްނޭނޭ މުސްކުޅިންބުނެއުޅޭ ނުމޮށޭގުރާ ބާރައްދައިގަންނާނެ ލަދުކުޑަ އަންބަކާ ބާގަނަބޯތަށި ލިބިފައި މިހާރުތިހިރީ މިހާރު ރައީސްމީހާ ދެވަނަދައުރައްފޫގާޅާފައި ރައްޔަތުނައްކޮއްދިންކަމެންކޮބައި ބަހާލުނޫން ދެންފޫގެޅީމާފެންނާނީދުފާބޭނުންކުރާ ބިލެއްގަޑު؟؟ހުރިހާ ނޫސްތަކެއްވެސް އިންޑިޔާއެންބަސީގެހިޔަލުގާ ރައީސްވެސް ހިޔަލުގާ؟؟

    11
    3
  5. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ

    ރޮޒައިނާ އަކީ ރޮޒައިނާ ގެ މުޅި ޢާއިލާ އަށް ހަޑި ނަން ގެންނަމުން، ކަނޑިކި ނަގަމުން، މޮޔަވެގެން ދުވާ އަންހެނެއް. ރޮޒައިނާ އުޅެނީ އިބޫ ބޮލަށް ވަދެގެން ނުޙައްޤުން ލާރި ކާން. ޙަރާމެއް ޙަލާލެއް ނުބަލާ. ރޮޒައިނާ ގެ ފިރިމީހާ އަށް އިބޫ ހިލޭ ރިސޯޓެއް ދިން. އަހަރެން ވެސް އެ ރިސޯޓަށް ބިޑް ކުރިން. ހުރިހާ ބިޑް ތައް ކެންސަލް ކޮށް ރޮޒައިނާ ގެ ފިރިމީހާ އަށް އިބޫ ރިސޯޓް ދިނީ. ރޮޒައިނާ ގެ މުޅި ޢާއިލާ ގައި ވެސް ވައްކަން ކުރާ މީހަކު ނުހުންނާނެ. ރޮޒައިނާ ގެ ބޮޑުދައިތަ، ޢާމިރާ އަކީ ވެސް ޙުލްޤް ހެޔޮ ރަނގަޅު މީހެއް. ސަރުކާރު ބަދަލު ވީމާ ރޮޒައިނާ ގެ ފިރިމީހާ އަށް އިބޫ ދިން ރިސޯޓް ދިނުމަށް އެހެން ހުރިހާ ބިޑް ތައް ކެންސަލް ކުރީ ކީއްވެ ތޯ ބަލާނަން. ރޮޒައިނާ އަކީ ރަނގަޅު މީހެއް ނޫން.

    16
    2
    • ޙުއްތު

      ރޮޒޭ ކަނޑިކި ލާކަމެއް އެގިފައެއް ނެތް

  6. ޢަލީ

    ހިޝާން ދައްކާވާހަކަ ޤަބޫލުކުރަން ވަރައްދަތި މިހާރު، އެއީ ކުރީގަ ދައްކާފަ ހުރި ވާހަކަތަކުގަ އެއްވެސް އުރައްޕތެއްނެތީމަ...މިހާރު ރެޒޯޓު މުވައްޒަފުންނަށް ކޮބާ ނައިޓަށްދެވޭތަ..ލޮލް

  7. ދޯ

    އެޔަކީ ބޭފުޅެއް ތަ؟

  8. ބޮލުގައިރިއްސާ

    އުރައްޕަކީ ހަށިގަނޑުގެ ކޮން ގުނަވަނެއް ވާހަކަތަ؟

  9. ރަންރީނދޫލަޝްކަރު

    ދެން ކަޒިންސް ވީމަ ވެސް ސަޕޯޓްކުރާނެދޯ.. ތީ ތިމާގެ ކުދިންތަކެއްވިއްޔާ.. އެކަމް ރޮޒޭ އަކީ ހަމަ ވައިޖައިގެން ކޮންމެ ވެރިކަމެއްގަވެސް ދައުލަތުން ނާޖާއިޒް ފައިދާ ނަގާ މީހެއް...