ސަރުކާރުގެ ދޯހަޅި ސިޔާސަތަށް ފާޑުކިޔުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ލިބިގެންވާކަމަށާއި އަމިއްލަ ވަކިވަކި ފަރުދުންގެ ގެތަކުގައި ހަރުކޮށްފައިވާ "އިންޑިއާ އައުޓް" ބެނާތައް ނެގުމުގެ ބާރު ދިވެހި ފުލުހުންގެ ހިދުމަތަށް ލިބިގެންނުވާ ކަމަށް ކުރީގެ ނައިބު ރައީސް އަދި މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިފަދައިން ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު، ހ. ދޫވެހީގައި ދަމާފައިވާ "އިންޑިއާ އައުޓް" ބެނާ ނަގަން ކޯޓު އަމުރެއްގެ ދަށުން އެ ގެކޮޅަށް ފުލުހުން ވަނުމާއި ގުޅިގެންނެވެ.

ރޭ ފަތިހު ފަތިސް ނަމާދަށް ބަންގި ގޮވި ވަގުތު ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގައި ވަނީ "އިންޑިއާ އައުޓް" ބޭނާތައް ހަރުކޮށްފައިވާ ގޭގެއަށް ފުލުހުން ވަދެ، ބަލާ ފާސްކޮށް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ އަމުރެއް ދެއްވާފައެވެ.

މިކަމާއި ގުޅިގެން ޖަމީލު ވިދާޅުވީ އިންޑިއާ އައުޓް ބެނާ ނަގަން އެންގުމުގެ ބާރު ފުލުހުންނަށް ލިބިގެން ނުވާކަމަށާއި ޕާޓީ ނިޒާމެއްގައި ސަރުކާރުގެ ދޯހަޅި ސިޔާސަތަށް ފާޑުކިޔުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާކަމަށެވެ.

"ޕާޓީ ނިޒާމްގައި ސަރުކާރުގެ ދޯހަޅި ސިޔާސަތަށް ފާޑުކިޔުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށް އޮވޭ.ޤާނޫނުތަކަށް ކޯޓްތަކުންއަހުލުވެރިވާންޖެހޭ. މިހާރު ބުދެއް ބެހެއްޓުމާއި ދެކޮޅުވެސް ނުހެދޭނެ؟ ކަރާމާތަށް އުނިކަން ލިބޭތީ" އޭނާ ވިދާޅުވިއެވެ.

ގެޔަށް ވަދެ ބެނާ ނެގުމަށް ކްރިމިނަލް ކޯޓުން ދިން އަމުރުގައި ބުނެފައިވަނީ އިންޑިއާ އައުޓް ބެނާ ދެމުމުގެ ސަބަބުން ބައިނަލްއަގުވާމީ ގުޅުންތަކާއި އަވަށްޓެރި ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ހާރިޖީ އަދި ސަގާފީ ގުޅުންތަކަށް ނުރަނގަޅު އަސަރުކުރާކަމަށާއި އެކަމުގެ ސަބަބުން އެ ގައުމަށް ޒިޔާރަތްކުރާ ދިވެހިންގެ މަސްލަހަތަށް ބުރޫއަރާގޮތަށް އެ ގައުމަށް ނިސްބަތްކޮށް ނަފްރަތާއި ފިތުނަ އުފައްދައި އެ ގައުމުގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބޭ ފަދަ އަމަލެއްގެ ގޮތުގައި މިކަން ސިފަވާކަމަށެވެ.

މީގެ އިތުރުން "އިންޑިއާ އައުޓް"ގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ އެ ހަރަކާތް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ ގަރާރެއް ނެރުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލްޖިބްރާ

    މަޖިލީހަށް ހާޟިރުވާން ޗިޓް ފޮނުވީމަ ފިލައިގެން ރައްކާވުމަކީވެސް ކުރެވޭނެ ކަމެއްނޫން ! އެކަމު ކަލޭ އެކަންވެސް ކުރީމެއްނު ؟ ފުލުހުން ފޮނުވައިގެން ޖަގަހަތައް ބަންދުކޮށް އެތަންތަނުގައި ނެތް ތަކެތި އުފަންކުރުވީވެސް ޔާމީނުގެ ވެރިކަމުގައި ! ފުލުހުންނަށް ކުރެވޭނެ ކަންތަކާ ނުކުރެވޭނެ ކަންތަށް ކަލެއަކަށް ނޭގޭނެ ! އެއޮތީ ބެނަރ ނަގާފަ ! ދެން ހަމަ ތެޅި ތެޅި ހުންނަން ޖެހޭނީ ! ތެޅުނު ވަރަކަށް ދާނީ ހުޅުބު !

    2
    2
  2. ލަކީ

    ޙެހެ. މީ މަބުނާ ވާހަކަޔަކީ ތަންދޮރު ދަންނަން އެބަޖެހޭ ބައްލަވާ ކޯޓައްވެސް އަމުރު ނުކުރެވޭނެ ނޫން ޔާމީނުގެ ގެޔައްވަންނާކަށް ކޯޓުންއެންގީމަ ފުލުހުންވާނެ ނޫން އެކަމަށް ތަބާވާން ހަމަ ހުރެލާފަ ބެނާނުނެގޭނެޔޭ ކިޔާފާނެ
    ޖަމީލުއާ ރައީސް އުމަރުނަސީރުއާ
    މި މީހުން އެބަޖެހޭ ތަންދޮރު ދަންނަން