ރައީސް ޔާމިންގެ ވެރިކަން ހަމައެކަނި ވޯޓުން ނުނިމޭނެކަމަށްށާއި ވޯޓު ލާ ދުވަހު ވޯޓު ލުމަށްފަހު މާލެ އެރުމަށް ކެންދޫދާއިރާގެ މެންބަރު އަލީ ހުސެއިން ގޮވާލައިފިއެވެ.

އަލީ ހުސެއިން މިގޮތަށް ގޮވާލެއްވީ ކުރެއްވި ޓުވީޓްގައެވެ. އަލީ ހުސެއިން ވިދާޅުވިގޮތުގައި ރައީސް ޔާމީންގެ ވެރިކަން ވޯޓަކުން އެކަނި ނުނިމޭނެ ކަމަށާއި ވޯޓުން ބަލި ކުރުމަށްފަހު ހަމަ އެދުވަހު މަގު މައްޗަށް ނުކުމެ އިސްތިއުފާއަށް ގޮވާލަން ޖެހޭ ކަމަށެވެ. "ވޯޓުލާ ނިމިގެން އެންމެން މާލެ އަރަންވާނެ. މިކަން ނިމޭނީ ފިސާރި ކެރިގެން،" އަލީ ހުސައިން ވިދާޅުވެފައިވެއެވެ.

މީގެ ކުރިން ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން އެކި ތާރީޚްތައް ދީފައެވެ.

 

ރިިޔާސީ އިންތިހާބު ސެޕްޓެމްބަރު 23 ވަނަަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓް އިބުރާހިމް މުހަންމަދު ސޯލިހު (އިބޫ) ރަނިންމޭޓް ކަނޑައެޅުމަށް ޖޭޕީގައި ނެގި ވޯޓުން އަލީ ހުސެއިން ވަނީ ނާކާމިޔާބު ވެވަޑައިގަންފައެވެ.

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ބަލި ކުރެއްވުމަށް ފަހު ވަނީ ރަނިންމޭޓްގެ ޓިކެޓް ހާސިލް ކުރެއްވީ ފައިސަލް ނަސީމަށް މަރުހަބާ ވިދާޅުވެފައެވެ.

ރަނިންމޭޓްކަން ފައިސަލް ކާމިޔާބު ކުރެއްވީ ޖޭޕީގެ ކައުންސިލްގައި ނެގި ސިއްރުވޯޓް 15 ވޯޓުން ކާމިޔާބު ކުރައްވައިގެންނެވެ. ފައިސަލްއާއި އެންމެ ގާތުން ވާދަ ކުރެއްވި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންއަށް ލިބިލެއްވީ 14 ވޯޓެވެ. ރަނިންމޭޓުކަމުގެ މަޤާމަށް ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން ޑރ ހުސައިން ރަޝީދު ޙަސަނަށް 2 ވޯޓު ލިބިލެއްވިއިރު އިރު، ޢަބުދުﷲ އަމީނަށް ލިބިވަޑައިގެންނެވީ 9 ވޯޓެވެ.

ޖުމުހޫރީޕާޓީގެ ކައުންސިލް މެމްބަރުންގެ ތެރެއިން ޖުމުލަ 41 މެމްބަރުން ރަނިންމޭޓް ކަނޑައެޅުމުގެ ވޯޓުގައި ބައިވެރި ވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ޖޯން

    ތިޔަގޮވަނީ މޮޔަ

  2. ފަރުދާ

    ހެހެހެ އެކަކުވެސް ނާންނާނެ

  3. ކެންދޫ ހުސޭނުބެ

    ރައީސް ޔާމީނައް ރައްޔިތުންގެ ތާއީދު އޮތް ވަރު ފެނިފަ ވޯޓުން ބަލި ނުކުރެވޭނެތީ ބިރުގަތީދޯ

  4. ފަތުމަދައިތަ

    ވޯޓުލާ ދުވަހު އަލީހުސޭނު މަހައްދޭ

  5. ކެންދޫ ހުސޭން

    ހަމަ މިހާރު މި އަލީ ހުސޭން ހުރި ތަނަކުން ހިފާ ހައްޔަރުކޮށް އަނދަގޮނޑި ޖަހަން ގޮވާލަން.

  6. Anonymous

    މަޖުލީހައް ނުގޮަސް 85ހާސް ރުފިޔާ ކާލަނީ . ޢެއީ ހަލާލުފައިސާތަ.

  7. އަހްމަދު

    ބަލަތިމާއައް ރަނިންމޭޓުކަންނުލިބުނީ ރައީސްޔާމީނުގެސަބަބުންބާ ތާއީދުނެތްމީހަކަށް މީހުންގެވޯޓެއްނުލިބޭނެ އެކަމުގެރުޅިގަނޑު ރައީސް ޔާމީނައްބާލަންވީަަބަބެއްނެތް ފައސަލްއައްގާސިމުކުރިތާއީދު ގެންދިއައިމަވެސް ޕާޓީތެރޭގަ މަގުބޫލުމީހަކަށްމިވީ ފައިސަލް އެއީ ރައީސް ޔާމީނުގެމައްަަލައެއްނޫން ﷲގެހެޔޮރަހްމަތްފުޅާއެކު އިންޝާﷲ ރައީސްކާމިޔާބުކުރައްވާނެ

  8. Anonymous

    ތިޔަހެން ކިތައްފަހަރު ވައްޓާލާފިން. ދެން އަހަރެމެން ކެންދޫ ދާއިރާގެ މީހުން ނުކުންނާނީ ކަލޭ ވައޓާލަން. 2019 އައް ކެއްމަދުވެފަ މިތިބީ

  9. މަޑުއްވަރީ ދާއިރާ

    ވޯޓުން ބަލިނުވާނެކަން އައްޔާ ކަލޭ ތި ގަބޫލުކުރީދޯ ތީ ވާނެ ވަރޭ މަހަށް ދާން ރަށަށް ދޭ

  10. sandhuvaa

    ޢަލީ ޙުސެއިން ގޮވާލެއްވި ގޮވާލެއްވުމަކީ ޣައިރުޤާނޫނީ ގޮވާލެއްވުމެއްކަމާމެދު، ޝައްކެއްނެތް. ޢަލީ ޙުސެއިން ޣައިރުޤާނޫނީ އެއްވުމަކަށް ހިތްވަރުދެއްވާ އެ ގޮވާލެއްވި ގޮވާލުމުގެ މައްސަލަ ބެލެންވާނެ.

  11. ސަލްމާން

    އެއުޅެނީ ވޯޓްލިޔަނުދޭން.

  12. ހުދު ފިނިފެންމާ

    ބަލަ ވޯޓް އިން ބަލިވިއްޔާ ތިޔަ ބުނާ މީހެއް ނޫންތާ ވެރިޔަކަށް ހުންނާނީ ދެން ކިހިނެތް ތޯ ހަމަ އޭނަ ގެ ވެރިކަން ވެއޓޭނީ؟ ރަތްޔިތުނަ ގެ ބޮލަށް ސަވާރު ވާން ހަމަޖެހޭ އެއްޗެއް ކިޔާ ބަލަ.

  13. Anonymous

    ނުދާނަން

  14. ހުސޭނުބޭ

    ވޯޓުން ޔާމީނު ބަލު ނުކުރެވޭނެކަން ތިކަމުން އެގެނީ.............. މި ޖާހިލުގެ ފެންވަރަކީ މިއީ.... ވޯޓުލާ ދުވަހު މާލެ އަރަންވިއްޔާ އިދިކޮޅު މީހުންނަށް ލެވޭނީ ވެސް ކޮން ވޯޓެއް! ކެކެކެކެކެކެ

  15. Anonymous

    ޥޯޓު ލަާފަާނެތިީ ތިއުޅެނިީ

  16. ބޮލި މުލައް

    ވޯޓުން ރައީސް ޔާމީން ބަލިނުކުރެވޭނެކަން ކަށަވަރުވީނު.

  17. ނާޝް

    ވޯޓުލުމުގެ ކުރިން މިފިތުނަ ވެރި އަލީހުސެެނު މިޤައުމުން ބޭރުކުރަ ންގޮވާލަން ސަރުކާރައް ވވ ވެދުން ،

  18. ޯނައީ

    ޔާމީނުގެ ވިޔަފާރިވެރިންކޮޅު ދުވެނަގާއެބަ

  19. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

    ދައުލަތުގެ ސިޔާދަތީ ބާރުތަކަށް ހިތްވަރަކަށް ފަހު، ހިތްވަރެއް ލިބެމުންދާއިރު، ދުވަހެއް، ދުވަހަކަށް މިރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅު ވަމުންދާއިރު، ރައްޔިތުންގެ ތެރޭގައި ސަރުކާރުގެ ނުފޫޒާބާރު އޮންނަ މިންވަރު އިތުރު ވަމުންދާއިރު، އަދި ޚާއްޞަކޮށް ދައުލަތުގެ ޤާނޫނީ ބާރުވެރިކަން ކުރިއަރައި ތަރައްޤީ ވަމުންދާ ބާރުސްޕީޑް ފާޅުކަންބޮޑު ގޮތެއްގައި ހާމަވަމުންދާއިރު، ރާއްޖެ އޮތީ ކަންބޮޑު ވާންޖެހޭފަދަ ހާލަތެއްގައި ކަމަށް އިއްތިހާދުގެ ރަނިންމޭޓް ބުނފައިވަނީ، ކަނޑައެޅިގެން ޙަޤީްާތާއި ޚިލާފަށެވެ. އެހެނީ، ވިލާތުގެ ގައުމުތަކަށް ދަތުރުކޮށް، ރާއްޖެބަދުނާމު ކުރަމުންދަނީ، އެބުނާ އިއްތިހާދުން ކަމަށްވާއިރު، މިރާއްޖޭގައި ހަމަނުޖެހުން އުފެއްދުމަށް ކުރަމުންދާ ހުރިހާކަމެއް މުލުންލުހެ އެއްލައި ލުމަށް ދައުލަތުގެ ރޭވިފައިވާ އޮނިގަނޑުގެ ތެރޭގައި ޤާނޫނީ ގޮތުން ކުރެވޭ ކަންކަން މާތްﷲގެ ދަރުމަވަންތަ ކަމުން ކާމިޔާބު ވަމުންދާއިރު، ބަޣާވާތަށްފަހު، ބަޣާވާތެއް، ޢުދުވާނަކަށް ފަހު، ޢުދުވާނެއް، ކުރިމަތިވަމުންދާއިރު، މިރާއްޖޭގައިވެސް އަދި ރާއްޖޭން ބޭރުގައިވެސް އިދިކޮޅު އިއްތިހާދަށް އެއްވެސް ކާމިޔާބެއް، ކުރިއެރުމެއް ލިބިފައިނުވާކަމާ، މިރާއްޖޭގައި ހިނގާފައިވާ ހުރިހާ ނުބައި ނުލަފާ ކަންކަމުގައި އުޅެމުންދަނީ ކޮންބައެއްކަމާ، އެބައިމީހުން ކުރަމުންދާ ބަޣާވާތުގެ ޚަބަރާއި މަޢުލޫމާތު ލިބުމުން، ސަރުކާރުން ފިޔަވަޅުއްވާކަމާ، މިގޮތުން ސީދާ އަމާޒަށް ވާސިލުވެވޭކަމާ، ދައުލަތެއް ރޫޅައި ސުންނާފަތި ކޮށްލުމަށް ވޭތުވެދިޔަ 5 ފަހެއްކަ އަހަރުގެ ތެރޭގައި ސިއްރިޔާތުގައި ކުރަމުންދިޔަ ކަންކަމުގެ ނަތީޖާ އެބައި މީހުންނާއި އަރައި ހަމަކޮށް، އެބައިމީހުން ގޮޅިއަށްގޮސްފައިވާކަމާ، އަދި ފާޅުގައި މިރާއްޖޭން ބޭރުގައި އެބައިމީހުން ކުރަމުންދާ ކަންކަމުގެ ނަތީޖާ ވަރަށް ހިތި ވާނޭކަމާއި، މިކަންކަމަކީ، ލޮލަކާ، ބޮލަކާ، ހުރި ކޮންމެ މީހަކަށް އެނގި ކަށަވަރުވާ ކަންކަމެވެ. ޔަޢުނީ، ހެއްލުމަކީ، ގެއްލުމެއްކަން މިރާއްޖޭގެ ލޮބުވެތި ރައްޔިތުން ދަންނާނެއެވެ. ރައްޔިތުން އެއްވެސް ފައިދާއެއް، މަޞްލަޙަތެއް ނެތްކަމެއްގެ މައްޗަށް، ރައްޔިތުންގެ އަތުން ވޯޓެއް ނުލިބޭނެއެވެ.

  20. ނަވާޒު

    ކަމެއް ކޮށްފަ އޮތިއްޔާ ޔާމީނޯ. ގެއަށް ވަނަސް އެކައުންޓަށްވަަނަސް ޖަލަށް މިދާންޖެހެނީ އަދީބު އެކަނި. އެކުގައި ވައްކަން ކުރަންއުޅޭ ޕާޓްނަރަށްވެސް ވަގުހަދާ ވެރިއެއް. ބޮޑުވަރު

  21. ޢަލީ

    ވޯޓުލުމުގެ ކުރިން އަލީ ޙުސައިން ދުނިޔޭގައި ހުންނާނެކަން އެނގޭބާ؟

  22. ބަވަނަ/މާލެ

    ކެންދޫ އަލީހުސޭނު މަޝްހޫރު ވާންވެގެން ދޮގު ހަދަނީ ދޮގުބެ ބުނީ ކެންދޫގެ ރައިއްޔަތުން ކައިރީގަ ތިމަންނައައް މެންބަރުކަން ލިބިއްޖެނަމަ ކެންދޫގެ ނަރުދަމާ ނިޒާމު ގާއިމު ކޮއްދޭނެ ކަމަށާއި އަދި ކައިރި ރިސޯޓު ތަކުގައި އެދިގެންވެސް ނަރުދަމާ އަޅައި ދޭނެ ކަމައް އެކަމެއްވެސް ނުވި ކެންދޫ ރައްޔަތުން ކައިރީގަ ގުނބޯހެއްދީ މީނަ ނަރުދަމާ ނިޒާމު އެޅީ މީނަގެ ރަށުގައި ހުރި އަމިއްލަ ކޮޓަރީގަ މީ ވައުދު ފުއްދީ ކަމުގައި މީނަދެކިގެން މިހުންނަނީ ދޮގުބެ ކެންދުއައް ވޯޓު ލާ ދުވަހު އަރައިފިނަމަ ބިންމައްޗައް ވައްޓާކާނަން.....

  23. މުލައްދަނޑި

    މިކަލޭގެ މި ގޮވާލުމަކީ ނުރައްކާތެރި ކަމެއް ގާނޫނުގެ އަތް މިކަލޭގެ ކޮނޑުގައި އަޅައި ފިއްތާލުމަށް ސަރުކާރައް ހަރުކަށި އިބާރާތުން ގުވާލަން ގާނޫނީ ސަރުކާރު ވައްޓާލުމަޢް ގޮވުމަކީ ދުނިޔޭގެ އެހެންގައުމު ތަކުގައިވެސް ހަރުކަށި އަދަބު ލިބޭނެކަމެއް ސީރިއަސް މައްސަލައެއް.

  24. ހަމީދު

    ރަތްޔެތުންނަށް ހެޔޮަ އެދެނީ އެ ތީދޯހެޔޮ އެދޭ މީހުންނަކީ ތީ ރަތްޔެތުންގެ ހަލާކު