ދ. ކުޑަހުވަދޫ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖް ހެކްކޮށްފި އެވެ.

ކުޑަހުވަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ފިކުރީ "ވަގުތަށް" ވިދާޅުވީ ކައުންސިލްގެ ފޭސްބުކް ޕޭޖް ހެކް ކޮށްގެން އުޅޭތާ މިހާރު ހަފްތާއެއް ވެދާނެ އެވެ. އެ ޕޭޖު އަނބުރާ ހޯދުމުގެ މަސައްކަތް ކައުންސިލުން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އެކައުންޓު އަނބުރާ ހޯދަން. މިހާރު ރިޕޯޓްކޮށްފައި ވަނީ އެކައުންޓް ހެކްވި ކަމަށް." ފިކުރީ ވިދާޅުވި އެވެ.

ފިކުރީ ވިދާޅުވީ އެކަން ކުރި ކަމަށް ތުހުމަތު ކުރެވެނީ ރަށުގެ ބަޔަކަށް ކަމަށެވެ. އެމީހުން އެކަން ކުރި ކަމަށް ބެލެވެނީ ސިޔާސީ ގޮތުން މަންފާއެއް ހޯދުމުގެ ނިޔަތުގައި ކަމަށް ވެސް ކައުންސިލްގެ ރައީސް ތުހުމަތު ކުރެއްވެވިއެވެ.

ކުޑަހުވަދޫ ކައުންސިލް ފޭސްބުކް ޕޭޖް ހެކް ކުރުމަށް ފަހު ޕްރޮފައިލް ފޮޓޯއަކަށް ޒުވާން އަންހެނެއްގެ ފޮޓޯ ލަފާފައި ވުމުން ބައެއް މީމް ޕޭޖްތަކުން ވެސް ވަނީ އެކަން ފާހަގަ ކޮށްފައެވެ.

ފަހަކަށް އައިސް ދިވެހިންގެ ފޭސްބުކް އެކައުންޓްތައް ހެކް ކުރުން ވަނީ ވަރަށް ބޮޑަށް އާއްމު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މީހަ

    ތިކަންކުރަން މާލަސްވެސްވެއްޖެ ފެއިލްވެފަ އޮތް ޕޕއމ ކައުންސިލެއް

    8
    10
  2. Anonymous

    ޕާސްވަޑު ހަނދާނެތުނީކީ ނޫންބާ...؟؟؟

    10
  3. ހަސަން2343

    ހެކްކުރަނީ ކީ ނޫން .. ޕާރސްވޯޑް ގެސް ކުރަނީ ނޫނީ ރިމެންބަރ މައި ޕާރސްވޯޑައް ލައިގެން ހުއްޓަ ބްރައުސާރ މެދުވެރިކޮއް ޕާރސްވޯޑް ހޯދައިގެން އިތުރު މީހަކައް ޕޭޖްގެ އެޑްމިންކަން ދީގެން ޕޭޖުގެ ހާގީގީ ވެރިޔާ ބޭރުކުރަނީ .. ހެކްކުރުމާއި ސިންޕަލް ޗައިލްޑްސްޕްލޭ ތަފާތު ! މިހެން ނުވާނެ ޒިންމާދާރު ޕޭޖުތަކުގެ ވެރިން އެހާ ހޭލުންތެރި ނުވާނަމަ .