ލައިސެންސް ނެތި ބިދޭސީން ރެކްރޫޓް ކުރާ ނަމަ ބޮޑު ޖޫރިމަނާއެއް ކުރެވޭ ގޮތަށް "ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާ ބެހޭ ގަވާއިދު" އެކުލަލަވާލައި މިއަދުން ފެށިގެން އަމަލުކުރަން ފަށައިފިއެވެ.

މިއީ ރާއްޖޭގައި ވަޒީފާ ހަމަޖައްސައިދޭ އެޖެންސީތައް ރަޖިސްޓަރީކޮށް، ލައިސަންސް ދީ ލައިސަންސް އާކޮށް
ލައިސަންސް ހިފަހައްޓައި އަދި ލައިސަންސް ބާތިލުކުރުމާއި އެޖެންސީ ހިންގުމާ އެފަދަ އެޖެންސީއަކުން ދެވޭ ޚިދުމަތްތަކާއި، ޚިދުމަތްތަކުގެ މިންގަނޑުތައް ބަޔާންކޮށްދިނުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީން އެކުލަވާލި ގަވައިދެކެވެ.

އެ ގަވައިދުގެ ދަށުން ވަޒީފާ ހަމަޖައްސައިދޭ އެޖެންސީތަކަށް ދެވޭނެ ހިދުމަތްތައް ބަޔާންކޮށްފައި ވެއެވެ. އޭގެ ތެރޭގައި ރެކްރޫޓްމަންޓްގެ ހިދުމަތާއި ވޯކް ޕާމިޓް މެނޭޖްމަންޓްގެ ހިދުމަތާއި މޭންޕަވާ ސަޕްލައި ކުރުމުގެ ހިދުމަތް ހިމެނެއެވެ.

މޭންޕަވަރ ސަޕްލައި ކުރުމުގެ ޚިދުމަތަކީ، އެކި ބާވަތްތަކުގެ ޚިދުމަތް ދޭ އަދި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް، މަސައްކަތްތަކަށް ނުވަތަ ޚިދުމަތްތަކަށް ބޭނުންވާ މުވައްޒަފުން، ވިޔަފާރި އުސޫލުން އެ ފަރާތްތަކަށް ފޯރުކޮށްދިނުމެވެ.

މިއިން އެއްވެސް ހިދުމަތެއް ދެވޭނީ އިކޮނޮމިކް މިނިސްޓްރީން ހުއްދަ ހޯދައިގެންނެވެ. އަދި އެމްޕްލޯއިމަންޓް ސާވިސް ލައިސަންސެއް ނެތް ވިޔަފާރިއަކުން ނުވަތަ އަމިއްލަ ފަރުދަކު މޭންޕަވަރ ސަޕްލައިގެ ޚިދުމަތްދީފި ނަމަ އެ ފަރާތެއް 50,000ރ. އިން ޖޫރިމަނާކޮށް ގަވައިދާ ހިލާފަށް ހިދުމަތް ދިނުމުގައި ބޭނުންކުރި ކޮންމެ މީހަކަށް 5000ރ. އިން ޖޫރިމަނާ ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަން ރީނދޫ

    އައްޑޫގައި ،އިންޑިއާ ސައިޓުތަކުގައި މުޅިންވެސް މިހާރު މަސައްކަތް ކުރަނީ، ވަގަށް އައްޑޫ އަށް އައިސްތިބި ބަނގުލާދޭޝް މީހުން. ދުވަހު މުސާރަ އަށް. ކެރޭނެތަ ފިޔަވަޅު އަޅަން.

  2. ހަސަން ކުރުސި

    ތަންފީޒުކުރެވޭނެބާ