ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ފާސްކުރި އޮނިގަނޑަށް އިނގިރޭސިވިލާތުން އަމަލުކުރަން ފަށައިފިކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވީނަމަވެސް ދިވެހި ސަރުކާރުން އެކަން ދޮގުކޮށްފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވި ދިވެހި ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އީޔޫގެ އޮނިގަނޑާއި ގުޅިގެން ރާއްޖެ އަށް ވެސް އަދި ދިވެހި ސަރުކާރުގެ އިސްވެރިޔަކަށް ވެސް ފިޔަވަޅެއް އަޅަން މިހާތަނަށް އިނގިރޭސި ސަރުކާރުން ނިންމާފައެއް ނުވެއެވެ.

މައުލޫމާތު ދެއްވި އޮފިޝަލް ވިދާޅުވީ އީޔޫގެ އޮނިގަނޑާއި ގުޅިގެން ރާއްޖެއަށް ފިޔަވަޅު އަޅަން އިނގިރޭސިވިލާތުން ނިންމައިފި ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައި ވަނީ އީޔޫގެ އޮނިގަނޑު އިނގިރޭސިވިލާތުގެ ސަރުކާރުން ގެޒެޓް ކުރުމުންނެވެ. އީޔޫގެ އުސޫލުތައް ހަމަޖެހިފައި އޮންނަ ގޮތުން އެފަދަ ކޮންމެ އޮނިގަނޑެއް ވެސް އީޔޫގެ ގައުމުތަކުން ގެޒެޓް ކުރަން ޖެހެއެވެ. އެއުސޫލުގެ ދަށުން އިނގިރޭސިވިލާތުން ވެސް ވަނީ އޮނިގަނޑު ގެޒެޓްކޮށްފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އީޔޫގެ އެހެން ގައުމުތަކުން ވެސް އޮނިގަނޑު ގެޒެޓް ކުރަމުން ގެންދާނެއެވެ.

އިނގިރޭސިވިލާތުން ވެސް ރާއްޖެ އާއި ދެކޮޅަށް ފިޔަވަޅެއް އަޅާނަމަ ފިޔަވަޅު އަޅާނީ ފިޔަވަޅު އަޅާ ބޭފުޅުންގެ ނަންތައް އާންމު ކުރުމަށް ފަހުއެވެ. އެފަދަ ނަންތަކެއް އަދި މިހާތަނަށް އިނގިރޭސިވިލާތުން އާންމު ކޮށްފައެއް ނުވެއެވެ.

ދިވެހި ސަރުކާރުގެ އިސްވެރިންނާއި އެނޫންވެސް ސަރުކާރާ ގުޅުން އޮންނަ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އޮނިގަނޑެއް އެކުލަވާލާފައިވަނީ އީޔޫގެ ފޮރިން އެފެއާޒް ކައުންސިލުން މިދިޔަ ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި ފާސްކޮށްފައިވާ އޮނިގަނޑުގައި ވަނީ 2004 ސެޕްޓެމްބަރ 16، 2015 އޭޕްރިލް 30، 2015 ޑިސެމްބަރ 17 އަދި 2017 އޮކްޓޯބަރ 05 ގައި އީޔޫ އިން ފާސްކޮށްފައިވާ ޤަރާރުތަކަށް ރާއްޖެ އިން ބޯނުލަނބާނަމަ ރާއްޖޭގެ ވެރިންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.

އަޅާނެ ފިޔަވަޅުތަކުގެ ތެރޭގައި އީޔޫގެ މެންބަރު ގައުމުތަކަށް އެތެރެވުން މަނާކުރުމާއި އެ މީހުންގެ މުދަލާއި ފައިސާ ހިފެހެއްޓުމުގެ ބާރު އީޔޫގެ މެމްބަރު ގައުމުތަކަށް ދިނުން ހިމެނެއެވެ. އަދި ގާނޫނާއި ހިލާފުވާ ފަރާތްތަކާއި މެދު އެކަށީގެންވާ ފިޔަވަޅު މެންބަރު ގައުމުތަކަށް އެޅުމުގެ ބާރުވެސް ދީފައިވާއިރު ވަކިން ހާއްސަކޮށް ރިޔާސީ އިންތިހާބާއި ދިމާކޮށް ގާނޫނާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅުތައް އަމާޒުކުރަން އަންގާފައިވެއެވެ.

މި ފިޔަވަޅުތައް އަޅާނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 17 އާއި ހަމައަށެވެ. ނަމަވެސް ހާލަތު ބަދަލުނުވާނަމަ ފިޔަވަޅުތައް ދެމެހެއްޓުމުގެ ބާރު މެމްބަރު ގައުމުތަކަށް މި އޮނިގަނޑުގައި ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. އަންނި ރާޖާ

    މި ފަހަރު ދިވެހި ރާއްޖޭގަ ޔަހޫދީންގެ ފައްޅިތައް

    އަޅައި،އެމީހުނަށް ދީން ފެތުރޭނެ ގޮތް ހަދާފައި

    ނޫނީ ހުއްޓައެއް ނުލާނަން. މަޝަކީ ޔަހޫދީ އަންނި

  2. މާލޭ މީހާ

    ބަލަގަ އިނގިރޭސީ ސރުކާރަކުންނެއް ނޫޅޭ މިއުޅޭ ލާހޫރޭ ގުރޫޕް މީހުން ދައްކާ ވާހަކަ އަޑުއަހާކަށް، ދިވެހި ރާއްޖޭގެ ވަލިއްޔުލް އަމުރަކަށްހުރީ ތަންދޮރު ދަންނަ ގާބިލް ބޭފުޅެއް. ބަޔަކު ޖަހާ ބެރަކަށް ރައީސް ޔާމީން ނުނަށާނެ.

  3. ޙަސަނުބެ

    ހަދަންވީ ގޮތަކީ އަފިފިރިންވެސް މި ޤައުމާ ދޭތެރޭ ފިޔަވަޅު އަޅާ ޤައުމުތަކުގެ އެއްވެސް މީހަކައް މި ޤައުމަށް ނޭރޭގޮތައް ހަދަންވީ އޭރުން އެވެރިންނައްވެސް ރަނގަޅު ފިލާވަޅެއް ލިބިގެންދާނެ މި ޤައުމަކީވެސް އަމިއްލަވަންަތަ މިނިވަން ޤައުމެއްކަން އެވެރިންނައް ސާފްވާނެ

  4. މާލޭ މީހާ

    ބަލަގަ މޮޔަފުޅުވެގެން އިނގިރޭސީ ސަރުކާރަކުންނެއް ނޫޅޭ. އެމްޑީޕީ ގެ އިސް ވެރިންނަށް ވަރަށް ސަލާން.

  5. ޟަރީ

    ފިޔަވަޅު އަޅަން ބޭނުން ނަމަ އަޅަންވީ. ރައީސް ވަރައް ސާފުބަހުން ވިދާޅުވެފަ އެއޮތީ ރާއްޖެޔައް ނުކުރެވޭނެ ނުވަތަބޯ ނުލެންބޭނެ ކަންތައް. ރާއްޖެދެކެ ލޯބިވާ މުސްލިމް ދިވެހިން ތިބީ ރައީސް ޔާމީން އާ އެކު. މާތް ރަސްކަލާންގެ ޔާވަކީލް ކޮއްގެން.

  6. ރހހ

    މައުމޫނު ކޮންމެތާކު އޮވެ ކޮންމެވާހަކަޔެއް ދެއްކިޔަސް އެދުވަހު މައުމޫނުބުނީ 2004 ގައި ފާސްކުރި ގަރާރައް ބޯނުލަބާނެކަމައް. މިއަދު ހަމައެކަމާދޭތެރޭ ކީކޭތޯ ޔާމިނު އަރިހުދަންނަވާނީ.

  7. ޒފފ

    ޝުކުރިއްޔާ ޔޫކޭ. އެޅީމަ ވެސް ބުނާނެ ނާޅައޭ. ލިސްޓް ނުކުންނަން ވަގުތު ކުޑަތަން ވަނީ.. ފލަންދާނެ ގައުމެއް ނެތް. ސާބަހޭ ސާބަހޭ ދިވެހި ރައްޔިތުންގެ ޓީމަށް ސާބަހޭ.

    • ނުރަބޯ

      ތިޔަތިބެނީ އަސްލު ޣައްދާރުންނަކީ، މިގައުމަށްވާ ކޮންމެ ދައްޗަކާ ތުރާލަކީ ހަމަ ކަލެއާ ކަލޭގެ ޢާއިލާ ވެސް އެކަމުގައި ޙިއްސާވާނެ ކަންކަން. އަދި ރައީސް ޔާމީން ނޫޅުއްވާ ފިލާކަށް އެއަށްވުރެ ސާބިތު ވެރިއެއްއެއީ. ކަލެއަކަށް ނުފެނޭތަ ޖަލުޙުކުމަށް ފިލައިގެންގޮސް ތިބި މީހުނެއް.....؟؟؟

      • ބލއއ

        ހިޓްލަރު ވެސް ވަރަށް ސާބިތު ދެއްތޯ؟

      • ފިލްވް

        އެމީހުން ފިލަންދާނެ ގައުމު ހުއްޓޭ. މަރުހަބާ ކިޔައި ހިމާޔަތް ދިން. ޔާމީނަށް އެ ފުރުސަތު ވެސް ނެތް. މުޅި ދުނިޔޭގަ އެކަނިވެ ނިމިދަނީ. 23 ސެޕްޓެމްބަރ ގައި ދިވެހިން ވެސް އޭނަ ދޫކޮށްލާނެ.

  8. ނއ

    ޝުކުރިއްޔާ ޔޫކޭ. އެޅީމަ ވެސް ބުނާނެ ނާޅައޭ. ލިސްޓް ނުކުންނަން ވަގުތު ކުޑަތަން ވަނީ.. ފލަންދާނެ ގައުމެއް ނެތް. ސާބަހޭ ސާބަހޭ ދިވެހި ރައްޔިތުންގެ ޓީމަށް ސާބަހޭ.

  9. ޑޮންލު

    ޜާއްޖެއާއި ދެކޮޅަށް ފިޔަވަޅެއް އަޅައިފިނަމަ.. އެމްޑީޕީއަކަށް ވޯޓެއް ނުދޭނަން.

  10. ސާހިބާ

    އެންމެ ފުރަތަމަަ ފިޔަވަޅު އަޅަންވީ ރާއްޖޭގަ ހެދިފާހުރި ގާނޫނުތަކާއި ހިލާފުވާ ރާއްޖޭ ދޫކޮށްފިލަންތިބި ގްރޫޕްއަށް. ވިލާ އެންމެ ބޮޑު ރިސޯޓްއަށް ކުޑައީދުގަ އާއިލާ އެކުދިޔައިން. އެރިސޯޓްގަ ގިނައީ ބަގުލަދޭސް ރޫމްބޯއީ. އިންޑިއާ ސްޕަވައިޒަރުން.ޓޫޕީސް ބޭންޑެއް. އެރޮބިކްސް އިނިސްޓެކުޓަރއެް. އަލިފާން ކުޅިވަރުކުޅޭމީހުން ބުނާނެކަމެއްނެތް ހުސްބޭރުމީހުންގެ ތަނެއްް ގިނައީބޭރުމީހުން. އެމީހުން ގެ ތެރެއިން ގިނައީ ވިސާމުއްްދަތުހަމަވެފާ ތިބިމީހުން ސާވިަްޗާރޖް މުސާރަ ދުވަހުން ދުވަހށްނުދޭ މީ ލޮލުން ފެނި ހުރިކަންތައްތައް. ސޭޓްމެން އަދިވެސ އަތްޖަހާނެ

  11. ހުވަފެން

    އިރާގާ މެދުއިރުމައްޗަށް ހެދިހެން ބޮން އަޅާނީ.. އެންމެ ބޮމެއްވެސް މިތަނަށް ފުދޭނެ. ބޮނޑިބަތް ކައްކަން ފަށާ. ބޮމަކަށް މޑޕ އެއްނޭގޭނެ. އަވަހައް އިނޑިޔާއަށް ނަމަވެސް ފިލަން ދުވޭ. ދޮރުން ދޮރަކަށްނޫން ދުވަންވީ. މާދަންވެސް ބޮން އަޅާފާނެ. ކެތް މަދުވެފަ އިނގިރޭސިން.

  12. މަޑުއްވަރީ ދާއިރާ

    ހަމަ މިހާރު އަންނި ދޫކޮށްލައިފިން ހަމަ ބިރުން މިކަން މިކުރީ

  13. އަދުރޭ

    ވަކިބަޔަކު ކިތަންމެ ނުރުހުނަސް ބުނެލާނަން. މުސްލިމުކަންމަތީ 800 އަހަރުވީ އިރު ނުވި މޮޅެއް އީޔޫއާ ވަކިވެގަނެގެންނެއް ނުވެވޭނެ. މިހާތަނަށް އެރި ކުރިއެރުމެއް އަރާފައި އޮތީ އީޔޫއާވެސް ގުޅިގެން. އެމީހުންގެ ތައުލީމާއި ތަމްރީނުވެސް ލިބިގެން. އަޅެ ނިކަން އެމީހުންނާ ގުޅުމެއް ނެތި ކުރިއަރާފައި ތިބި ބަޔަކު މިދުނިޔެމަތީން ދައްކަބަލަ.

  14. ޝަހީމް

    އީޔޫ/އަދި އިގިރޭސިންނަށް ވުރެވެސް ބާރުގަދަވާނެ ހުރިހާކަމެއްވެސް މޮޅަށްދެނެދެނެ ވޮޑިގަންނަވާ ފަރާތް އިސްލާމްދީންދެކެ ލޯބިވާއެންމެހާ ބޭފުޅުންގެ އަޒުމެއް ނުގުޑާނެ

  15. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

    ދިވެހިރާއްޖޭގައި އިއްތިހާދުވާން ބޭނުންވާ ބަޔަކު ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ނުގޮވާނެއެވެ. އެހެނީ، ދަތިކުރުމުގެ ފިޔަވަޅު އެޅުމުން އެއްވެސް ގެއްލުމެއް ލިބޭނަމަ، އެގެއްލުމެއްގައި އިއްތިހާދަށް ނިޞްބަތްވާ މީހުންވެސް ޝާމިލުވާނެއެވެ. މިހާރު މިރާއްޖޭގައި ގިނަވާނީ ކިޔަވައިގެން ތިބި މީހުންނެވެ. ކަންކަން ހިނގާ ނުހިނގާ ގޮތުގެ މަޢުލޫމާތު ދުވަހުން ދުވަހަށް ލިބެމުންދާ މީހުންނެވެ. ތުންފިއްތާ މީހުންނާއި ހަޅޭއްލަވާ މީހުންނާއި ދެކޮޅުހަދައި އިންކާރުކުރާ މީހުންނާއި ނުކިޔަމަންތެރިން ގިނަކުރުމަށް އިއްތިހާދު ވުމެއް ކީރިތި ﷲ ގެ ފޮތުގައިވެސް އަދި ސުއްނަތުގެ ނައްޞެއްގައިވެސް ނޯންނާނެއެވެ. މިރާއްޖޭގައި ތަޝްރީޢުވެ، ޢަމަލުކުރެވޭ ޤާނޫނީ އުޞޫލުތަކަކީ، އެންމެން ދަންނަ އުޞޫލުތަކެކެވެ.