އެކިއެކި ކުޅިވަރު މުބާރާތްތައް ކުރިއަށްދާ އިރު ކުޅި ބަލަން މީހުން ނުދާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ނަޝީދު އެގޮތަށް ވިދާޅުވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކައަކާ ގުޅުވައިގެންނެވެ.

ރާއްޖޭގައި ކުޅިވަރު އިތުރަށް ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން މަހުލޫފް ވިދާޅުވީ ކުޅިވަރު އިތުރަށް ތަރައްގީކުރަން އިންފްރާސްޓަރަކްޗާގެ މަސައްކަތްތަކުގެ އިތުރުން އެކި އެކި ބައިނަލްއަގުމާވްމީ މުބާރާތްތަައް ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން އަންނަ މަހު ރާއްޖޭގައި ބާއްވާ ސައުތު އޭޝިއަން ކެޑޭޓް އަދި ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް މުބާރާތް އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ހުރިހާ އިއްޒަތްތެރި މެމްބަރުންނަށް ދައުވަރު އަރުވަން. އިއްޒަތްތެރި މެމްބަރު ހަސަން ލަތީފްގެ ދަރިކަލުން ވެސް ވެސް ގައުމީ ޓީމުގައި ހިމެނޭ. އެހެންވީމާ ހުރިހާ ބޭފުޅުންވެސް ގައުމީ ޓީމަށް ސަޕޯޓްކޮށްދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް" މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވާހަކަ ނިންމަވާލެއްވި ފަހުން ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ މަހްލޫފް ފާހަގަ ކުރެއްވި މުބާރާތްތައް ކޮންމެވެސް ވަރަކަށް ބެއްލެވުމުގެ ޝައުގުވެރިކަން މެމްބަރުން ގެންގުޅުއްވުމަކީ ބޭނުންތެރިކަމެއް ކަމަށެވެ.

ނަޝީދު ވިދާޅުވީ ކުޅިވަރުތައް ކުޅެން މިހާރުވެސް އިތުރު ދަނޑުތައް ހަދަމުންދާ އިރު ކުޅި ބަލަން މީހުން ނުދާ ކަމަށެވެ.

"އަޅުގަނޑު ރޭ ނޫން ކުރީ ރެއަކު ފުޓްބޯޅަ މެޗެެއް ބަލަން އިނީމު ޓީވީން. ފެން ޖަހާން ތިބި މީހުންނަށް ވުރެ ވެސް މަދު ކުޅި ބަލާ މީހުން. އެތާ ނެތީ ހަމަ ކުޅި ބަލާ ހަމަ އެކަކުވެސް. ނަމަވެސް އަޅުގަނޑުމެން މިދަނީ މި ކަންކަމަށް އިންތިހާއަށް ހަރަދުކުރަމުން." ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސެންޗޯ

    ޓިކުޓޮޓު ބެލީމާ ފޫހިފިލާ

  2. އަފޭ

    މިމީހުންކުޅޭ ކުޅިވަރު މިތިންއަހަރު ތެރޭގައި ބަލަމުން މިދަނީ އަދި އިތުރައް ކުޅިވަރު ދައްކަން ވެއްޖެއްޔާ ރަތްޔިތުން ހިތްފަޅައިގެން ނުންތޯ ދާނީ

    2
    1
  3. ސަމްކުޅިބޭ

    އެތަންތާ ބޮނޑިބަތްޕާޓިން ބޮނޑިބަތް ކައްކަންވީނު، އޭރުން ޕާޓީކުދިންދާނެ.

  4. މަލީހް

    އަހަރެމެން ދުށީމު މަގުތައްމަތީގައި ދަމާފަހުރި ބެނާތަކުގައި ކުޅިވަރުކުޅޭ ދަނޑުތައް ފުރާލާނެކަމަށް ޖަހާލާފައޮއްވަ، އެންމެ ފުރަތަމަ ދަނޑުތައް ފުރިގެން ދިޔައީ ބަންގްލަދޭޝްގެ ރައްޔިތުން ތަކެއް އެތަނަށް ވައްދާގެން އެެވެސް އިކޮނޮމިކްސް މިނިސްޓްރީއިން، ދެން ރާއްޖޭގައި ފެށިގެންދިޔައީ ދިވެހިލީގް ދެޓީމުގެ ކުޅުންތެރިން ނާއި މެޗުގެ އޮފިޝަލުން ފިޔަވާ ދެންނެތް ހަމަ އެކަކުވެސް. ކުޅިވަރަށް މިލިއަނުން ހަރަދު ކުރާއިރު އޭގެ ނަތީޖާ ނުފެނޭ އެކަމަކު ކުޅިވަރާބެހޭ ވަޒީރުގެ ހަށިގަނޑު ރީތިކުރަން ކުރި މަސައްކަތުގެ ނަތީޖާފެންނަ ފޮޓޯތަށް ރައްޔިތުންނަށް ފެނުން. ދެން ފެނިގެންދިޔައީ ދަރިކަބަލުންގެ މާކެޓިންގަ ވަރަށްބުރަކޮށް އުޅުއްވާތަން އެކަމުގަވެސް ކާމިޔާބް ހޯދާފި. އެކަމަކު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދު ފުއްދުމުގައި ކުޅިވަރާބެހޭ ވުޒާރާވަނީ ފެއިލްވެފައި..

  5. ނޫމަސް

    ކޮބާ ދައުރެއް ނިމެނީ. ދަނޑުތައް ފުރާލަދެވިއްޖެތަ؟ ކަލޯ އެލެކްސް ތީވެސް މިސަރުކާރުގެ މީހެއްނޫންތަ. ދަނޑުތައް ފުރާލަބަލަ

    3
    1
  6. މަރިޔަމް ސަލީހުހާން

    ރޯދަމަހު ކުޅިވަރުބަލަން ދާ ކުދިންމަދުވެ އިބިލީސް މާޔޫސްވެ މޮޔަގޮވާނެ. ކަސްތޮޅުނޭޅި ވާ އިބިލީހުން ވަނީ އިންސާނުންގެ ތެރޭގައި. އޭގެން މައިއިބިލީސް އަހަރެމެންނަށް މިފެންނަނީ ކުޅިވަރުބަލަން ނުދާތީ ހިތާމަކުރަން އިންދާ. އޭނާ ނުދައްކާނެ މިސްކިތައް ދާމީހުންނާއި ގްރުއާން ކިޔަވާ މީހުން މަދުވާހަކައެއް. މުޅިންވެސް އުޅޭނީ ބަޔަކު މަގުފުރެެއްދޭތޯ! މީނާއަށް ވެރިކަން ހަވާލުކުރަން ހެޔޮނުވާނެ.

  7. ޙިޔަނި

    ކަލޭކީއްވެތަ ނުދަނީ އެކަހަލަތަނަކުން ނުފެންނަނީ؟ ހާދަބައިވަރު ކުޅިވަރެއްކުޅެއޭ މިރާއްޖޭގަ… ކަލޭއޮވެބަލަ ކުޅިވަރުބަލަން ގޮސްއެކަނި… ނިކަމެތި ތައްޔިތުން މިހާރު ތިބީ އެކިތަންތަނައް ދަރުވާލާފަ މިސަރުކާރުން… އަހަރުމެން ބުތަކޮށް މަސައްކަތްކުރިޔަދީ …. ކަލޭގޮސް އޮވޭ ކުޅިކުޅޭތަން ބަލަން…

    2
    1