ބިދޭސީން ގެންނަން އެކްސްޕެޓް އޮންލައިން ސިސްޓަމުގެ ތެރެއިން ޑިޕޮސިޓް ކުރި ފައިސާ ދެއްކި ފަރާތްތަކުން އެ ފައިސާ ނެގުމަށް އިތުރު ފުރުސަތެއް އިކޮނޮމިކް މިނިސްޓްރީން ދީފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެކްސްޕެޓް އޮންލައިން ސިސްޓަމް ވުޖޫދަށް އައުމުގެ ކުރިން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުން އެ ފަރާތްތަކުގެ މަސައްކަތަށް ބިދޭސީން ރާއްޖެ ގެނައުމަށް ދައްކާފައިވާ ޑިޕޮސިޓް ފައިސާ ރިފަންޑް ބޭނުންވާނަމަ އެ ފަރާތްތަކުން ދައްކާފައިވާ ފައިސާގެ ތަފްސީލް އަންނަ ޖޫން މަހުގެ 20 ވަނަ ދުވަހުގެ ކުރިން އޮންލައިންކޮށް އެކަން ހުށަހެޅުން އެދޭކަމަށެވެ.

މިނިސްޓްރީން ބުނީ ފައިސާ އަނބުރާ ހޯދަން އެދޭ ފަރާތްތަކަށް އެ ފައިސާ ދޭން ފަށާނީ އަންނަ ޖުލައި މަހުގެ 20 އިން ފެށިގެން ކަމަށެވެ.

ބިދޭސީން ގެންނަން ޑިޕޮސިޓް ކުރާ ފައިސާ އަނބުރާ ދިނުމުގެ މަސައްކަތްތަކުގެ ދަށުން ރިފަންޑު ކޮށްދެނީ ޖުލައި 12، 2019 އިން ފެށިގެން މިހާތަނަށް ޑިޕޮސިޓް ކުރި ފައިސާ އެވެ

އެކްސްޕެޓް އޮންލައިން ސިސްޓަމް ތައާރަފު ކުރުމުގެ ކުރިން ޑިޕޮސިޓް ކޮށްފައިވާ ފައިސާ ވެސް އޭގެ ހައްގުވެރި ފަރާތްތަކަށް ދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ.

މިނިސްޓްރީން ދިން ފުރުސަތުގެ ތެރޭގައި މިހާތަނަށް 549.2 މިލިއަން ރުފިޔާ އަނބުރާ ގެންގޮސްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބްދޫ

    ބިދޭސީން ގެނައުމަށް ޑިޕޮޒިޓް ކުރެވިފާހުރި 11 މިލިއްން ޑޮލަރު ނަސިދުގެ ވެރިކަމުގަ ނަގާ ވަނީ ނަގާ ބޭނުންކޮށްފަ. އެމްއެމްއޭގެ އެކައުންޓެއްގާހު 11 މިލިއަން ޔޫއެސް ޑޮލަރަކީ އާންމު އެކިފަރާތްތަކަށާއި ބިދޭސީންނަށް ލިބެންޖެހޭ ފައިސާ. އެއީ ދަވްލަތުގެ މިލކެއްނޫން. އެކަމަކު ނަސީދުގެ 3 އަހަރުވީ ވެރިކަމުގަ ނަސީދުވަނީ އެފައިސާ ބޭނުންކޮށްފަ.. އެފައިސާ ޖަމާކުރި ފަރާތްތައް ބަލާ ހޮދާ އޭގެ ހައްގުވެރިފަރާތަށް އެތަކެތި ރައްދުކުރުމަކީ ދަވްލަތުގެ ޒިންމާއެއް.

  2. ހަސަން

    ރިފަންޑް ހޯދަން އެޕްލައި ނުކުރިޔަސް ޑިޕޮސިޓް ގެ ގޮތުގައި ނަގާފަ ހުރި ފައިސާ އޭގެ ވެރިފަރާތައް ރައްދު ކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް. ގިނަ އެމްޕްލޯޔާރސް މިހާރު ތި ފައިސާ މަތި ހަނދާންވެސް ނުހުން ނާނެ