ދެ ދުވަސް ތެރޭގައިި 174 ކޮންޓެއިނަރުގެ މުދާ ކްލިއާ ކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

އެމްޕީއެލް އިން ބުނީ، މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ހަޔަކުން ފެށިގެން އިއްޔެގެ ހައެކާ ހަމައަށް 84 ކޮންޓޭނަރު ކްލިއާ ކޮށްފައިވާނެ ކަމަށެވެ. އެ ކޮންޓެއިނަރުތަކުގެ ތެރޭގައި ހިމެނެނީ، 20 ފޫޓުގެ 33 ކޮންޓެއިނަރާއި 40 ފޫޓުގެ 51 ކޮންޓެއިނަރު ކަމަށް އެމްޕީއެލް އިން ބުންޏެވެ.

އެ ކޮންޓެއިނަރުތަކުގައި މޭވާ އާއި ތަރުކާރީ ހުރިކަން ފާހަގަކޮށް އެމްޕީއެލްއިން ހިއްސާކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ކްލިއާކުރި ކޮންޓެއިނަރުތަކުގައި 572 ބަސްތާ ކެބެޖް، 1180 ބަސްތާ ފިޔާ، 460 ބަސްތާ އަލުވި، 100 ބަސްތާ ބަރަބޯ, އަދި 860 ބަސްތާ ކަރާ ހިމެނެއެވެ.

މީގެއިތުރުން، 950 ކޭސް ބިހާއި، 612 އަލަނާސީ، 425 ކާޓަން އަނބު، 80 ގަނޑު ދޮންކެޔޮ، 180 ފޮށި ޓޮމާޓޯ، 4 ކްރޭޓްސް ބަށި އަދި 82 ކްރޭޓް ހަނީ މެލަންގެ އިތުރުން ވެސް ގިނަ އަދަދެއްގެ ކާބޯތަކެތި ކްލިއާ ކުރި ކޮންޓެއިނަރުތަކުގެ ތެރޭގައި ހިމެނެއެެވެ.

އެމްޕީއެލްއިން ބުނީ އިއްޔެ ހަވީރު ފަހަކުން މިއަދުގެ ހަވީރު ހަޔަކަށް 90 ކޮންޓޭނަރު ކްލިއާ ކޮށްފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ، 20 ފޫޓުގެ 51 ކޮންޓެއިނަރާއި 40 ފޫޓުގެ 39 ކޮންޓެއިނަރެވެ.

އެ ކޮންޓެއިނަރުތަކުގައި މޭވާ އާއި ތަރުކާރީ ހުރިކަން ފާހަގަކޮށް އެމްޕީއެލްއިން ހިއްސާކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން ކްލިއާކުރި ކޮންޓެއިނަރުތަކުގައި 420 ބަސްތާ ކެބެޖް، 860 ބަސްތާ ފިޔާ، 760 ބަސްތާ އަލުވި، 60 ބަސްތާ ބަރަބޯ, އަދި 380 ބަސްތާ ކަރާ ހިމެނެއެވެ.

މީގެއިތުރުން، 2490 ކޭސް ބިހާއި، 360 އަލަނާސީ، 149 ކާޓަން އަނބު، 256 ގަނޑު ދޮންކެޔޮ، 702 ފޮށި ޓޮމާޓޯ އަދި 45 ކްރޭޓް ހަނީ މެލަންގެ އިތުރުން ވެސް ގިނަ އަދަދެއްގެ ކާބޯތަކެތި ކްލިއާ ކުރި ކޮންޓެއިނަރުތަކުގެ ތެރޭގައި ހިމެނެއެެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހަކީ ވެސް ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ އަދަދުތައް ބޮޑުތަނުން އިތުރުވާ މައްސަރެކެވެ. މީގެ ތެރޭގައި ގިނައީ ޕެރިޝަބަލް މޭވާ އާއި ތަރުކާރީގެ ބާވަތްތަކެވެ.

އަދި އެމްޕީއެލް އިން މަސައްކަތް ކުރަނީ މިފަދަ މުދާތައް އަވަހަށް ކްލިއާކޮށް، ބާޒާރަށް އަވަހަށް ނެރެވޭ ގޮތް ހެދުމެވެ.