މިނިމަމް ވޭޖް ދިނުމަށް އެހީތެރިވުމުގެ ގޮތުން ރިސޯޓްތަކުގެ ބިމު ކުލި ކުޑަކުރަން އެމްޑީޕީގެ ބައެއް މެމްބަރުން ދެކޮޅުކަން ހާމަކޮށްފި އެވެ.

މެމްބަރުން އެކަން ހާމަކުރީ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގެ ތެރެއިންނެވެ.

ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގައި ރިސޯޓްތަކުގެ ބިމު ކުލިން އަަކަ މީޓަރަކަށް މިހާރަ ނަގަމުންދާ އަށް ޑޮލަރުން ހަ ޑޮލަރަށް ކުޑަކުރަން ވަނީ ހުށަހަޅައިފައެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއް ލަތީފް މިއަދު ވިދާޅުވީ ބިމު ކުލި ކުޑަކުރަން ހުށަހެޅި ސަބަބު ހަމަ އެއްގޮތަކަށް ވެސް ނުވިސްނޭ ކަމަށެވެ. އަދި މިނިމަމް ވޭޖްއާއި ގުޅުވާފައި ރާއްޖޭގެ އެންމެ ރަނގަޅު ސަރަހައްދުތަކުގައި ހުރި ރިސޯޓްތަކުގެ ބިމު ކުލި އަށް ޑޮލަރުން ހަ ޑޮލަރަށް ކުޑަ ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

"ރާއްޖޭގެ މިނިމަމް ވޭޖް ދެމުން އައީ ހަމައެކަނި ރިސޯޓްތަކުން ވެސް ނޫން. ކުދި ވިޔަފާރިތަކުންވެސް. މެދު ފަންތީގެ ވިޔަފާރިތަކުން ވެސް މިނިމަމް ވޭޖް ދަނީ ދެމުން" ޔާސިރު ވިދާޅުވި އެވެ.

އެހެންކަމުން މިނިމަމް ވޭޖާ ގުޅުވައިގެން ކުލި ކުޑަކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. އަދި ބިމު ކުލި ކުޑަކުރުމަށް ވޯޓު ދޭން ބޭނުންނަމަ މިހާރަށް ވުރެ ރަނގަޅު ހުއްޖަތެއް ސަރުކާރުން ދައްކަން ޖެހޭ ކަމަށް ޔާސިރު ވިދާޅުވި އެވެ.

ކެޔޮދޫ ދާއިރާގެ މެމްބަރު ހަސަން ގާސިމް ވިދާޅުވީ ފަތުރުވެރިކަން ތަރައްގީ ނުވެ އޮއް ހިސާބުތައް ބިމު ކުލި ކުޑަކޮށްފައިވާ އިރު މިމިމަމް ވޭޖާ ގުޅުވައިގެން އަނެއްކާވެސް ބިމު ކުލި ކުޑަކުރުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށެވެ.

ގާސިމް ވިދާޅުވީ މިނިމަމް ވޭޖް އައީ ރިސޯޓްތައް ހިންގާތާ އެތައް ޒަމާނެއް ވީ ފަހުން ކަމަށާއި އަދި މިނިމަމް ވޭޖް ފެށިފަހުން މާ ގިނަ ދުވަސްތަކެއް ވެސް ނުވާ ކަމަށެވެ.

"އެހެންވީމާ އެކަމަށް އިތުރަށް މައުލުމާތު ހިއްސާކޮށް ކުލި އެހާ ބޮޑަށް ކުޑަކުރަން ޖެހޭ ސަބަބެއް އޮޅުން ފިލުވުމަކީ ރަނގަޅު ކަމެއް ކަމަށް އަޅުގަނޑު ދެކެން." ގާސިމް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހަބޭސް

    މިއުޅެނީ ދެހާސްތޭވީސް ވެރިކަން ބޭނުންވެގެން ބުރުމާގާސިމައްކަމެއްކޮއްދެން މިކަލޭގެ ނާށިގަޑުމަށައްތައްޔާރުވަނީ؟ރައީސްމީހާ ދެންމިގައުމުގާތިޔަރައީސްމީހަކައްތާއިދެއްވެސްނެތް ކެނެރީނަޝީދުބުނާހައް ހިޔާފުލެޓްގެ ތިރީސްފަސްހާސްވެސް މިސަރުކާރައްތާއިދެއްނެތް ؟ މިގައުމަކުނެތް ކޮވިޑްގައި ބުރުމާގެނުބައިކޮން މުއައްޒަފުންނާނެދުކަންތައްކުރިމީހަކު ދެން މިކަލޭގައައް ބަޔަކުވޯޓްދޭނަތަ؟ ހަމަވިސްނާބަލަ ރައީސް ވެސްވިސްނާފައި ގާސިމުބޭރުކުރޭ މައުމޫނުބޭރު އިމުރާނުބޭރު؟/

  2. ޢަދުރޭ

    ރިސޯޓް ތަކުގެ ކުލި ކުޑަކުރީމަ ސަރުކާރަށް ލިބޭ ޢާމްދަނީ މަދުވީމަ އަންނި އަނެއްކާވެސް ރައްޔިތު މީހާ ފިހާރަތަކުން ގަންނަ މުދަލުން 6ޕަސެންޓް ބާރަ ޕަސެންޓަށް ބޮޑުކުރަން އަންނިގެ އޯބިޓްގައި އެނބުރޭ މެންބަރަކު ލައްވާ މަޖުލީހަށް ބިލަހުށައަޅާނެ . އެބިލް ފާސްވެސް ވާނެ . ކޮން ބައެއް އާޚިރުގައި މުއްސަނދިންގެ ރިސޯޓްތަކުގެ ކުލިން ކުޑަކުރި ބައި ދައްކަން މިޖެހުނީ ؟އެމްޑީޕީ އެޅިހާ ބަތަކަށް ރިހަވެގެން ރައްޔިތުން މިތިބީ ސިހުރެއް ޖެހިފަތަ ؟ މޯގޭޖް ނުކުރާ ޢިމާރާތެއް ނެތް. ދަރުމަވަންތަ ހޮސްޕިޓަލުން ފެށިގެން ވެލާނާގެ އާ ހަމަޔަށް މޯގޭޖް ކޮށްފަ . މިސްކިތްތަކާ ސްކޫލް ތައްވެސް . އެފްރިކާ ޤައުމުތަކުގައި ކޮވިޑް މަދުވީމަ އެއީ އެ ޤައުމުތަކުގެ ރައްޔިތުންގެ މަޖުލީހުގެ ރައީސްއާ ހިންނަވަރު ރައޫސް ކުރިކަމެއްތަ؟

  3. ރިސޯޓް ބޯއިން

    ތިބުނާ ގިނަ ރިސޯޓް ތަކުގަ ވަޒީފާ ގަ ގިނައީ ބޭރު މީހުން. އަދި މުސާރައިގެ 95 ޕަސެން ދަނީ ގައުމުން ބޭރަށް. ސަބަބަކީ ބޮގެތި މުސާރަ ދޭ މަގާމު ތަކުގަ ދަނީ ބޭރު މީހުން. ވީއިރު ތިރިސޯޓް ތަކުން މިގައުމަށް ވާ ފައިދާ އަކީކޮބާ؟؟؟

  4. ރިސޯޓް ބޯއިން

    ތިބުނާ ގިނަ ރިސޯޓް ތަކުގަ ވަޒީފާ ގަ ގިނައީ ބޭރު މީހުން. އަދި މުސާރައިގެ 95 ޕަސެން ދަނީ ގައުމުން ބޭރަށް. ސަބަބަކީ ބޮގެތި މުސާރަ ދޭ މަގާމު ތަކުގަ ދަނީ ބޭރު މީހުން. ވީއިރު ތިރިސޯޓް ތަކުން މިގައުމަށް ވާ ފައިދާ އަކީކޮބާ؟؟

  5. Anonymous

    މިނިމަމްވޭޖު އައުމުން އޮފީސްތަކުގައި މަސައްކަތްކުރާ އިދާރީ ސެކްރެޓަރީން ފެންވަރުގެ މަޤާމުތަކަށްވުރެ މަސައްކތު މީހުންގެ މުސާރަ ރަނގަޅެވެ. އެހެންކަމުން މުސާރައިގެ ހަމަހަމަކަމެއް ނެތެވެ. ޓީޗަރަކަށް 19500 ރ ލިބޭއިރު އެޑްމިން އޮފިސަރުންނަށް 7000ރ އެއީ އިންސާފުހެއްޔެވެ؟ ޒަރޫރީ ބޭނުންތައް ޖެހެނީ އެއްވަރަށެވެ. މިވަރުގެ ތަފާތެއް އޮވެގެން ނުވާނެއެވެ. އެޑްމިން 3 މީހުންނަށް އެއްކޮށްލީމާ ލިބޭއަދަދު ގާޒީއަކަށް ލިބެއެވެ. އެއީ އަހަރަކު 10 މައްސަލަ ނިނިމޭ ކޯޓުތަކު މެޖިސްޓްރޭޓުންނަށްވެސްމެވެ.

  6. ހުޅުމާލޭ ބޮޑު ޖިންނި

    މިނިމަމް ވޭޖޭ ނުކިޔާށެ. މިނިމަމް އެލަވަންސް ކިޔާބަލަ. ކަލޯމެން ތުރުތުރު އަޅާނެ މިނިމަމް ވޭޖް ގެ އުޞޫލް ތަޢާރަފް ކުރަން. ހުރިހާ ވިޔަފާރިވެރިން ތިބޭނީ ހަދާނެ ގޮތް ބޮޑުވެފަ. ރައީސް ނަޝީދު ގެ ވެރިކަން ފޭރިގަތުމުގެ ވެސް އަޞްލަކީ ހަމަމިނިމަމް ވޭޖް. އެދުވަހު ޤާސިމް ވެސް ރުޅިއައިސް ރަތްވެގެން ތިބުނާ މިނިމަމްވޭޖެއް ފާސްކޮށްފިއްޔާ އަހަރެން އެޅާތަކަށް މުސާރަދޭން ކޮންމެ މަހަކު 21 މިލިޔަން ރުފިޔާ ހޯދަން ޖެހޭނެޔޭ. އެމް.ޔޫ ސްޓޯރުން ވެސް ހަމަ މިކަހަލަ ވާހަކަތަކެއް. އެހެންވީމަ ތިކަމަކީ ހުރިހާ ވިޔަފާރިވެރިން މުސާރަދޭންޖެހޭމީހުންނަށް މުސާރަބޮޑުކޮށް ދޭންޖެހޭނެތީ އަނބުރާ ގޭސްގަޑެއް. ތީގަ ހަމަ ސިވިލްސަރވިސް ވެސް ބައިވެރިވޭ އިގޭ. އަދި ބުނަން މިހާރު ރެސޯރޓް އޯނަރުން އެއުޅެނީ މިނިމަމްވޭޖޭ ކިޔައިގެން އެމީހުންގެ ރިިސޯޓް ކުއްޔާ ޓެކްސް ކުޑަކޮށްގެން އޭގެ ފައިދާގަޑު ނަގާފަ މުއައްޒަފުންނަށް ހަމަ މުސާރަ ނުދޭން. މީހަމަ ހަޤީޤަތް އިގޭ.