އެމްއެމްޕީއާރްސީ އިން ފަޅުތަކާއި ރަށްތައް ކުއްޔަށް ދީގެން ލިބުނު 80 މިލިއަން އެމެރިކާ ޑޮލަރު ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ޑޮލަރު މާރުކުރާ ކުންފުނިތަކަށް ދޫކޮށް އެއަށް ލިބުނު ދިވެހި ފައިސާ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅަށް ގެންގޮސް އެކި ފަރާތްތަކަށް ބެއްސެވި ކަމަށް ކުރީގެ ނައިބު އަހްމަދު އަދީބު ވިދާޅުވެއްޖެއެވެ.

އަދީބު މިހެން ވިދާޅުވީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދިހަ މައްސަލައެއްގެ ޝަރީޢަތުގައި މިއަދު ވާހަކަ ދައްކަމުންނެވެ. ދިހަ މައްސަލައިގެ ތެރެއިން މިއަދު ކުރިއަށް ގެންދިޔައީ އަށް މައްސަލައެކެވެ.

އަދީބުގެ މަށްޗަށް ދައުލަތުން މި ދައުވާތައް އުފުލާފައިވަނީ، މ.ރާފުށި، ނ.މާކަނާފުށި، ބ.ދަންދޫ، ބ.މާމަޑުއްވަރި، އދ.އިންނަފުށި، ތ.އެކަރަފުށި ފިނޮޅު އަދި ރ.އުތުރުމާފަރުގެ އިތުރުން މާލެ އަތޮޅުގެ ދެ ފަޅެއް ޓުވަރިޒަމްގެ ބޭނުމަށް ރައީސުލް ޖުމްހޫރިއްޔާ ކަނޑަނާޅުއްވަނީސް އެމްއެމްޕީއާރުސީއަށް ދިން ކަމަށް ބުނެއެވެ.

އަދީބު އިތުރަށް ވިދާޅުވީ، ތިން އަހަރު ދުވަސް ވަންދެން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙްޤީގު ކުރުމަށްފަހުވެސް އޭނާގެ މައްޗަށް ފައިސާގެ ނުވަތަ ޚިޔާނާތުގެ ދައުވާއެއް އުފުލާފައި ނުވާ ކަމަށާއި، މި ދައުވާތަކަކީ ރައީސް އޮފީހުން ފޮނުވަންޖެހޭ ސިޓީތަކެއްގެ މައްސަލައިގައި ކޮށްފައިވާ ދައުވާތަކެއް ކަމަށެވެ.

ދައުލަތުން މި ދައުވާތައް އަދީބުގެ މައްޗަށް އުފުލާފައުވަނީ، ދައުވާގައި ބުނެފައިވާ ރަށްތައް ފަތުރުވެރިކަމަށް ދޫކުރަން ރައީސުލްޖުއްހޫރިއްޔާ ނުނިންމަވަނީސް، އަދީބު ޓުވަރިޒަމް މިނިސްޓަރު ކަމުގައި ހުންނަވައިގެން އެމްއެމްޕީއާރުސީއަށް ފަތުރުވެރިކަމަށް ދޫކޮށްފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އަދީބު ވިދާޅުވީ، ދައުވާއާއެކު ލިބިފައިވާ ލިޔުންތަކުގެ ތެރޭގައިވެސް އެ ރަށްތައް ފަތުރުވެރިކަމަށް ދޫކުރަން ރައީސް ނިންމެވިކަމުގެ ސިޓީތަށް ހިމަނާފައިވާ ކަމަށާއި، ނަމަވެސް ނިންމެވި ކަމުގެ ސިޓީ ފޮނުއްވި ތާރީހް ފަސްކޮށް ހުރެދާނެ ކަމަށެވެ. ނަމަވެސް ރަށްތައް ފަތުރުވެރިކަމަށް ދޫކޮށްފައިވަނީ ރައީސް އޮފީހުގައި ތިބެގެން މަޝްވަރާ ކުރެއްވުމަށްފަހު ކަމަށްވެސް އަދީބު ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ 2012 އަދި 2013 ވަނަ އަހަރު ފަޅުތަކާއި ރަށްތައް ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާ ޖަމާކުރެއްވީ މީރާއަށް ކަމަށެވެ. އަދި އެކަން 2014 ވަނަ އަހަރު ބަދަލު ކުރެއްވީ ރައީސް ކަމަށާއި، ރައީސް ނިންމެވީ ހުރިހާ ފައިސާއެއް އެމްއެމްޕީއާރްސީއަށް ޖަމާކުރާ ގޮތަށް ކަމަށް އަދި އޭގެ ފަހުން އަމަލުކުރަމުން ދިޔައީ އެގޮތަށް ކަމަށް އަދީބު ވިދާޅުވިއެވެ.
އަދީބު އިތުރަށް ވިދާޅުވީ، އެމްއެމްޕީއާރުސީގެ 80 މިލިއަން ޑޮލަރަށްވާ ނަގުދު ފައިސާ ރައީސްގެ ގެކޮޅަށް ވެއްދި ކަމަށާއި، އެ ފައިސާތައް ގުނަނީ ރައީސްގެ ގޭގައި ކަމަށެވެ. އެ ފައިސާތައް ގުނަނީ އެގޭގައި ހުންނަ ކޮޓަރިއެއްގެ ތެރޭގައި އެގޭގައި އުޅޭ ބަންގާޅީއަކާއެކު ރައީސް ކަމަށްވެސް އަދީބު ވިދާޅުވިއެވެ.

2014 އަދި 2015 ވަނަ އަހަރު ރާއްޖޭގެ އިގްތިސޯދު ހިންގުން ހަވާލުކުރީ އަދީބުއާ ކަމަށާއި، 2015 ވަނަ އަހަރު ގައުމު ހިންގީ އަދީބު ކަމަށް އަދި އިކޮނޮމިކް ކައުންސިލްގައި ވެސް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށް އަދީބު ވިދާޅުވިއެވެ. އެގޮތުން ބްރިޖާއި ހުޅުމާލެ ދެވަނަ ފިޔަވައްސަކީ އޭނާގެ މަސައްކަތުގެ ފޮނި ނަތީޖާ ކަމަށާއި މިއަދު ޖަލުގެ ކުޑަ ގޮޅިއަށް ލާފައި އޮތް ނަމަވެސް ބްރިޖް ނިމިގެން ދާތީ އުފާ ކުރައްވާ ކަމަށް އަދި ގައުމަށް ކޮށް ދިނީ އިހްލާސްތެރި މަސައްކަތްތަކެއް ކަމަށް އަދީބު ވިދާޅުވި އެވެ.

އަދި އެ ތަންތަން ތަރައްޤީކުރަން ހަވާލުކޮށްފައިވާނީ ޤާބިލު ފަރާތްތަކާ ކަމަށާއި، އެ އިންވެސްޓްމަންޓްތައް ބާތިލު ކޮށްފައި ނުވާއިރު، ނަންތައް ހާމަކޮށްފައި ނުވަނީވެސް އެއީ އެކަންކަމަކީ ރަނގަޅު ކަންތައްކަމެއްކަން ދޭހަވާ ކަމެއް ކަމަށް އަދީބު ވިދާޅުވިއެވެ.

ނަމަވެސް، އެމްއެމްޕީއާރުސީގެ މެންޑޭޓަށް ބަދަލު ގެންނަވައި، 2015 ވަނަ އަހަރުން ފެށިގެން ޑޮލަރު މާރުކުރުމުގެ މަސައްކަތްތަށް ކުރެއްވީ ރައީސް ކަމަށާއި، ޤައުމު ހިންމުގައި އުޅުއްވުމަށް އަދީބުއަށް ރައީސް ދެންނެވި ކަމަށްވެސް އަދީބު ޝަރީއަތުގައި ވިދާޅުވިއެވެ.

މީގެ އިތުރުން، މި ދައުވާތަކަކީ ދައުލަތުގެ 100 އިންސައްތަ ހިއްސާވާ ދައުލަތުގެ ކުންފުންޏަކަށް އަދީބު މިނިސްޓަރު ކަމުގައި ހުންނެވިއިރު މަންފާ ހޯދައިދީގެން އުފުލާފައިވާ ދައުވާއެއް ކަމަށާއި، މިއީ އަލަށް ދިމާވި މައްސަލައެއް ކަމަށް އަދީބު ވަކީލު މިއަދުގެ ޝަރީއަތުގައި ވިދާޅުވިއެވެ.

މިއަދު ބޭސްފަރުވާއަށް ފުރުޞަތު ނުދީ ދެލޯ އަނދިރިވަންދެން، ސިމެންތި އަށްޓެއްގައި ބޭއްވި ނަމަވެސް ފިކުރަކީ އިޤްތިޞާދީ ފިކުރު ކަމަށާއި، 2015 ވަނަ އަހަރު ރާއްޖެ ހިންގެވީ އަދީބު ކަމަށާއި، މިއަދު ސަރުކާރުން ނިންމަމުންދާ ބިޔަ މަޝްރޫއުތަކަކީ އަދީބުގެ މަސައްކަތުގެ ނަތީޖާކަމަށްވެސް އަދީބު މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ވިދާޅުވިއެވެ. އަދީބު ވިދާޅުވީ، މިއަދު ޖަލުގައި އޮންނަން ޖެހުނު ނަމަވެސް، އޭރު ކުރި މަސައްކަތުން ޤައުމު ތަރައްޤީވާތަން ފެނުމުން އުފާ ކުރައްވާ ކަމަށެވެ.
އަދީބުގެ މައްޗަށް ދައުލަތުން މި ހުރިހާ ރަށްތަކާ ގުޅިގެން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ އުފުލާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި ކޮރަޕްޝަން މަނާކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ (ށ) ގެ ދަށުންނެވެ.

މި ރަށްތަކާ ގުޅޭ ދައުވާތަކަކީ އެއިން ކޮންމެ ދައުވާއެއް ސާބިތުވެއްޖެނަމަ، ކޮންމެ ދައުވާއަކަށް 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އަތުވެދާނެ މައްސަލަތަކެކެވެ. ނައިބު ރައީސް ކަމުގެ މަގާމުގައި ހުރެ ރައީސުލްޖުމްހޫރިއްޔާ އަވަހާރަ ކޮށްލަން ހަމަލާ ދިނުމުގެ ތުހުމަތުގައި އަހްމަދު އަދީބު ހައްޔަރު ކުރިތާ 1000 ދުވަސް ވެފައިވާއިރު، އޭނާގެ މައްޗަށް މިހާރު ވެސް ތަފާތު އެކި މައްސަލަތަކުގައި ވަނީ 33 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

50 ކޮމެންޓް

  1. ޙަހަހަ

    ހަހަހަ ދެން ކޮން ވާހަކަ އެއް ދައްކާކަށް، ކުރިން ބުނި ނަމަ ގަބޫލް ކުރީސް. ލޮލް

    • ސުމެއް

      ވާހަކަ ދައްކަން ފުރުސަތެއް ނުދީގެންތާ މިއުޅެނީ. އަދީބުގެ ނުރައްކާ ބޮޑުވެދާނެތީ ފެބްރުއަރީ 1 ގެ ހުކުމް ތަންފީޒުވެސް ނުވެގެން އުޅެނީ. އެސޮރު މިނިވަންވެއްޖެއްޔާ ރެނދުނުލާނެ އިމާރާތެއް ނުހުންނާނެ

      • ބްރޯ

        ވާހަކަދައްކަން މިހާރު ފުރުސަތު ލިބުނީ ވެރިކަން ބަދަލުވީތަ... އަދިހުރީ ރޔާމީނު ވެރިކަމުގަ.. ތިބުނާ ހުރިހާ ބާރެއްވެސް އޮތީ އެމަނިކުފާނުގެއަތުަގަ.... ތިގަންނަބިރަކީ ޓީވީއެމް ޓަވަރުދެކެ ކުޑަކުދިން ރޭގަނޑުގަންކަހަލަ ބިރެއް... މަޝްހޫރު ލޯރަތްބެ... އީޔޫއިން ބިރުފިލުވީއުތަ..

        • ޙާދިސާ

          ބްރޯ އެމަނިކުޕާނު އަތުގަ ބާރު އޮތީތީވެތާ ދިވެހިން ބިރުން ފިތް ކަނޑައިން ދަނީ. މިހާރު ދިވެހިން ލޯރަތްބެއަށްވުރެވެސް ވެރިޔާދެކެބިރުގަނޭ. މިނިވަންމާހައުލެއް އަތުޖެހުނީމަ ނޫންތޯ ކަޅުފޮށި ހާމަކުރެވޭނީ.

      • ޢައިމިނަތު

        ޔަޤީންތާ، ޔާމީން ބިރުގަންނަ ވަރުން އިތުރު ހުކުމްތައް ކުރަން އަވަސްވެގަތީ. ޢިންޝާ ﷲ މާގިނަ ދުވަހެއް ނެތް. ޔާމީން ގޮޅީގަ އޮންނަ ދުވަސް ވަރަށް ގާތްވެއްޖެ.

      • އއސ

        ފުލޯކު ވާހަކަ...

  2. ޖޯން

    އަދީބޫ ކަޅެއައް ދިންވަރު ހާމަނުކުރައްޗޭ އެހެންމީހުންނައް ދިންވަރު ހާމަކުރާނީ

  3. ޙަމެ

    ދެން ކަލޭ ކުރި ކަމެއް ނެތެެއްނު. ކަލޭ ދައްކާވާހަކަ ހުދު މޑޕ ވެސް ގަބޫލެއް ނުކުރާނެ. ޢެކަމް ރައީސްޔާމީން އައް ހަޖޫޖަހަން އަދީބް ދައްކާ ވާހަކަ އެމީހުންނައް ފުދޭނެ. ޢެއީ މޑޕ ގެ އެންމެބޮޑު ބޭނުމަކައް ވަނީ ރައީސް ޔާމީންގެ އަގުވައްޓަން ކުރެވުނު ކޮންމެ ކަމެއްވެސް ކުރުން.

  4. ބްރޯ

    އެމަނިކުފާން ކީއްކުރާ ފައިސާއެއްތޯ .. އަދި އެހާ ބައިވަރު ބޭނުމެއްވެސް ނުވާނެ. އަދީބު ދައްކާ ވާހަކަ (ވިންކް...ވިންކް :ޕ)

  5. ތުއްތު

    ތި ވާހަކަ ތަށް އަންނާނެ ކަން އެނގޭ . ތީ އިންތިޚާބާއި ދިމާކޮއް ޔާމީން ގެ އަބުރު ކަތިލަން ދައްކަ ވަހަކަ ކަން އެންމެން ވެސް ދަނޭ

  6. ގާސިމު

    ކަލެއައް އެއްވެސް އެއްޗެއް ނުލިބޭތަ

  7. Anonymous

    ކައެގެ ނުލަފާކަމާ ހީލަތްތެރިކަމާ.މަކަރުވެރިކަން އެންމެ ރަގަޅައް އެނގޭނީ ރީލޯޑް މަހުލޫފުއައް. އެހެންވެ މިސަރުކާރުން ވަކިކޮއް ދުރައް ޖެއްސުމައް މަހުލޫޓު އެހާ ގިނައިން ގޮވާ ނެގީ

  8. ގާސިމު

    ދޮގުކޮންޓޭނަރ

  9. Anonymous

    ޙެހހެހެ. ކިޔާނެއެއްޗެއް ނެތީދޯ

  10. ޑިމޮކްރަޓިސްޓް

    ކަލޭ ހަމަ ކުއްލިޔަކަށް މިހާރު ތިވާހަކަ ތިފެށިއްޔޯ؟ މަށަށް މިހާރު ކަލޭގެ ކަމެއް އެބަ ޝއްކުވޭ! އެހެން ނޫނަސް ތީ ކުއްވެރިއެއް! ކުއްވެރިން ދައްކާނީ ކުއްވެރިވާހަކަ!

  11. ނިލަންދޫ

    ތިކަންނެއިގެނީކާކަން އެކަމަކުކީއްކުރާނީ މިޤައުމަކު އިންސާފެއްލިބޭކަންނެތްވިއްޔާ މިޤައުމުގައި ހުރީ ރިސްފަތުކާ ބޭއިންސާފުން ޝަރީޢަތްކުރާ ކޯޓްތަކާ މިނިވަންމުވައްސަސާތައްވިއްޔާ ދެއްތޯ؟

  12. އަނާރާ

    އަދީބް ކަލޭ ހަމަތަ. ދެން މިހާރު ތިހެންބުނިޔަސް ގަބޫލެއް ނުކުރެވޭ...

  13. Anonymous

    ޑޮލަރު މާރުކުރާ.ކުންފުނިތަކައް.ނަމެއް ނުކިޔާތަ. ދެން ނެތްތަ ހަދާލާނެ ދޮގެއް

  14. Anonymous

    އޭރު އެހާ ފަލަވީވެސް ޑޮލަރުތައް ހުރިގޮތައް ބަނޑައް އަޅާލީމަދޯ

  15. Anonymous

    ކިތަންމެ ވަރެއް ކުރިއަސް ސަލާމަތެއްނެތް . ދުނިޔެ ގިޔާމަތް ވަންދެންވެސް ހުންނާނީ ތިތާ.

  16. ޡުހޫ

    ތީ އިދިކޮޅޭމެން އަދީބް ލައްވާ އަނބުރާ ގޭސްގަނޑު ޔާމީން ގެ އަގުވައްޓަން

  17. ހައިދަރު

    ކުށުން ބަރީއަވާން ކޮންމެފަދަ ވާހަކައެއްވެސް ކުއްވެރިން ދައްކަފާނެ މިކަހަލަ ކުއްވެރިން ޝަރީއަތުގައި ދައްކާ ވާހަކަ ނޫސްތަކުގެ ފަލަ ސުރުހީއަށް އެރުވުމަކީ މަސްލަހަތު ހުރި ކަމަކަށް ނުވާނެ

  18. އެރަރ

    ކަލްކިއުލޭޓަރުގައި15.42 ރޭޓުން 80މ ޑޮލަރަށް ބަދަލުކުރަން ޖެހީމާ އަރަނީ .. އެރަރ ..
    ވީމާ ތިވާހަކަ ގަބޫލެއް ނުކުރެވޭ. (ވިންކް ..ވިންކް)

  19. ސަން

    ދެން މީނާ ބުނާނެ ރިލްވާންވެސް ގެއްލުވާލީ ޔާމީނޯ ބަލަ ވެރިކަމުގެ ދަހިވެދިކަމުގަ ކޮށްފަ ނޮކޮށްހުރީ ކޮންކަމެއް ކަލޭ ޓޫރިޒަމް ހަވާލުގެން ހުރިއިރު ތިބޭފުޅާ ހަމަ ހޭގަ ހުރީ ކޮންދުވަހަކުތަ ތިޔައްވުރެން މާތާހިރުވާނެ ޔާމިނު ބުނެގެން އަޅުގަނޑު ތިހުރިހާކަމެއް ކުރީމޭވެސް ބުނަން ކަލޭމެން ދެމީހުން ދައްކާ ވާހަކަ އަޑުއަހަނީ ކާކުތަ މުޖުރިމު ވަގުކަލޭގެ ކެވުނުވަރުން ތިހިސާބު ތި އޮތީ ކޮންމެ ވެރިކަމެއް އަޔަސް ދެމީހުންކުރެ މީހަކު ސަލާމަތެއް ނުވާނެ

  20. ޖޯން

    ތީތަ އަހަރުމެން ރައްޔަތުންނައް ވީވައުދަކީ ހައްގައް ގޮވާޅާފައި މީހާރު ތިގޮވަނީ ހައްގުތައް ނަގާޅުމައް

  21. ާަަާަަިިެިާަހުމެދު

    ޔާމީނު ކަލެއައް ހަމަސާބަސް ކަލޭވަރުވަފާ ތެރި ވެރިއެއް ނުލިބޭނެ . ޢުމަރު ބުނީ ހަމަ ރަގަލު ވާހަކައެއް. ދެން އައްޖަހާ!!!!!!!!!!!!!!!!!?

  22. އާދަނު

    ކެކެކެކެ. ސަލާމަތް ވާނެ އެއްވެސް ގޮތެއްނެތީމަ މޮޔަ ގޮވަން ފެށީދޯ؟ ތިވާހަކަ ގަބޫލު ކުރަން ތިބީ ކަލޭ ކަހަލަ ދިހަވަރަކަށް ބުރާންތިން.

  23. ޖަނީން

    ވެރިމީހާ މާދަމާ ބުނާނެ ޝަހީމޭ ހުރިހާ ކަމެއްކުރީ. އުމަރު ނަސީރު ބުނި ވަޅުގަނޑު މީ. ފައިސާ ފައިސާގެ ވަގު ރައީސް. ދިވެހި ދައުލަތުގެ ހަރުމުދާ ވިއްކާފަ ދިވެހިންނަށް މަދު ދަޅަތަކެއް ދައްކަނީ މިލޯނު ނަގައިގެން. ކަނީ ރައްޔިތުންގެ އާމްދަނީ

  24. މަ

    ތިވާނީ ދެން ޖޭވެގެން ހަދާލި ދޮގަކަށް. ޔާގެ ދެކަބަލުން ހައްޖަށްވެސް ދިޔަ. ދެން އެހެންވީ އިރު އެކަންތައް އޮންނާނީ މިހާރު ފިލާ ސާފުވެފައެއްނު؟

  25. ނުނނު

    މާދަމާ ބުނާ އެއީ ކަޑައެޅިގެން ހެދި އިތުރުފުޅެއް

  26. ޝަރފު

    ދޮގުން ދޮގު އުފަން ކުރުމަކުން ލިބޭނެ މަންފާއެއް ނެތް. މަގާމުގެ ނާޖާއިޒު ނުފޫޒު ފޯރުވި ކަމަށް ތި އެއްބަސް ވެވުނީ. ތިޔަ ފައިސާ ހޯދާފަ ފޮނުވުން އެއީ ކުށެއް. އެކަން ކުރަންޖެހޭގޮތް ނޭގޭ ވަރުގެ މީހެއްނޫން ތީ.

  27. ބުއްޅަބޭ

    ވޯޓްލާދުވަސްކާރިވީމަ ތިވާހަކަ ދެއްކިޔަސް ގަބޫލުކުރާނީ ކުރިންވެސް ތިވާހަކަ ގަބޫލުކޮށްގެން ތިބި މީހުން، އިތުރު ބަޔަކު ނުވާނެ.

  28. ޙުސެން

    ހޫުނ !" އަދީބު ބެއްސެވީ އަޅުގަނޑުގެ ފައިސާ! މެމްބަެރުންނަކަށް ނޭނގޭނެ އެއީ ޚިޔާނަަާތުގެ ފައިސާކަމެއް" މިހެން ވެސް ވިދާޅުވި .އެވެސް ޓިވީ ގައި ލައިވް ކޮށެވެ. ފުލުހުން މި މައްސަލަ ބެލުމުގެ ބަދަލުގައި މަސައްކަތް ކުރަނީ މީނާގެ އަތުން އެތިކޮޅެއް ލޮބޭތޯއެވެ.

  29. ފިޔަވަޅު

    ރ.ޔާމީނު ހައްޔަރުކުރުމަށް ސަލާމަތީ ޚިދުމަތްތަކަށް ވ. އަދަބުވެރިކަމާއެކު އިލްތިމާސްކުރަން!

  30. މަހޭ

    ކަލޭ ޖަލުގައި އޮވެގެން ސްޕްރީމް ކޯޓުން އަމުރުނެރުމަށް 80 މިލިޔަން ހޯދީ ކޮންތާކުން؟ ކަލޭ އަމިއްލަ އަނގައިންދޯބުނީ އެވާހަކަ. ދެން އެހެން ނޫނަސް ހުރިހާ ގޭންގް ކުދިން ކަލެޔާ ދެކޮޅަށް ކޯޓްގައި ހެކިބަސް ދީފައި އޮތީ ކޮން ކަމަކާކަން ބުނިނަމަ މާ ތާހިރުވީސް ޕަލެޓެއްގެ ފައިސާ ވަގަށް ނަގައިގެން ހުރި ގޮތްބަލާބަލަ.

  31. ހުސޭނުބޭ

    ރައީސް ޔާމީނުގެ ގެކޮޅަށް ގެންދާށޭ ކިޔާފައި ދިން ފައިސާތައް ކަލޭގެ އެންމެ އެކުވެރި ކޮންމެވެސް އައްލާމާއެއް ހިފައިގެން ރާއްޖެއިން ފިލާގެން ދިޔައީ. އަދިވެސް މި އުޅެނީ ރައީސް ޔާމީނުގެ ގެޔަށް އަންނާނެޔޭ ބުނި ފައިސާ ނައިސްގެން/ ކަލޯ ކަލޭގެ ފްރެންޑް ކައިރީގައި ބުނޭ އެ ފައިސާތައް ގެނެސްދޭށޭ! އޭރުން އަހަރެމެންނަށްވެސް އެއިން އެއްޗެއް ލިބޭނީ!

    • ޙާދިސާ

      ޕީޕީ ކުދިންނަށް މިހިރަ ވާގޮތެއްދޯ. އަހަރުމެން މި ކޯޅުންގަނޑުގަ އެންމެ ބަލަންބޭނުންވަނީ އަދީބުއާހަމައިން ފުލްސްޓޮޕްޖެހެނީ ކިތައްމައްސަލައިގަތޯ. އެންމެފަހުން ފެށި ނަސަންދުރާގެ މައްސަލަވެސް އަދީބު ބުނި އެންމެ ވާހަކައަކަށް ބަލާފަ ޖެހުނީ މަޑުޖައްސާލަނަ. ޢެވެސް ދިޔައީ ހާކިމާގެ އާއިލީ އެހެން މީހަކާދިމާލަށް.
      ދަންނަވަންތޯ ރައްޔިތުން ހޮވާފަހުރި ޖަމީލު ބޭރުކޮށްލާ %500 ގެ އިތުބާރު ކުރެވޭމީހަކު އަމިއްލައަށްގެނައީ ދިވެހިރއްޔިތުންގެ މުދަލާ ފައިސާ ހުސްކުރަން ރާވައިގެން. ނަމަވެސް ފައިސާއަކީ ހުދު އެހޯދަން ބުރަމަސައްކަތް ކުރާމީހާވެސް އައިޑެންޓިފައި ކުރަން ނޭގޭ ކަރުދާސްކޮޅަކަށް ވީފަދައިން އެ ހިފަންލިބޭމީހާވެސް ބޭނުމެއްނުވާނެ އޭގެ މުއާމަލާތު ހަލާލު ގޮތުގަކުރާކަށް. އެހެންކަމުން ފިލްމުގެ ނިމުންއައީ ޔާނުވެސް އެދުނު ފައިދާލިބޭފަދަ ގޮތަކަށްނޫން ދެއްތޯ.

  32. Anonymous

    ބުޅާގޯނިންބޭރުވަނީދޯ

  33. ޒާ

    ސިއްސައިގެން ދާކަހަލަ ސުރުހީތައް ލިޔުމަކީ މީ ވަރަށް ދެރަކަމެއް.

  34. ވިލުފުށި

    ޖަލުގެ ރަޢީސް

  35. ގާސިމް

    ބަލަ އަދީބުގެ ހިއްސާ އޮތް ކިތައްކުންފުނި އެބައޮތްތޯ ކޮން އިހްލާސްތެރި ކަމެއް ކަލޭއުޅުނީ ޔާމީން މަރާފަވެސް ވެރިކަމައް އަންނަން

  36. ކޮބަޑި

    އެހެން ވިއްޔާ ރައީސުލް ޖުމުހޫރިއްޔާ އަކީވެސް އެއިރު ކަލޭތާ އުތަ ރާއްޖެ މިދެކޭ ތަރައްގީ އަކީވެސް ކަލޭތާ ދެންބުރިޖުވެސް އަޅަނެ ވާހަކަ ބުނީވެސް ކަލޭތާ ޖަލުރައީސްގެ ވާހަކަ ގަބޫލުކުރާނީ އެމްޑީޕީ މީހުން .

  37. ހުސޭނު

    ހޯދާދިނީމަ، ގެންދިޔައީމަ އެކަމަކު 80މ ދިނީ 1 މިލިޔަން. ބާކީ 70މ ދިނީ ޔާމިނުބުނެގެން އަޅުގަންޑުގެ އަބިންނައް. ޢަޅުގަޑު މިތާއޮތަސް އަނބިން އެހާއަރާމުގަ އުޅޭތީ އުފާކުރަން.

  38. ޢަބްދުއް ސައްތާރު.

    އަދީބަކަސް އަދި އެހެން ދީބަކަސް މިޤައުމުގައި ޝަރީޢަތް ކުރަންވާނީ އިސްލާމްދީނުގައި ވާގޮތަށް.

  39. ހަލާސް

    ދެންމިހާރު ތިޔަވާހަކަނުދައްކާ، ތީ ބޮޑު ޖޯކެއް، ކޮންމެ މީހަކުވެސް ކަމެއްކޮއްފަ ސަލާމަތްވާން ދައްކަވަނީ ތިޔަފަދަ ވާހަކަކަން ދިވެހިން ދަނޭ، ތިޔަކަހަލަ ކަންކަމަށް ދިވެހިން ވަރަށް ފަރިތަވާނެ،

  40. ދަރި

    ދުނިޔޭގައިލެއްވި ނުބައިކަންތައްކޮށްފައި( ރައްޔިތުންގެ ފައިސާއިން ވައްކަންކުރުންޔައްޔިތުން އިންތިޚަބުކޮށްފައިވަ ރައީސްއަވަހާރަކޮށްލުމަށް މަސައްކަތްކޮށްފައި ) އެކަމުގެމަތިއަޅަން ކުރިންނުދެއްކިވާހަކައެއް މިހާރުދެއްކެމުން ޒާތީހަސަދަވެރިއަކު ޤަބޫލްކުރެއްވުންއެކަށިގެންވޭ ނަމަވެސް ރަގަޅުވިސްނުމެއް ގެންގުޅޭ ފަރާތަކުން އަދީބުގެ ތިވާހަކަފުޅުޤަބޫލްނުކުރައްވާނެހެން ވަރަށްހީނުވޭ ވައްކަންކުރައްވާ ރައީސްއަވަހާކޮށްލަންމަސައްކަތްކުރައްވާމަޤްޞަދުހާޞިލްނުވުމުގެކުރިން ކީއްވެތޯ (ތެދުވެރިކަމާއި ގައުމާ، ރައްޔިތުންނަށްލޯތްބެއްމަނިކުފާނުގެ ކިބާގައި ހުރިނަމަ) ތިކަން ހާމަނުކުރެއްވީ އަހަރެން އަދީބުގެ ތިވާހަކަފުޅެއް ޤަބޫލްއެއްނުކުރަން

  41. މަ

    ތިހެން ނުބުނޭ. ތިހާ ކޮރަޕްޓު މީހަކާއެކު މިހާ ގިނަ ރައްޔަތުންނާއި އިލްމު ވެރީންނެއް ނުތިބޭނެ. އެހެން ނޫނަސް އެއީ ހައްޖުވެގެން ހުރި ބޭފުޅެއް.

  42. އަހަރެން

    އަދީބު އަތުގެ އިޝާރާތުން މިދައްކާ ނިޝާނުގެ މާނަ އެނގޭ ކުއްޖަކު ބުނެލަދީބަލަ. އަދީބުގެ ވަރަށް ގިނަ ފޮޓޯ ތަކުން ފެންނަ ނިޝާނެއް މީ.

  43. ޙަފްޞާ / މާލެ

    ބުރޯއަށް ތިޔަހުރީ ވަކީލުން ވަރަށް ކިޔާދީފަދޯ ކިޔާނޭ އެއްޗެތި؟ އެތަކެއްދުވަހުގެ ތަޙްޤީޤު ނިމި ޙުކުމްއިއްވާ މަރުޙާލާއަށް އައިމާ އަދި އަމުދުން ޖަލުޙުކުމެއްގައި ހުރެ ދެން ނުކިޔޭނެ ރަގަޅުއެއްޗެއް! ތި ވާނީ ހަމަ ޖަމަލުފޮޑިއަށް!

  44. ނުރަބޯ

    ކަލެއަށް ރައީސްޔާމީން ކުރެއްވި އިތުބާރުގެ ނާޖާއިޒު ފައިދާނަގާ މުޅިގައުމުގެ މާލިއްޔާ އިން ބޮޑުބައެއް އަމިއްލަ އަންބޮނޑިއަށް ކަހާލާ، އެވަރުންވެސް ނުފުދިގެން ރައީސް އަވަހާރަކޮށްލާފަ ކުރުމަގަކުން ވެރިކަން ހޯދަން ހިންގި ނުބައިނުލަފާ ޖަރީމާ އަތައް ގޮވާ، މީހާ ހައްޔަރުވުމުން އަދިވެސް އެކަމާ ހިތާމަކޮށް ތައުބާވެ މައިތިރިވުމުގެ ބަދަލުގައި ރައީސް ޔާމީންގެ އަގުވަށްޓާލުމަށް ފާޑުފާޑުގެ ދޮގު ތުހުމަތުތައް އެމަނިކުފާނުގެ އިސްތަށިފުޅުގައި އަޅުވަން އުޅުނަކަސް ތިޔަކަމެއްނުވާނެ. ސިކުނޑީގައި ތެތްކަންހުރި އެންމެންވެސް ގަބޫލުކުރާނެ ވަށްކަންކުރަމުން މިގައުމަށް މިގެނެވުނުވަރުގެ ތަރައްގީއެއް ނުގެނެވޭނެކަން، އެހެންކަމުން ތިޔަވާހަކަ ގޮސް ވަންނާނީ ހަމަ ކަލޭގެ އަނގަޔަށް. މީގެދުވަސްކޮޅެއްކުރިން ރީނދޫ ބައިގަނޑުވެސް 800 މިލިއަން ޑޮލަރުގެ ތުހުމަތެއް އެމަނިކުފާނުގެ އިސްތަށިފުޅުގައި އަޅުވައިގެން އެކަން ތަޙުގީގުކުރަން ބޮޑު ރިޔާސީކަމިޝަނެއްހަދައިގެން އުަޅުނު. އެންމެފަހުން އެ ރިޔާސީ ކަމިޝަން ކޮރަޕްޝަންގެ ތެރެއަށްވަދެ ހަފުސްވެ އަދި އެއްކަލަ 800 މިލިއަން ޑޮލަރުގެ މައްސަލަ ކޯޓުގައި ސާބިތުކޮށްނުދެވި އަތައްގޮވަންފެށުމުން އަވަސް އަވަހަށް އެއްކަލަ މައްސަލަ ކޯޓުން ދަމާނެރުނީވެސް ހަމަ ރީނދޫބައިގަނޑެވެ. ކަލޭ ތިޔަދައްކަނީވެސް ހަމަ އެކަހަލަ ސާބިތުކޮށް ނުދެވޭނޭ ބުހުތާނު ވާހަކައެކެވެ. ކަލޭ ހީކުރީ ކަލޭގެ ތިޔަ ވާހަކައިން ކަލޭގެ ނުބައިނުލަފާކަމާ ވަގުކަން އޮޅުވާލެވޭނޭ ކަމަށްހެއްޔެވެ..؟؟ ކަލެއަކީ މިގައުމުގައި ހުރި ނިޢުމަތްތަކަށް ޝުކުރުނުކުރެވުނު ދެވަނަ މީހާއެވެ. ފުރަތަމަ މީހަކީ ކެރަފާ ނަޝީދެވެ.