2015 ވަނަ އަހަރު ދިވެހިރާއްޖެ ހިންގެވީ އޭނާކަމަށް، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މިއަދު ވިދާޅުވެއްޖެއެވެ.

އަދީބު މިހެން ވިދާޅުވީ، ތިން ފަޅަކާއި، ހަތް ފަޅުރަށެއް ފަތުރުވެރިކަމަށް ދޫކުރުމުގައި މަޤާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރިކަމަށް ބުނެ ދައުލަތުން އަދީބުއާ ދެކޮޅަށް އުފުލާފައިވާ 10 ދައުވާއެއްގެ ޝަރީއަތުގައި މިއަދު ކްރިމިނަލް ކޯޓުގައެވެ.

އަދީބު ވިދާޅުވީ، 2015 ވަނަ އަހަރު ޤައުމު ހިންގެވީ އޭނާ ކަމަށާއި، ރާއްޖޭގައި މިއަދު ހިންގަމުންދާ ތަރައްޤީގެ ބިޔަ މަޝްރޫއުތަކަކީ އޭނާ ކުރެއްވި މަސައްކަތް ކަމަށެވެ. އެގޮތުން މިހާރު ނިމެން ގާތްވެފައިވާ ބްރިޖަކީ އޭނާ އިސްވެ ހުންނަވައިގެން ރާއްޖެ ގެންނެވި މަޝްރޫއެއް ކަމަށާއި، މިއަދު ޖަލުގައި ހުންނަވަން ޖެހުނު ނަމަވެސް އޭރު ފެއްޓެވި މަސައްކަތްތަށް ނިމޭތަން ފެނުމުން އުފާ ކުރައްވާ ކަމަށްވެސް އަދީބު ވިދާޅުވިއެވެ.

ޓުވަރިޒަމް މިނިސްޓަރުކަމާ ހަވާލުވެއްލިއިރު ރާއްޖެ އޮތީ ސިޔާސީ ހަމަނުޖެހުމެއްގެ ތެރޭގައި ކަމަށާއި، އޭރު ރާއްޖޭގައި އޮތީ 100 ރިސޯޓް ކަމަށާއި، 4 އަހަރު ދުވަހުގެ ތެރޭގައި 62 ރަށެއް ފަތުރުވެރިކަމަށް ދޫކުރެއްވިއިރު، އޭގެ ތެރެއިން 35 ރަށެއްގައި މިހާރު ރިސޯޓް ހުޅުވާފައިވާ ކަމަށް އަދީބު ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ 2012 އަދި 2013 ވަނަ އަހަރު ފަޅުތަކާއި ރަށްތައް ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާ ޖަމާކުރެއްވީ މީރާއަށް ކަމަށެވެ. އަދި އެކަން 2014 ވަނަ އަހަރު ބަދަލު ކުރެއްވީ ރައީސް ކަމަށާއި، ރައީސް ނިންމެވީ ހުރިހާ ފައިސާއެއް އެމްއެމްޕީއާރްސީއަށް ޖަމާކުރާ ގޮތަށް ކަމަށް އަދި އޭގެ ފަހުން އަމަލުކުރަމުން ދިޔައީ އެގޮތަށް ކަމަށް އަދީބު ވިދާޅުވިއެވެ. އަދި އެމްއެމްޕީއާރުސީގެ މެންޑޭޓަށް ބަދަލު ގެންނަވައި، 2015 ވަނަ އަހަރުން ފެށިގެން ޑޮލަރު މާރުކުރުމުގެ މަސައްކަތްތަށް ކުރެއްވީ ރައީސް ކަމަށާއި، ޤައުމު ހިންމުގައި އުޅުއްވުމަށް އަދީބުއަށް ރައީސް ދެންނެވި ކަމަށްވެސް އަދީބު ޝަރީއަތުގައި ވިދާޅުވިއެވެ.

އެގޮތުން 2014 އަދި 2015 ވަނަ އަހަރު އިކޮނޮމިކް ކައުންސިލްގައި ވެސް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި، އެގޮތުން ބްރިޖާއި ހުޅުމާލެ ދެވަނަ ފިޔަވައްސަކީ އޭނާގެ މަސައްކަތުގެ ފޮނި ނަތީޖާ ކަމަށާއި މިއަދު ޖަލުގެ ކުޑަ ގޮޅިއަށް ލާފައި އޮތް ނަމަވެސް ބްރިޖް ނިމިގެން ދާތީ އުފާ ކުރައްވާ ކަމަށް އަދި ގައުމަށް ކޮށްދިނީ އިހްލާސްތެރި މަސައްކަތްތަކެއް ކަމަށް އަދީބު ވިދާޅުވި އެވެ.

އަދި އެ ތަންތަން ތަރައްޤީކުރަން ހަވާލުކޮށްފައިވާނީ ޤާބިލު ފަރާތްތަކާ ކަމަށާއި، އެ އިންވެސްޓްމަންޓްތައް ބާތިލު ކޮށްފައި ނުވާއިރު، ނަންތައް ހާމަކޮށްފައި ނުވަނީވެސް އެއީ އެކަންކަމަކީ ރަނގަޅު ކަންތައްކަމެއްކަން ދޭހަވާ ކަމެއް ކަމަށް އަދީބު ވިދާޅުވިއެވެ.

މާލެ-ހުޅުމާލެ ދެމެދު އަޅާފައިވާ ބްރިޖްގެ މަސައްކަތް ނިމެން ގާތްވެފައިވާއިރު، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ބްރިޖް ހުޅުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ފީބުޑި

    ދެން މޮޅުވާހަކަ ދައްކާނެކަމެއް ނެތް ޙަރާމް ކޯރު

  2. އާދަނު

    ފޮނި އަނގަ ނުތަޅާ. ކަލޭ ބެލީ ކަޓް ނެގޭތޯ.

  3. އހ

    ތިކަން އެނގޭ.. ފެބް27ގައި ރައީސް ނަޝީދު އޮންނެވިގޮޅިއަށް ގުރޫޕެއް ގޮވައިގެން ވަދެ ބިރުދައްކާ މުޒާހަރާ ހިނގާލުމަކަށް ބަދަލްކުރެއްވި..

  4. އަބްދުއްލާ

    ކެބިނެޓްގާތިބޭ ހުރިހާ މެމްބަރުންނަކީ ގައުމުހިންގާމީހުންދޯ . އަދީބު އެކަނި ގައުމު ހިންގާނީ ކިހިނެތް .ގައުމަށް ލިބުނު ހުރިހާފައިސާއެއް ގާނޫނާ ހިލާފަށް ބޭނުންކުރުމަކީ ގައުމުހިންގުންތަ ؟ ގައުމުގެ މަގަމުގާ އަދިބު ހުރި އިރު ގައުމު އޮތީ ބުރަކި ޖެހިފަ އަދީބު ވަކިވިފަހުން ގައުމު ބާރަށް ކުރިޔަށް ދުވަންފެށި . ވީމާ ބޯގޯސް ވާހަކަ ނުދައްކާ

  5. ނަން

    އަދީބު ބުންޏަސް އެބުނީ ތެދު ވާހަކަ. ބުރިޖާއި ހުޅުމާލޭ ދެވަނަ ފިޔަވައްސަކީ އަދީބުގެ ކުޅަދާނަ ކަމުން ކުރެވުނު މަސަްްކަތްތަކެއް. ދެނެއް މިރާއްޖޭގައި އެފަދަ މަސައްކަތްތަކެއް އެހާ ބާރު ސްޕީޑުގައި ނުކުރެވޭނެ. މުއިއްޒު މެންނަކީ އަދީބުއާ އަޅާ ބަލާއިރު ކަންކަން ކުރުމުގައި ހަމަ ކުޑަކުދިންތަކެއް. ތިކަންކަމަކީ ސަރުކާރުތެރެއިން 10 އަހަރުންވެސް ނުކުރެވޭނެ ކަންތައްތަކެއް. އަދީބު ކޮށްލީ 3 މަސްދުވަހުން. ސަރުކާރުތެރެއިން ކަންކަން ހިނގާ ގޮތް ދަންނަ ކޮންމެ މީހަކަށް އެނގޭނެ މީ ތެދެއްކަން. މި ބުނި ވާހަކައިގެ ހަރުދަނާކަން އެނގޭނީ މީގެ 10 އަހަރުފަހުން މި ކޮމެންޓް ކީ ބަޔަކަށް.

  6. ޙަމޭ

    ޢެހެންވީމަ ތީ ނައިބް ރައީސް އެއް ނޫންދޯ .ރައީސް ތޯންޗެ. ތިހެންވެގެންދޯ ރައީސް ޔާމީން މަރާލަން ބޮންގޮއްވާލީ. ނޫނޭ ވާ ނުލަފާ ކަމެއް އެބަހުއްޓެއްނު.

  7. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

    އަދީބަކީ، އެއްވެސް ޤާނޫނީ ހޭލުންތެރި ކަމެއް ހުރި ބޭފުޅެއްނަމަ، ތިޔަބާވަތުގެ ޣައިރު ދުސްރީހަމަތަކެއް ނުގެންގުޅުއްވާނެއެވެ.

  8. ޏަމްޏަމް

    ގޮޅީގަ އޮއެގެން ވެސް ކަލޭ ގައުމު ހިންގާތީ އަހަރުން އަންތަރީސް ވެއްޖެ ކަލޯޖިންނި މޮޔަވީތަ؟

  9. މަ

    އަދީބު ސިނަ ބުރިޖް

  10. ހުސޭނުބޭ

    ޤައުމު ހިންގީ އަދީބު އެހެންވިއްޔާ އަތުޖެހުނުހައި ލާރިޔެއް ކާފައި އެހެން މީހުންގެ ބޮލުގައި ކީއްވެ ތި އަޅުވަނީ!

  11. ދޫނިދޫ ސަރުދާރު

    ކުށްވެރިވެގެން ޖަލަށްލީމަ އެކަމުގެ ހަސަދަވެރިކަންތީ، ކަލޭ ލައްވާ ތިބުނާހާ ޖަރީމާތަކެއް ޔާމީން ހިންގެވިނަމަ ކޮންމެފަދަ ޙާލެއްގައިވެސް ކަލޭ ރުއްސައިގެން ކަލޭ ގެންގުޅެން ބޭނުންވާނެ ދޯ، ކަލޭ އުދުވާން ހިންގާފައިވެސް ހުރީ ސަރުކާރާއެކު ހުންނަން، އެކަން އަހަރުމެންނަށް އެގޭގޮތަކީ ކަލޭ ޓީވީތަކަށް އަރާ ދިން ބަސްދީގަތުން ތަކުން، އެހެންވީމަ ކަނޑައެޅިގެން ތިހަދަނީ ދޮގުކަން ކަށަވަރާ ގާތަށް ބުނަންއެގޭ، ކިތަންމެ ދޮގުހެދިޔަސް އަހަރުމެން މިފަހަރުވެސް ވޯޓް ދޭނީ ރައީސް ޔާމީނަށް، އިންޝާﷲ

  12. އެޑަމް

    އަދީބުގެ އިއްޔެގެ ޝަރީޢަތު ގެ ޚަބަރު މިނޫހުގައި ޖަހާފައި މިވަނީ ކޮށާމަށައިގެން އަދީބު ދެއްކި ވާހަކަތަކުގެ އެއްބައި އުނިކުރައްވާފައި. މިކޮމެންޓް ނުޖައްސަވާނެކަންވެސް އެގޭ. އެހެންނަމަވެސް ނޫސްވެރިކަމުގައި ތިޔަބޭފުޅުން " ބިރުގަންނ " ކަންކަން ހުންނަކަން ގަބޫލު ކުރެއްވުން ރަގަޅު.

  13. މިލީ

    ބަލަ އަދީބު ޤައުމު ހިންގީތަ. ޤައުމު ފަނާކުރީއެއްނޫން.ސަރުކާރުގެ ބައިތުލްމާލު ހުސްކޮށް ބަހާލީއެއްނު. ސަލާމަތެއް ނެތްކަން އެނގުނީމަ މީސްމީހުންގެ އެކައުންޓަށް މީސްމީހުން ނުދެނެތިއްބާ ބޮލުގައި އަޅުވަން ފައިސާވެއްދީއެއްނޫން.

  14. ވިލުފުށި

    އަދީބު ތިން ފަޅަކާއި، ހަތް ފަޅުރަށެއް ދިރުވާލައިފި