ކަރަށް ތޮޅިއެއް ހަމަލާދިނުމުން ފަރުވާ ދެމުން ދިޔަ ޒުވާނާ ނިޔާވެއްޖެއެވެ.

އދ އަތޮޅުގައި ފީނައިގެން ލަނޑާ ނަގަމުންދަނިކޮށް ޒަހަމްވީ ނ.މާޅެންދޫ ދޯންޏެއްގެ ޒުވާނެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވީ ނ.މާޅެންދޫ، ކުންނާރުގެ އަހުމަދު ހަލީމެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަހްމަދު ނިޔާވީ އދ.މަހިބަދޫ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އެމަޖެންސީގައި މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް ރޭ 2:40 ހާއިރުއެވެ.

އައިޖީއެމްއެޗަށް ގެނައި އިރު ވެސް އަހްމަދުގެ ހަށިގަނޑުން ގިނަ އަދަދެއްގެ ލޭ ފައިބަމުން ދިޔަ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އައިޖީއެމްއެޗަށް ގެނައިތާ ގިނަ އިރުތަކެއްނުވެ އޭނާ ވަނީ ނިޔާވެފައެވެ.

ތޮޅިއެއް ހަމަލާ ދިނުމުން އަހްމަދު ޒަހަމްވެފައި ވަނީ ރޭ 22:30 ހާއިރު އެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ރަނދަ

    މަރްޙޫމަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރަށްވާށި. (އާމީން)

  2. Anonymous

    ސުވާޅު އުފައްދަން ޖެހޭކަމެއް ހުޅުމާޅޭން ޅަޅިހެރީ 7 ތަނަކައް ހާޅުރަގަޅު ކަމައްބުނަނީ ފަރުވާ ހަމަނުދެވެނީ

    • ކޮސް

      ހާދަ ކަނޑުކޮސް ވާހަކަ އެކޭ ތިބުނީ.. ވަޅި ހެރުމާ ތޮޅިއެއް ހެރުމާ ތި ގުޅުވަނީ.. މުޅިން ބޯހަލާކް..

  3. ޔާމީން

    ތޮޅި އެ ހަމަލާދޭ އެޗެއްނޫން ބަތްތީގެ އައްޔަ އޭތި ފުންމާލަނީ

  4. މީ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ

  5. ޟެ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ

  6. އަޅުގަނޑު

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ

  7. Anonymous

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ

  8. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

    ނ.މާޅެންދޫ، ކުންނާރުގެ އަހުމަދު ޙަލީމު ކަށްވަޅުގެ ޢަޒާބުން ސަލާމަތް ކޮށްދެއްވުމަށާއި، ފާފަފުއްސަވައި ރަޙުމަތް ލެއްވުމަށާއި، ޙިސާބު ބެއްލެވުމުގައި ލުއިކޮށްދެއްވުމަށާއި ކަނާތްފަރާތުން ފަތް ލިބޭމީހުންގެ ތެރޭގައި ލެއްވުމަށާއި، ވާތްފަރާތުންނާއި ފުރަަހުން ފަތް ލިބޭމީހުންގެ ތެރޭގައި ނުލެއްވުމަށާއި، ޞިރާޠުމަގު ފަސޭހަކޮށް ދެއްވުމަށާއި، ނަރަކާގެ ޢަޒާބުން މުއްތިކޮށް ދެއްވުމަށާއި ސުވަރުގެ އަށް ވައްދަވައި ދެއްވުމަށް ހަމަކަށަވަރުން މާތް ﷲ ގެ ޙަޟްރަތުގައި މިއަޅާ ދުޢާ ދަންނަވަމެވެ. އަދި މަރްޙޫމުގެ ޢާއިލާއަށް ނެތްތެރިކަން މިންވަރުކޮށް ދެއްވާށިއެވެ. ހަމަކަށަވަރުން އަޅަމެންނަކީ، މާތް ﷲ ގެ ޙަޟްރަތަށް ރުޖޫޢަ ކުރެވޭނޭ ބަޔެކެވެ. އެދުވަހުން ސަލާތްވާނީ، ސަލާމަތްކަން ލިބިގެންވާ ހިތަކާއިގެން ދާމީހުންނެވެ. އާމީން!

  9. ނަންްްްްް

    ހަޑިއަނގަތަކުން އޭތި މީތި ނުކިޔަކަސް ކަނޑުގައި ލެއްވި މަހެއްގެ ހަމަލައަކުން މީހަކު މަރުވެއްޖެނަމަ އެވާނީ ޝަހީދަކަށް. ޝަހީދުންނަށް ވަނީ ފަލަސްތީނު މީހަކު އިޒްރޭލަށް ގާއުކީމާ އެމީހުން ޖަހާ ބަޑީގެ ވަޒަން އެރީމައެއް ނޫން