މި އަހަރުގެ ސަރުކާރު ބަންދު ދުވަސްތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބަދަލުގެންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއިކުރައްވާ ނެރުއްވާފައިވާ އެންގުމެއްގައި ވަނީ މި އަހަރުގެ ސަރުކާރު ބަންދު ދުވަސްތަކުގެ ތެރެއަށް މެއި މަހުގެ ފަސްވަނަ ދުވަސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިތުރުކުރައްވާފައިވާ ކަމަށެވެ.

އަދި ޖުލައި މަހުގެ 13 ވަނަ ދުވަސް އަދި ޖުލައި މަހުގެ 14 ވަނަ ދުވަހާއި ޖުލައި މަހުގެ 28 ވަނަ ދުވަސް އެއީ ބަންދު ދުވަސްތަކުގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ.

މެއި މަހުގެ ފަހެއްވާ ބުރާސްފަތި ދުވަސް ބަންދު ކޮށްފައިވަނީ ފިތުރު އީދާ ގުޅުވައެވެ. ކަލަންޑަރު ބުނާ ގޮތުން ފިތުރު އީދު ދުވަހަކީ މެއި މަހުގެ ދެވަނަ ދުވަހެވެ. ފިތުރު އީދާ ގުޅުވާ މެއި ދެއަކުން ހަތަރަކަށް ބަންދުކޮށްފައިވާއިރު މެއި ފުރަތަމަ ދުވަހަކީވެސް ރަސްމީ ބަންދު ދުވަހެކެވެ. އެއީ މަސައްކަތްތެރިންގެ ދުވަހެވެ.

އެ ހަފްތާގައި ރަސްމީ ދުވަހަކަށް ވަނީ ބުރާސްފަތި ދުވަސް އެކަނި ކަމަށްވުމުން މުވައްޒިފުންގެ ފަސޭހައަކަށް ބަންދު ދުވަހެއްގެ ގޮތުގަައި ރައީސް ހަމަޖެއްސެވީއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަސަން ކުރުސި

    ޖުލައި 24،25 ވެސް ބަންދުކޮށްދީބަލަ.

  2. މަ

    މިއަހަރު ކުރީކޮޅު ތިދުވަސްތަށް ބަންދުވާނެ ވާހަކަ އިއުލާނުކޮއްގެން ހަބަރުގަވެސް ޖެހި

  3. އަބޫ

    އެއީ 2021 ޑިސެމްބަރ 8 ނެރެފައިވާ ދެންނެވުމެއް.