ސިވިލް ސަރވިސްގައި މަސައްކަތްކުރައްވާ ޓީޗަރުންނަށް ޙައްޤުވާ އެކި އެކި ޕްރޮމޯޝަންތަކާއި ޙައްޤުވާ މަޤާމުގެ ކުރިއެރުން ނުލިބޭތީ އެފަދަ މައްސަލަތަކުގައި ހިލޭ ސާބަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭން ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރާއި ޓީޗާސް އެސޯސިއޭޝަނުން ނިންމައިފިއެވެ.

ޓީޗާސް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ސިވިލް ސަރވިސްގައި މަސައްކަތްކުރައްވާ ޓީޗަރުންނަށް ޙައްޤުވާ އެކި އެކި ޕްރޮމޯޝަންތަކާއި ޙައްޤުވާ މަޤާމުގެ ކުރިއެރުން ނުލިބޭތީ މައްސަލަތަކުގައި ޙައްޤު ހޯދުމަށްޓަކައި ޤާނޫނީ އެހީތެރިކަމަށް އެދި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރ އަދި ޓީޗަރސް އެސޯސިއޭޝަން މޯލްޑިވްސް އަށް ގިނަ ފަރާތްތަކަކުން އަންނަނީ ހުށަހަޅަމުން ކަމަށެވެ.

މިފަދަ ހާލަތްތައް ދިމާވެފައިވާ އަދި މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ޤާނޫނީ އެހީތެރިކަން ހޯދުމަށް ދަތިވެފައިވާ ފަރާތްތަކަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓީޗާސް އެސޯސިއޭޝަނުން ނިންމާފައިވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން، ގާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން މައްސަލައާ ގުޅުންހުރި މައުލޫމާތު އަދި ލިޔެކިޔުންތައް ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރގެ ހިދުމަތަށް އެދޭ ފޯމް މެދުވެރިކޮށް ޓީޗާސް އެސޯސިއޭޝަންގެ އޮފީހަށް ނުވަތަ އީމެއިލް އެޑްރެސް [email protected] މެދުވެރިކޮށް ހުށަހެޅުމަށް ބަޔާނުގައި ވަނީ އެދިފައެވެ.

މިފުރުސަތު 28 އޭޕްރިލް 2022 ވާ ބުރާސްފަތި ދުވަހުގެ 12.00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުގެ ނަންބަރު 9721213 އަށް ގުޅުއްވުމަށް ބަޔާނުގައި އެދިފައިވެއެވެ.

ސިވިލް ސަރވިސްގައި މަސައްކަތްކުރައްވާ ޓީޗަރުންގެ އިތުރުން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް މަގާމުގެ ކުރިއެރުން ނުލިބޭ މައްސަލައިގައި ވަރަށް ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިބާ

    ނުވާނެ މާ ސުލޯ މާ ސުލޯ

  2. އަބްދޫ

    ގައުމުގެ އިދާރަތަކާ ކުންފުނިތަކުގަ ވެސް ވަޒީފާގެ އޮނިގަނޑެއް ހެދިފަ އޮންނަންޖެހޭނެ. އެއޮނިގަނޑު ހެދޭނީ ތަނުގަ ހުންނަމަސައްކަތްތަކަށް ރިއާޔަތކޮށް މަސައްކަތްތައް ދުވަހުންދުވަހަށް ނިންމުމަށް ބޭނުންވާ މީހުންގެ އަދަދު ކަނޑައަލައިގެން. މިގޮތުން ސިޔާސީމަގާމަތަކުގެ އަދަދާއި ސިވިލްސާވިސް ގެ އަދަދުވެސް ކަނޑައެޅިފަ އޮންނަންވާނެ. އެ އޮފީހަކަށް ބޭނުންވާ މުވައްޒަފުން ތިބޭނީ ކަނޑައެޅިފައިވާ މަގާމަތަކެއްގަ އެ މަގާމްތަކަކީ ބަދަލުވެގެން އަންނަ އެއްޗެއްނޫން. މަގާމުގެ އޮނިގަނޑަކީ އިރުއިރުކޮޅާ ބަދަލުވާއެއްޗެއްނޫން. 1979 ގެކުރިން ދިވެހިގައުމުގާ އޮންނަނީ ފިކްސް އޮނިގަނޑެއް. ހުންނާނީ ފިކްސް މަގާމްތަކެއް. މައުމޫނު ވެރިކަމުގެ ކުރީކޮޅު މިއުސޫލު ބޭނުންކުރަމުންއައިސް މީހާއަށް މަގާމް ހަމަޖައްސަން ފަށާ ދަވްލތުގެ އޮނިގަނޑު ބޮއްސުންލައްވާލި،ބައެއް އޮފިސްތަކުގަމަސައްކަތް އޮންނަނީ ކާތިބު ކުރާމަސައްކަތް މަގާމް އެސިސްޓެންޓް ޑިރެކްޓަރ. މުޅި އޮފިސް އެސިންޓެންޓް ޑިރެކްތަރުންނަށް ވީމް ތަންއެއޮތީ ބޮއްސުންލާފަ. ހަމައެފަދައިން ސްކޫލްތަކަކީ ކުރީއްސުރެ މިހާތަނަށް ފުރިހަމަ ފިކްސް އޮނިގަނޑެއްގެތެރޭ ރަނގަލަށް އޮތް ހަމައެކަނި އިދާރާ. އެތާގަ މިތިއްބަވަނީ ޕްރންސިޕަލް އެސިސްތެންތް ޕރިނސިޕަލް އެޑްމިނިސްތރޭތަރ ސްޕަވައިޒަރ ލީޑިންގ ޓީޗަރ ޓީޗަރުން މިނޫނަސް މި އޮނިގަނޑަށްފެތޭ ތަފަތު ނަންކިޔާ މަގާމްތައް. ޓީޗަރުންނަށް ވެސް ގްރެޑް ބަދަލުކުރެވޭ އޮނިގަނޑެއް އޮވޭ. އެކަމަކު މަގާމްގެ ޕްރޮމޯސަންދެވެމުންގޮސް މުޅިސްކޫލުގަ ލީޑިންގ ޓިޗަރުން ނުވަތަ ހުސް އެސިސްތެންތް ޕްރިންސިޕަލުންނަށް ވީމަ ސްކޫލްގެ ހައިބަތާއި ގަދަރު ގެއްލިގެންދާނެ. ވެރިޔަކު ނޭގި ސްކޫލްގެ އެންމެން ހުސްވެރިންނަށްވެ ނިމުނީ.ސްކޯލްތަކަކީ ރަނގަޅުގޮތުގާ އޮތް ފުރިހަމަ އޮނިގަނޑެއް އޮތް ހަމައެކަނި ސެކްތަރު.ގައުމު ރަނގަޅު ހާލަތަކަށް ނުގެނެވިގެން އުޅެނީ ބޭނުންނުވާ ގިނަމަގާމްތަކެއް އުފެދިހިދުމަތް ދިނުމުގެ ނަމުގާ ބޭނުންކުރެވެމުންދިއުން. މިކަން ރަނގަޅުކުރުމަށް މެނޭޖްމަންޓް އޮޑިޓަކާއި ޕާފޯމަންސް އޮޑިޓެއްކޮށް ރަނގަޅު އޮނިގަނދެއް ތައާރަފް ކުރަންވަނި ޖެހިފާ.